އެންދަމަން ފައިބާ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް އޭނާ އޮތް ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ފެނިގެން އޭނާ އެދޯންޏަށް ނަގައިފިއެވެ.

ކަނޑުވެފައި ވަނީ ރ.އަތޮޅު މަޑުއްވަރީ ދޯންޏަކުން މަހަށްދިޔަ އެރަށު މީހެކެވެ. އޭނާ އެންދަމަން ފައިބާ އޮއްވާ އެދޯނި މީހުން ވަނީ އެންދަމައިގެން އެސަރަހައްދުން ނައްޓާލާފައެވެ. އޭރު އޭނާ ދޯނީގައި ނެތް ކަމެއް ދޯނީގެ މީހުންނަކަށް ނޭނގެއެވެ.

އޭނާ ކަނޑުން ނަގާފައި ވަނީ އެސަރަހަދުން ދަތުރުކުރި ކ.އަތޮޅު ހުރާ ދޯންޏަކުންނެވެ. ކަނޑުން ނެގިމީހާ އަށް މިހާރު މަޑުއްވަރީ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް އެއް ނޫނެވެ.

މިހާދިސާ އާއި ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.