ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 488 އަށް އަރައިފިއެވެ.

މިއަދު 35 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅު ވެއްޖެ ކަމަށް މިހާރު ބަލަނީ ބަލީގެ އަލާމާތްތައް ނުފެންނަތާ 21 ދުވަސް ފަހުން ޓެސްޓްކޮށް ދެ ސުންކު (ސާމްޕަލް) ނައްސި (ނެގެޓިވް) ވުމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1829 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 6 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ތިން ބިދޭސީންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދާ މީހުންނަށް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހުންނަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. ދެން ތިބި މީހުންނަށް ފަރުވާ ދެނީ ވޯޑްގައެވެ.

ކިޔުންތެރިންގެ ހިޔާލު