ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމްގެ ޖަނާޒާއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ހިއްސާ ކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ، އެހާދިސާ ހިނގާފައިވަނީ މީހުން އެވާހަކަ ދައްކާ ގޮތަށް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ދައްތާފުޅުގެ ޖަނާޒާއަށް ވަޑައިގަންނަވަން ބޭނުންފުޅުކަން އެނގިލެއްވީ ބައްދަލުވުމެއްގައި ވަނިކޮށް ކަމުން ވަގުތު މެދުކަނޑާލުމަށްހު ކަރެކްޝަންސްގެ މުވައްޒަފުންނަށް ރައީސް ޔާމީން މާލެ ގެނައުމުގެ ކަންތައް ކުރުމަށް އެންގި ކަމަށެވެ.

ކަރެކްޝަނަށް އެކަން އެންގުމަށްފަހު ކަރެކްޝަންގެ ލޯންޗާއި ކަންކަން އިންތިޒާމު ކޮށް، ރައީސް ޔާމީންގެ އަންނަންދެން އިންތިޒާރުގައި އެތައް އިރެއްވަންދެން ތިއްބާ ފަހުން ޖަނާޒާއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"ޖަލަށް އެނބުރި ދާ ގޮތަކަށް އެ ޖަނާޒާއަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވި، އަދި ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަން ހިނގައި ދިޔަގޮތް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށްވެސް އިނގޭނެ ކަމަށާއި ރައީސް ޔާމީންގެ އާއިލާއިންވެސް އެދިލައްވާފައިވަނީ ރައީސް ޔާމީން ޖަނާޒާއަށް ގެނެސްދިނަމަށް ކަމަށާއި މިނިވަން ކުރަން ނޫން ކަމަށެވެ.

ދިވެހި ދައުލަތަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވީ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ނޭވާހޮޅިޔަށް އެޅުނީދޯ..ނޯށައަ ރާ ކޮއްމެފަހަ ރަކު ސަލާމަތްވާން އޮންނަ ހަމައެކަނިގޮތަކީ ރޔާމީންގެ ނަން ބޭނުންކު ރުން..ކޮބާއިތަ މޭޑޭގަ ގެންގުޅުނު ހެކި..އިމު ރާނު ލައްކަ ވާހަކަ ދެއްކިއޭ މޑޕއާ ރނަޝީދާ ބެހޭގޮތުންވެސް...އިމު ރާނު ކައި ރީގަ ލައްކަގިނަ ވާހަކަ ދެއްކިއޭ އިބު ރާހިމާ ނަޝީދާ ގާސިމުވެސް.. ރޔާމީނަކީ މިނިވަނެ އެކަމަކު އިމު ރާނަކީ ވިނިވަނެނޫން...ތިއީ 11އަހަ ރުގެ ޖަލުހުކުމެ ކޮޑުގައެޅިފަހު ރި ކުއްވެ ރިއެއް...އަލުން ހުކުމް ރިވިއުކު ރަން ކޯޓުން އަމު ރުކު ރީ..ކުށެނެތްކަމަށް ހުކުމެނުކު ރޭ..ހުވާކު ރިއި ރުވެސް ތިއީ ކުއްވެ ރިއެއް...

    8
    1
  2. ކުނިތް

    މިބޭފުޅާ ދައްކާވާހަކަ ނުވާނެ އަޑުއަހާކަށް. އެހާވެސް ބޮޑެތި ދޮގުތައް ހައްދަވާފަ ހުރިބޭފުޅެއްމީ. ޝޭޚެކޭބުނާތީ ދެންތިއްބެވި ޝޭޚުންނަށް ވެސްހުތުރެއް.

    12
    2
  3. އިސްމާއީލު

    މަނިކުފާނު ތެދުބަހުންވާހަކައެއްދައްކާނެކަމައްގަބޫލުނުކުރެވޭ

    10
    2
  4. ޭލާރިބަނޑު

    އިމްރާން ނަހަދާނެ ތެދެއް. މޭޑޭގަ ލިޔުންތަކެއް ހުރިކަމަށްބުނެ ދޮގުހެދިމީހެއް އެއީ. ދުނިޔެއަށްޓަކާ ނުކުރާނެކަމެއް ނޯންނާނެ. ބޮޑު ދޮގުވެރިެެއް.

    10
    3
  5. ނަދޫ

    ޝޭހު އިމުރާނަކީ ބޮޑު ދޮގުވެރިއެއް. ލަދެއްނެތި އެންމެން ކުރިމަތީގަ ދޮގުހަދާފަހުރި މީހެއް. އެ އުޅެނީ ރ.ޔާމީންގެ ޑިގުވެއްޓޭތޯ އެކަމެއްނުވާނެ ﷲ އިރާދަކުރެއްވިއްޔާ

    10
    2
  6. ބިޖޫ

    ޙަމަ. ހުސްދޮގު އަޅެ ކީއްވާނީ ތެދެއްބުނިއްޔާ ތެދެއްބުނީމަ ފާފަވެރިވަނީތަ އިމްރާން.

    10
    1
  7. ކިނބޫ

    މިކަލޭގެ މިހާރު މަށަށް ސިފަކުރެވެނީ ދޮގުވެރި އަދި 2 އަނގައިން ވާހަކަ ދައްކާ މީހެއްގެ ގޮތުގައި. ރައްޔިތުންގެ ކުރިމަތީގައި އެކި ފަހަރު ވާހަކަ ދައްކަނީ އެކި ގޮތަށް. މީނައަކީ ދޮގުވެރި ކަމުގެ ސިފަ ހުރި މީހެއްކަމަށް ގަބޫލު ކުރެވޭ ފަރާތްތަކުން މި ކޮމެންޓަށް ލައިކް އެއް.

    13
    1
  8. މޮޔަހަސަނު

    ކިހިނެތް ތިވާހަކަ ގަބޫލު ކުރާނީ! ކަލޭދޯބުނީ ކެނެރީގޭ ނަޝީދަކީ ލާދީނީމީހެކޭވެސް އަދި ބުނީމެއްނު އަންނިއަށް ވާގިވެރިވެ އޭނަޔާ އެއްކޮން އުޅޭނީ އިސްލާމްދީން މިގައުމުން ފޮހެލަން މަސަތްކަތްކުރާމީހުނޭ! ??

    14
    1
  9. ލުޠުފީ

    ދުނިޔެއިން މޮޔަވެފައިވާ މީހަކު ބުނާ ވާހަލައެއް ޤަބޫލުކުރިޔަސް ތިޔަ އިމްރާނު ދައްކާ އެއްވެސް ވާހަކައެއް މިހާރަކު ޤަބޫލެއް ނުކުރާނަން. ތިއީ މަޝްހޫރު ޑޮކިއުމެންޓް އިމްރާން.

    7
    1
  10. ކަނަމަނަ

    މުނާފިގުން ކަންތައްކުރާގޮތައް މިހާރު ތިވަނީ މިއަދުތަ ތިވާހަކަ ހަދާންވީ ވަރައްރީތި

    9
    1
  11. މުނާފިޤު

    ކަލޭ މިހާރު ތިވާހަކަ ތިދައްކަނީ ކީކޭ ހިތަށް އަރައިގެންތަ ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެންތަ ތިއުޅެނީ ކޮބައިތަ ކަލޭއަތުގައި ހުރި ޑރ އަފްރާޝީމް ގެމަރާގުޅުން ހުރި ލިޔެކިޔުންތައް އެއެއްޗެހި ދައްކަނީ ކޮންއިރަކުންތަ އެއެއްޗެހި މަރުކޮޝަނާއި ހަވާލު ކޮށްބަލަ އަވަހަށް:!

    9
    1
  12. ހަންޔާ

    އިމްރާން މާ ފެންމައްޗައް އަރައިގެން މިހާރު ތިއުޅެނި. ރާއްޖޭން ބޭރުން މީހުން ގެނައި ފުލައިޓުވެސް ފުރެންދެން އަންހެނުންނާއި ދަރިން އޮތީ.

    7
    1
  13. ކަންބުލޮ

    މީގެފަހުންތީ އައްސޭހު ދޮގުހަދާ