މިވަގުތަކީ މިއީ ގޭގެއިން މީހުން ނުކުތުމަށް އަންގަންވީ ވަގުތު ނޫން ކަމަށާއި މިއީ ކާރިސާގެ ވަގުތެއްކަން ދަނެތިބެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރު ކޮށްދޭންވީ ވަގުތު ކަމަށް އެންސީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު ދިމާވަމުން އަންނަ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ގޭގޭގައި ތިއްބަވާ ބޭފުޅުން ކުލި ނުދެއްކޭ ހާލަތައް ދިއުން ކަމަށެވެ.

މިކަމާއި ގުޅިގެން އެބޭފުޅުން އުޅުއްވާ ގޭގެއިން ނުކުތުމަށް އަންގައި އަދި ނުކުތުމުގެ ކުރިން ބައެއް ކަހަލަ ހިދުމަތް ކަނޑާލާކަމުގެ އަޑުތަކެއް ވެސް އިވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ ނުކުތުމުގެ ކުރިން އެގޭގެ ހިދުމަތް އެބަ ކަނޑާލާ. އާއިލާތައް ކުޑަކުދިންނާއި އެކީ މަގުމަތި އެބަވޭ. އަޅުގަނޑު ހިތަށް އަރާ މިވަގުތު މީހަކު ގެއިން ނެރެގެން އިތުރު ކޮން މޮޅެއް ހޯދަންބާއޭ އެކަން ކުރަނީ" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މިފަދަ ކަންތައްތަކުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މިކަމުގައި އެކަކު އަނެކަކަށް އޯގާތެރިވެ ލޯތްބާއި އަޅާލުން ދޭން ޖެހޭ ކަމަށެވެ. އަދި މިގޮތަށް ގެއިން ބޭރަށް ބަޔަކު ނެރޭ މީހުން ދަންނަ ނަމަ އެމީހަކަށް ނަސޭހަތްދީ ވިސްނައި ދިނުމަށް މަބްރޫކު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މަބްރޫކު މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކުލި ނުދެއްކޭ ބައެއް މީހުން އެމީހުން ދިރިއުޅޭ ތަންތަނުން ބޭރު ކުރުމަށް ބައެއް ވެރިން އަންގަވާފައި ވަނިކޮށެވެ. އަދި ކުލި ނުދެއްކިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ރަށަށް ދިއުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޣަބޭ

    މަބޭ ތިސުވާލު ޓެގް ކޮއްލަބަލަ ހަތަރުކަށިމަތި ރާއްޖެތެރެއިން ނެއްޓި އޮތް މާލޭ މިހުންނާ. މާލޭ ގެދޮރު އަތޮޅެ ތެރޭ މީހުންނަށް ބޮޑު ކުއްޔަށް ދީގެން ތިބިމީހުން ހީވެސް ނުކޮށް ތިއްބާ މި ދުވަސް މި އައީ، އަދިވެސް މާ މާލެވެފަ.

  2. ބަބުކެޔޮ އިއްބެ

    ނެރޭ ގޭގެއާއި އެތަންތަނުގެ ވެރިންގެ ލިސްޓްތައް ސޯޝަލް މީޑިޔާގައާއި ޕްރޮޓެސްޓް ތަކުގައި ދަމަން އެންމެ މޮޅު މީހުން މިހާރު މިތިބީ. ޓްރާންސްޕޭރެންސީއާއާ ހާމަކުރޭ އަކާ އަނެކެއްޗަކާ އަނެކެއްޗަކާ ނެރެ ހިންގާބަލަ ނިކަން. އެތަނުން އެއްބަޔަކު ނެރެފައި އަނެއްބަޔަކު ނުވަންނަވަރު ކޮށްލަބަލަ

  3. Anonymous

    ސަރުކާރުން ރައްޔިތުންނަށް ކޮށްދެނީ ކޮންކަމެއްބާއޭވެސް ހިތަށްއަރާ.

    12
    2
  4. ޢަހުމަދު

    ސަރުކާރުން އަވަދިނެތި ވައްކަންކުރުމުގައި. ހިތަށް އަރާ ކޮންމަންފާ އެއްބާ ތައްޔިތުންނަށް މިލިބެނީ

  5. މިތުރާ

    5އަހަރު ހަމަވީމަ ވަށްކަން ކުރަން ކުރިން ވަށްކަން ކޮށްފަ ތިބިމީހުންނައް ފުރުސަތު ނުދީ،،،،އެކަމަށް ބޭނުންވެފަ ތިބި ޢެހެން މީހުންނަށް ފުރުސަތު ދޭންފެނޭ،،،