މި ބްލޮގްގައި ޙިއްސާކުރަމުން ދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.


23:47

23:30

ރާއްޖޭގައި އުފެއްދި ވެންޓިލޭޓާރުތައް ބޭނުމެއް ނުކުރެވޭނެ ކަމަށާއި، އެއީ އެވެންޓިލޭޓަރުތަކުގެ ފެންވަރު ޓެސްޓް ކުރެވެން ނެތުމުން ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ވިދާޅުވެއްޖެ.

22:39

އޭޑީކޭ އިން ކޮވިޑް-19 ޓެސްޓެއް ހަދައިދެނީ 675 ރުފިޔާއަށް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ވިދާޅުވެއްޖެ.

22:25

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި އިތުރު ބަލިތައް ހުރި 67 މީހަކު ހިމެނޭ.

22:24

ރާއްޖެ އިން މިއަދު ފައްސިވި މީހުންގެ އަދަދު މަދު.

22:05

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 608 އަށް އަރައިފި.

19:35

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށަކަށާއި ބައެއް މުއައްސަސާތަކަށް އެހީގެ ތަކެތި ފޯރުކޮށްދީ ނިންމައިފި.

19:16

18:26

ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) ގައި ފަރުވާ ހޯދަމުންދަނިކޮށް ކޮވިޑް-19 އަށް ފައްސިވި ތިން މީހުން ބަލިން ރަނގަޅުވެއްޖެ.

14:04

ރާއްޖޭގައި އުޅުމުން އައި ބަންގްލަދޭޝްގެ އިތުރު 200 މީހަކު ގައުމަށް ފޮނުވާލައިފި. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީން ރާއްޖެ އިން ފޮނުވައިލުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން.

12:06

އެފްރިކާގެ ގައުމެއް ކަމަށްވާ ކޮންގޯގައި އެބޯލާ ފެތުރެމުންދާ ކަމަށާއި، ފާއިތުވި ހަފްތާއެއްގެ ތެރޭގައި އެގައުމުން އެބޯލާ ޖެހިފައި ތިބި ހަ މީހުން ފެނި، އޭގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

11:16

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތުން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ނުދަނީ ވައިރަހުގެ ބާރު ދެރަވެގެން ނޫންކަމަށާއި، އަދި ބަލި ފެތުރޭ ނިސްބަތް ވެސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި ވަނީ ވައިރަހުގެ ބާރު ދެރަވެގެން ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި.

10:41

ކޮވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެ.

10:34

ކޮވިޑް-19 އާއި ގުޅިގެން ފާއިތުވި ދޮޅުމަސް ދުވަސް ތެރޭގައި ސަރުކާރުން ކުރި ޚަރަދު 892.3 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފި.

10:11

ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ކުރުމަށް ހާއްސަ ބޭހެއް ބޭނުން ކުރަން ރަޝިއާ އިން ތައްޔާރު ވެއްޖެ.

09:23

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ އިތުރު 730 މީހަކު މަރުވެ، 22153 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

01:33

00:26


ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައި ވާތާ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާއިރު، އަދިވެސް ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވި، ބަލި ޖެހުނު މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ބަލީގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައި ވީނަމަވެސް، ބަލި ފެތުރުނު ފަހުން ރާއްޖޭގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތަށް އަންނަނީ ލުއިތަކެއް ދެމުންނެވެ. ސަރުކާރުން މިގޮތަށް ލުއިދެމުން އަންނަނީ ފުރަބަންދުގެ ފިޔަވަޅުތަކާއެކު ޤައުމުގެ އިގްތިސާދު ހީނަރުވެ އާންމުންނަށް ވަޒީފާ އަދާކުރެވޭނެ މަގުތައް ބަންދުވެ ގިނަ ދަތިތަކާއި ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދުވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވާއިރު މިހާތަނަށް ރާއްޖެއިން ޖުމްލަ 1829 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިއްޔެ ފިޔަވައި، ފަހަކަށް އައިސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 488 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިއަދު އެކަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 6 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ތިން ބިދޭސީންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދާ މީހުންނަށް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހުންނަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. ދެން ތިބި މީހުންނަށް ފަރުވާ ދެނީ ވޯޑްގައެވެ.

ކޮވިޑް-19 ގެ ބަލިމަޑުމަކުގައި ދުނިޔޭގެ މަޝްރަހަށް ބަލާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބަލީގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑެވެ. އެގޮތުން މިވަގުތު އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ބްރެޒިލް އާއި ރަޝިޔާ އާއި އިނގިރޭސިވިލާތުގެ އިތުރުން އަވައްޓެރި އިންޑިއާ ހިމެނެއެވެ.

ދުނިޔެއިން ހަތްވަނައަށް އަދި ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އެޤައުމުގައި ހިފެހެއްޓުމެއް ނެތި ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުންދާއިރު، ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާތަނަށް އިންޑިއާއިން 198,317 މީހަކަށް ބަލި ޖެހި، އޭގެތެރެއިން 5,608 މީހަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ 213 ޤައުމަކުން މިހާތަނަށް ކޮވިޑް-19 ފެނިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ 6.3 މިލިއަން އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 375000 އަށްވުރެ އިތުރު ވެފައެވެ. މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 2.8 މިލިއަން މީހުންނެވެ.


ކޮވިޑް-19 އާއި ގުޅޭގޮތުން އިއްޔެ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ މަޢުލޫމާތާއި ޚަބަރުތައް ތިރީގައިވާ ބްލޮގުން ފެންނާނެއެވެ.