އަދިވެސް މަސްވެރިކަން ކުރަނީ ހަކުރާ ފިހާރައިގައި ރިސޯޓް ހިންގި ގޮތަށް ކަމަށާ، މިހާރަށް ވުރެ ބޮޑަށް އިލްމީ ދިރާސާތަކެއް މަސްވެރިކަމުގެ ދާއިރާއިން ކުރަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ

މިރޭ މަޖިލީހުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނުތައް ހުރީ މަސްބާނަން ދަތިވާ ގޮތަށް ކަމަށާ، މަސްވެރިކަމާއި ގުޅޭ ހުރިހާ ޤަވާއިދެއް އަލުން މުރާޖާ ކުރަން ޖެހިފައިވާކަމަށެވެ.

އަދި އާ ސިނާއަތްތަކަށް ފުރުސަތު ދިނުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ވެސް ފައިދާ ހުރި ގޮތަކަށް ކުރިއަރުވަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތް. ޓޫރިޒަމެއް ނެތް. މަހަށް ގޮސް މަސް ބޭނޭނެ ގޮތެއް ނެތް. މިޔަރުގެ އުނދަނގޫ އެހާ ބޮޑު. ކަހަނބުގެ އުނދަނގޫ އެހާ ބޮޑު. ކޮންކަމަކާތޯ އަޅުގަނޑުމެން ދުނިޔޭގެ އެހެން ޤައުމުތަކުގައި ޓޫނާ ބްރީޑްވާ ގައުމުތަކާއި، ޓޫނާ ދަތުރުކުރާ ގައުމުތަކާއި އަޅުގަނޑުމެން އެބަ ޖެހެއެއް ނޫންތޯ ތަންކޮޅެއް އިލްމީ ފެންވަރެއްގައި މި މައްސަލައިގައި އެޑްރެސްކުރަން. މަސްވެރިން ތާ އުމުރު މަހަށް ދާން ޖެހޭ ގޮތަށް މި ކަންތައް ކުރަނީ" އޭނާ ވިދާޅުވިއެވެ.

އެހެން ސިނާއަތްތަކަކާއި އެއްގޮތަށް، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ޖެހޭ ކަމަށާ، މިނިވަން ކަމާއި އެކު މަސްވެރިކަން ނުކުރެވުމަކީ ބޮޑު މައްސަލައެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި ޒަމާނީ ފެންވަރުގެ މަސްވެރިކަމުގެ ޤާނޫނުތައް ވުޖޫދުކޮށް މިހާރަށް ވުރެ ރަނގަޅަށް ކަންކަން ހިންގަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވަނީ ފަހަކަށް އައިސް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހަނު

  ދިޔާނާ ޖާބެ ރަނގަޅަށް ތޯ ހުރީ!

  1
  1
 2. ދިޔާނާ 2/6/2020

  ޖާބިރު ކޮބާތަ ދިޔާަނާ

 3. އަލްޖިބްރާ

  ދިޔާނާއަށް ފިޝަރީޒް މިނިސްޓަރުކަން ލިބޭތޯ މިހާވަރުން މިއުޅެނީ !