މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި އިރު، އެފަދަ ކަންކަމަށް ނުބަލާތީ ފިޝަރީސް މިނިސްޓްރީ ޑިޕާޓްމެންޓްކަށް ބަދަލުކޮށް މިނިސްޓަރު ޒަހާ، މަޤާމުން ވަކި ކުރަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދާފައި ނުވާތީ، މިނިސްޓަރ ގާނޫނާ ޚިލާފުވި ކަމަށް މަޖިލީހުގެ ގަވާއިދު ކޮމެޓީން ހުށަހެޅި ރިޕޯޓާ ގުޅޭގޮތުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، މަސްވެރިކަމާއި ބެހޭ ވުޒާހަރާއެއް މިގައުމުގައި ހުންނަ ވާހަކައާއި މަސްވެރިންނަށް ތުރާކުރަމުންދާ ވާހަކައާއި މަސްބާނަން އުނދަގޫ ކުރާ ވާހަކައަކީ މިގައުމުގައި އަބަދުވެސް ދައްކަމުން އަންނަ ކަމަށެވެ.

މަސްވެރިކަމަކީ މިނިވަން ކަމާއި އެކީ މަސްވެރިންނަށް މަސްބޭނުން ކަމަށާއި މަސްވެރިކަމަކީ މިޔަރު ނެގޭ ގޮތަށް ހެދުމާއި ދާ ޖެހޭގޮތް ހެދުން ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ މިހާތަނަށް އައިއިރު މިއިން އެއްވެސް ކަމެއް ވެގެން ގޮސްފައި ނެތް ކަމަށެވެ. ޖާބިރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު މަސްވެރިންނަށް މަސްބޭނޭ ގޮތަކަށް ނެތް ކަމަށެވެ.

"މިރާއްޖޭގެ ނޫނިއްޔާމުން ސެންޓު ޖަހައިގެންގޮސް މަސް ނުބާނާ އައިސް. އަންނަ ގޮތަށް ގާނޫނު ހަދާފައިވާ ގައުމެއް ނެތް. މަސްބާނަން ގޮސް ދާ ޖަހާ މަސް ނުނަގަންވީ ކީއްވެގެންތޯ؟ ކާކުތޯ މަނާ ކޮށްގެން މިއުޅޭނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ގައުމީ ލެވެލްއެއްގައި މަސްވެރިކަމުގެ އިންޑަސްޓްރީގައި މިހާރު ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ދިވެހި ރާއްޖޭގެ މަސްވެރިންނަށް މިނިވަން ކަމާއި އެކީ މަހަށް ގޮސް މަސްބޭނޭނެ އުސޫލަކުން ގާނޫނު ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"90 ފޫޓު ދޯންޏެއްގައި މަހަށް މި ދަނީ. ނުލާހިކު ތެލު ހަރަދު ބޮޑު. އަނެއްކާ ބައްތިރީސް މީހުން މަހަށް ދާން ޖެހޭ. އެން ހިފަން އެބަ ޖެހޭ. އެން ނުލިބޭ ދުވަހެއް ވެއްޖެއްޔާ މަހަކަށް ނުދެވޭ. މަސްބޭނުމާއި އެން ހިފުމާއި އެއީ ދެ އިންޑަސްޓްރީއެއް ގޮތުގައި ބަދަލުވާން އެބަ ޖެހޭ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ހުރި މިފަދަ ކަންކަމަށް އަޅާލުމެއް ނުލައިދާތީ އަދި މަސްވެރިކަމުގެ ސިނާއަތައް ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު އެފަދަ ކަންކަމަށް އެޑްރެސް ނުވެދާތީ ޒަހާ ފަދަ ވަޒީރަކު ދެން ދުވަހަކުވެސް މިގައުމުގައު ނުހުންނަ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.

"އެކަހަލަ ވަޒީރުން ތިބީމަ ވަރަށް އުނދަގޫވާނެ. އެހެންކަމުން އަޅުގަނޑުމެންގެ ގައުމުގައި މަސްބޭނޭ ކަހަލަ ވަޒީރުން ތިބެންވީ. މަސްވެރިކަމަށް ހެޔޮ ރިޒުގު ގެންނަ ކަހަލަ ވަޒީރުން ތިބެންވީ. ރިޒުގަށް ހުރަސްއަޅާ ވަޒީރުން ތިބެގެން ނުވާނެ" ނިންމާލަމުން ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެކަނި

    ބަލަ ޖާބިރާ މި މިނިސްޓަރު ރައްޔިތުންނަށް އެއްކަމެއްނުކޮށްނުދިނަސް ސޯލިހުބުނީ ބަހައްޓާށޭ މައުމޫނު އެދޭގޮތަކަށްވާތީއޯ، މި ސަރުކާރުއައީ ރައްޔިތުން ޙާލުގެޖައްސަން ވައުވެގެންނޯ .މިވަނީ އެހެން

  2. އަހްމަދު

    ޖާބިރު މޮޔަވީތަ.؟؟؟؟؟....ރިޒުގު މިނިސްޓަރަށް ގެނެވޭތަ.