ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްގެންދާ ޖަލްސާގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އަށް އަނިޔާވެއްޖެ އެވެ.
މެމްބަރު އީސައަށް އަނިޔާވެފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައި ހާމަ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މެމްބަރު އީސައަށް ލިބިފައިވަނީ ކުޑަކުޑަ އަނިޔާއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ކެނދިކުޅުދޫ ދާއިރާގެ އިއްޒައްތެރި މެމްބަރަށް ކުޑަ ކުޑަ އަނިޔާއެއް ވީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ. އެހެން ނަމަވެސް އެބާވަތުގެ ކަންކަންވޭ އެ އިއްޒައްތެރި މެމްބަރަށް އެހެންޏާވެސް،" ނަޝީދު ވިދާޅުވިއެވެ.
މިރޭ މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުމުގައި އީސަގެ އިތުރު ބައެއް އެހެން މެމްބަރުންނަށްވެސް އަނިޔާވެފައި ވެއެވެ. އޭގެތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމާއި ތުޅާދޫ ދާއިރާގެ މެމްބަރު، ހިސާން ހުސެއިންވެސް ހިމެނެއެވެ.
އީސައަށް އަނިޔާވެފައިވަނީ މަޖިލީހުގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރަށް ނުކުމެ ވަޑައިގަންނެވުމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް، އެމްޑީޕީ މެމްބަރުން ޝިޔާމް ބޭރަށް ދަމާފައި ގެންދަން އުޅުމުގެ ތެރޭގައެވެ.
މި ހަމަނުޖެހުންތަކުގެ ވީޑިއޯ އާއި ފޮޓޯތައްވެސް މީށްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯގައި ފެންނަނީ ބައެއް މެމްބަރުން، މަޖިލީސް ހިންގުމަށް އެޗްޕީއޭ އިން ދީފައިވާ ހުއްދަ އާއި ޚިލާފަށް، ގައިދުރުވުމަށް އަންގާފައިވާ ޤަވާއިދާ ޚިލާފުވެ އެއްވެ އެއްތަންވެ އުޅުނު މަންޒަރެވެ.
ހުސްދޮގު. އެއީ މިހާރު ފޭކް ހަދަނީ އަނިޔާކޮށްފައި
ހާދަ ފިނޑި މެންބަރެކޭ.
ގޮނޑީގަ މަޑުން ނީންދެވެންޏާ ތިހެންވާނި.
ނަޝީދު ތަޅުނުގެ ރައީސަކައް ބަހައްޓައިގެން މިފެންނަނީ ޕެންޑެމިކެއްގައި ރައްޔިތުން ހަލާކުވެދާއިރުވެސް ސިޔާސީ ސަކަރާތާއި މާރާމާރީގައި ރައްޔިތުންގެ ފައިސާ އިން މުސާރަނަގައިގެން ތެލޭމަންޒަރު. ކިތައް އާއިލާތޯ އެތިބީ ހަދާނެގޮތެއް ނޭނގިފަ އާމްދަނީގެ ހާލަތު ނެތިގެން..އެކަމަކު މަޖިލީހުގަ ބޮޑު މުސާރަނަގައިގެން ތިބެ އެއްބަޔަކު ރައްޔިތުންނައް އެއްވެސް މަންފައެއްނެތި މާރާމާރީ ހިންގާތަން މިފެންނަނީ. އަދިވެސް މި މީހުންނައް ވޯޓުލާތި. ޑަސްބިން ބޮލުގަ އަޅައިގެން އުޅުނު މަންޒަރުފެނުނު ފަހުންވެސް އަދިވެސް ވޯޓުގާ ގައުމުފަނާ ކުރާތި. ސުވަރުގެ ހޯދެން އޮތީ މިކަހަލަ ދެއުޅިއެއްނެތް މީހުންނައް އާރާއި ބާރުދީގެން ވިއްޔާ..
މީއެއްކަލަ ނުރަށްކާ ކޮވިޑު-19 ގެންގުޅޭ މީހާދޯ ކަލޯމެން ކުޅުނު ގުންޑާ ފިލްމުގެ ވީޑިއޯ ތައް އެއޮތީ ފެންނަން ދެން މުނާފިޤުންނަށް ވެގެން ކޯންއެއްޗެއް ފޮރުވަން ތިބަހަނާދައްކަނީ އީސާ ފަހުބޮޑި ބާރުގަދަވަނެ ވިސްނާ!
ޝިޔާމު ގެ ބަލާ ބޮޑު ވެއްޖެ
ކާލޭގެ ހާލަކީ ތީ! ކަލޭދޭބަލަ ރަށަށް! ރަށަށް ގޮސް ރަށުމީހުންނަށް ތިކަން ދައްކާބަލަ! ކަލޭ ރަނގަޅުވާނެ ފިލްމިތަކުގެ ގުއްޑާގެ ބައި ކުޅެން. މަޖްލީހުގައިވެސް ކަލޭކުޅެނީ އެބައިވިއްޔާ!
ރައީސަށް ސުވާލުކޮށްލަބަލަ އީސައަށް އަނިޔާވީ މަނިކުފާނު ބުނެގެން ނައިފަރުދާއިރާގެ މެންބަރު ގަޔަށް ބޮލަށްއަރައި މާރާމާރީ ހިންގަން ފޮނުވައި ޝިޔާމަށް އަނިޔާވީމާ، އެކަން ފޮރުވަން އަމިއްލައަށް އާޓުޖައްސައިގެން ކުރިކަމަކުން ނޫންހެއްޔޭ؟