ޤާނޫނު އަސާސީ އިސްލާހުކޮށް، ކައުންސިލް މެމްބަރުންގެ ދައުރު ދިގުދަންމާލުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ނިންމައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭގޮތް ނުވުމުން، މިހާރު މަޤާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގުދަންމާލައި ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފައި ވަނީ، މިރޭ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާޤުންނެވެ.

ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް މިރޭގެ ޖަލްސާގައި ވޯޓުދެއްވާފައި ވަނީ، ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި މިނިވަން ބައެއް މެމްބަރުންނެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އެއްވެސް މެންބަރަކު މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މަޖިލީހުން މިރޭ ފާސްކޮށް ޤާނޫނު އަސާސީގައި އިތުރުކުރި އެ އިންތިގާލީ މާއްދާގައި ބުނަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

މަޖިލީހުގެ ކޮމެޓީން ބިލު ދިރާސާ ކުރުމަށްފަހު، އެ ބިލްގެ އެއް ވަނަ މާއްދާ އުނި ކުރުމަށްފަހު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. މިދެ ހުށަހެޅުން ވެސް ހުށަހަޅާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އެގޮތުން 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ދައުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެ މެމްބަރުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން މަގާމުގައި ދެމި ތިބޭނެ ކަމަށް ވަނީ ފާސްކޮށްފައެވެ.

އަދި މި އިންތިގާލީ މުއްދަތުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު، އެ މެންބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އޭޕްރީލް މަހުގެ ތެރޭގައި ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު ވަނީ ފަސްކުރަން ނިންމާފައެވެ. އެހެން ކަމުން އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވާފައިވަނީ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފަރީދާ

    ތިގޮތަށް ގާނޫނު އަސާސީ ފާސްކުރެވިދާނެ

    8
    1
  2. މިކާވަގު

    ލާޑިނީ އެމްޑީޕީގެ މިނިކާ ރީނޑޫ ޖަނަވާރު ތަކެއް މެންބަރު ސިޔާމު ނޮޅާލައިފި ޤާނޫނީ ބޮޑުކުށެއް ނަމަވެސް އެމައްސަލަ ބަލާނެ ކޯޓެއް މިވަގުންގެ ޖަރީމާ ހިންގާ ސަރުކާރުގައެއްނެތް ގާސިމް މައުމޫން އަތްޖަހަން ތިބީ ދުވަހެއް އަނާނެކަން ހާނދާން ކޮށްގެން ތިބޭތި!

    16
    4
  3. ދުންތަރި

    ޤަނޫނު އަސާސިއަކީ މިހާޜު މިޤައުމުގަ އޮތް އެއްޗެއްނޫން މާރިޔާދީދީއާއި މަޖިލީހުގެ ނައިބުރައީސް އީވާ ވަނީ އެއަށްފައިންއަރާ އޭގެ ހުރުމަތްކަނޑާލާފަ މިހާޜު ޤާނޫނު އަސާސީއަކީ އެމްޑީޕީގެ އަސާސީ ޤަވާޢިދު

    13
    3
  4. ސުޕަރމެޖޯރިޓީއާއި އާރާބާރު

    ބެނުންވާކަމެއްނިންމުމައް މެންދަމު މަޖިލީސްއެއްކޮއް ގާނޫނު އަސާސީ ބަދަލުކުރެވިއްޖެ. ޜައްޔިތުމީހާ ބޯފެންފޮދާއި ބަލިވީމައިކާާލާ ބޭސްގުޅަގެ އަގުވެސް އަދި ޖުމޮލްކޮއް ހުރިހާޚިދދުމަތަކާ ތަކެތީގެއަގުވެސް ގުޅިފައިވަނީ މާލެސަރަހައްދުގެ ތަންތަނުގެ ކުއްޔާ. ޢިޚްލާސްތެރިކަމެއް ހުރިނަމަ މިކުލިކޮންޓްރޯލް ނުކޮއްތިޔައުޅުއްވަނީ ކޮންސަބަބަކާހުރެތޯ. ޢަސާސީ ބައްއްތަކީގެ އަގު ގާނޫނު އަސާސީ ގަވައިދުހަދައިގެން ކޮންޓްރޯލްކުރެވޭއިރު މުޅިހުރިހާ ކަމަކާއި ހުރިހާއެއްޗެއްގެ އަގު އެއާގުޅިފައިވާ މާލެސަރަހައްދުގެ ތަންތަނުގެ ކުލިވެސް ކޮންޓްރޯލް ކުރެވޭނެ. މީ ދުނިޔޭގައި ބަޔަކު އަލައްކުރާކަމެއްނޫން. ކުރިއަރާފައިވާ މުސްހަނދި ގައުމުތަކުގައިވެސް އަދި ފަގީރުގައުމުތަކުގައިވެސް ކުރަމުން އަންނަކަމެއް. ޢަދި ޚާއްސަކޮއް މުޅިގައުމުގެ އެންމެން ބޭނުންކުރާ ހުރިހާޚިދދުމަތަކާ އަދި ބޭނުންކުރާ ހުރިހާއެއްޗެއްގެ އަގު މިކަމާގުޅި ލާމެހިފައިވާއިރު މިކަންނުކޮއް ދެން ރައްޔިތުމީހާ ވާވައްދަން އިތުރު ޑްރާމާކުޅުމުގެ ބޭނުމެއްނެތް

    11
  5. މަބޭ

    ޢެޗްޕީއޭއިން މޮނޮޓަރިން ހާލަތައްލާފަހުރި ބައެއް ގޭގޭގަ ދިރިއުޅޭ މެންބަރުންވެސް މިރޭމަޖުހިހައް ގޮސްފައިވޭ މަޖުލިސް މެންބަރުންވީމަ އުސޫލުތަކުގެބޭރުން ހުރިހާކަމެއްވެސް ކުރެވޭ ނިކަމެތިމިވަނީ އާންމުރައްޔިތުން

    11
    1
  6. ާވަތުބަތާނަ

    އަނެއްކާ އެހެންކައުންސިލަކަށް މިހެން ދިމާވިއަސް އަނެއްކާ ޤއ އިސްލާޙުކުރަންވީ ދޯ، އަޅެ ކޮންމެ ކައުންސިލަކަށް ނުވަތަ އިންތިޚާބީ އެހެން މަ ޤާމަކަށް މިފަދަކަމެއް ދިމާވިއަސް އެކަންކަން ފެތޭގޮތަށް އިސްލާހުގެނައިނަމަދޯ

    5
    1
  7. ޕީޕީއެމް

    މިހާރު އަހެރެމެންލަވަންޖެހެނީހުސްހަޅޭ ކީއްކުރާނީ ދޯ

    7
    1
  8. ާބޭކާރު

    ތިޔަ އީ ގާނޫނުއަސާސީއަށް ގެނެވެންވާނޭ އިސްލާހެއްނޫން.ތިޔަކަން ކުރަން ކޯޓުން ދިން ލާފާވެސް ރަނގަލުކަމަކަށް ނުދެކެން..80 ވަނަ މާއްދާ ގަ މަޖިލީހުގެ ދަވްރުގަ މުއަދަތަށް އިންތިހާބު ނުކުރެވިއްޖެނަމަ އަމަލު ކުރަން ޖެހޭ ގޮތް ކަނޑައެޅިފަ އެބައޮތް .80 ވަނަ މާއްދާގަ ކައުންސިލްގެ ވާހަކަ ނެތަސް އެއީކަނޑައެޅިފާއޮތް ރޫލިން އެއް ނޫންބާ ؟އާންމު އިންތިހާބު ތަކުގާ ދެގޮތަކަށް ކަނޑައެޅުން 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާޢި ތައާރަޒް ނުވޭބާ؟

    9
    1
  9. މާލެ ބޭބެ

    ތިއީ ދަންވަރު ބައްތި ނިއްވާލައިގެން ރައްޔިތުންނަށް ވަގަށް އޮޅުވާލީ... ނަޝީދު ބޭނުންވޮގޮތަށްނުވެ ރ.ސލިހު ބޭނުންވިގޮތަށް ބިލްފާސްވީ... ޤާނޫނޭ ނުކިޔާ... ޕާޓީގެ އަސާސީ ޤަވާއިދު ނުންތޯ.... ރައްޔިތުންނަކީ އެމްޑީޕީގެ މެންބަރުން އެކަނި...

    7
    2
  10. މޯދީ

    މިއަދު ހުރިހާ ބާރެއް ލިބިފައި އޮތީމާ ހުރިހާ ކަމެއް ގާނޫނަކަށް ގަވާއިދަކަށް ބެލުމެއްނެތި ކުރެވިދާނެ މާގިނަދުވަހެއްނުވެ މިބައިގަނޑުގެ ކިބައިން މިބާރުތައް ނެތި ކުރައްވާ މިގައުމު ސަލާމަތް ކުރައްވާށި. އާމީން

    11
    1
  11. މުހައްމަދު

    ގާނޫނު އަސާސީ ބަދަލު ކޮށްގެން ވެރިކަމުގެ ދައުރު ދިގުދަދަންމާލައިގެން ނޫންގޮތަކަށް އަލުން އެހެން ދައުރެއް ލިބިދާނެބާ.

    7
    2
  12. އަހްމަދު

    ދަނޑިމާރި އަޅައިގެން ބޭނުންގޮތަށް ހެދިދާނެ!

    6
    1
  13. މުހައްމަދު

    ރައްޔިތުން މިތިބީ ހަޑިމުޑުދާރު ބައެއް..
    އަނެއްހެން ބުނަޢްޔާ ހަނަވާރު ކޮށްޓަކަށް ވައްދާފަތިބިޖަބަވާރުތަކެއް...

    5
    1
  14. ސަޓޯ

    ދެންބަލާތި... ދެން ފާސްކުރާނީ ކޮވިޑް 19 އާއި ހެދި ކަޅުއިބުރޭއަށް ވެރިކަމެއް ނުކުރެވުނޭ ކިޔާފަ އޭނަގެ ދައުރު ދިގުދަންމަން..

  15. އަބްދޫ

    ޢިންތިހާބުގަ ކުއްލި ނުރައްޖަލުގެ ހާލަތުގެ މާއްދާގަ ނެތް އެއީ ރަޢީސް އިއުލާންކުރައްވާ ހާލަތެއްގަ އަމަލުކުރަންޖެހޭ ގޮތް ކަމަކަށެއް ގާނޫނު އަސާސީ އަކުނެތް އޭގެ ފަހުން ހެލްތުގެ ކުއްލި ނުރައްކާ ގާނޫނަކުން އައުމުން ގާނޫނުއަސާސީގަ އެފަދަ ހާލަތުގައަމަލު ކުރަންޖެހޭގޮތް އޮތުމުން އިތުރު މާއްދާއެއް ހިމަނަން ޖެހޭނެ ކަމަކަށް ނުދެކެން. ޜައީސް ގެ ކުއްލި ނުރައްކަލުގަޔާ ހެލްތު ގެ ކުއްލި ނުރައްކަލުގަ ވެސް ރަެއްޔިތުން އަމަލުކުރަންޖެހެނީ އެއްގޮތަކަށް.ވީމާ ނިންމުން ރަނގަލުބާ؟