މިރޭ ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާ ޖަލްސާގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި، ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް އަށް ހަމަލާދިނުމަށް ރައީސް ނަޝީދު އެންގެވި ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމް އިން މިގޮތަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދިޔަ ޖަލްސާގެ ތެރެއިން ހަމަނުޖެހުން ހިންގައި ބައެއް މެމްބަރުންނަށް އަނިޔާވެފައިވާ ދަނޑިވަޅެއްގައި ނެރުނު ބަޔާނެއްގައެވެ.
ޕީޕީއެމް އިން ބުނެފައިވަނީ، މިރޭ މަޖިލީހުގެ ޖަލްސާ ކުރިޔަށްގެންގޮސްފައި ވަނީ ޤަވާއިދުތަކާއި ޚިލާފަށް ކަމަށެވެ. އަދި މި ޖަލްސާގައި ހަމަނުޖެހުން ހިންގައި، މެމްބަރު ޝިޔާމަށް އަނިޔާކުރުމަށް އެންގެވީ ރައީސް ނަޝީދު ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"ޝިޔާމްގެ ހަށިކޮޅަށް އަތްލާ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީ، އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މި މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.
ޕީޕީއެމް އިން ބުނެފައިވަނީ، މެމްބަރު ޝިޔާމް މަޖިލީހުން ނެރުމަށާއި، އެމަނިކުފާނުގެ ގައިގައި ތަޅާލުމަށް ރައީސް ނަޝީދު ވިދާޅުވި އެއްސެވިކަމަށް އެތަނުގައި ތިއްބެވި މެމްބަރުންވެސް ހެކިވާ ކަމަށެވެ.
އަދި ރައީސް ނަޝީދުގެ އެންގެވުމަށް ޝިޔާމަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ، މިވަގުތު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ޕީޕީއެމް އިން ބުނެފައި ވެއެވެ.
ބައެއް މެމްބަރުން ޝިޔާމަށް ހަމަލާދީ، އޭނާ ދަމާފައި މަޖިލީހުގެ ތަޅުމުން ނެރެފައި ވަނީ، މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެޗްޕީއޭއިން ދިން ހުއްދައިގައި ބަޔާންކުރާ ގައިދުރުކޮށް ތިބުމުގެ ޤަވާއިދާވެސް ޚިލާފުވެގެންނެވެ. އެގޮތުން މެމްބަރުން ޝިޔާމް ކައިރިޔަށް އެއްވެ އޭނާގެ ގަޔަށް އަތްލާ މަންޒަރު ފެންނަ ވީޑިއޯތައްވެސް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ޢެހެއްނު ވާނީ ނަސީދުއަކީ ގޮތެއް ފޮތެއް ހުރި މީހެއްނޫން
ނަސީދުއަކީ އަބަދުވެސް ތަޅާފޮޅުމަށް ލޯބިކުރާ މީހެއް
ޙަނދާންއެބަހުރިތޯ އާދަނު މިނިސްޓަރަކަށްހުރެ ބައެއްގެ ދަތްދޮޅިއޭ ކިޔައިގެން ދެއްކިވާހަކާ. ޢަނެއްކާ އާދަނުގެ ދަތްދޮޅި ސަލާމަތުން އެބަހުރިތޯ..
ކަލޯ އެމްޑީޕީ ޖަނަވާރުތައް ތިކުޅުނީ ފިސާރިވަރުގަދަ ކުޅިޔެއްކަން ހަނދާން ބަހައްޓާތި ފަހުބޮޑި ބާރުވާނެ!
ފަހުބޮޑި ބޮޑުވެ އެއޮތީޖަލުގަ.އެކަލޭގެ މީހުނަށް ނުހައްގުން ކުރި އަނިޔާގެ ރަހަ އެދެކެނީ. މިހާރުދެން އުނަގަޑޭ ވައިސޫރިއޭ ފިނިފެންމަލޭ ކިޔާނެކަމެއްނެތް.
މަޖުލީހުން މީހަކު ނެރެންޏާ ނެރެން އޮންނަނީ ސިފައިންނަށް އަންގައިގެން. ދެތިން މެމްބަރުން ބޭނުންވީމަ ޖެހިގެން އިންނަ މެމްބަރު ނަގައިގަނެގެން ގެންގޮސް އެއްލާލާ އުސޫލެއް ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގައި ނޯވޭ. ކުރިން މިފަދަ ކަމެއް ނުވެސް ހިނގާ.
ތިޔަ ހެން ބުނި އަޑެއް ނީވޭ ވީޑިއޯއަކުން.. މަޖިލީހުން ނެރެވޭނެއޭ ނެރެން އަތްލެޗޭނެއޭ ބުނިއަޑު އިވުނީ..ހަމަ ގޭމެއް ކުޅެލީ.. ކިތަންމެ ގޭމެއް ކުޅުނަސް ވާނެ އެއްކަމެއް ނޯންނާނެ ހަމަ ހުޅުނބު ދާނި ތެޅުނު ތެޅުނުހެން.. އެއިތީ ފާސްކުރަން ބޭނުންވި ހުރިހާ އެއްޗެއް ފާސްކޮށްފަ
ތީ ތިނުބައި ބުއްޅަފިރުއައުނުގެ ރޭވުން. މާކުރިން ރާވައިގެން ތިތާތިތިބަ ގޮތެއްފޮތެއްނެތް ބައިގަނޑުލައްވާ ކުރުވިކަމެއް. އެކަމު އެގޮތައް ގަޔަށް އަތްލެވިގެން ނުވާނެ
އަޅުގަނޑު ބޭނުންވަނީ ތަޅާނެ ކުދިން ކޮޅެއް ހޯދައިގެން ތަޅަން!
ސޯ؟
ބޮއްޅަބޭ ބުނާނެ ތަޅާންވެސް އެއީ ފުލުހުގައިގަ ތަޅާލާނެ ކުދިންކޮޅެއް ހޯދަންއުޅުނު ބުރާންޗެއް
ހާހާހާހާ
އަނގަޔަށް މާބޮޑަށް ހަރަކާތް ނުގެނެސް ޝިޔާމް އާއި ދިމާލަށް ޖަޅޭއްލެވީ. މޫނު ހުރިގޮތަށް ބަހައްޓާފަ ކީ އެއްޗެއް ކީ. އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް.
މަޖިލިސްކުރާ ގެއެއްނޫން ތިޔަކީ ޖަނަވާރު ކޮށި ކިޔަސް ފާފަ ނުވާނެ. ޢިންސާނުންގެ ސިފަތައް ތިތަނުން ނުފެނޭ. ޓީވީތަކަށް އަރާފައި މޮޅުވާހަކަ ދައްކާ ބައެއް ތިތާ ތިބޭނީ.
ނަޝީދަކީ ވަލު ޖަނަވާރެއް ޖަންގަލިގެ އުސޫ އެގެންގުޅަނީ މިނަގެބައި ގަޑުން މިގައުމު ސަލާމަތް ކުރައްވާށި ޔާﷲ ޔާ ﷲ ޔާ ﷲ ޢާމީން
ޝިޔާމަށް ހަމަލާ ދެއްވުމަށް މެންބަރުންނަށް އެންގެވީވެސް ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު... އެއް މެންބަރެއް އެނެއް މެންބަރެއްގެ ގައިގަ އަތް ލައިގެން ނުވާނެ... ކުރިން ކިހާ އަޑުގަދަ އެއް އެމްޑީޕީ ކުރި، މިފަހަރު ޕީޕީއެމް މެމްބަރަކު އެއްޗެކޭ ބުނާއިރަށް އަނިޔާވެރި އެމްޑީޕީ ކޮށްލިވަރު ބަލާބަލަ.. މިހާލަތުގަ ގައިދުރު ކަމެއް ނެތް..
ޚަލޭމެން ހަދާ ނުކުޅެދޭ ގާނޫނުން ކަލޭމެން ތިޔަ ތެޅެން ޖެހެނީ އަނިޔާ ލިބެނީ ރައްޔިތުންނައް ކިނބުފެންގަނޑައް ފައިބާއިރައް ކޮންމެވެސް ކަމެއްވާނެ
މަޖްލީހުގެ ރައީސް، ރ. ޔާމީން އަދި ގިނަ ސިޔާސީ ބޭފުޅުންގެ އުނަގަޑަށް މި އަނިޔާވަނީ! މި ޢާ އެކުވެސް ބައެއް ބޭފުޅުން ބައިސިކަލް ކިކް ޖައްސަވާފަ ހުރިކަން މީޑިއާ ތަކުން އިނގޭ! އަނެއް ބޭފުޅުން ހައްދަވާ ގޮތެއް ނުވެސް އިނގޭ!