ޤާނޫނު އަސާސީ އިސްލާހު ކުރީ ރަނުން ރަނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭގެ މަޖިލީސް ނިންމަވާލައްވަމުން ރައީސް ނަޝީދު ވަނީ ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމުގެ މަސައްކަތް ކުރެވުމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް މަރުޚަބާ ވިދާޅުވެފައެވެ.

" އަޅުގަނޑަށް އިނގޭ ރައީސުލްޖުމްހޫރިއްޔާ އިންނަވާނީ އަޅުގަނޑުމެންގެ މަސައްކަތް ބައްލަވަންކަން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއް ނުވެ މަނިކުފާނުގެ މޭޒުކޮޅު މައްޗަށް މި ޤާނޫނު އަސާސީ ތަސްދީގުކުރުމަށް އަޅުގަނޑު ފޮނުވާނަން. އަޅުގަނޑުމެން ހުރިހާ އެންމެންނަށްވެސް މި ލިބުނީ ވަރަށް ހަނި ފުރުސަތު ތަކެއް. ވަރަށް ހަނި ޖާގަތަކެއް. " ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭ ޤާނޫނު އަަސާސީ އިސްލާހުކުރަން މަޖިލީހުން ނިންމާފައި ވާއިރު، މަޖިލީސް ގެންދަނީ ތިނޯހެއްގެ ފަގައިން ގެންދާ މިސާލުން ކަމަށާ ގޯހެއް ނުހިނގާނެކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭގޮތް ނުވުމުން، މިހާރު މަޤާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގުދަންމާލައި ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފައި ވަނީ، މިރޭ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާޤުންނެވެ.

ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް މިރޭގެ ޖަލްސާގައި ވޯޓުދެއްވާފައި ވަނީ، ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި މިނިވަން ބައެއް މެމްބަރުންނެވެ.

މިރޭގެ މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުން ބޭރު ކުރުމުގެ ތެރޭގައި މެމްބަރުންގެ މެދުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

މި ހަމަނުޖެހުންތަކުގެ ވީޑިއޯ އާއި ފޮޓޯތައްވެސް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯގައި ފެންނަނީ ބައެއް މެމްބަރުން، މަޖިލީސް ހިންގުމަށް އެޗްޕީއޭ އިން ދީފައިވާ ހުއްދަ އާއި ޚިލާފަށް، ގައިދުރުވުމަށް އަންގާފައިވާ ޤަވާއިދާ ޚިލާފުވެ އެއްވެ އެއްތަންވެ އުޅުނު މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އިބްރާހިމް މ ސާލިހު

    މަޖުލީހުން މެމްބަރަކު ނެރެންޏާ ނެރެން ޖެހެނީ ސިފައިން ވައްދައިގެން. އެކަމަކު މިރޭ ރިޔާސަތުން އެންގީ މެމްބަރުންނަށް އެމްޕީ ޝިޔާމު ނެރެން.

    19
  2. ލީލް

    ޢެމްޑީޕީ މެމްބަރުން މިރޭ ތިބީ ހަމަ ހޭގަތ؟ ސޯޝަލް ޑިސްޓެންސް ކޮބާ. ޢެގޮތަށް ނަޝީދުގެ އެންގުމަށް މީހުންގެ ގަޔަށް ބޮލަށް އެރެވޭތ؟ ޢީވާ ވެސް ޗާންސް ބަލާފަ އިދިކޮޅު މެމްބަރެއްގެ ބުރަކަށީގަ ފައިން އަޅުވާލި ތަން ފެނެނީ. މި މީހުންގެ އަސްލު ސޫރަ ފަޅާއަރާނެ. ޢިންޝާ ﷲ

    20
  3. ތާކިހާ

    އެޖެންޑާ 19 ގެ ދަށުން ރައްޔިތުންނަށް ލުއި ފަސޭހަމާއި އޯގާތެރިކަމާއި އަޅާޅުމާއި އިންސާފުގެ ހަމަހަމަކަމާއި ރައްޔިތުން ބޭނުންވާ ތަރައްޤީވެސް ފެންނާނީ ތިނޯހެއްގެ ފަގައިގެ ތެރެއިން އިނގޭތޯ. ތިޔަ ބޭފުޅުންނަށް އޮތް ތާޢީދުވެސް މިހާރު އިތުރުވަމުންދަނީ ހަމަ ތިނޯހެއްގެ ފަގައިގެތެރެއިން. މީ ވަރަށްވާހަކަ # ޝުކުރިއްޔާ ތިނޯސްސަރުކާރު

    16
  4. ބުއްޅަ ހަވަރަށްދީ

    ރޭގަނޑު އެންމެން ނިދާ ދަންވީމަ މަޖިލިހަށް ވަދެ ކުރި ބޮޑު ވައްކަމެއްތީ ފަނޑިޔާރަކު ވަގަށް ނެގީވެސް ރޭގަނޑު ދަންވަރު އެގެއަށް ވަގަށް ވަދެއްއެއްނު މިރޭ މަޖިލީހުގައި ލާދީނީ ވަގުން ތިހިން ގިބޮޑުޖަރީމާ އެހެންބަޔަކު ތިގޮތައް ކަންތައް ކުރިނަމަ އެމްޑީޕީ ގުންޑާތަ ހުންނާނެވަރެއް!

    18
  5. ތުންމެޓާ

    ރިޔާސީއިންތިހާބުގެ ވޯޓާ މަޖިލިސް އިންތިހާބުގެ ވޯޓުވެސް ހަމަ ރަނުންރަނަށްދޯ ހާދަ ކުޅަދާނައޭދޯ ހަމަ ހަކުރު ގިނަވީމަ ވާގޮތްދޯ އެއީ!

    14
  6. މެންދަމުގެ 1:30

    ޒުވާނުނަށް ވަޒީފާގެ ދޮރުތައް ރަނުންރަނަށް ހުޅުވާލުން!

    14
  7. ދައްޖާލަ

    ހަނދާން އެބަހުރިތަ ފަނޑިޔާރު ވަގަށް ނެގީވެސް ރަނުން ރަނަކަނު ދޯ!

    17
  8. ކާޅު ކާ ކާ

    އަނގަ އޮތީޔަކާ ކާޅެއް ނުކާނެ!

    14
  9. ާަބިޖޫ

    އެންމެން ނިދާ ފައިފިޔަވަޅު އޮބުނީމަދޯ ތިބުނާ ރަނުންރަނަކައްވަނީ ތިޔައްކިޔާނީ ވަގުން ވަގައް ކުރިކަމެކޭ އޮޅުވާލުމާއި މަކަރާ ހީލަތްހެދުމުގެ ލާމަސީލު މިސާލެއް ތިދެއްކުނީ ތީބޮޑުވަރު

    14
  10. އެޗް

    އެމްޑީޕީ މެމްބަރުންނާ ތާއިދުކުރާ ކޯލިސަނުން އެޗްޕީއޭގެ އަމުރާ ޚިލާފުވެގެން ހިންގާ ކަންކަން ނުފެނޭތަ ތީ މިޤައުމުގެ ހަލާކުން

    14
  11. ވގ

    ޤާނޫނުއަސާނީ އިސްލާޙުކޮށް އެޤާނޫނެއް ފާސްކުރަން ރައީސް ބޭނުންވެއްޖިއްޔާ ރައީސަށް ތާއިދުކުރާމެން ބަރުން ލައްވައި ތަޅަމުގައި މާރާމާރީ ހިންގައި ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާކަށް ނުޖެހޭނެ! މިއީ މަކަރާހީލަތްތެރި ބައެއް

    14
  12. ވޯޓްވަގު

    ޖަންގަލީގެ އުސޫލުން ތަޅާ، ދަމާކޫއްތާފަ ކަލެއާ އިދިކޮޅަށް ބަހެއް ބުނި މެމްބަރުން ތަޅުމުން ބޭރު ކޮއްފަ، ރަނުން ރަނަށް ޤާނޫނު އަސާސީ އިސްލާހު ކުރެވުނީއޭ ބުނީމަ އަހަރެންނަށް ކަލޭ ސިފަވަނީ، ސިންގާ އަކާ، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އަށް އަވަސް ޝިފާއެއް ދެއްވާށި.

    15
  13. ރަނުން ގުޔަށް

    ޤާނޫނު އަސާސީ އިން ބާރު ލިބިގެން ހަދާފައި އޮތް ޤާނޫނަކުން ބާރުލިބިގެން ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައި އޮއްވާާ، އެޙާލަތުގެ ދަށުން ވަކި ގޮތަކަށް އަަމަލުތައް ބަހައްޓާ (ގައިދުރުކަން) ބެހެއްޓުމަށް އަންގާފަ އޮއްވާ، އެކަމާ ހިލާފުވެފަ، ރަނުން ރަނަށް ގައިގޯޅިވީ އެންމެން. ނަމޫނާ މެންބަރުން.

    10
  14. ރައްޔިތުން

    ރާއްޖޭގައި އޮންނަނީ 3 ބާރު ވަކިން ހިންގޭ ވެރިކަމެކޭ ބުނެވޭ، އޭގެ ތެރެއިން އެއްބާރަކީ ވެރިކަން ހިންގުމުގެ ބާރޭވެސް ކިޔާ ކައުންސިލްތައް ހިންގުމަކީ ޝަރުޢީ ބާރެއް ނޫން އަދި ގާނޫނު ހެދުމުގެ ބާރެއްވެސް ނޫން ވީއިރު އެބާރަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ވާކަމެއް، ވެރިކަން ހިންގުމުގެ ބާރު ރައީސުލް ޖުމުހޫރިއްޔާގެ ބާރު އިންތިޤާލީ އެއްގައި ނޫން އޮތީ އެކަމަކީ ކައުންސިލްސްތައް މިދިޔައީ އިންތިޤާލީ ކައުންސިލަކަށް، ވަގުތީ ކައުންސިލަރުންނާއި އަފި ވަގުތީ އެސްޖީ އިންގެ މައްޗަށް ނިޒާމު ކަނޑައެޅިގެން، މީ އީ ޤާނޫނީ ހަަމަ ކަމަށް ނިމިގެން. އެކަމަކު ރާއްޖެ މި އޮތީ އެއްވެސް އިންތިޚާބެއް ނުބޭއްވޭނެ ޟަރުރީ ޙާޅަތުގައި އިލެކްޝަނުން އެކަން އެވަނީ އިއުލާން ކޮށްފައި، މިހެން ކަމަށް ބަލައި އޭގެ މައްޗަށް ބާރުވެރިވެ އިންތިޚާބު ބޭއްވާ ކައުންސިލް އިންތިޚާބު ވަންދެން މިކައުންސި؛ލްތައް ދެމި ދިއުމަކަށް ޤާނޫނު އަސާސީ އެއް އަދި ޤާނޫނެއް އިތުރަށް ގެންނާކަށް ނުޖެހޭނެ ކަމަށް ރައީސު؛ލް ޖުމުހޫރިއްޔާ ޤަރާރަކުން ތިކަން ނިންމި ނަމަ ކައުންސިލްތައް އޮތީހީ ގާނޫނުގެ ފުރުހަމަ ބާރުގައި ކަމަށް ފެނޭ، މިހާރު މި އޮތީ ވެރިކަން ހިންގުމުގެ ބާރުން އެއްބައިގާ ވާގި ނެތި ޕެރެލައިސް ވެފައި.

  15. އެމަންޖެ

    މިގައުމުގެ ހަލާކު ކެނެރީ ނަސީދު.

  16. އައްޑޫ މީހާ

    ކަލޯ މަހުޝަރުގެ މައިދާނުގައިވެސް ތިހެން ބުނާނެ ދޯ ވައްކަމާއި ކޮރަޕްޝަނަކީ ރަނުން ރަނަށް ހިންގި ކަމެކޭ އެދުވަހަކުން ބާރެއް ނުދެއްކޭނެ