ސިޔާސީ އެއްވެސް ހަރަކާތަކަށް ނުކުންނެވުމުގެ ކުރިން ދެތިން ކުޅި ކުރިއަށް ނުވިސްނަވާ ނުނިކުންނެވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިރޭ މަޖިލީސް ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅުން ރޭވި އިހުތިޖާޖު ރަނގަޅަށް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އެ އިހުތިޖާޖު ނުކުރެވުނީ އެކަން ރާވާފައި ނެތުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެ ބޭފުޅުންގެ އިހުތިޖާޖް އެ ބޭފުޅުން އުންމީދު ކުރި ގޮތަށް ހިނގާ ނުދިޔައީ. އެ ބާވަތުގެ ކަންކަން އެހެން ހިނގަނީ އިހުތިޖާޖުވެސް ނުރާއްވަވާތީވެ. އަޅުގަނޑުގެ އިލްތިމާސަކީ އެއްވެސް ބާވަތެއްގެ ސިޔާސީ ހަރަކާތެއް ވެއްޖެއްޔާ ދެތިން ކުޅި ކުރިއަށް ވިސްނަވާލައްވާފަ ނޫނީ އެކަންކަމުގެ ތެރެއަށް ނުކުމެވަޑައިނުގަތުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭގޮތް ނުވުމުން، މިހާރު މަޤާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގުދަންމާލައި ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިރޭގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކޮށްފައިވަނީ، ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާޤުންނެވެ.

ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް މިރޭގެ ޖަލްސާގައި ވޯޓުދެއްވާފައި ވަނީ، ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި މިނިވަން ބައެއް މެމްބަރުންނެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރަކު މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މިރޭގެ ޖަލްސާއަކީ ޤާނޫނާއި ޚިލާފަށް ބާއްވަމުންދާ ޖަލްސާއެއް ކަމަށް ވިދާޅުވެ، މަޖިލީހުގައި ޝިޔާމް ނުރުހުން ފާޅު ކުރެއްވުމުން އޭނާ ތަޅުމުން ނެރުމަށް ތިން ފަހަރެއްގެ މަތީން ނަން އިއްވާފައި ވެއެވެ. އެއާއެކު އެމްޑީޕީގެ މެމްބަރުން ވަނީ ޝިޔާމް ދަމާފައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ. މިކަމުގެ ތެރެއިން އޭނާއަށް އަނިޔާވެފައި ވެފައި ވެއެވެ.

ޝިޔާމްގެ ގައިގައި މަޖިލީހުގެ މެމްބަރުން އަތްލުމުން، މަޖިލީހުގެ ރައީސް އެކަމާއި ދެކޮޅުހައްދަވާ މަންޒަރުވެސް، މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގައި ފެނެއެވެ.

އެމްޑީޕީގެ މެމްބަރުން، މެމްބަރު ޝިޔާމް މަޖިލީހުން ބޭރުކުރުމުގައި އޭނާއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވާއިރު، މި މައްސަލަ ޝިޔާމް މިހާރު ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވާފައެވެ.

މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައި ވަނީ، މަޖިލީސް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ޤަވާއިދުތަކާއިވެސް ޚިލާފަށް ގިނަބަޔަކު އެއްވެ ގައިދުރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. އެޗްޕީއޭއިން މަޖިލީސް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ޤަވާއިދުތާއި އެއްގޮތަށް ޖަލްސާތައް ކުރިޔަށް ގެންދިއުމަށް އެންގުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ދުންތަރި

  ކަލޭ ހައިސިއްޔަތު އޮޅިގެން 7 ކުޅި ކުރިޔަށްކުލޭ މަންޒަރު ވަރަށްސާފުކޮށްދުށިން އަށުކަނޑާލިޔަސް ކަލޭގެ ހަރަކާތްތައް ވަރަށްސާފު ފައްކާ ރޯނު އެދުރެއްކަން އެނގޭ ތިކަހަލަ ކުފޫ ހަމަނުވާމީހުނަށް ބޮޑެތި ގޮނޑިތައްދީ އެގޮނޑިތަކުގަ ބޭތިއްބީމާ ވާގޮތް ވަރަށްސާފު

  61
 2. ޝިޔާމުއަށް އައްސަރިބަހާއި ސާބަސް

  އިންޑިޔާ ގުންޑާ ފިލްމުގެ މަންޒަރެއް މިރޭސިފަވެގެން ދިޔައީ ހަމަ ތަފާ ތެއްނެތް އެންމެ މީހަކާއި ކުރިމަތި ލުމަށް ރީނދޫ ހުރިހާ ގުންޑާތައް!

  60
 3. މަބޭ

  އެމްޑީޕީން 3 ކުޅިކުރިޔައްކުޅެ ރާއްޖެމިއޮތީ އިންޑިޔާއައް ވިއްކާލާފަ އަމިއްލައެދުމައް ގައުމުވިއްކާ ގައުމްއް ގައްދާރުވި މީހުންގެލިސްޓައް ނަމެއް އިތުރުވީ

  60
 4. ޖާހު

  އެމް.ޑީ.ޕީ މެންބަރުން ޝިޔާމް ބޭރުކިރުމަކީ ގޯހެއް، ޝިޔާމްގެ ބާރު މަޖުލީހުގައި އޮތްދުވަހު ބުނަމުން ދިޔައީ މަޖުލީހުގައި އިޙްތިޖާޖު ކުރުމަކީ ގޯހެއްކަމަށްް މިއަދު ޝިޔާމު އެދުވަހު ދެއްކި ވާހަކަ ބަދަލު ވުމަކީ ގޯހެއް

  6
  44
 5. ސާބަހޭ ޝިޔާމް

  ޝިޔާމް ތިކުރި ހިތް ވަރަށް އަސްސަރިބަހާއި ސާބަސް ހިތްވަރާއިއެކު ކުރިޔަށް ވަޑައިގަންނަވާދުނިޔެއަކީ ޖާހިލުންގެ ސުވަރުގެ މުމިނުންގެ ހުރަގެ ﷲ ވޮޑިގެން ވަނީ ކެތްތެރިންނާއެކު ޤާނޫނެއް ފާސްވިޔަސް އެމީހުން ނަށްޓަކައި މާތްﷲ ގެ ކުޅަދުން ވަންތަކަމުންނިއުމަތުގެ ހުރިހާ ދޮރުތަކެއް މިއަދު ވަނީބަންދުވެފަ!

  55
  1
 6. ހަކުޅި

  ހަކުޅި ކުރިޔަށް ނިކަމެތި ރައްޔިތުނަށް ދެން ލަކަ ފައިދާ ވާނެތާދޯ!

  39
 7. ރަނުން ރަނަށް ހަކުޅި ކުރިޔަށް

  ކޮބާ ދެން ރައްޔިތުން ނިކަން ބާރަށް އަތް ޖަހަން ވާނެ!

  37
 8. ނަޒީ

  ކަލޭއޮވޭ ކުޅިކުޅެން..

  35
 9. ޅައްޓިބެ

  ގައިދުރުކުރުމުގެ ފުރިހަމަ މިސާލެއް މިރޭ މަޖްލިސުން ފެނިގެން ދިޔައީ..

  42
 10. ލާދީނީ ރިޕޯޓު ނެރުނުމީހުން ހައްޔަރުކުރޭ

  ބިރަކާނުލައި ރަނުން ރަނަށް މަޖާކޮށް ލީދޯ އިންޑިޔާ އެންބަސީއަށް ފިލާކުޅެން ވަންނަ ދުވަސް ވެސް ޖެހެނީދޯ އެނދުވަހުން ކިޔާނީކޭކޭތަ އަނިޔާއޭ މައިބަދައޭ ވަގޭ ދޯ!

  44
 11. ބޮޑުހުޅު

  ދަވާލި-19 މެރިދެލޯ ދާއިރުވެރިން އަނިޔާގެ ދަންމަރު ރޯކުރާ ވެރިކަމެއް މިކަހަލަ ދުށީމުތަ ރައްޔިތުން ހިތްދަތިކުރާ!

  40
 12. ރަނުން ރަނަށް

  ތެދެކޭ ދައްޖާލެއްކަން ހަނދާކުރާތި ދެންވެސް ސިފަ އިންސާނަކާދޯ ވައްތަރީ އެކަމަކު ބަހުރަވަޔާއި އަޚުލާޤު ފެންވަރު އައްޗަކަޗާޑި!

  41
 13. ކަހުރަބު

  ފިލި ފިނޑި ކަލޭ އަނގަ ނުތަޅާ ޔޫ ކޭ އަށް ދޭ

  39
 14. ކާޅު ކާ ކާ

  އަނގަ އޮތީޔަކާ ކާޅެއް ނުކާނެ!

  28
 15. ީއިބްރާހިމް

  ކަލޭ ދެކުނިންތޯ

  23
 16. ސިކުނޑި

  ޑިމޮކްރެސީ ނަމުގައި، މިއަށްވުރެ މަކަރުވެރި އަނިޔާވެރި ޚުދުމުހުތާރު ބަޔަކު ދުށިންތޯއެވެ؟ ހުރި ހިތާމައިގެ ބޮޑުކަމާއެވެ! ދިވެހިން އަށް ހެޔޮވިސްނުން ދެއްވާށިއެވެ

  41
 17. އަލީ އިމްރާ

  ޝުކުރިއްޔާ. ފެނިގެން މި ދިޔައީ ދިވެހިރައްޔިތުންގެ ބާރު! ކޮންބާރެއްތޯ އޮތީ ބާރު އޮއްކަމައް ދައުވާކުރައްވާއިރު ގާނޫނު އަސާސީގައި ކަޅާ ހުދުން ވަރައް ސާފްކޮއް އެބައޮވޭ ނަސްލީ ތަފާތް ގެންގުޅެގެންނުވާނޭ ވަކިރަށަކައް ވަކިމީހަކައް ވަކިނަސްލަކައް ކޮބާތޯ މިމާލޭގެ އެތައް ހާސް ރައްޔިތުން ޒުވާނުންގެ އަސާސީހައްގު ރައްރަށުގަ ބަންޑާރަ ގޯތި ދެވޭ މާލޭގެ ޒުވާނާޔައް ނުލިބޭ ވޯޓް ލެވެނީ މާލޭގެ ޒުވާނާޔައް ވެސް އެއްވޯޓް ރައްރަށުގެ ޒުވާނާޔައްވެސް އެއްވޯޓް ވޯޓްލާންވީމަ މާލޭގެ ޒުވާނާ އޯކޭ ބިންކޮޅެއް ދޭންވީމަ ނޯ މީނަސްލީ އިމްތިޔާޒަކްއް ނުވޭތޯ ނުރޯދަރިޔަކައް ކިރެއް ނުލިބޭނޭ މުސްކުޅިން ބުނެ އުޅޭ ވީމާވޯޓް ދެއްވާއިރު މާލޭގެ ޒުވާނާ މިކަމާ ވިސްނަވާ ވޯޓްލާންވީމަ މާލޭގެ ޒުވާނާ ބޭނުންކުރޭ މކަމާ ވިސްނަވަނީ ކިތައް ޒުވާނުންތޯ ކާފަ ދަރިންގެ ހައްގުތައް ހިމާޔައް ކުރާކައް ނުވޭތޯ

  26
 18. ރައްޔިތު މީހާ

  އެންމެ ފަހުންވެސް ތިހެން ދެތިން ކުޅި ކުރިޔަށް ކުޅޭށޭ ކިޔަ ކިޔާ ހުއްޓަ ބުއްޅަބޭ ވެރިކަން ވެއްޓުނީ. ބާރެއް ލިބިއްޖެއްޔާ ތިބުއްޅަބެޔަށް ނޭނގޭނެ ކިޔޭ ނުކިޔޭ އެއްޗެއް. ބަލަ ކަލެޔަށް ތި ބާރު ދެއްވި ފަރާތުން ކަލޭ އަތުން އެބާރު އަތުލުމަށްވެސް ކުޅަދުންވަންތަ. ﷲ އަށް ބިރުވެތިވެ މަކަރާއި ހީލަތްތެރިކަން ދޫކޮށްލުމަށް ނަސޭހަތްތެރިވަން. މީ ތިބޭފުޅާކަމުގައިވިޔަސް ފަހުން މާބޮޑު ދަރުބާރެއްގައި ޖަވާބު ދޭންޖެހޭނެ ކަަންކަން.

  42
 19. ލޯންގޭ

  6ވަނަ ކުޅީގަ އައްނިޖަލުގަ ?

  32
 20. ބެއްޔާ

  އެޗްޕީއޭގެ އެންގުމާ ޚިލާފްވީފަރާތްތައް ޖޫރިމަނާ ކުރާންކެރޭނެތޯ؟ ނިކަމެތި ރައްޔިތެއް ވެއްޖެއްޔާ ވަގުތުން ޖޫރިމަނާ. މިގައުމަކީ ވެރިން ކުށްވެރިވާ ތަނެއް ނޫނެވެ. ޤާނޫނު އެބައިމީހުންގެ މައްޗަކަށް ނުހިނގައެވެ.

  35
 21. ނަައީމް

  މަޖިލީހުގެ ރައީސައް ކޮންޓްރޯލްނުވި ޖަލްސާއެއްގަ ހުރިހާމެމްބަރުންގެ އިއްތިފާގުން ބިލްފާސްވެއްޖެ އަރަތެއް/// ރައްޔިތުންގެ ހިޔާލް ކޮބާ އައްނިގެ ނުބައިނުލަފާ މަޅީގަ ގެހިފަތިބި މީހުންގެސަބަބުން މުޅިމިގައުމު ސުންނާފަތި ވެއްޖެ މުޅިރައްޔިތުން ބަންދުގަބަހައްތާފަ ގާނޫނު އަސާސީ އިސްލާހުކުރީވެސް އެމްޑީޕީ މީ ކުރިމަގަށްދޫކޮށްލި ވައިރަހެއް ރައްޔިތުންނޭ ވިސްނާށޭ....

  26
 22. ޢައިސް

  ތިޔައީ ތެދުފުޅެއް... ތިކުޅިކުޅެގެން ވެރިކަމަށް އައިކަމުގައިވީނަމަވެސް ހިންގުމުގެ ޤާބިލްކަމެއްނެތް.

  25
 23. ެމެޓާބޯ

  ތީނައިދެގެން ނިނމާ އެއްވެސް ނިންމުމެއް ސައްޙައެއް ނުވާނެ .ތަސައްރަފް ނުފުދޭމީހަކު އިނުމުން ވާނީ އެހެން.

  26
 24. Anonymous

  ކުޅި ކުޅެން މޮޅު ވެގެންނު އަތަށް ގޮވީ، ވެރިކަން ވެއްޓުނީ
  ﷲ ތަޢާލާ ގެ ޙިކްމަތްތެރި ރޭއްވެވެުން މާ މޮޅު ވާނެ

  31
 25. ސަމި

  އހެންވެތަ ކެތް ނުކުރެވިގެން އިސްތިއުފާ ދިނީވެސް. އެ ތައްދުވަހެއް ވަންދެން މޯޑީ ގެ އެމބަސީ ގަ ފިލާ އޮތީ

  23
  1
 26. އަލީ އިމްރާ

  ޝުކުރިއްޔާ. ފެނިގެން މި ދިޔައީ ދިވެހިރައްޔިތުންގެ ބާރު! ކޮންބާރެއްތޯ އޮތީ ބާރު އޮއްކަމައް ދައުވާކުރައްވާއިރު ގާނޫނު އަސާސީގައި ކަޅާ ހުދުން ވަރައް ސާފްކޮއް އެބައޮވޭ ނަސްލީ ތަފާތް ގެންގުޅެގެންނުވާނޭ ވަކިރަށަކައް ވަކިމީހަކައް ވަކިނަސްލަކައް ކޮބާތޯ މިމާލޭގެ އެތައް ހާސް ރައްޔިތުން ޒުވާނުންގެ އަސާސީހައްގު ރައްރަށުގަ ބަންޑާރަ ގޯތި ދެވޭ މާލޭގެ ޒުވާނާޔައް ނުލިބޭ ވޯޓް ލެވެނީ މާލޭގެ ޒުވާނާޔައް ވެސް އެއްވޯޓް ރައްރަށުގެ ޒުވާނާޔައްވެސް އެއްވޯޓް ވޯޓްލާންވީމަ މާލޭގެ ޒުވާނާ އޯކޭ ބިންކޮޅެއް ދޭންވީމަ ނޯ މީނަސްލީ އިމްތިޔާޒަކްއް ނުވޭތޯ ނުރޯދަރިޔަކައް ކިރެއް ނުލިބޭނޭ މުސްކުޅިން ބުނެ އުޅޭ ވީމާވޯޓް ދެއްވާއިރު މާލޭގެ ޒުވާނާ މިކަމާ ވިސްނަވާ ވޯޓްލާންވީމަ މާލޭގެ ޒުވާނާ ބޭނުންކުރޭ މކަމާ ވިސްނަވަނީ ކިތައް ޒުވާނުންތޯ ކާފަ ދަރިންގެ ހައްގުތައް ހިމާޔައް ކުރ