އާންމު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި، މީހުން ކަރަންޓީނު ކުރުމަށް އަމިއްލަ ފަރާތެއްގެ އިމާރާތެއް ދައުލަތާއި ޙަވާލު ކުރުމަށް އެންގުމަކީ ޤާނޫނު އަސާސީ އާއި ޚިލާފުވާކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރައްވައި އޭޖީ ރިފްއަތު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކި ޢިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު ވަޒީރަށް ޤާނޫނު ނ. 7/2012 ގެ 37 ވަނަ މާއްދާއިން ލިބިފައިވާ ކަމަށެވެ.

އެގޮތުން ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުންނާއި މީހުން އެކަހެރި/ކަރަންޓީނުކުރުމަށް އެތަނެއް ކޮންމެހެންވެސް ބޭނުން ވެއްޖެނަމަ ދައުލަތުން އެތަން ނެގުމަކީ ޤާނޫނާއި ފުށުއަރާ ކަމެއް ނޫން ކަމަށް އޭޖީ ވިދާޅުވިއެވެ.

"ވަޒީރުގެ ނިންމުން ޤަބޫލުނުކުރެވޭނަމަ ޢިމާރާތެއް ޙަވާލުކުރަން ކޯޓަށް ޢަމުރުކުރެވޭ.ޢިމާރާތެއް 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ނުހިފެހެއްޓޭ. ޢިމާރާތް ބޭނުންކުރާ މުއްދަތަށް ބަލައި،އެފަދަ ތަނެއް ޢާންމުކޮށް ކުއްޔަށްދޭ އަގަށް ބަލައި،ވެރިފަރާތަށް ފައިސާ ލިބިދިނުން ޤާނޫނުން ލާޒިމުކުރޭ." އޭޖީ ރިފްއަތު ވިދާޅުވިއެވެ.

އޭޖީ ރިފްއަތު ވިދާޅުވީ، ވަކި ޢިމާރާތެއް ކޮންމެހެން ބޭނުންވެގެން ޤާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް،ފައިސާ ދައްކާ ގޮތަށް،ޢާންމު މަންފާއަކަށް ޢިމާރާތެއް ޙަވާލުކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫން ކަމަށާއި، ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ.

އޭޖީ މިގޮތަށް ވިދާޅުވެފައި މިވަނީ، އަމިއްލަ އިމާރާތްތައް ކަރަންޓީނު ފެސިލިޓީތަކަށް ބަދަލު ކުރުމުގެ ބާރު ސަރުކާރަށް ލިބޭ ޤަވާއިދެއް އެކުލަވާލައި އަމަލު ކުރަން ފެށުމާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަމިއްލަ މީހުންގެ އިމާރާތްތައް ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ސަރުކާރަށް ނެގުމުގެ ބާރު ދީފައި ވަނީ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީން ކުރުމުގެ މަރުކަޒުތަކާއި ބެހޭ ޤަވައިދުގެ ނަމުގައި މިއަދު އަމަލު ކުރަން ފެށި ޤަވައިދެއްގައެވެ.

މި ޤަވައިދުގައި ބުނެފައިވާ ގޮތުގައި މި ޤަވައިދުގެ މަޤުޞަދަކީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކަނޑައަޅާ، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ ދަށުން، ގައިން ގަޔަށް އަރާ ބައްޔެއް ނުވަތަ ނުރައްކައުތެރި ބައްޔެއް ކަމަށް ކަނޑައަޅައިފައިވާ ބައްޔަކާ ގުޅިގެން މީހުން އެކަހެރި ކުރުމާއި ކަރަންޓީނު ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާނެ މަރުކަޒުތައް ކަނޑައެޅުމާއި، އެފަދަ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދިމާވެފައިވާ ދަނޑިވަޅެއްގައި، ވަކި އިމާރާތެއް އެއީ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ހިންގުމަށް މީހެއްގެ އިމާރާތެއް، ވަޒީރާ ހަވާލުކުރުމަށް، ވަޒީރު ކުރާ އަމުރަކުން އެންގިދާނެ ކަމަށް ޤަވައިދުގައި ބުނެފައި ވެއެވެ.

ކަރަންޓީން ކުރަން އަމިއްލަ މީހުންގެ އިމާރާތްތައް ސަރުކާރަށް ނެގުމުގެ ބާރު ލިބިދޭ ގޮތައް ޤަވައިދެއް ހަދާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ވަރަށް ގިނަ ކަރަންޓީން ފެސިލިޓީތައް ސަރުކާރުން ހަމަޖައްސާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދްތިލް

    ޤާނޫނަކީ ބޭނުންހާާ ގޮތަަކަށް މާނަ ކުރެވިދާނެ އެއްޗެއްް ބާރު ލިބުނީމަ.. އެއީ މައްސަަލައަކީ އަސްލު

  2. މުފައްކިރު.

    އަނެއްކާ ޔާމީންގެ ގެކޮޅު ނަގަނީތޯ؟

  3. ކާފަބޭ2020

    ސީދާބުނަންނު ކެރިގެންތިއުޅެނީ ކީއްވެތޯ؟ ތިމަންނަމެންމިއުޅެނީ ރައީސްޔާމީނުގެ ގެނުނެގިގެންނޭމިބަދަލުނުގެނަސްއެ ކަންވާ ކަށް ނެތޭ! ޜައިއްޔަތުންނަށް"ތުންމެޓާދިނީމަ" ފޮނިރަހައަބަދު ހުރެދާނެ ކަމަ ކުދުށުމީ ހަމަރަނގަޅުގޮތެއްބާ!!!!!!!!