ރޭ ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ބައިވެރިވި އެމްޑީޕީގެ ބައެއް މެމްބަރުން ބަނގުރާ ހިތްޕަވައިގެން ތިބި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

މިގޮތަށް އެދިވަޑައިގެންފައި ވަނީ، ރައްޔިތުންގެ ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އެވެ.

މޮސްޓާ ރޭ ކުރެއްވި ޓްވީޓެއްގައި ތުހުމަތު ކުރައްވާފައި ވަނީ، ރޭ މަޖިލީހަށް ވަޑައިގަތް ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ބަނގުރާ ހިއްޕަވައިގެން ތިއްބެވި ކަމަށެވެ. އެހެންކަމުން މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބައްލަވައި ދެއްވުމަށް މޮސްޓާ ވަނީ ގޮވާލާފައެވެ.

"ރޭ މަޖިލީސް ޖަލްސާގައި އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ތިބީ ބަނގުރާ ހިތްޕަވައިގެން ކަމަށް ތުހުމަތު ކުރެވޭ. މި މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަން،" ކޮމިޝަނަރ އޮފް ޕޮލިސް އާއި ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓު ޓެގުކުރައްވާ މޮސްޓާ ކުރެއްވި ޓްވީޓުގައި ވެއެވެ.

މޮސްޓާ މިގޮތަށް ވިދާޅުވެފައި މިވަނީ، ރޭ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހަމަނުޖެހުން ހިނގައި ބައެއް މެމްބަރުންނަށް އަނިޔާވެސް ލިބިފައިވާ ދަނޑިވަޅެއްގައެވެ. ރޭގެ ޖަލްސާގައި އަނިޔާ ލިބުނު މެމްބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަހުމަދު އީސަ އާއި ތުޅާދޫ ދާއިރާގެ މެމްބަރު، ހިސާން ހުސެއިން ހިމެނިވަޑައިގަންނަވައެވެ.

ރޭގެ ޖަލްސާ ހޫނުވެ ބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނީ، ރިޔާސަތުން މެމްބަރު ޝިޔާމްގެ ނަން އިއްވުމުން އެމްޑީޕީގެ ބައެއް މެމްބަރުން ޝިޔާމަށް ހަމަލާދީ އޭނާ ދަމާފައި މަޖިލީހުން ބޭރުކުރަން އުޅުމުގެ ތެރޭގައެވެ. މި މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯތައް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން ޝިޔާމްގެ ފަރާތުން ވަނީ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. ޝިޔާމަށް ރޭގެ ހަމަނުޖެހުމުގެ ތެރެއިން ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ޕީޕީއެމް އިން ރޭ ބުނެފައި ވެއެވެ. އަދި އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވަދެމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރޭގެ ޖަލްސާގައި މެމްބަރުން ޝިޔާމަށް ހަމަލާދީ ދަމާފައި ތަޅުމުން ބޭރުކޮށްފައި ވަނީ، މަޖިލީސް ހުޅުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދީފައިވާ ހުއްދައިގައި ބަޔާންކުރާ ގައިދުރުކަން ބެހެއްޓުމުގެ ޤަވާއިދާ ޚިލާފުވެގެންނެވެ. މި ޤަވާއިދާ ރޭ ގިނަ މެމްބަރުން ވަކީ ޚިލާފުވެފައެވެ. އޭގެތެރޭގައި ގިނައިން ހިމެނިވަޑައިގަންނަވަނީ ސުޕަ މެޖޯރިޓީ، އެމްޑީޕީ މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ރާ ބޯ

    ބޯންއެބަޖެހޭ ބޮވެން އެބަޖެހޭ ނުބޮއެ ފަރުޖެހޭކަށްނެތް ދޮން މީހުން އުޅޭހެން އުޅުނިއްޔާ ސަލާމަތް ވެވިދާނެ މީއަޅުގަނޑު ކަހަލަ ބޯމީހުން ދަންކަން އެންމެ އެކަށީގެން ވާވާކަ!

    85
    6
    • ފ

      އަނިޔާވެރި އެމްޑީޕީ.... ޝިޔާމަށް ހަމަލާ ދެއްވުމަށް މެންބަރުންނަށް އެންގެވީވެސް ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު... ކުރިން ކިހާ އަޑުގަދަ އެއް އެމްޑީޕީ ކުރި، މިފަހަރު ޕީޕީއެމް މެމްބަރަކު އެއްޗެކޭ ބުނާއިރަށް އަނިޔާވެރި އެ މްޑީޕީ ކޮށްލިވަރު ބަލާބަލަ.. މިހާލަތުގަ ގައިދުރު ކަމެއް ނެތް..

      53
      1
  2. ހުސޭނުބޭ

    އެހައި ދަންގަޑިއެއްގައި ޖަލްސާ ބޭއްވުމުގެ ބޭނުން ތި ފަޅާއެރީ! ރަގަޅަށް ހިއްޕަވައިގެން ޖަލްސާއަށް ވަޑައިގެންތިއްބެވިކަން އެނގޭ ވީޑިއޯ ބަލާލުމުންވެސް!

    100
    3
  3. އ. ޖ. އ

    އާންމުކޮށް އެކަހަލަ ކަންކަން ކުރާ މީހުނަށް ހައްޕު ކިޔައިގެން ނުތިބެވޭނެ

    71
    5
    • ސީދާ

      މާނަ ވަރައްސާފު ބޭފުޅާވެސް އަމަ އެހާލުގަދޯ!!! ހަމަ އެހެން ހައްފު ކިޔާފަ ކޮމަންޓް ކޮއްލީ

      36
      8
  4. ލަންމާ

    މަޖިލީސްގެ ރައީސް ތަޅަމުންބޭރުވަން މެންބަރަކަށްއެންގިޔަސް ނުޖެހެއިދޯ އެމްޑީޕީ މެންބަރުނަށް އެތަނުގައި ތަޅައި މާރާމާރީހިންގަން ފުރުސަތުދޭކަށް. މަޖިލީހަކީ ކީއްކުތާތަނެއްބާ

    79
    3
    • ފިކުރު

      ނަން އިއްވީމަވެސް ތިމަންމެން ބޭނުންވާގޮތް ނުވާކަން އެނގޭހާލުގައިވެސް ނުނިކުމެ ގަދަދައްކަނީ އަމުރަށް ކިޔަމަންވާންވެސް ނޭނގޭތީ.

      6
      96
  5. އައިޝާ

    ތި މައްސަލައެއް ނުބެލޭނެ.

    64
    1
    • ފިކުރު

      ނަން އިއްވީމަވެސް ތިމަންމެން ބޭނުންވާގޮތް ނުވާކަން އެނގޭހާލުގައިވެސް ނުނިކުމެ ގަދަދައްކަނީ އަމުރަށް ކިޔަމަންވާންވެސް ނޭނގޭތީ.

      4
      72
  6. ކުއްބެ

    ރޭގެ ޖަލްސާގައި އެކަންޏެއް ނޫން. ތިޔައީ އާކަމެއްވެސް ނޫން. 24 ގަޑިއިރު ހަމައިގައި ނުތިބޭ ބަޔަކު ތިޔަކަން ކުރާނީ ރޭގެ ޖަލްސާއަށް އަންނާކަށެއް ނޫން. ހުރިހާ ޖަލްސާއެއްގައި ވެސް ތިބެނީ ތިޔަހާލަތުގަ. ވީމާ ކޮންމެ ވަގުތަކު ފުލުހުން ނުކުމެ އެމީހުންގެ ބްރެތް ޓެސްޓެއް ހެދިޔަސް ތިކަން ސާބިތުވާނެ. ތިޔައީ އަހަރެމެން ނުދަންނަ ބައެއް ނޫން!

    74
    5
  7. ނަައީމް

    ހުށަހަޅާ މިހާރުނުބެލިޔަސް ފަހުންބަލާ ހައްގު އަދަބު ލިބޭނެ އައްނިގެ ބައިވެރިން ދުވަހަކުވެސް ރަނގަޅެއްނުވާނެ ރައްޔިތުންނޭވިސްނާށޭ

    63
    2
  8. ރާބޯ

    ބޮއިގެން އަބަދު ދަނީ ހަމައަކު ނޫން ތިއްބަވަނީ އެހެންމީހުންގެ ވަގު ބަދުނާމް އަޅުވާފަ ތިބެގެން މިޔަނުން މިލިޔަނުންނަގައިގެން ކަނީ

    48
    4
  9. އައްޑޫ ދޫ

    ނިމިދިޔަ އެއްވެސް ވެރިކަމެއްގަ މިހާޒިންމާދާރުކަން މިހާދަށު ދަރަޖަޔައް ވައްޓާލި މަޖިލީހުގެ ރައީސަކު ނުދެކެން އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮވެފަ މަޖިލީހުގެ ރައީސް އިދިކޮޅު މެންބަރު ނެރޭށޭ ބުނީމަ ވާނީމިހެން ނަސީބެއްނޫން ށިޔާމު މަރުނުވިކަން ހިތާމަވެރި ކަމެއްދިމާވާނީ ބުނެފަކާނޫން މަޖިލީހުގެ ރައީސް އައް އަމުރު ނުކުރެވޭނެ އެމްޑީޕީ މެންބަރުންނައް ށިޔާމު ނެރެން' މަޖިލީހުގެ ތަޅުމުން ނަންއިއްވީމަ އެމެންބަރަކު ނެރެން މަޖިލިސް ސެކިއުރިޓީ ކޮބާ..؟

    46
    1
  10. ބަޓަރު

    ލަދެއް ޙަޔާތެއްނެތިގެން ތުރުތުރުއަޅަމުން އެދުވީ އަދި ތަނުގެޤަވައިދާޚިލާފަށް މާރާމާރީ ހިންގީ އެހެންވެގެން . އެތަނަކީ އެމްޑީޕީގެ މެމްބަރުންގެ އަމިއްލަ ގެދޮރުތަ

    48
    1
  11. ދޯދި

    ނަން އިއްވީމަވެސް ތިމަންމެން ބޭނުންވާގޮތް ނުވާކަން އެނގޭހާލުގައިވެސް ނުނިކުމެ ގަދަދައްކަނީ އަމުރަށް ކިޔަމަންވާންވެސް ނޭނގޭތީ.

    2
    54
  12. ދޯދި

    ނަންއިއްވީމަ ނުނިކުތަސް މޑޕގެ މެއްބަރުންނަކަށް ޝިޔާމުގައި އަތްލުމުގެ ހައްގެއް ނޯންނާނެ އެއީ ވަރަށް ބޮޑު ގޯހެއް އޭގެބަދަލު ކަލޭމެނަށް ﷲ އިރާދަ ކުރެއްވިއްޔާ އަދިފެން ނާނެ އެދުވަހުން ކަލޭމެ އެވެސް އެއްޗެއް ކިޔަނ ނުހަނދާތި ފުރަތަމަ ރޭގަނޑު ދަންވަރު އެފަދަ މަޖިލީހެއް ބޭވުމަކީވެސް ބޮޑުވެ ގެންވާ ޖަރީމާއެއް އަދި ޤާނޫނާ ޚިލާފުވެސްމެ ރައީސްޔާމީން ވެރިކަމުގައި ނަންއިވީމަ މެންބަރުން ތަނެރުނީ އެހެރީ ވީޑިއޯތައް ބަލާލަބަ އިންސާނުން އުޅޭގޮތް ދަސްކޮށްބަލަ!

    30
    1
  13. މުގުނީ

    ނަންވާނީ ޖާބިރު

    27
  14. ރަނުން ގުޔަށް

    އެއީ އެމްޑީޕީގެ ޖަނަވާރުތައް އަބަދު ވެސް ތެޅޭގޮތް އެގޮތެއް ދުވަހަކުވެސް ބަދަލެއް ނުވާނެ މަމީ ޝިޔާމް ނަމަ ޝިޔާމް ގެނުރުހުމުގައި ޝިޔާމް ގައިގަ އަތްލި އެމްޑީޕީ ކޮންމެ މެމްބަރެއްގެ އަތަށް ދެވަނަފަހަރަށް އަތްލަން ކުކެރޭވަރު ކޮށްލާނަން އެމްޑީޕީ މެންބަރުންނަށްޝިޔާމް ގައިގަ އަތްލެވިގެން ނުވާނެ!

    27
  15. އަޖަައިބެއް

    މެމްބަރުން ވިއްޔާ ބަނގުރާވިއަސް "ހިއްޕަވައިގެން" ދޯ

    18
  16. އެމަންޖެ

    މިގައުމުގެ ހަލާކު ކެނެރީ ނަސީދު.

    28
  17. ޢަލީ

    އަމުރަށް ކިޔަމަން ނުވީމާވެސް ޢަމަލުކުރަން އޮންނަގޮތަށްދޯ ޢަމަލުކުރަންޖެހޭނީ، މެމްބަރުން ލައްވާ ޝިޔާމު ނެރޭކަށް ނުޖެހޭނެދޯ، އެ ޢަމަލު ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން. އަދި މަޖިލިސްގެ ރައީސް އިސްތިއުފާދިނުމަށްވެސް ގޮވާލަން އަދި މާރާމާރީ ހިންގި މެމްބަރުންގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ޕީޖީއަށް ފޮނުވަންވެސް ގޮވާލަން. އެނގޭ އަހަރެން ގޮވިއަކަސް މިކަން ނުވާނެކަން މިހާރު މިރާއްޖޭގެ މިއޮތީ ޖަންގަލީގެ ޤާނޫނާ ކަނޑުގެ ޤާނޫނު އެއްވެގެން ހިނގާ ޤާނޫނެއް.

    25
  18. ސޭކްސްތާން

    ރޭގެ ޖަލްސާއަކީ ގާނޫނާ ޚިލާފަށް ބޭއްވި ޖަލްސާއެއް. މާރީމާރީ ހިންގާ އެމްޕީ ޝިޔާމަށް ބޮޑު އަނިޔާއެއް ލިބިއްޖެ. ފުލުހަށް މައްސަލަވެސް ހުށަހެޅިއްޖެ އެމްޑީޕީ ބައެއް މެންބަރުން ހަމަކެނޑި ބަނގުރާ. ބޮއި މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތު އެބަކުރެވޭ. އެކަމަކު މިއިން ކަމެއް ބެލޭނެ މިނިވަން މުއައްސަސާއެއް މި ބިންމަތީގައި ނެތް. ގައުމު އޮތީ ލާދީނިއްޔަތުން ގޮސް ހުސްވެ އަދުލް އިންސާފު ގެއްލި ނިމި ހަލާކުވެފަ.

    24
  19. ރައްޔަތު އަހުމަދު

    ހަޅޭއްޖަހައިގެން އެހިސާބަށް އާދެވުނު މީހެއްގެ ކިބައިން ދެން ކޯޗެއްތޯ އެކްސްޕެކްޓްކުރާނީވެސް..؟

    ކިޔަވައިގެން ތިބި ޑޮކްޓަރުން ޕްރޮފެސަރުން މިތިބެންޖެހެނީ ތަންދޮރު ނުދަންނަ ގްރޭޑް 5 ގެ ފެންވަރު މީހުން ހަދާ ގާނޫނު އަށް ބޯލަބައި އޭގެ ދަށުވެފައި..

    މަޖިލީހަށް މީހުން އައްޔަން ކުރާނެ އެންމެ ދަށް ތައުލީމީ ފެންވަރަކީ މަސްޓަރ+10 އަހަރުގެ އެކްސްޕީރިއެންސް ކަމަށް ކަނޑަނާޅާ ހިނދަކު..

    މީ އެކަމަށް އެންމެ ރަގަޅު ވަގުތު ނޫންނަމަ ދެންއަންނަ ދައުރަކީވެސް ހަމަ މިކަހަލަ ސުންޕާ ތަންދޮރު ނުދަންނަ ގަމާރުން ތިބި މަޖީލީހަކަށް ވެދާނެ..

    ރައްޔަތުން މިކަމަށް ތާއީދު ތޯ.. ؟

  20. ދަރަނި ދަންތުރަ

    އަދި ތިޔަގުރޫޕު މައިތިރި ވާނެ އެދުވަހަކަށް މި އިންތިޒާރު ކުރަނީ ﷲ އެދުވަސް ދާދި އަވަހަށް މިންވަރުކުރަށްށި

  21. ވަހީދާ

    ރައްޔިތުންގެމަޖްލިސްލައިވްކުރަންފެށީއްސުރެގިނަޖަލްސާބަލާފައިވާމީހެއްގެގޮތުންބުނެވޭނީމެމްބަރަކުނުކުންނަންރިޔާސަތުންއެންގެވުމުންއަދަބުވެރިވެމަޑުމައިތިރިކަމާއެކުނުކުންނަ މެމްބަރުން އިގިލިންގުނާލެވޭހާމަދުކަމަށް. މިދަނޑިވަޅުގަވެސްމަޖްލިސްގެހުރުމަތާ ކަރާމާތްގެއްލުވާލުމުގެހަޑިހުތުރުޢަމަލުފެށި ބަޔަކުހަނދާނަށްގެނައުންވަރަށްމުހިންމު. މީހުންގެގަޔަށްއަރައިގަތުމާއަނިޔާކުރުންއަދިފައިންމީހުންގެގައިގާތެޅުމާޤާނޫންއަސާސީއަށްފައިންއެރުމާމެމްބަރުންގެގަޔަށްކޯދޮވުމާކަރުންނޫނަރުހިލޭވަރަށްއަޑުގަދަކުރުމާއަޑުގޮއްވާ ތަކެތިވައްދައިގެންއުޅުންމިއީޑިމޮކްރަސީއާއެކުލިބުނުކުރިއެރުމެއްކަމަށްގިނަބަޔަކުޤަބޫލު ކުރަާގިނަރައްޔިތުންތަކެއްރާްއްޖޭގައެބަތިބި.