ރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިޔަށް ދަނިކޮށް، މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންގެ ފަރާތުން އަނިޔާ ލިބި ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމްގެ މައިބަދައަށް ގެއްލުން ލިބިއްޖެ އެވެ.

މިކަން އެނގިފައި ވަނީ، އަނިޔާގެ ސަބަބުން ޝިޔާމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށްޓަކައި ނެގި އެކްސްރޭތަކުންނެވެ. އެނގިފައިވާގޮތުން ރޭގެ ހަމަނުޖެހުންތަކުގައި ލިބުނު އަނިޔާގައި ޝިޔާމްގެ މައިބަދައިގައި ވަނީ ރެނދު ލާފައެވެ.

ރޭގެ ހަމަނުޖެހުންތަކާއި ގުޅިގެން އިދިކޮޅު ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ވެސް ޝިޔާމަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަން ހާމަކޮށްފައި ވެއެވެ. އަދި އެ އަމަލު ކުށްވެރިކޮށް، މައްސަލަ ބަލައިދިނުމަށް ގޮވާލާފައި ވެއެވެ.

މަޖިލީހުގައި ރޭ ހަމަނުޖެހުން ހިނގާފައި ވަނީ، ރޭގެ ޖަލްސާއަކީ ޤާނޫނާއި ޚިލާފު ޖަލްސާއެއް ކަމަށް ޝިޔާމް ވިދާޅުވެ ނުރުހުން ފާޅުކުރުމުން، ރިޔާސަތުން އޭނާ ޤަވާއިދާ ޚިލާފުވެއްޖެ ކަމަށް ނިންމައި ނަން އިއްވުމާއެކު އެމްޑީޕީގެ ބައެއް މެމްބަރުން އޭނާގެ ގަޔަށްއަތްލައި ދަމާފައި ތަޅުމުން ބޭރު ކުރުމުގެ ތެރޭގައެވެ. މި ހަމަނުޖެހުމުގެ ތެރެއިން ޝިޔާމްގެ ގަމީސްވެސް ވަނީ ވީދާލާފައެވެ.

ރޭގެ ހަމަނުޖެހުންތަކުގެ ތެރެއިން ޝިޔާމްގެ އިތުރުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އަށްވެސް ވަނީ އަނިޔާވެފައެވެ.

މި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް ކުދި އަނިޔާ ވެފައި ވަނީ، މެމްބަރުން ހަމަލާ ދިނުމުން ނޫން ކަމަށާއި އެފަރާތްތަކަށް އަނިޔާވީ ޝިޔާމް ތަޅުމުން ބޭރުކުރުމަށް އެއްވެގަތުމުން ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ޝިޔާމަށް މެމްބަރުން ހަމަލާދީ މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯތައް ވެސް މިހާރު އަންނަނީ ދައުރުވަމުންނެވެ.

އެއިން ވީޑިއޯއަކުން ބައެއް މެމްބަރުން ޝިޔާމަށް ހަމާލާދިން މަންޒަރާއި މެމްބަރު ދަމާފައި ގެންދާ މަންޒަރު ވެސް ފެނެއެވެ. މި ހާދިސާ ހިނގި ވަގުތު އެމްޑީޕީގެ ބައެއް މެމްބަރުން، ޝިޔާމް ހޮސްޕިޓަލަށް ގެންދަން ޖެހިދާނެ ކަމުގެ އިންޒާރުދޭ އަޑުވެސް ވީޑިއޯއިން އިވެއެވެ. އަދި މެމްބަރަކު "ތި ހޮސްޕިޓަލަށް ގެންދާށޭ" ވިދާޅުވާ އަޑު ވީޑިއޯއިން އިވެއެވެ. ހަމަ އެހެންމެ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު، އަބްދުލް މުޣުނީ "ރައީސް އަޅުގަނޑުމެންނަށް ވަގުތުކޮޅެއް" ދެއްވުމަށް އެދިވަޑައިގެންނެވި އަޑުވެސް ވީޑިއޯއިން އިވެއެވެ.

އެމްޑީޕީގެ ގިނަ މެމްބަރުންނާއެކު ރޭ ކުރިޔަށްގެންދިޔަ ޖަލްސާގައި، މެމްބަރުން ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައި ވަނީ، މަޖިލީސް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިން ހުއްދަ އާއި ވެސް ޚިލާފުވުމަށްފަހު އެވެ. އެޗްޕީއޭއިން މަޖިލީސް ހުޅުވުމުގެ ހުއްދަ ދިން އިރު، މެމްބަރުން ގައިދުރުކޮށް ތިބުމާއި އެއްވެ ނޫޅުމަށް އަންގާފައި ވެއެވެ. އެޗްޕީއޭއިން މަޖިލީސް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ އެ ޤަވާއިދުތާއި އެއްގޮތަށް ޖަލްސާތައް ކުރިޔަށް ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. Anonymous

    މޑޕ އަކީ ގުންޑާ ގޭންގެއް.

    126
    13
    • ފ

      އަނިޔާވެރި އެމްޑީޕީން ކިހާ ހަޅުތާލެއް ހިންގި.... ކިހާ އަޑުގަދަ އެއް ކުރި، މަޖުލީސް ތަޅުމުގަ ދުންމާރި ފުމެ، ގާނޫނަށް ފައިން އަރާ، ވާހަކަ ނުދެއްކޭ ވަރަށް އަޑުގަދަކޮށް ކިހާ ކަންތަށް ގަނޑެއް ހިންގި... އެކަމަކު ބަލާ ބަލަ އިދިކޮޅުން އެއްޗެކޭ ބުނާއިރަށް އެމްޑީޕީން އުޅެގަތް އަނިޔާވެރި ގޮތް... ކޯވިޑް އިރު ގައިދުރުކަމެއް ނެތި އިދިކޮޅު މެމްބަރުންނަށް ހަމަލާދިނީ... ???

      70
      7
    • ނަކް

      ބޮޑު ގުންޑާ ވަގު އެއޮތީ ގޮޅީގަ.. އެއްފަހަރު މައިބަދައޭ އަނެއްފަހަރު މޭކަށިގަނޑޭ ކިޔައިގެން މި ތެޅެނީ ކިޔާ އެއްޗެއް ދިމާވާނަމަވެސް ރަނގަޅޭ.. ނަން އިއްވީމަ ނިކުންނަން އޮންނަނީ ގަވާއިދުގަ ނުނިކުމެ ގޭސް އަނބުރަން އުޅުނީހަ ހުރިހާ ހާޖާނެއްވެސް ހިނގާނެ

      2
      17
      • މައިނާ

        ކަލޭގެ ވަގުކަން ކުޑައީތަ. ބަފާ ފޮށިން ނެގި ލާރިކޮބާ.

  2. މޫސަ

    މިނިކާވަގުންގެ މަޖްލިހަކާ ވައްތަރީ

    125
    9
  3. ކަރު

    މިހާރު ތިޔަމަޖިލީހުގެތެރެއިން އިދިކޮޅުމެންބަރުންނަށް ހާދަވަރެއްކުރެޔޭ މިކަކަން ކުރަނީ މަޖިލީހުގެ ރައީސްގެ ހުއްދަޔާއެކު އެއީ ބައިމީހުންލައްވައި މާރާމާރީ ހިންގާތަނެއް އެކަންކަން ބެލެންޖެހޭނެ! ހުއްތުވެންޖެހޭނެ

    108
    7
  4. ޒާން

    މާތް ﷲ ޝިޔާމަށް ިސާބިތުކަމާއި އަވަސް ޝިފާއެއް ދެއްވާށި ، ކެތްތެރިކަން ދެއްވާށި ، ފަހަތަށް ބެއްލެވުމެއްނެތި ކުރިޔަށް ވަޑައިގަންނަވާ

    141
    13
  5. ޖޫސް

    ގަޔަށް ބޮލަށް އެއްވެސް ބަޔަކު އަރައިގެން ނުވާނެ.... ޝިޔާމުގެ ނަން އިއްވީމާ ރީއްޗަށް ނިކުމެވެންއޮތް ޝިޔާމަށް... ޝިޔާމް އަމިއްލައަށް ނުނިކުތީމާ ޝިޔާމް އެތަނުން ނެރެން ޖެހޭނީ އެގޮތަކަށް މެމްބަރުންނެއްވެސް ނޫން.. އެކަން ކުރަން ތިބޭނެ މުސާރަ ދީފަ ބައި ތިއްބާފަ ތިބޭ ބަޔަކު.. ކޮންމެކަމެއްވެސް ދެބައި މީހުންވެސް ކުރެވެންއޮންނަ އެންމެ ނުބައި ގޮތްް ބަލާފަ މިކުރަނީ.

    113
    4
  6. ޒަބީބު

    ސުޕާރ މެޖޯރިޓީ އޮތްކަން ދައްކާލުމުގެ ފުރަތަމަ ޝޯ ކުޅެލީ އުތަ؟ ސުޕާރ މެޖޮރިޓީ އޮތީމަ އިދިކޮޅު މެމްބަރުންގެ ނަން އިއްވުމަށްފަހު މެމްބަރުން ތަޅުމުން ބޭރުކުރަން ދެން މުޅިންވެސް ބޭނުންކުރާނީ އިންހައުސް މޮބް ދެއްތޯ؟ އެހެންތާ ވާނީ 8 ފެބްރުއަރީގައި މުޅި ގައުމުގައި ހުޅުޖަހާ ރޯކުރަން ނުކުތް ބައިގަނޑުގެ ތެރޭގައި ހިމެނުނު ގިނަ މުއްލާ ތައް މިހާރު ތިބީ "އިއްޒަތްތެރި މެމްބަރު" ނުވަތަ "އިއްޒަތްތެރި...." ތާކިހާ އަޅައިގެން މަޖިލިސް ތެރޭގައި ގާނޫންހަދާ މަޖިލިސް މެމްބަރުންގެ އިމްތިޔާޒް ތަކުގެ ނިވަލަށް ވަދެ ފިލާވިއްޔާ.

    އެކަމަކު ހަޤީޤަތަކީ ސުޕާ މެޖޯރިޓީ އަށް ވީކް މައިނޯރިޓީ ގެ ބަސް ވެސް ޓޮލަރޭޓް ނުކުރެވުނު. ތިއޮތީ ޑިމޮކްރެސީ ގިރައިގެން ބޮވިފަ! އަދިވެސް ބަރްލަމާނީ ގެނެސް ޔޫކޭގަ އޮންނަ ކަހަލަ ޤާނޫން ހަދާ މަޖިލިސް ގެންނަން ފޫގަޅާތި! އެއިރުން ދުވާލަކު މެމްބަރެއްގެ ފުރާނަ ދުއްވާލާފަ ފުރާނަ ނެތް މަސްގަނޑު ތިޔަ "އިއްޒތްތެރި މަޖިލިހުގެ" ތަޅުމުގައި ދަމާކޫއްތާފަ ނެރެވޭނެ!

    މަޖިލިސް ތެރޭގައި އިމްތިޔާޒުގެ ދުލިފަށުގެ ތެރޭގައި ތިއްބަސް މަގުމަތީގައި ކަތިވަޅި ހިފައިގެން ތިއްބަސް ގުނަޑާއިން ވާނީ ހަމަ ގުންޑާއިންނަށް!

    106
    8
  7. އުލާ

    ވަރަށް ނާތަހުޒީބު އަގެއްނެތް ބައެއް މުޖްލިހުގައި މި ތިބީ.

    101
    4
  8. ޑަބިޔާ

    އަންނި، އީވާ ބޮޑަކަށް މިކަމުގަ އުޅުނީ މިދެމީހުން ގެ މައްސަލަ ބަލަންޖެހޭނެ

    104
    4
  9. ހޯހޯ

    އެމް ޑީ ޕީ ގެ އަސްލު ސިފަ ތިހަރަ ފެންނަނީ

    105
    7
  10. ޣަބޭ

    މި ޢަމަލުން ވަރަށް ރަނގަޅަށް ދޭހަވޭ، މި ބައިގަނޑު ދުރާލާ ރާވައިގެން ދަންވަރު ޖަލްސާ މި ބޭއްވީ ގަސްދުގައި އިދިކޮޅު މެންބަރުންގައިގަ ތަޅާ މާރާމާރީ ހިންގަން ކަމަށް. ޢަދި ރީދޫ ބައެއް މެންބަރުން "ތި ހޮސްޕިޓަލަށް ގެންދާށޭ" ބުނުމުން ދޭހަވަނީ އިންސާނެއް ނޫން ދަށުދަރަޖަ ދީ، ނުސީދާގޮތަށް ފުނޑާލާށޭ ނުބުނެ، މާރާމާރީ މާރީ ހިންގުމަށް ހިއްވަރު ދިންކަމަށް. ކޮންމެ އަކަސް މަޖިލީހުގެ ތަޅުމުން މެންބަރުން ނެރެން ބޮޑުމުސާރަ ދީފައި ޕްރޮފެޝަލް ބަޔަކު ތިބޭ އިރު މީ ގުންޑާ ކަމުގެ އިންތިހާ

    86
    3
  11. ޣަބޭ

    މި ޢަމަލުން ވަރަށް ރަނގަޅަށް ދޭހަވޭ، މި ބައިގަނޑު ދުރާލާ ރާވައިގެން ދަންވަރު ޖަލްސާ މި ބޭއްވީ ގަސްދުގައި އިދިކޮޅު މެންބަރުންގައިގަ ތަޅާ މާރާމާރީ ހިންގަން ކަމަށް. ޢަދި ރީދޫ ބައެއް މެންބަރުން ސިޔާމާ ދިމާލަށް "ތި ހޮސްޕިޓަލަށް ގެންދާށޭ" ބުނުމުން ދޭހަވަނީ އިންސާނެއް ނޫން ދަށުދަރަޖަ ދީ، ނުސީދާގޮތަށް ފުނޑާލާށޭ ނުބުނެ، މާރާމާރީ މާރީ ހިންގުމަށް ހިއްވަރު ދިންކަމަށް. ކޮންމެ އަކަސް މަޖިލީހުގެ ތަޅުމުން މެންބަރުން ނެރެން ބޮޑުމުސާރަ ދީފައި ޕްރޮފެޝަލް ބަޔަކު ތިބޭ އިރު މީ ގުންޑާ ކަމުގެ އިންތިހާ

    57
    4
  12. ވަޒީރު

    ސިފަވަނީ ހައިނީ (ވަލު ކުއްތާ ) ތަކެއް އެސޮރުމެންގެ ޝިކާރައަށް އަރައިގަންނަށް ވަގުތު ބަލަބަލާ ތިބެފަ އަރައިގަތްހެން. މަޖިލިސް ސެކިއުރިޓީގައި ޓްރެއިންޑް ބަޔަކު މުސާރަ ދީފައި ތިބެ ތިކަން ތިގޮތަށް ކުރުވުމުން ރިޔާސަތާއި ރީނދޫ މެންބަރުން ދުރާލާ ތިކަން ކުރަން ތައްޔާރުވެފަ ތިބިކަން މި އެނގެނީ. ސަމްޓައިމްސް ވަން އިސް ބެޓާ ދެން މިލިއަންސް.

    76
    4
  13. ނަައީމް

    އަންނިގެ ރޭވުމަށް ސީދާ އެމްދީޕީ މެމްބަރުން ކުރާކަންކަން މުޅި ގައުމުގެ ދުސްތޫރަ ހަލާކު ކޮށްލައިފި. ބަލަ އެމްޑީޕީ އިދިކޮޅުގަ ތިބެގެން ގާނޫނުއަސާސީމައްޗަށް ފައިންއެރިއަރާ މަޖިލިސް ހިސޯރުކުރިއިރުގަވެސް ޕީޕީއެމް މެމްބަރަކު އެއްވެސް މީހެއްގެ ގައިގަ އަތެއްނުލާ އަނިޔާއެއްނުކުރޭ '''' ތިޔަބައިގަނޑަށް ވަރަށްއަވަހާ ބަލިކުރައްވާ މަގާމުތަކުން ދުރުވާ ތަން ބަލަންތިބޭނަނޤ

    63
    6
  14. ޓައްޕު

    އިތުރު ސާހިބާ ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް އާ ކީރިތި ގުރްއާން ދެކެ ލޯބިނުވާ ބައެއް ދުވަހަކުވެސް އިންސާނަކަށް ހެވެއް ނޭދޭނެ އެފަދަ ބައެއްގެ ކިބައިގާ އެއްވެސް ހެވެއްނުވާނެ

    75
    5
  15. އަލްޖިބްރާ

    މަޖްލިސް މެންބަރުން ފާރުމަތިން އުކާލި ހަދާން ވޭތަ ؟ އެކަން ކުރީ ގުންޑާއިންނެއް ނޫންތަ ؟ އެބަޔަކު ކުރިކަމެއްގެ ނަތީޖާ އެބަޔަކާ ކުރިމަތިލާނެ ! މާމޮޅުވެގެން އިރެއްގާ އުޅުނަސް މިއަދަކު ނޫޅެވޭނެ ! ބޯން އުޅުނު ބޮޑި ތިހިރަގެން ބޮވެނީ !

    12
    77
    • މަގޭ

      މަޖިލިސް މެންބަރުން ފާރުމަތިން ވިޔަސް ފުރާޅުމަތިން ވިޔަސް އުކާލަން ޓްރެއިންޑް ސެކިއުރިޓީން މަޖިލީހުގަ ތިބޭނެ. ޢެއްވެސް އިރެއްގަ ގާނޫނެއް ނެތް މަޖިލީހުން މެންބަރަކު ނެރެންޖެހޭނީ އެމެންބަރާ އިދިކޮޅު މެންބަރުންނޭ. ކެއްމަދުވެ އަނިޔާވެރިވާން ދެވިހިފައިފިއްޔާ ވާނި މިހެން

      35
  16. ައާންމުން

    ސިޔާސީ މީހުން މައިބަދަ ހަމަ ބަލީތަ

    17
    24
  17. ދިވެހިކޮރަކަލި

    ނަބިއްޔާ އަށް ފުރައްސާރަ ކުރި ހަދާން ކޮށްދިނީމަ ހޮޓްވެގެން ޑިސްލައިކް ކުރަނީ ބިރުކުޑަ ރީނދޫ ހެން ހިވޭ ޗީ

    49
    5
  18. އަހްމަދު

    ކޮބާ ރައްޔިތުންނަށް ދެއްކި ގައި ދުރުކުރުން! ޝިޔާމުގެ ދުވަސް ދުއްވާލިއިރު އެއުޅޭ އަންހެނާވެސް ހީވަނީ ޑާކްހަސީނާހެން! ޝިޔާމު ތަޅުވަން ވަރަށް ފޫގަޅާފައި ހުރީ! ސިފައިންނަށް މައްސަލަ ހުށެއެޅިޔަކަސް ވާނެ އެއްކަމެއްވެސް ނޯންނާނެ! ހަމަ ވާނީ ފޫނެއް ފާއްޔަކަށް ފެންފުރުން!

    48
    2
  19. ރައްޔިތުން

    ތީގެ ބަދަލު ހިފާނީ ވޯޓުން. އެދުވަހު ތި އަނިޔާ ލިބޭނެ

    41
    2
  20. އައްޑޫ ދޫ

    ނިމިދިޔަ އެއްވެސް ވެރިކަމެއްގަ މިހާޒިންމާދާރުކަން މިހާދަށު ދަރަޖަޔައް ވައްޓާލި މަޖިލީހުގެ ރައީސަކު ނުދެކެން އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮވެފަ މަޖިލީހުގެ ރައީސް އިދިކޮޅު މެންބަރު ނެރޭށޭ ބުނީމަ ވާނީމިހެން ނަސީބެއްނޫން ށިޔާމު މަރުނުވިކަން ހިތާމަވެރި ކަމެއްދިމާވާނީ ބުނެފަކާނޫން މަޖިލީހުގެ ރައީސް އައް އަމުރު ނުކުރެވޭނެ އެމްޑީޕީ މެންބަރުންނައް ށިޔާމު ނެރެން' މަޖިލީހުގެ ތަޅުމުން ނަންއިއްވީމަ އެމެންބަރަކު ނެރެން މަޖިލިސް ސެކިއުރިޓީ ކޮބާ..؟

    41
    1
  21. ރެނދު ޕާޓީ

    މި ޕާޓީ މީހުންގެ މައިބަދައިގަ ހާދަ ފަސޭހއިން ރެނދު ލައޭ ދޯ. މައިބަދަ ރެނދު ޕާޓީ ކިޔަންވީނުން.

    11
    38
    • ދދދދދދ

      ރިޔާސަތުގަ އެއިންނަ ޅިނދު ފީ ޓެރަރިސްޓަކީވެސް އެ ޕާޓީ މީހެއް ދޯ؟

      4
      1
  22. ރީދޫރާނީ

    ޑާކޫ ހަސީނާ 1987 ގަ ޒީނަތު އަމަން ކުޅުނު ބަދަލު ހިފާ ފިލްމެއް! ހައިރާންވި މިތާ ކޮމެންޓް ކުރި އަހުމަދު ނަމަކަށް ކިޔާ މީހާ އެފިލްމު ގަ އުޅުނު ޡިނަތު ގެ ކެރެކްޓަރ ހަދާން ހުރީމަ! ވާހ ވާހ

    20
    1
  23. އަދުރޭ_09

    ތިވެސް ކުޑަކުއްޖެއްނޫން، ނަން އިއްވީމަ ބަސްއަހައިގެން ނިކުމެގެން ދިޔަނަމަ ތިހެން މައިބަދައޭ ފުއްޕާހަމޭ ކިޔާކަށް ނުޖެހުނީސް...

    8
    42
    • އަލްޖިބްރާ

      ނަން އިއްވީމަ ނުނިކުތީމަ އަމަލު ކުރަން ޖެހޭގޮތް ކަލެއަށް ނޭނގުން މައްސަލައެއް ނޫންތާ އުސް ގޮނޑިއަށް އަރާ އޭނދަ އެތިފަހަރަކަށްވެސް ނެނގުނުވިއްޔަ.

  24. ޖޭމްސް

    ޖަނަވާރު ބައިގަނޑު

    44
    1
  25. Anonymous

    ކިތައްމެވަރަކަށް މައްސަލަ ބަލާދިނުމަށް އެދުނަސް މިސަރުކާރުން ހިނަގާ ޖަރީމާތައް މިސަރުކާރުން ބަލާނެ އަދި ކުށްވެރިކުރާނެ ޝަރުޢީ ކޯޓެއް ނުހުއްނާނެ، މިކަން މަޖިލިސްގެ ރައީސާއި ސުޕަރމެޖޯރިޓީ ގުންޑާ މެމްބަރުންނަށްވެސް އިނގޭތީ ހިންގި ޖަރީމާއެއް

    24
    1
  26. ޤާ ސިމް ބެ

    ނަން ގޮވީމާ ނު ފުއްޕާ ބޭރަށް ދިޔަނަމަ

    6
    26
    • ދޮގެއް؟

      ތިވެސް ތެދެއް. ނަން އިއްވީމަ ނުނިކުމެ ވައްވައް ޖެއްސޭނީވެސް އެމްޑީޕީ ގުންޑާއިންނަށް. ނުކުތްނަމަ ނިމުނީއެއްނު.

      4
      3
  27. ޖަލު

    މަޖިލިސް ވީމަ އޯކޭ. މިސްކިތްތައް ބަންދުކޮށްފަ.
    ލާދީނީ ކަން ހަމަބޮޑީ.

    33
    1
  28. އަލީ

    ތިވާނީ ގޭގަ ސިއްރުން ކުރެވުނު ކަސްރަތަކުން ވީ ގެއްލުމަކަށް

    4
    4
  29. ޟަމްޝޭރު

    ކޮބާ މި ބައި މީހުން 10000ރުފިޔާ އިން ޖުރިމަނާ ކުރަން ކެރޭނެބާ، ނޫނީ ނިކަމެތި ރައްޔިތު މީހާ އެކަނި ތޯ ޖުރިމަނާ ކުރަން ގަވާއިދު ގަ އޮންނަނީީީީީި

    7
    1
  30. ާއަހުމަދު

    ސާޖަންޓް އެޓް އާމް ގެ ޒިންމާ މޖިލިހުގަ ތިބޭ މެމްބަރުނައް ލިބުނީ ކޮން ޤަވައިދަކުން ތޯ ދިވެހި ރައްޔިތުންނައް އެގެން އެބަ ޖެހޭ.މަޖިލިހުގަ ތިބޭ މެންބަރުނައް ލިބިގެން ވާ ބާރެއް ނޫން އެއީ މަޖިލިހުގަ ތިބި މެންބަރުން މޖިލިހުގެ ތަޅުމުން ބޭރު ކުރެވުމަކީ.މީ ވަރަށް ހުދުމުހުތާރު ކަމެއް.ބިރުވެރި މަންޒަރެއް.މާދަމާ މި ބައިގަނޑު ނިކުމެ ދިވެހި ރައްޔިތުން ގޭން ނެރެލުމައް ވެސް ފަހަކަށް ނުޖެޭނެ.

  31. Anonymous

    ހުދު މުހުތާރުކަން ފެނިގެން މިދިޔައީ

  32. ކާމިނީ (މުޢުނީ)

    އޮންނާނީ ހަކުރު ބޮވެވިފަ. ޝިޔާމް މެން އެއިރު ޔާމިންގެ އޯޑަރަށް މެމްބަރުންނަށް ކުރިން ކުރި އަނިޔާ ހަދާން އެބަހުރިތަ؟ މަސީހު ބަހައްޓައިގެން ކުރިން ކަންކަން މިހާރު ހަދާނަށް އަންނާނެ. ރައްޔިތުން ބުނެފި ގެޔަށް ދާށޭ، 4 ގޮނޑިއޭ ލިބުނީ. ދެން ސައިޒުގަ ތިބެބަލަ.

  33. ރާ ބޯ

    ނަންއިއްވީމަ ނުނިކުތަސް ރީނދޫ ގުންޑާތައް ނުޖެހޭނެ ޝިޔާމް ގައިގަ އަތްލާކަށް އެގޭތަ ފަހުން އެޖަނަވާރުން އެކުރިކަންތަކުގެ ނަތީޖާޔާއި ކުރިމަތި ލާންޖެހޭނެގޮތް އެހިންގީ މާރާމާރީ އެއް އެޖަނަވާރުތަކަށް އެމައްސަލަބަލާ ހުކުމް އިއްވީމަ ކެތްވާނެބާ އަންނާނެ އަދި އެދުވަސް ދެންއަތްޖަހާ!

  34. ވަގު ޔާނު

    އަޅުގަޑު އެހީ މައިބަދަބިންދާކައްނޫން އަޅުަގަޑު އެހީބޭރައްނެރެން

  35. އައްޔު

    އެ ވީޑިއޯވެސް ނޫސްތަކުގައި ފެންނަހެން ހުންނަންވާނެ އެއްޗަކާއި ހަވާލާދީ ލިޔާއިރު

    1
    1
  36. ޅަދުވަސް

    ސައިތާނުއޮޑިޔައް އިބިލީސް އެރީމަ ވާގޮތް މިފެންނަނީ...