ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަންގައިގެން މަޖިލީހުގެ މެންބަރުންތަކެއް އެއްވެސް މެންބަރަކު ނެރުމަކީ ކުށެއް ކަމަށް މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ކަން ކުރެއްވި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރީކޯ މޫސަ ވިދާޅުވެފައި ވަނީ، މަޖިލީހުގެ މެންބަރަކު ނަން އިއްވައި ބޭރަށް ނުނިކުމެއްޖެ ކަމުގައިވާ ނަމަ އަމަލުކުރަން ޖެހޭ އުސޫލަކީ، މަޖިލިސް މެދުކަނޑާލާ ސެކިއުރިޓީން ލައްވާ އެ މެންބަރަކު ބޭރަށް ނެރުން ކަމަށެވެ. އެއާ ހިލާފަށް މަޖިލީހުގެ ރިޔާސަތުން އެހެން މެންބަރުންނަށް އަންގައިގެން އެމެންބަރަކު ބޭރަށް ނެރުމަކީ ހުއްދަކަމެއް ނޫން ކަމަށާއި، އެއީ ކުށެއް ކަމަށް ރީކޯ މޫސަގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައި ވަނީ ރޭގެ މަޖިލީހުގެ ޖަލްސާއަކީ ގާނޫނާއި ހިލާފަށް ކުރިއަށްދާ ޖަލްސާއެއްކަން ފާހަގަ ކުރައްވައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގައި ނުރުހުންފާޅުކުރަން ފެއްޓެވުމުން ރިޔާސަތުން އޭނާގެ ނަން އިއްވެވުމުން ބޭރަށް ވަޑައިނުގަތުމުން މެންބަރުންތަކެއް ޝިޔާމް "ގަދަބާރުން" ބޭރަށް ނެރުމާއި ގުޅިގެންނެވެ.

ޝިޔާމް ވަނީ މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ މިހާރު ފުލުހުންނަށްވެސް ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ގިނަ މެމްބަރުންނާއެކު ރޭ ކުރިޔަށްގެންދިޔަ ޖަލްސާގައި، މެމްބަރުން ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައި ވަނީ، މަޖިލީސް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިން ހުއްދަ އާއި ވެސް ޚިލާފުވުމަށްފަހު އެވެ.

އެޗްޕީއޭއިން މަޖިލީސް ހުޅުވުމުގެ ހުއްދަ ދިން އިރު، މެމްބަރުން ގައިދުރުކޮށް ތިބުމާއި އެއްވެ ނޫޅުމަށް އަންގާފައި ވެއެވެ. އެޗްޕީއޭއިން މަޖިލީސް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ އެ ޤަވާއިދުތާއި އެއްގޮތަށް ޖަލްސާތައް ކުރިޔަށް ގެންދިއުމަށެވެ.

ރޭގެ ހަމަނުޖެހުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީއަށް ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ސަޓޯ

  އަންނި ވީމަ އޯކޭޔޭ... ވަލުޖަނަވާރަކަށް ރަގަޅުވާނީ ޖަނަވާރު ސިސްޓަމް..

  155
  1
 2. Anonymous

  ގަޑަ ޑޯ

  27
  2
 3. ރައްޔިތުން

  ނަޝީދު ރިޔަސަތުން ތިޔަ ހިންގި ޖަރީމާ އަކީ ކުށެއް، އެކަމަކު އެކުށުގެ އަދަބަކީ ކޮބާ؟ އަދި އެދަބު ކަނޑައެޅެނީ ކިހެނެއް؟ އެކަން ބަލާނީ ކާކު؟ އެކަމުން އަނިޔާ ލިބުނު މީހާގެ ޙައްޤުގެ ހިމާޔަތަކީ ކޮބާ؟ ޤައުމުގެ މަޖިލިސް ގުޅަ ކުޅޭ ފަސްގަނޑަށްވެ އަމީންދީދީ ގެ މަތިން ހަނދާން އާކޮށްދޭ ނޫންތޯ؟

  147
 4. މަސީހު ކަލޭގެ--

  މީނަ މަޖިލީހުގައި އުޅުނު އިރު ސެކިއުރިޓީ ވައްދާއިގެން ހިންގި ޖަރީމާ އެހެރީ މަޖިލީހުގެ ޔަވްމިއްޔާގައި ކަޅާއި ވައިޓުން ފެންނަން@ ކޮންވާހަކަ އެއް ދައްކަނީ

  15
  105
 5. އިޒްމީ

  އަންނި ވިއްޔަ މީހަކު މަރާލިޔަސް ކުށްވެރިވާނީ މަރުވިމީހާ. މި ރާއްޖެއަށް ފާވެފައި އޮތް މުސީބާތެއް

  97
  1
 6. ވޯޓްވަގު

  ގަމާ ރު، ރިޔާސަތުން ކުށް ކު ރޭތަ؟ ރިޔާސަތުގަ އެއިންނެވީ އަހަ ރެމެބް ދިވެހިންގެ އެދު ރު،. ......( ރޯނު) އިންގޭ

  58
 7. ޏ

  މަޖިލިސް މައްސަލަތަކާއި ފިތުނަޔާ އަނިޔާވެތިކަން ހުއްޓުމަކަށް ގެނައުމަށްޓަކާ ބޮޑު މެންބަރު އިސްތިއުފާ ދޭން
  ޖެހެއެވެ.

  54
 8. މޫނު

  އަންނި ވ މަ ނޯ މޯރ މިސްޓޭކްސް، އޮންލީ ރައިޓްސް...ސޯ ރޭގެ ޖަލްސާއަކީ ހަމައެކަނި ފެނުނު ހުވަފެނެއް...ދަންވަރު ގަޑި ވ މަ ދޯ....ހުވަފެނެއް ނުން ފެންނާނީ ދޯ...މީ ވ ވާހަކަ...

  40
 9. ބާބެ

  ތިއޮތީވާކަމެއް ވެރިކަމުގަ ހުރި އިރުވެސް ގޮވަނީ ތަޅާނެ ކުދިން ކޮޅެއް ހޯދާށޭ ހަމަ އެ އުސޫލު މަޖިލީހުގަވެސް ގެރި ބަކަރިން ހިމާޔަތް ނުވެގެން އުޅޭ ކޮށްޓެއްހެން ހީވަނީ މިވަރުގެ ބަޔަކަށް ގައުމު ހިންގަން ހަވާލު ކުރީ ހަމަ ހޭގަ ތިބެގެން ބާ އޭ ހިތަށް އަރާ

  67
 10. އަންމަޑޭ

  ޖަރީމާގެ އައްޕަ

  53
  1
 11. ހައިރާކީ

  ހުރިހާކަމެއް ކުރައްވަނީ ޤާނޫނާޚިލާފަށް ވެރިކަމަށް އައީވެސް އެގޮތައް މޫސާ މިއޮތީ މަލާބާރީން އަރާފަ ކޮވިޑަށް ވުރެ ނުރައްކާ މިކަން ޤަވްމުގެ ހަލާކުވީމަ.

  56
 12. ހަގީގަތް

  އެއްކަލަ އަންނި ސައިޒް އޮޅެން ފެޝީ،.ސައިޒް ދައްކާލާނަން އަދި އަޅާނުލާ.

  58
  • ާ

   ނުވާނެ އެހްކަމެވެސް

 13. މިއަދު

  ރައިސްޔާމީން ވިދާޅުވުމުން އެމްއެމްޕީ އާރްސީފެ ފައިސާ ގަވައިދާޚިލާފަށް ހޭދަކުރީ އެއިރުގެ ނައިބުރައިސް އަހުމަދު އަދީބު ކަމަށްވިއަސް ރައިސްޔާމީން އެކަމާއިންކާރުކުރެއްވި ނުޙައްގުން ވިއަސް އަދަބު ލިބުނީ ރައިސްޔާމީނަށް ރައިސްނަޝީދުގެ އަމުރަށް މަޖިލިސްތެރޭގައި މާރީ ހިންގީ އެމްޑީޕީ މެމްބަރުން ކަމަށްވެފައި ނަޝީދު އެކަމާއިންކާރު ކުރެއްވިނަމަވެސް އޭނާއަށް (ނަޝީދަށް) ޖަލުހުކުމެއް ނާންނަންވީ ސަބަބެއް އޮންނާނެބާ؟

  26
 14. ކައްޗާކަލޯ

  އޭ މޫސަ! "ބޭހާއި ނުކުޅޭތި ބަޑި ނޭގިހުއްޓާ އަނދައިދާނެ، ގޭ މަކޮޔާ ފިހިދާނެ"! އެގިއްޖެ؟! އެއީ ދެކުޅި ކުރިޔަށް ކުޅޭ "އަންނި"! މޫސަމެން ނޭނގޭކަމަށް ހެދިގެން ތިއްބަސް މަމެންނައް އެބަ އެނގޭ ހަދަން އުޅޭ އެތި! "އޭނަ" އެހުރީ ރައީސުލް-ޖުމްހޫރިއްޔާގެ ގޮނޑިއަށް ފައިނަގައިގެން -އިށީނުމައް ކުރަންޖެހޭ ކޮއްމެފަދަ ކަމަކާއި އަޅަން ޖެހޭ ކޮއްމެފަދަ ފިޔަވަޅެއް އެޅުމައްވެސް "އޭނަ" ލަދެއް ނުގަންނާނެ! ފަަހަކަށް ނުޖެހޭނެ! ބަލާނެ ކަށް މޫނެއް ނުހުންނާނެ! ކޮށް ނިއްނާނެ! މޫސަ ބަލަން ހުރޭ!!

  16
  1
 15. ޕްރިންސިޕަލުން

  މިހާރު މަޖިލީހުގައި ތީނީ އިންޑިޔާގެ ޕްރިންސިޕަލެއް،،، އެހެންވީމަ އެ ޕްރިންސިޕަލްގެ ސްލޫކު ހުންނާނީ އެގޮތަށް. އޭނަ ކިޔެވި އެއްވެސް މާއްދާއަކުން އޭ ރިޕޯރޓެއް ނުލިބުންތާ ފާހެއްވެސް ނުވޭ. ޕްރިންސިޕަލްކަމަކަށް ކުފޫ ހަމައެއް ނުވޭ...

  29
 16. ދޮންބެ

  ޑިމޮކްރެސީ އާއި، މިނިވަންކަމުގެ ނަމުގައި މިގައުމުގެ އިޖްތިމާޢީ ފޭރާން ހަލާކު ކުރުމަށްފަހު، މިހާރު ނަޝީދު މަސައްކަތް ކުރައްވަނީ މިގައުމު އަޅުވެތި ކުރުމަށްކަން މީނާގެ ޢަމަލުތަކުން އެބަ ސާފުވޭ!

 17. މަލާ

  މަޖްލީސް ހިންގާނީ ކްލާސްރޫމެއް ހިންގާގޮތަށް. ދެން ޕްރިންސިޕަލް ރަނގަޅު ނުވެ ކުދީން ރަނގަޅުވާނީ ކިހިނެއް. ކުދީން ލައްވާ ފަުރަތަމަވެސް ތި ދަސްކޮށްދެނީ މާރާ މާރީ ހިންގަން..ޕްރިންސިޕަލް ނަމޫނާ އަކަށް ވާންޖެހޭއިރު.މުޅިންވެސް ދައްކަނީ ނުބައި ނަމޫނާ.އެކަމަކު ޕްރިންސިޕަލް ހީކުރަނީ ތިމަންނާ މަޖްލީސް ހިންގަނީ ވަރަށް ޕާރފެކްޓް ކޮށް ކަމަށް.