ކޮވިޑް-19 އާއި ގުޅިގެން ފާއިތުވި ދޮޅުމަސް ދުވަސް ތެރޭގައި ސަރުކާރުން ކުރި ޚަރަދު 892.3 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މެއި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލް ހިމަނައިގެން ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތީރިޓީންނެވެ. އެއޮތޯރިޓީން ކުރި ޚަރަދު 584.4 މިލިއަން ރުފިޔާ އަށް އަރައެވެ.
ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. ހެލްތު މިނިސްޓްރީން ވަނީ 141.1 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. ޑިސާސްޓާ މެނޭޖްމަންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވާއިރު، ޕްލޭނިން މިނިސްޓްރީން ވަނީ 28.1 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. ޓްއަރިޒަމް އިމްޕްލިމެންޓޭޝަން ފަންޑުން ވެސް 27.2 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.
ޑިފެންސް މިނިސްޓްރީން 7.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވާއިރު އައިޖީއެމްއެޗް އިން ވަނީ 5.2 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އެންސްޕާ އިން 4.7 މިލިއަން ރުފިޔާ ޚަރަދު ކުރިއިރު، ފޮރިން މިނިސްޓްރީން ވެސް ވަނީ 3.7 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.
ކޮވިޑް-19 ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރިދާނެ ކަމަށް ލަފާކޮށް، ސަރުކާރުން ވަނީ ގިނަ ވަސީލަތްތަކެއް މިހާރު ގާއިމް ކޮށްފައެވެ. އަދި އިތުރު ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ސަރުކާރުން ބުނެއެވެ. އެކަންކަމަށް ބޮޑެތި ޚަރަދުތަކެއް ދަނީ ކުރަމުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ ޚަރަދުތަކުގެ މައުލޫމާތު ސާފުކުރަން 45 ދުވަސް ތެރޭގައި ހާއްސަ އޮޑިޓެއް ފުރިހަމަކޮށް، އެކަމާއި ގުޅޭ ރިޕޯޓް ތައްޔާރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އޮޑިޓަރ ޖެނެރަލް އަށް އަންގާފައެވެ.
މިގައުމުގެ ހަލާކު ކެނެރީ ނަސީދު.
ހުރިޙާ ފައިސާއެއް އެމްޑީޕީ މީހުންގެ ޖީބަށް. މިވަރުގެ ކޮރޮޕްޓް ސަރުކާރެއް ނުދެކެން.
ސަރުކާރުންރައްޔިތުންނަށްކަމެއްނުކޮށްދީކާލިވަރުތިފެންނަނީ
Kalo hama rangalhahves kahaalaafi
ހިސާބު ޖަހާ ބަލަ ދިވެހިންނަށް ޚަރަދުވި ވަރާއި ބޭރުމީހުންނަށް ޚަރަދު ވީވަރާއި ބޮޑުނަނަށް ބަހާލިވަރާއި ހޭދަވީވަރު 892.3 ޕްރެފެސަރ އަދުރޭ ބުނެ ދީބަލަ ވަރަށް ރަގަޅަށް ހިސާބު ޖަހާފަ
ދެންއޮތް 5 އަހަރު ނުލިބޭނެކަން ޔަގީންވުމުން ބަނޑުފުރަންޖެހޭނީ ތިކަހަލަ ގޮތަކަށް، އަދިވެސް ވޯޓުދޭތި މި ބައިގަނޑަށް
ކޮވިޑް-19: ސަރުކާރުން ކުރި ޚަރަދު 892 މިލިއަން ރުފިޔާއަށް އަރައިފި
ކުރިޚަރަދެއްނޫން މިސަރުކާރުގެ ވެރިން ކޭލާރި 892 މިލިއަން
ކޮން ކަމެއް ކޮއްގެންތަ ބިލިއަނަކާ ގާތައް ފައިސާ ހަރަދުވީ؟
މި ސަރުކާރު އައިއްޔާ ފައިސާ އިން ހިޔާނާތް ނުވާ ފަހަރެއް ނުދޭ..
ތިޔަ ހިސާބު ބޭނުން ވަރެއް ބުނެވިދާނެ އެކަމަކު ތިޔައީ ހުސްދޮގު އަދި ވަގަށް ނެގިވަރު ހާމަކޮށްދޭން ކެރޭނެ ނަމަ ކިހާ ރަނގަޅު
ނިކަމެތި ރައްޔިތުން ފުރަބަންދު ކޮށްފައި ލާރިހޯދޭނެ މަގުބަންދުކޮށް ހަލުގައި ޖައްސާފައި ، މިމިހުން ކޮވިޑް އޭކިޔައިފަ ހަމަ ލަރިކަނީ މިލިޔަނުން މިލިޔަނުން ، ޤައުމެއް ކޮރަޕްތު ވާނީ މިވަރަށް. ވ. ސަލާމް
ކޯނޗަކަށް ހަރަދު ކުރީ ؟ ތަފްސީލް ބޭނުން... ކޮމިޝަނަށް ނެގި ބައި ވަކިން ހިމަނާތި....