ކޮވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ހދ. ވައިކަރަދޫ މީހެކެވެ.

މިއީ ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި ހަތްވަނަ މީހާއެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ހަތަރު ދިވެހިން ވަނީ ނިޔާވެފައެވެ. ދެން ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ތިން މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ނިޔާވެފައި ވަނީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 06:20 ގައި ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިއަދު ނިޔާވި މީހާއަކީ އުމުރުން 89 އަހަރުގެ މީހެކެވެ.

މިއަދު ނިޔާވި މީހަކީ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ގެންދިޔަ މީހެއް ނޫނެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރުގިއްޔާ ނިޔާވެފައި ވަނީ އައިސޮލޭޝަން ފެސިލިޓީގައި ހުއްޓާއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނަޖީ

    ފުރާނަޔައް ނުރައްކާ ވާހިސާބައް ދާއިރުގަ ހޮސްޕިޓާތައް ފުރިބާރުވެގެންތޯ އައިސުލޭށަން ފެސެލިޓީ އަކައް މަރުވާންޖެހުނީ ތިކަމުގެ ސުވާލު އެދޭތީ އަހާލީ

    100
    7
  2. ލާރިފޮތި

    މި ހަމަ ސަރުކާރުގެ އިހުމާލް ފުރަތަހަމަވެސް އެއަރޕޯޓް ބަންދު ކުރި ނަަމަ މި ބަލި ރާއްޖެއަށް ނައީސް.

    125
    10
    • ގަލަން

      މަޖިލީހު .ރައީސްމީހާބުނީ އަންނާނެޔޯ ކޮންމެ ގޮތެއް ހެދިޔަސް.. ހުރިހާ ދިވެހިންނަށް ވެސް ޖެހޭނެޔޯ

  3. އެމް ޑީޕީ

    އެޖެންޑަރ-19 މިހިރަ ދަނީ ކުރިއަށް ހަމަ

    100
    10
  4. ހަސަނުބެ

    ކުރީދުވަހަކުވެސް މޮޑާން ޓުވިޓާ ކަނބަލެއް ޝަކުވާކުރަނީ ލޮކްޑައުނަށް ލުއި ދިންއިރު ތިމަންނާގެ ދަރިފުޅު ބޭރަށް ކުޅެލަން 1 ގަޑިއަށް ދެވޭނޭ ގޮތައް ނެތޯ. އަޅެ މިއީ ނިއުޒީލޭންޑްތަ ޕާކުތަކަށް ގޮސް ކުޅެން. މިއީ ތޮއްޖެހިފައި އޮތް ސްލަމް މާލެ. ބޭރަށް ދާ މީހާގެ ސަބަބުން ގޭގައިތިބި އެންމެން ބަލިވޭ

    62
    3
  5. Anonymous

    ޕޮޒިޓިވްވެގެން އައިސޮލޭޓް ކޮށްފައިތިބޭ ޕޭޝެންޓުންވެސް ސިއްޙީ އެހީތެރިންގެފަރާތު ވަރަށްގިނަގިނައިން ވަރަށްގާތުން ބެލެންޖެހޭނެ، އެބަހީވޭ ކަމާގުޅޭފަރާތުން ފަރުވާކުޑަކޮށްފައިވާހެން، ކޮށްމެތަނެއްގައި ބައިތިއްބާފަވިޔަސް ގަވާއިދުން ބޭސްފަރުވާވެސް ލިބެންޖެހޭނެ،، ބައެއްޕޭޝެންޓުން އެކަނިވެރިކޮށް އާއިލީމެމްބަރަކަށް ނުފެނި އުޅެންޖެހުމުން ފިކުރުބޮޑުވުމާއި ހާސްވުންފަދަ ބަލިތައްވެސް ކުރިމަތިވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދާވަރުގެވެސްކަމެއް،،

    55
    4
  6. ހަސަދު

    89 އަހަރުގެ މީހަކު އެކަނި ގޮޅިއެއްގައި ބެހެއްޓުން އެއީ އެންމެ ރަނގަޅު ގޮތްތޯ. ކަންހިގާ ގޮތުން އެޗު.ޕީއޭ ގެ ފެއިލް ވުން އަދި ވަރަށް ބޮޑަށް އެބަފެނޭ

    135
    5
  7. ?‍♀️?‍♀️?‍♀️

    ކަލޭމެން ކޮމެންޓް ކުރަންވެސް މިހަކަލަ ހަބަރަކައް ބަވަން ދޯ
    ކީތްވާނީ މައްޔިތާއައް ހެޔޮ ދުއާއެއް ކޮއްލިޔަސް

    41
    92
    • މަ

      ކަލޭ ކުރިން ތަ؟

      51
      1
    • ކކކކ

      ކުރާ ދުއާ ކޮންމެހެން މިތާ ލިޔާކަށް ނުޖެހެއެއްނުން.

      64
  8. ާއަފްލާ

    މައްޔިތާއައް ހެޔޮ ރަޙްމަތް ލެއްވެވުމައް އެދި ދުޢާކުރަން އައިސޮލޭ ޝަންގައި ހުރި އުމުރުން ދުވަސް ވީ މީހަކު ވެއްޓިގެން ހޮސްޕިޓަލައް ގެންދާ ހިސާބުންތޯ އަޅާލަން ޖެހެނީ ކޮބައިތޫ އިހަވަންދޫ މައިމޫނާއާއި ސަރުކާރުގެ ލާދީނީ އެޖެންޖާތައް

    38
    3
  9. ޢަހުމަދު

    އެޗްޕީއޭގެ އެއްވެސް ކުށެއް މިކަމުގަ ނުވާނެ ހައްތަހާވެސް ރައްޔިތުންގެ ކުށްތާ އެއީ.

    62
    2
    • ގަލަން

      މީހަކު މަރުވުމުގައި ކޮންމެހެން ބައެއްގެ ކުށެއް އޮންނަން ޖެހޭތަ؟

  10. Anonymous

    ޢިއްނާލިﷲ ވައިއްނާ އިލައިހި ރާޖިޢޫން، މަރުޙޫމާއަށް ހެޔޮރަޙުމަތްލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

    28
    1
  11. ާއައްޔޫބު

    މަރުވީ 7 މީހުން 3 މީހުން މަރުވީ މަގުމައްޗާއި ގެޔަށް ކޮވިޑަށް ބިލިޔަނެއް ޚަރަދުވެއްޖެ.

    15
  12. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ސަރު ކާރު ކުރާނެ އެއް ކަމެއްވެސްނެތް މިސަރު ކާރުން ކަން ކުރަމުންގެންދަނީ ރައްޔަތުންނަ ވަރައްއޯގާތެރި ކަމާއެ ކުވަރަށްގާތުން މީފެންނަހުރިހަގީގަތް

    30
    4
  13. bala

    މިބަވަނީއަކީނޫން ބައެއްގެ އިހުމާލުގެވާހަކަ މިދައްކަނީ އެމުރުގެމީހަކު އައިސޮލޭޝަންގަބަހައްޓާފަހުންނައިރު ވަރައްކައިރިން އޭނާގެ ހާލު ބެލެންޖެހޭނެވާހަކަ އަދި އަމުދުން ކޮވިޑް ނަވާރަ ޖެހިފަހުރިމީހެއްކަން އެނގޭއިރު

    22
    2
  14. Anonymous

    800މިލިޔަނުރުފިޔާހަރަދުކުރި އިރުތަފުސީލުކޮބާ

    25
    1
  15. ާައަގަގަދަ

    800މިލިޔަނުރުފިޔާހަރަދުކުރި އިރުތަފުސީލުކޮބާ

    9
    1
  16. ސަޢުދިއްޔާ ޢަބްދުﷲ

    މިމީހުންނޭގެވާހަ ކަ ނުދައް ކާ އޭނާ ދަރިންނާ އެއްތާގަހުރީ ރޭގެ3ޖެހިއިރު އޭނާގެދަރިފުޅުއޭނާ ފާޚާނާޔަންވެސް ގެދިޔަ ކަމަށްވޭ

  17. ވޮލިއުމް

    އަސްލު ރާއްޖެއިން ފެނުނު ފުރަތަމަ ކޭސް އާއިއެކު މުޅި ގައުމު ލޮކްޑައުން ކުރިނަމަ މިއަދު ގައުމު މި ހާލަތަށް ނުވެއްޓޭނެ... ހިސާބަށް ވުރެން ގަމާރީ... ކޮންމެ ރެއަކު މަބުރޫކު ޕްރެސް ކޮންފަރެންސް ގައި ބުނާނެ ލޭޓެސްޓް އަޕްޑޭޓްސް އޭ... މަބުރޫކުމެން ބޮލެއްނު އަޕްޑޭޓު ކުރަންވީ....