ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސުލޫކު ރޭގެ މަޖިލިސް ޖަލްސާގައި ހުންނެވީ ސަރުދާރެއް ފަދައިން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭ މަޖިލީހުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބުނު ގެއްލުން ކުއްވެރިކުރައްވާ ކަމަށާއި، އަދި މިއީ މެންބަރުންތެއް މަޖިލީހުގެ މެންބަރަކާއި މެދު މިފަދައިން ކަންތައް ކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ސުލޫކު ހުރީ ސަރުދާރެއް ފަދައިން ކަަމަށާއި، އެއީ ޤާނޫނު އަސާސީ އަށް އިސްލާހު ގެންނަ ގޮތްތޯ ޝަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.
ރޭގެ ޖަލްސާގައިބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނީ، ރޭގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ މެންބަރު ޝިޔާމް ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން ތަކުރާރުކޮށް އޭނާ ބޭރަށް ނިކުތުމަށް އެންގެވުމުންވެސް އަމުރަށް ކިޔަމަންތެރިނުވެ ހުންނެވުމުންނެވެ. އެމްޑީޕީގެ މެންބަރުން ވަނީ ޝިޔާމް "ގަދަބާރުން" މަޖިލީހުގެ މާލަމުން ބޭރުކޮށްލާފައެވެ.
ރޭގެ ހަމަނުޖެހުމުގައި އެމްޑީޕީގެ މެންބަރުންނަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ. ޝިޔާމް ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން އޭނާގެ މައިބަދައަށް ގެއްލުންތަކެއް ލިބިފައިވާކަން ވަނީ އެނގިފައެވެ. އަދި ހަށިގަނޑުގެ އެކި ތަންތަން ރަތްވެފައިވާ ފޮޓޯތަކެއްވެސް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ރޭގެ މަޖިލިސް ޖަލްސާގައި ނަޝީދުވެސް ވަނީ ކޮޅަށް ތެދުވެވަޑައިގެން ޝިޔާމް މަޖިލީހުން ނެރުނު ވަގުތު އަޑުގަދަކޮށްފައެވެ. އަދި އެމްޑީޕީގެ މެންބަރުން ހުއްޓުވަން އެއްވެސް ކަމެއް އެމަނިކުފާނު ކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނަޝީދަށާއި އެމްޑީޕީއަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.
އެއީ ބޮޑު ބަނޑޭރި ބޮޑު ސަރުދާރު
ބޮނަކުއާ ފުޅިއަކާއެކު ތިޔަ ސުލޫކު ފެނިފަ އޮތީ ނިކަން ރީއްޗަށް..ޒަކާތު ފަންޑު ދަވާލި ބޮޑު ކަޗޯރެއްނު ތީ..ބަލަ ނަންއިއްވީމަ ނުނިކުތީމަ ގަދަކަމުން ނެރުމަކީ މަޖިލިސް ރައީސްގެ ވާޖިބެއް.. އެކަން ކުރާނެ އެއްކަމެއްވެސް ނުކުރެވޭނެ..
ސަރުދާރެއް ފަދައިންނޭ. ޖަނަވާރެއްފަދައިން އަހަރުމެނަށް ފެނުނީ.
ސުލޫކުގެ ވާހަކަ ކަލޭ ނުދައްކާ.
މީނަގެ ސުލޫކު ކޮބާތޯ މިނިސްޓަރުކަމުގަ ރަންފިހާރަ ހުޅުވަން ރިސޯޓްއޯނަރުން ކައިރިއަށްދުވިއިރު. އަދި ރަސްމީގަޑީގަ މިނިސްޓްރީގެ ސަރުދާރުން ރަންފިހާރަހުޅުވަން ތަންތަނަށް ފޮނުވިއިރު. މިކަހަލަ ގުދޯގުދޯ ގޮވާ ސަރުދާރުން ހަނުހުރުން މާބުއްދިވެރިވާނެ.
އޭނަގެ ސުލޫކަކީ ޓްރައިބު ތަކުގެ ސަރުދާރުންގެ ހުންނަ ހުދުމުހުތާރު ނުވަތަ ޑިކްޓެޓަރުންގެ އުސޫލު.
ޝަހީމަކީ ދެއްކުންތެރި ކަމާއި ކިބުރުވެރިކަމާއި ބޮޑާކަމުގެ ލާމަސީލު މިސާލެއް. ސަރުދާރު ހެދިގެން ބޮޑާކަމުގައި ހުރީ ކަލޭ.
ކަލޭ ތިހެދީ ބޮދުބދޮގެއް. ކަލޭ ތިހެން ތިވާހަކަ ދައްކަނީ ކަލެއަށް ޑރ ޝަހީމް ފެނި ދެނިވެފައިނުވާތީ. މޑޕ ގެ މީހުންގެ އުސޫލަކީ އިޒްރޭލް މީހުންގެ އުސޫލް. ސިޔާސަތާމީހަކު ގާތްވެދާނެހެން ހީވިއަސް އެމީހެއްގެ އަބުރުކަތިލާނެ. ހުތުރު އެއްޗެހިކިޔާނެ. ވަރަށް ގޮތެއްފޮތެއްނެތް ބައެއް މޑޕ ގެ މީހުންނަކީ.
ސިންގާ އައިނެއް އައިސް ޝިކާރަ ކުރާހެން އެމްޑީ މެންބަރުން މުސްލިމު ދަރިއަކު ކަތިލާލީ. ޖަންގަލީގަވެސް އާއްމުކޮށް ރޭގަނޑު ޝިކާރަ ކުރަނީ. މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އިވޭ އަޑުތަކުންވެސް ހީވަނީ ހަމަ ޖަންގައްޔެއްހެން. ދުރުގަ ބޮޑު ސިންގާ ބަލަން އޮވެފަ ދެންތިބި ސިންގާތައް ލައްވާ ޝިކާރަ ކުރާ މަންޒަރު. މިޔަށް ކިޔަނީ އަނިޔާ. ކޮބާ ހިއުމަން ރައިޓްސް މިއަދު. ކޮބާ ބޭރުގެ ޖަމާއަތްތައް. ކޮބާ އިންސާފަށް ލޯބިކުރާ ކަމަށް ހެދިގެން އުޅޭ ގައުމުގެ ނުފޫޒުގަދަ މީހުންތައް. ކޮބާ އެޗްޕީއޭ. މީ އިސްލާމުން އުޅޭ ގައުމެއްތަ. ކޮބާ އަހުވަންތަކަން. ހިޔާލު ތަފާތުވިޔަސް މިވަރު ކުރާކަށް ނުޖެހޭ. ތީ އަހަރެމެން ގަބޫލުކުރާ ތަނެއް ނޫން މިހާރު. ސެކެޓްރީ މަގާމަށް ޑިގްރީ އަހުލާގު ބޭނުންވޭ. އެކަމު މަޖިލިހަށް ސެޓްފިކެޓެއް ނެތަސް އަހުލާގުގެ ކަންފުޅެއް ނެތަސް ކުރިމަތިލެވޭ. މިއީ އޭގެ ނަތީޖާ. މަޖިލިސް ސިފަަވަނީ ޖަންގަލީގެ ގާނޫނު ހިނގާ ޖަންގައްޔެއް ހެން.
ތެދެއް. ވަލުޖަނަވާރުންތަކެއްހެން އުޅުނީ. ހިމާރެއް ގޮވިއަޑުވެސް އިވުނު. ވަރަށް ހުތުރު އަންހެން އަޑެއް އެތަނުން އިވުނު.
މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ މެންބަރަކު ނެރެވިދާނެބާ ؟ ޤާނޫނު ގައި އެކަން ހުއްދަ ކޮށްފައި ނުވާނަމަ މަޖިލީހުގައި ގައިދުރުކޮށް ނަމަވެސް ފިތި ބާރުވެގެން ހިނގާފައިވާ ކަންކަން ޖިނާއީ ކުށަކަށް ވެދާނެކަމަށް ޤާނޫނީ ފަރާތްތަކުން ބުނާތީ އިވެއެވެ.
ހަޅޭއްޖަހައިގެން އެހިސާބަށް އާދެވުނު މީހެއްގެ ކިބައިން ދެން ކޯޗެއްތޯ އެކްސްޕެކްޓްކުރާނީވެސް..؟
ކިޔަވައިގެން ތިބި ޑޮކްޓަރުން ޕްރޮފެސަރުން މިތިބެންޖެހެނީ ތަންދޮރު ނުދަންނަ ގްރޭޑް 5 ގެ ފެންވަރު މީހުން ހަދާ ގާނޫނު އަށް ބޯލަބައި އޭގެ ދަށުވެފައި..
މަޖިލީހަށް މީހުން އައްޔަން ކުރާނެ އެންމެ ދަށް ތައުލީމީ ފެންވަރަކީ މަސްޓަރ+10 އަހަރުގެ އެކްސްޕީރިއެންސް ކަމަށް ކަނޑަނާޅާ ހިނދަކު..
މީ އެކަމަށް އެންމެ ރަގަޅު ވަގުތު ނޫންނަމަ ދެންއަންނަ ދައުރަކީވެސް ހަމަ މިކަހަލަ ސުންޕާ ތަންދޮރު ނުދަންނަ ގަމާރުން ތިބި މަޖީލީހަކަށް ވެދާނެ..
ރައްޔަތުން މިކަމަށް ތާއީދު ތޯ.. ؟
ތިވިދާޅު ވީޔަގީނުންވެސް ތެދެއް
ސަރުދާރެއްވެސްނޫން ޕާޓޭއް ޕާޓޭއެއް ގެ ދައުރު ކުޅުނީ..
ރޭގަފެނިގެން ދިޔައީ ބާމުސްކުޅި ޢިމާރާތެއް ތަޅާ ތިރިކޮށްލާން ލޭބަރުންގެ ސަރުދާރު އަމުރުކޮށް އެއިމާރާތް ތަޅާ ހަތަރުފާރުން ބޭރުކޮށްލިތަން. ދެންފެނިގެންދިޔާ އަމުނު ބަލަހައްޓަވަން އިންބޭފުޅާވެސް އެކަމުގައި ބައިވެރިވެ އެހީތެރިވެދިންތަން. މިއީ މުޅިންވެސް ބްރޭންޑް ނިވް އެހެން އެއްވެސް ގައުމެއްގައި ނެތްވަރުގެ ޑިމޮކްރަސީ އެއް. މިޑިމޮކްރަސީ ތެރޭގައި މިއޮތީ ވެރިން ނިކުމެވަޑައިގެން މާރާމާރީ ހިންގައި ބްރޭންޑްނިވް ލޭބަލްތައް ހަދައިގެން ވައްކަންކުރުން. ވަރަށް ސަޅި
މިއީ ރ ނަޝީދު އާ ސިޔާސީ ގޮތުން ވާދަކުރެވޭވަރު މީހެއްތަ؟ ސިޔާސަ ޝަހީމް
ތެދެއް. ޑރ ޝަހީމް ފަދަ މަތް އަޚްލަގެއްގެ އިލމުވެރި ބޭފުޅަކާ ނޝީދު ފަދަ ޖަހިލު، ނަފުސުގެ އަޅަކާ އަދި އަުދުން، ﷲ ގެ އަދުއްވުން ކަުގައިވާ ﷲ އަށް ޝަރީކުކުރާމުޝްރިކުންނައި އެމީހުންގެ އިސް މީހުން ކަމުގައިވާ ސުބުރަމާނިއަމުފަދަ ނުލަފާމީހުންގެ ބޯއީ އަކާ އެއް ހަމައެއްގައި ވާހަކަދައްކަންވެސް ހެޔޮނުވާނެ.
މަޖިލިހުގައި މިއުޅެނީ އާކަމެއް ކޮށްގެން ތަ؟
އާކަމެއްނޫން. ކުރިންވެސް މޑޕ މީހުންނަކީ އަބަދުވެސް ވަލުޖަނަވާރުންހެން އުޅޭ މީހުން.
މެންބަރު ޝިޔާމް ގަޔަށް އަތްލީ ކީއްވެ އެނގޭތަ އެމްޑީޕ މެންބަރުންނަށް ތިކުރެވުނީ ކިހާވަރެއް ގެކަމެއްކަން ތިމާމެންގެ ކަރަށް އަމިލައަށް ތިމަޅިވައްޓާލީ ވިސްނާތި މީ ވަރަށް ވާހަކަ!
އޭނާ އަކީ ބޯގޯހެއް.. އެކަމަކު އަހަރެމެން ދިވެހީން މިތިބެނީ އޭނާއަށް ވޯޓުދީ މަޖިލީހުގެ ތަޅުން ހަވާލުކޮއްގެން. ދެން އޭނާ ކުރާ ކަންކަމުގެ ޒިންމާ ރައްޔިތުންޖެހޭނީ ނަގަން.
ހަދާންވޭތަ ކުރީ ސަރުކާރުތަކުގަ އެމްޑީޕީ މެމްބަރުން މަޖުލީހުގަ ޖެއްސިހާ ހަޑިވައްތަރުތައް ގާނޫނަށް ފައިންއިރާ، ދުމާރި ފުމެ، ހަޅޭލަވާ، އެހެން މެމްބަރުން ވާހަކަ ދައްކާއިރު އަޑުގަދަކޮށް ނުކުރާ ކަމެއް ނެތް... އެކަމަކު އިދިކޮޅު ޕީޕީއެމް މެމްބަރަކު އެއްޗެކޭ ބުނެލާއިރަށް އަނިޔާވެރި އެމްޑީޕީއިން ކޮށްލިވަރު ނިކަން ދެކިބަލަ.... އަނިޔާވެރިކަން އިންތިހާޔަށް... އެމްޑީޕީ މަޖުލީސް މެމްބަރުންނަށް ހަޖަމެއްނުވި އިދިކޮޅުން އެހެން އުޅުނީމަ... އަދި ނުވީތަކަށް ގަޔަށް އަރާ އަނިޔާވެރިވީ.... އަނިޔާވެރި އެމްޑީޕީ މަޖުލީސް މެމްބަރުން
ތިޔަ އަންނިއަކީ ބަލާވެރިކަމެއް. ވައިރަހެއް.
ޑޜ. ޥޯޓަކުން މި ގައުމުގެ މަގާމެއްލިބޭތޯ ނި ކަން އަދިވެސް ނި ކުމެބަލަ
މìފަހަރު ލިބުނު ވަރު މަދުތަ؟ 90 ހާސް ލިބުނު. ނަޝީދަށް 25 ހާހަށްވުރެ މަތިން ލިބުނުތަ؟
ޝަހީމޫ ޝިޔާމް އުޅުނު ގޮތްވެސް ދީނީ އިލްމު ލިބިގެން ހުރި މީހެއްގެ ހައިސިއްުަތުން ބުނެލަ ދެވިދާނެތަ؟ ޢެކަކު ގެ ވާހަކަ ދެއްކުމަކީ ދެ.ން އުޅުނު މީހާ ކަންކުރީ ކަންކުރަން ޖެހޭގޮތައް ކަން ޝަހީމް ޤަބޫލް ކުރެއްވިކަން
ސާބަސް ނަމޫނާ އިލްމުވެރިޔާ
ކިތަންމެ ރުޅިއައިސް ދެރަ ވިޔަސް ޝަހީމްއަކީމާތް އަޚްލާގެއް ލިބިފައިވާ އިސްލާމް ދީނަށް ލޯބިކުރާ އަދި ލިބި ފައިވާޢިލްމު އެހެން މީހުންނަށް ފޯރުކޮށް ދެމުންދާ ވަރަށް ގިނަބައެއްގެ ލޯބި ލިބި ފައިވާހިތްހެޔޮ އޯގާތެރިބޭފުޅެއް. ބޮޑާ ކިބުރުވެރިއަމިއްލައެދުމުންފޯވެފަތިބޭމީހުން ނާއެމީހުންގެ އަޢުވާނުންޝަހީމް މެންފަދަ ބޭފުޅުން ދެކެވަރަށްބިރުގަނެޖެހިލުންވާނެ.
ވަރަށް ބޮޑު ތެދެއް ފާތުމަތު އެބުނުއްވީ އަސްލުވެސް ސެލިޓް ކުރަން ޑރޝަހީމް އަށް: