ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގިރިފުށީގައި ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ނިންމި ނިންމުމަކީ މިނިވަން ނިންމުމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިހެން ވިދާޅުވީ މިއަދު ހެނދުނު "ރާއްޖެޓީވީ" ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ޤާނޫނާއި ހިލާފަށް ހައްޔަރު ކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ފުރަތަމަ ދައުވާ އުފުލީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. އޭރު އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީގެ އޭރު އަމަލު ކުރަމުން ގެންދިޔަ ޤާނޫނު އުޤޫބާތުގެ ދަށުންނެވެ. އެދައުވާ ސާބިތުވެ އޭރު ޙުކުމް ކުރިނަމަ ނަޝީދުގެ މައްޗަށް އަންނާނީ ގިނަވެގެން ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ.
ނަމަވެސް ރައީސް ޔާމީން ވެރިކަމާއި ހަވާލުވި ފަހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް މުހުތާޒް އައްޔަން ކުރުމާއި އެކު ކުއްލިއަކަށް ކުރިން ނަޝީދުގެ މައްޗަށް ކޮށްފައި އޮތް ދައުވާ އަނބުރާ ގެނެސް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ.
މިއަދު "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން މުހުތާޒް ވިދާޅުވީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަކީ ރައީސުލްޖުމްހޫރިއްޔާ ވެސް އަދި އެހެން ބޭފުޅެއްގެ ވެސް ނުފޫޒެއް އޮވެގެން ކުރެއްވި ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ މައްޗަށް ކުރެވުނު ދައުވާ އަނބުރާ ގެންދެވުމަށްފަހު ޓެރަރިޒަމްގެ ދައުވާ ކުރުމަށް ނިންމީ 7 ޕްރޮސެކިއުޓަރުންގެ މައްޗަށް އެކުލެވޭ ޓިީމަކުން ކަމަށެވެ.
"ދެ ފިޔަވަޅެއް އެއާއި ގުޅިގެން އަޅުގަނޑު އެޅީ. އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ނަޝީދުގެ މައްޗަށް އެ މައްސަލައިގައި، ހުޅުމާލެ މެޖިސްޓޭރޭޓް ކޯޓުގައި ދައުވާ ކުރެވޭނެ ކަމަކަށް. އެހެންވެ ފުރަތަމަކަށް އަޅުގަނޑު އެ މައްސަލަ ގެނައީ. ގެނެސްފައި ދެން އެ މައްސަލައިގައި އެއްބޭފުޅެއްވެސް ނޫން، އަޅުގަނޑު ހަނދާންވާގޮތުން 7 ޕްރޮސެކިއުޓަރުންގެ ޓީމެއް އޮންނާނެ. އަޅުގަނޑު އެބޭފުޅުންގެ އެއްވެސް ޑިސިޝަނަކަށް ދެކޮޅު ހަދާފަކައެއް ނޯންނާނެ. އެބޭފުޅުން މިނިވަންކަމާއި އެކު ނިންމާފައި އޮތް ނިންމުމެއް އެއީ. ދެން އޭގައި ދައުވާ ބަދަލުކުރުމާއި ގުޅޭގޮތުން އެއަށް އެއްޗެއް ދަންނަވާ ކަމަށްވާނަމަ އަޅުގަނޑަށް ހީވަނީ ޕީޖީ އޮފީހުގެ ޑިސިޝަނެއް އެއީ. އަޅުގަނޑުގެ އަމިއްލަ ޑެސިޝަނެއް ނޫން." މުހުތާޒް ވިދާޅުވިއެވެ.
ނަޝީދުގެ މައްޗަށް މުހުތާޒް ޕީޖީ ކަމުގައި ހުންނަވައިގެން އުފުއްލެވި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް އައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއިއެކު ކޯޓުތަކުން ގިނަ ޙުކުމްތަކެއް ބާތިލް ކުރަމުން ގޮސް ރައީސް ނަޝީދުގެ ޖަލު ޙުކުމް ވެސް ވަނީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފައެވެ.
މުއްތާޒު ކޮންއެއްޗެއްތަ ކިޔެވީ ކިހިވެއްތަ ތިބަލަނީ ، ހަމަދުންދިން ވިސްނީމަވެސް އެގޭނެ ، މިސާލަކައް ގާނޫނާ ގަވައިދު ތަކުގަ އޮތީ އެލައެއް މަރާލައިފިނަމަ 5000 ރުފީޔާއިން ޖޫރމަނާކުރުން (2009) އެމީހާއެކަންކުރީ އެކަން އެގިހުރެ އެހެންވީމަ އޭރުހުރި ޕީޖީ ދައުވާވެއް ކުރީ އެގޮތައް އެހެން އޮވެ މައްސަލަ ކޯޓުންނުބެލި ދިގުލައިގެއް ގޮސް ގާނޫނުބަދަލުވީ ވެލައެއްމަރާލައިފިނަމަ 50 އަހަރައް ޖަލައް ، ޕީޖީ އޭގެފުން ދައުވާއަބުރާ ގެނެސް ބޮޑު ދައުވާނުކުރެވޭނެ،
ހަދާންވޭތަ ކުރީ ސަރުކާރުތަކުގަ އެމްޑީޕީ މެމްބަރުން މަޖުލީހުގަ ޖެއްސިހާ ހަޑިވައްތަރުތައް ގާނޫނަށް ފައިންއިރާ، ދުމާރި ފުމެ، ހަޅޭލަވާ، އެހެން މެމްބަރުން ވާހަކަ ދައްކާއިރު އަޑުގަދަކޮށް ނުކުރާ ކަމެއް ނެތް... އެކަމަކު އިދިކޮޅު ޕީޕީއެމް މެމްބަރަކު އެއްޗެކޭ ބުނެލާއިރަށް އަނިޔާވެރި އެމްޑީޕީއިން ކޮށްލިވަރު ނިކަން ދެކިބަލަ.... އަނިޔާވެރިކަން އިންތިހާޔަށް... އެމްޑީޕީ މަޖުލީސް މެމްބަރުންނަށް ހަޖަމެއްނުވި އިދިކޮޅުން އެހެން އުޅުނީމަ... އަދި ނުވީތަކަށް ގަޔަށް އަރާ އަނިޔާވެރިވީ.... އަނިޔާވެރި އެމްޑީޕީ މަޖުލީސް މެމްބަރުން
ހުރިހާ މަރުހަލާއެއް ނިމުމަށްފަހު ހުކުމް ރިވިއުވްކޮށް ބާތިލް ކުރުމީ ކޮންބަޔަކު ދަންނަ ޖަންގަލީ ޤާނޫނީ ހަމަތަކެއްތޯ..މީޑިއާގައި ރައްޔިތުންނަށް ތެދު ހާމަކޮށްދިނީމަ އިގެނީ އެކަމުގައި ރ.ޔާމިންގެ އެކަމުގެ ތެރެއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމާއި، މަނިކްފާނާއި ޓީމުގެ ޕޮރޮފެޝަލްކަން...އަދި މިފަދަ ސްޓޭޓްމަންޓެއް ބުނެލަން ބިޝާމާއަށް ކެރިދާނެތޯ...ރ.ޔާމިންގެ މަށްޗަށް ކ. ޕީޖީ ބިޝާމާ ހުށަހެޅީ ސިޔާސީ ހަރާމް ނުހައްގު ދައުވާއެއް...
ބަލަޓެރަރިސްޓަކައް ކުރަންޖެހޭނީ ޓެރަރިޒަމުގެ ދަޢުވާއެއްނޫންތަ އަމިއްލަޢިއުތިރާފުންވެސް އެނގެން އޮތްކަމެއް އެއީ ބަލަ ޢަބުދުއްލޯޤާޒީ ނިޒާމުންގެއްލުވާލާފަ ހުރިއިރު އެކުވެރިދައުލަތްތަކުންވެސް ގޮވަމުންގެންދިޔަ ޤާޒީދޫކުރަން އަނެއްކޮޅުން އެމަނިކުފާނު ވިދާޅުވެފައެބައޮތް ތިމަންނާ މީހަކުހައްޔަރުކުރާނަމޭ ހައްޔަރުކުރުމައްފަހު މުޅިޢުމުރުގަވެސް އެކަމާ ހިތާމަކުރާނަމޭ???
މިދިޔަ ފަސްއަހަރުގެ ތެރޭގައި ކޯޓުގެ ހުރުމަތް ކަނޑާލާ ފުރާޅުން ޓީނުނައްޓައިގެން ވަދެ އެތަނުން "ވަގައްނެގި" ގާޒީން ތަށްނެގީ ޢީދުކުޅިވަރަކަށް ހަދައިގެންތަ؟ އެ ނުވޭތަ ތެރަރިސްޓް އަމަލަކަށް. އެކަން ކުރީ ކޮން ޓެރަރިސްޓެއް؟ އެކަމުގަ ބައިވެރިވި ސިފައިންގެ ޓެރަރިސްޓުން ކޮބާ؟
ބުރާންޗާ ގސއުމުގެ ސިޔާދަތީ ސަރުކާރުވައްޓާލަން ކޮންސްޕަޔަރ ކުރުމަކީ އެންމެ ބޮޑުކުށް. އެކަން ކުރިމީހުން ދައުލަތުގެ އެންމެ އިސް އިދާރާއަށްވަދެ ބަނޑަހަޖަހައިގެން އެތަން ހިސޯރުކޮށްގެން ތިބީ. އެސްއޯ އީ ހިންގުމުން އެ އިމާރާތަށް ލިބިފައިވާ ރައްކާތެރިކަން ނެތިދާނެ. އެހާލަތުގައި ބުލްޑޯޒަރ އިން އިމާރާތް ވައްޓާވެސް ލެވޭނެ. އެކަމަކު އޭރުގެ ސަރުކާރުން ހަމަ އެކަނި އެތެރޭގެ ދޮރެއް ވައްޓާލައިގެންތާ އެތަނަށްވަނީ. ޓިނުނެގީއޭ ތިކިޔަނީ ޓިނަކީ ހިމާޔަތް ލިބިފަ އޮންނަ އެއްޗަކީތަ؟. ޓިނުވެސް ނެގެނެ އެހލަތުގައި. މޑޕ ގެ އާދައިގެން ލަޓޯފަޓޯ މެންބަރުންނަކީ ދޮގުފަތުރަން އެކަނިތިބޭ އަގެއްނެތް ބައެއް.
ހެހެހޭ ރާޓީވީގަނޑު އަނގަ އަރައިފި ޗީޗީ
މުހުތާޒް މިއަދު ސީދާ ބަސްބުނުމުން އަހަންތިބި ރައްޔަތުން ދެރަވޭ ނުހައްގުން
ރައީސް ނަޝީދު ޖަލުގައި ބަންދު ކުރުން މުޅި ދުނިޔެ ކުއްވެރި ކުރި އަދި މިނޫން ދުވަހެއްވެސް އެބައޮތް.
ތި އުޅެނީ ސްޕްރިމް ކޯޓުން ޖާގައެއް ލިބޭތޯ ހެން ހީވަނީ.
މިއަދުގެ ހާދިސާއާގުޅގެން ވެސް ޓެރެރިޒަމް ގެ ދައުވާ ކުރެވޭނެ. އަދި ކުރީގެ ދައުވާވެސް ފުރިހަމަ ކުރަންޖެހޭނެ.
ބައްލަވާ، ހުކުމް ބާތިލް ކުރީ، އެމައަސަލަ އަލުން ބެލުމައް ދޯ؟ ޢެކަން ހަނދާންނެތީތީ ހިތާމަ ކުރަން. އެއް ބަޔޭ ކިޔަނީ، އެވެސް ބޭނުންވާ ތަންކޮޅު އެކަނި. ބާކީބައި ޑަސްބިނަށް. ޙުކުމް އަލުން ކިޔާލަމާ.
ހުކުމް ކުރުމުގެ ކުރިން ބޭފުޅުންގެ މޭޒުކޮޅު މަތީގައި ހުކުމުގެ ކޮޕީ...އެވެސް ވިދާޅުވި ގޮތަށް...ސިޔާސީ ހުކުމެކޭ ނޫނީ ދެން ކީކޭ ކިޔަންވީ؟
މައްސަލަ ގެންސް ފަ ހިލާލީ އޭ ބުނިނަމަ.
ހިބަރުވަދު ދުއްވި އުއްތަމޭމެން އެހުރީ ފެބް 1 ގައި ބަގާވާތް ހިންގި ގޮތް އަމިއްލަޔަށް ކިޔާދީފައި. އެފަދަ ނުލަފާކަން ކުރަނީވެސް ދުނިޔޭގެ އެދުމާއި ފައިސާއަށް ދަހިވެތިވެ. ދެން އެފައިސާ ކާންމިދެނީ އަނބިދަރީންނަށް. ޢެފަދަ ނުރައްކާތެރި މީހުން މިތިބެނީ. ދެން އޭގެ ދަށުން ތިބޭ މީނުން ކިހިނއްވާނެ. އޭގެމީހެއް މިވެސް. ވަގުއަމުރު ނެރުމުގެ. މީ ތުހުމަތެއްނޫން. މި މީހުންނަށަ ހުރިނުބައިކަމެއްގެ ބޮޑުކަމާއެވެ.
ނަސީދުގެ މައްޗަށް އިްވާފައިވާ ޓެރަރިޒަމްގެ ހުކުމް ބާތިލް
ކޮށްފައިވާއިރު އެ ޙުކުމް އަލުންބެލުމުގެ ޖާގަ އޮތްއިރު އެކަން ލަސްވަމުން ދިއުމަކީ ކަން ބޮޑުވާ ކަމެކެވެ.
އާން ނަސީދުގެ މައިބަދައައް އެރިތަދުގެ ބާކީ ބައި ޖަލުގައިހުންނަންޖެހޭނެ މިހިސާބުންއަދި ނިންމާނުލެވޭން!
ވަރަށް އުފާވެއްޖެ ރައީސް ޔާމީނު އޭރުގެ ޕީޖީއަށް ނުފޫޒު ނުފޯރުވާކަން ސާބިތުވެއްޖެ؟ އެމްޑީޕިއަންސް މަވެސް ހީކުރީ ރައީސް ޔާމިނު ބުނެގެނޭ ރައީސް ނަޝީދަށް ޓެރެރިޒަމްގެ ދައުވާކުރީ މިއަދު އެގިއްޖެ އެއީގޯސް ހީކުރުމެއްކަން ކުރިޔަށްވުރެ ބޮޑަށް ރައީސް ޔާމީނުގެ ގަދަރު އުފުލިއްޖެ ޝުކުރިއްޔާ ޕީޖީ
ޓެރަރިޒަމްގެ ދަޢުވާކޮށްފައިވާ މީހެއް ޤަވަޢިދާޚީލާފަށް ވެރިކަން ލިބުމުން ދޫކޮށްލީމާ މަޖިލީހަށްވަދެ އެތަނުގައިވެސް ޓެރަރިޒަންގެ ޢަމަލު ހިންގުމަށް ބައިމީހުންނަށް ހިތްވަރުދީ އެކަން ކުރިމީހަކަށް ދަޢުވާކުރެވޭނެދޯ
މީނާ ޖަލުގައި ބާއްވަން ވީ ކޮބާ އެމް އެމްޕީ އާރު ސީގެ މައްސަލަ
ރައީސް ނަޝީދު ދިވެހިރާއްޖޭގައި ނިޒާމުން ބޭރުން ގާޒީއަކު ވަގަށް ނުނަގާތަ؟ މީހަކު ހައްޔަރުކުރެވޭނީ އެމީހެއްގެ މައްޗަށް ކުށްސާބިތުވުމުން. ޢަބްދުﷲ ޤާޒީގެ ކޮންކުށެއް ސާބިތުވެގެން ތޯ އޭނާ ހައްޔަރުކޮށްގެން ގޮސް އެކެހެރިތަނެއްގައި ބެހެއްޓީ . ރައީސް ނަޝީދު އެކަން ކުރަން އޯޑަރު ނުކުރޭތޯ.ރައިސް ނަޝީދު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކުރިމަތީގައި އެކަން ނުކުރޭތޯ .ގަޔަށް ބާރުލާފައި ނުޙައްޤުން ޖަލަށް ލީއޭ އޭނާގެ ސަޕޯރޓުންބުނާނެޖާގައެއްނެތް. ހެކި އެހެރީ ފެންނާން. ފުލުހުންގެ ޒިންމާ ރައްޔިތުންގެ މަޖްލީސް ތެރއިން މެމްބަރުން ނެރުމަކީ އެކަމަކު ތިމާގެ ޕާޓީ މީހުން ލައްވާ މެމްބަރު ޝިޔާމް އަނިޔާވެރިކަމާއެކު މަޖްލީސްތެރއިން ބޭރު ކޮށްލީ. ކޮބާ؟ އިންސާފު ކޮބާ. ޤާނޫނު އަސާސީ. ކޮބާ މިހުރިހާދުވަހު ހަމަޔާ އިންސާފާ ހަމަހަމަ ކަން ގެނެސް ދިނުމަށްވަކާލާތު ކުަރަމުން ވެރިކަމަށް އައިމީހުން ކީލަވަ .