ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ތަޅުމުގައި މެންބަރުން މާރާމާރީ ހިންގުމަކީ އެއްވެސް މެންބަރަކަށް މަޖިލީހުގެ ގަވާއިދުން ލިބިދީފައިވާ އިމްތިޔާޒތެއް ނޫން ކަމަށް ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅުގެން މުހުތާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގައި މަޖިލީހުގައި ހިނގާފައި ވަނީ ދެރަވަރު ހާދިސާއެއް ކަމަށެވެ. އަދި ރޭ މަޖިލީހުގައި ހިނގާފައި ވަނީ ހުތުރު އަދި ލަދުވެތި އަމަލު ތަކެއް ކަމަށް މުހުތާޒު ވިދާޅުވިއެވެ.

"އެއީ މަޖިލީހުގެ ގަވައިދުން ބޭރުން ހިންގާފައިވާ އަމަލުތަކެއް. މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގުމަކީ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން،" މުހުތާޒު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައިބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނީ، ރޭގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ މެންބަރު ޝިޔާމް ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން ތަކުރާރުކޮށް އޭނާ ބޭރަށް ނިކުތުމަށް އެންގެވުމުންވެސް އަމުރަށް ކިޔަމަންތެރިނުވެ ހުންނެވުމުންނެވެ. އެމްޑީޕީގެ މެންބަރުން ވަނީ ޝިޔާމް "ގަދަބާރުން" މަޖިލީހުގެ މާލަމުން ބޭރުކޮށްލާފައެވެ.

ރޭގެ ހަމަނުޖެހުމުގައި އެމްޑީޕީގެ މެންބަރުންނަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ. ޝިޔާމް ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން އޭނާގެ މައިބަދައަށް ގެއްލުންތަކެއް ލިބިފައިވާކަން ވަނީ އެނގިފައެވެ. އަދި ހަށިގަނޑުގެ އެކި ތަންތަން ރަތްވެފައިވާ ފޮޓޯތަކެއްވެސް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރޭގެ މަޖިލިސް ޖަލްސާގައި ނަޝީދުވެސް ވަނީ ކޮޅަށް ތެދުވެވަޑައިގެން ޝިޔާމް މަޖިލީހުން ނެރުނު ވަގުތު އަޑުގަދަކޮށްފައެވެ. އަދި އެމްޑީޕީގެ މެންބަރުން ހުއްޓުވަން އެއްވެސް ކަމެއް އެމަނިކުފާނު ކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނަޝީދަށާއި އެމްޑީޕީއަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރައްޔިތުން

    ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަށް އިލްތިމާސް ދަންނަވަން މަޖިލިސް އެއްކޮށް އުވާލާ އަލުން މަޖިލިސް އިންތިޚާބު ކުރުން

    27
    1
  2. ތައްޔާރުވޭ

    އެމްޑީޕީ މެންބަރުން ނަށް އިދިކޮޅު މެމްބަރުން މަޖިލީހުން ނެރެވެއްޏާ އާމު ރައްޔިތުނަށް މަޖިލީހަށް ވަދެ ކެނެރީގޭ އަންނި އާއި އޭނަގެ މެމްބަރު ނެރެވޭންޖެހޭނެ!

    10
  3. ޖަރީމާ

    ޕޕއެމް މެމްބަރު ޝިޔާމް ހޮވަން ވޯޓު ދިނީ އެމްޑީޕީ މެންބަރުން ނެތްނޫން އެހެވީމަ ޕޕއެމް މީހުން ހޮވާފައި ހުރި ޕޕއެމް މެންބަރެއް އެމޑީޕ މެންބަރުން ނަކަށްނުނެރެވޭނެ އެމްޑީޕ މެންބަރުން ތިހެދީ ވަރަށް ބޮޑު ގޯހެއް ވިސްނާތި!

    11
  4. ގަންޖާބޯ

    ނައިފަރު ދާއިރާ ރައްޔިތުން ހޮވާފައި ހުރިމެންބަރެއް އަންނި ބުނެގެން އެމްޑީޕީ މެންބަރުން ޝިޔާމް ނެރުނުގޮތަށް ޝިޔާމުހޮވީ ނައިފަރު ދާއިރާގެ ރައްޔިތުން ކަމަށްވާތީ އެމްޑީޕީ މެންބަރުން ވެސް އަދިއަނިވެސް ނައިފަރު ދާއިރާ ރައްޔިތުނަށް ނެރެވޭން ޖެހޭނެ !

  5. ާޝިޔާމް ހިމާޔަތް ކުރޭ

    ނައފަރުދާއިރާ ރައްޔިތުން ކޮބައިތަ މެންބަރު ޝިޔާމުގެ ދިފާއުގައި ނައިފަރު ދާއިރާގެ ރައްޔިތުން ތެދުވަން ޖެހޭނެ ކިހިނެއް ވެފަތިތިބީ އެދާއިރާއެއްގެ މެންބަރެއްގެ ދިފާއުގައި އެދާއިރާއެއްގެ ރައްޔިތުން ތެދުވަން ޖެހޭނެ ތެދުވޭ ކަލޭމެނަށް މިއަދުމަޖުބޫރު ވެއްޖެ ކަލޭމެން ހޮވި މެންބަރުގެ ދިފާއުގައި ތެދުވަން!

  6. އީތޭން

    ކުރީ ސަރުކާރުތަކުގަ އެމްޑީޕީ މެމްބަރުން މަޖުލީހުގަ ހަޅުތާލު ހިންގީއިރު މަތިން ހަދާން ވޭތަ، ގާނޫނަށް ފައިންއިރާ، ދުމާރި ފުމެ، ހަޅޭލަވާ، އެހެން މެމްބަރުން ވާހަކަ ދައްކާއިރު އަޑުގަދަކޮށް ނުކުރާ ކަމެއް ނެތް... އެކަމަކު އިދިކޮޅު ޕީޕީއެމް މެމްބަރަކު އެއްޗެކޭ ބުނެލާއިރަށް އަނިޔާވެރި އެމްޑީޕީއިން ކޮށްލިވަރު ނިކަން ދެކިބަލަ.... އަނިޔާވެރިކަން އިންތިހާޔަށް... މި ހާލަތުގަ ވެސް އެމްޑީޕީ މެމްބަރުންތައް ގައިދުރު ކަމެއް ވެސް ނުބަހައްޓާ... މަޖުލީސް ހުއްޓާލާ..

  7. ??????

    މި ހާލަތުގަ ވެސް އެމްޑީޕީ މެމްބަރުންތައް ގައިދުރު ކަމެއް ވެސް ނުބަހައްޓާ... މަޖުލީސް ހުއްޓާލާ.. ????

  8. ކިނބޫ

    އެމީހުނަށް ބާރު އޮތިއްޔާ ހުރިހާ ކަމެއް "ހުއްދަ" ވޭނު. ގާޒީއަކު ވަގަށް ނެގީވެސް އެކަހަލަ ހުއްދަ އޮންނާތީނު. މި މައްސަލަވެސް ބަލާ މާރާމާރީ ހިންގި އެންމެނަށް ދައުވާ ކުރެވި އަދަބު ލިބޭ ދުވަހެއް އަންނާނެ. އެދުވަހަކުން ސިޔާސީ ދައުވާއޭ ގޮވިޔަކަސް ވާނެ ކަމެއް ނޯންނާނެ.

  9. ހޫދު

    އަސްލުވެސް. އެ އެންމެންގެ މައްޗަށް ޖިނާއީ ދައުވާ ކޮށް ޖަލަށްލާންޖެހޭ. މެންބަރުކަުން ވަކިކިރަންޖެހޭ. އެހެންނޫނަސް މަޖްލީހުގައި ތިބެންވަނީ އިނސާނުންދޯ. ޖަނަވާރުން ތިބެގެން ކޮން ގާނޫނެއް ހެދޭނީ.