އައްްޑޫ ސިޓީގައި ގެއަކުން ތިން ބައިސްކަލް ވަގަށް ނެގި މީހުން ހޯދައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މިދިޔަ މެއި މަހުގެ 30،31 އަދި އިއްޔެގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ގެއަކުން ތިން ބައިސްކަލް ވަގަށް ނެގި މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

އަދި އެެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެއީ 49 އަހަރުގެ ފިރިހެނަކާއި، 39 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އެ ތިން ބައިސްކަލުވެސް ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވައްކަމުގެ މައްސަލަތައް ގިނަ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސަނީ

  މުހިންމު ހަބަރެއް ނޫން ތީކީ މި ދަނޑިވަޅުގަ..

  4
  2
 2. ހަރާމީ

  އެމީހުން ކައިރީވެސް ބުނޭ ފުލުސް މަރުކަޒަށް ގޮސް ހަތަރު ގަޑިއިރު އިނދެގެން ތިންބަޔާނުގެ ސޮއިކުރީމާ ނޫނީ ކެމެރާ ބުޑުގަ ވައްކަން ކުރިޔަސް ނުބެލޭނޭ ކޮން ބޭފުޅުންނެއް ކަމެއް ބައިސްކަލް ތައް ވަގަށް ނެގީ!!!!!

 3. އަރެސް

  ވަގުން ކޮން ޤައުމެއްކަން ޖަހާލިނަމަ