ރައްޔިތުން މަޖިލީހުގެ ކަރާމާތް ގެއްލޭ ގޮތަށް އަމަލުކުރުމުގެ ބާރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލިބިގެން ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ރޭގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވަވާ މަޖިލިސް ތަޅުން ދޫކޮށް ދިއުމަށް އެންގި ވަގުތު މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން "ޗެނަލް13" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެންމެ ފުރަތަމަވެސް ރޭ ދަންވަރު މަޖިލީހުގެ ޖަލްސާއެއް ބޭއްވީ ވެސް ސަރުކާރު ޒިންމާދާރު ކުރުވާ މެންބަރުންގެ އަޑު އެއްކޮށް ކަނޑުވާލުމުގެ މަގްސަދުގައި ކަމަށެވެ. އަދި އެކަމަކީ މާކުރިންވެސް ރޭވިގެން ކުރެވިފައިވާ ކަމެއްގެ ގޮތަށް އާދަމް ޝަރީފް ވަނީ ސިފަ ކުރައްވާފައެވެ.
"ހަގީގަތުގައިވެސް އެތަނުގައި [މަޖިލީހުގައި] އަޅުގަނޑުމެން މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތްކަން ކަށަވަރު ކުރުމަށް ކުރެވިގެން ދިޔަ ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ އެއީ މެންބަރުންގެ އިމްތިޔާޒުތަކާއި ބެހޭ ގާނޫނުން ފޯރުކޮށްދޭން ޖެހޭ އެއްޗެއްކަން ވިދާޅުވެފައެވެ.
އާދަމް ޝަރީފް ވަނީ ރޭގެ މައްސަލަ އިންޓަ ޕާލިމަންޓްރީ ޔޫނިއަން އާއި ދުނިޔޭގެ ހުރިހާ ސަފީރުންގެ އިތުރުން އދ. އަށްވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ރެއަކީ ރާއްޖޭގެ ދުަސްތޫރީ ހަޔާތުގައި ބަނަ ރެއެއް ކަމަށް ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައިބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނީ، ރޭގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ މެންބަރު ޝިޔާމް ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން ތަކުރާރުކޮށް އޭނާ ބޭރަށް ނިކުތުމަށް އެންގެވުމުންވެސް އަމުރަށް ކިޔަމަންތެރިނުވެ ހުންނެވުމުންނެވެ. އެމްޑީޕީގެ މެންބަރުން ވަނީ ޝިޔާމް "ގަދަބާރުން" މަޖިލީހުގެ މާލަމުން ބޭރުކޮށްލާފައެވެ.
ރޭގެ ހަމަނުޖެހުމުގައި އެމްޑީޕީގެ މެންބަރުންނަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ. ޝިޔާމް ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން އޭނާގެ މައިބަދައަށް ގެއްލުންތަކެއް ލިބިފައިވާކަން ވަނީ އެނގިފައެވެ. އަދި ހަށިގަނޑުގެ އެކި ތަންތަން ރަތްވެފައިވާ ފޮޓޯތަކެއްވެސް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ރޭގެ މަޖިލިސް ޖަލްސާގައި ނަޝީދުވެސް ވަނީ ކޮޅަށް ތެދުވެވަޑައިގެން ޝިޔާމް މަޖިލީހުން ނެރުނު ވަގުތު އަޑުގަދަކޮށްފައެވެ. އަދި އެމްޑީޕީގެ މެންބަރުން ހުއްޓުވަން އެއްވެސް ކަމެއް އެމަނިކުފާނު ކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނަޝީދަށާއި އެމްޑީޕީއަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.
ތީނަ ހާދަ ނޯޓީއޭ....
ކުރީ ސަރުކާރުތަކުގަ އެމްޑީޕީ މެމްބަރުން މަޖުލީހުގަ ހަޅުތާލު ހިންގީއިރު މަތިން ހަދާން ވޭތަ، ގާނޫނަށް ފައިންއިރާ، ދުމާރި ފުމެ، ހަޅޭލަވާ، އެހެން މެމްބަރުން ވާހަކަ ދައްކާއިރު އަޑުގަދަކޮށް ނުކުރާ ކަމެއް ނެތް... އެކަމަކު އިދިކޮޅު ޕީޕީއެމް މެމްބަރަކު އެއްޗެކޭ ބުނެލާއިރަށް އަނިޔާވެރި އެމްޑީޕީއިން ކޮށްލިވަރު ނިކަން ދެކިބަލަ.... އަނިޔާވެރިކަން އިންތިހާޔަށް... މި ހާލަތުގަ ވެސް އެމްޑީޕީ މެމްބަރުންތައް ގައިދުރު ކަމެއް ވެސް ނުބަހައްޓާ... މަޖުލީސް ހުއްޓާލާ..
މި ކަލޭ ގެ މިނިސްޓަރު ކަމުގައި ސެކިއުރިޓީން މަޖިލީހަށް ގަވާއިދާއި ޚިލާފަތް ފޮނުވައިގެން ހިންގެވި ޖަރީމާ ގެ ކޭސް ނުބަލާއިގެންތަ؟ތި އުޅެނީ
އިސްޕްރީން ކޯޓުގެ ފުރާޅުން ޓިނު ވަގައް ނެގުމަ ކީ ކޮން ކަހަލަ ކަމެއްތޯ ސަރީފޫ؟
ލިބިގެންވޭ ސިޔާމަކައް އަނިޔާއެއް ނުވޭ
މާބޮޑަށް އަނގަތަޅަނީ ބޮލަށް އުނދަގޫވޭ
މެމްބަރުންގެ ދަތްދޮޅި ދުއްވާލުމުގެ ބާރު މިކަލޭގެއަށް ލިބުނީ ކިހިނެއްތަ؟ ހަދާން ނައްތާލާ ދެން މަޖިލިސް ހުއްޓުވިދާނެ ކަމަށް ހީކޮއްލައިގެން ތިއުޅޭ ހިޔާލު. ރައްޔިތުން އޮތީ އެކަން ނުކުރެވޭނެ ވަރުގެ މެޖޯރިޓީ އެއް އެމްޑީޕީ އަށް ދީފަ. ދެންވެސް ހަޖަމް ކޮއްލައިގެން މަޑުންތިބިއްޔާ ރަގަޅުވާނީ??
ހަޖަމުކުރަމުން. ﷲގެ ކޯފާއާއި ލައުނައި ކަލޭމެންނަށް ލިބޭތޯ ދުއާވެސް ކޮށްދޭނަން.
ނިމިދިޔަ ދައުރުގެ މަޖިލިސް ރައިސް އެބާރު ކަލޭ މިނިސް ޓަރުކަމުގަދިނީތޯ ގޭޓްމަތިން ބޭރައް މެންބަރުން ތައް އުކީ ބަލަ ދޮޅިއާދަނާ ކަލޭމެން ނުކުރާ ކަމެއް އަލައް މީހަކުނުކުރެ
އެވިދާޅުވަނީ އަސްލު ތެދުފުޅެއް! މަޖްލީހުގެ ކަރާމާތް ދެމެހެއްޓެން ޖެހޭނެ މަޖްލީސްރައީސަށް. އެހެންނަމަވެސް އެކަން ކުރުން ރައީސަކަށް ފަސޭހައެއްނުވާނެ! މިހާރުމަޖްލީހުގައި އިންތިޚާބުވެ އޮތް އެމްޑީޕީގެ މެމްބަރުން ކުރީ ސަފުގައި އިސްތިއުދެއްވި ރައީސް ނަޝީދުހުންނަވައިގެން. އެއީ އެއްގޮތަކަށް ކަރާމާތްތެރިކަން އެގިވަޑައިގަންނަވާ ބޭފުޅެއްނޫން. ނިކަންވިސްނަވާ އެމަނިކުފާނު ހޯހޯގޮވަމުން މަށަކަށް ނުވާނެޔޭ ކިޔައި ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވުމާއެކު ފުލުހުން ނިކުމެވަޑައިގެން ދިވެހިޖުމްހޫރިއްޔާގެ ރައީސް ދިރިއުޅުއްވި ގެކޮޅުގެ ކަރާމާތްތެރި ކަންހުރި މިންވަރު! އެގެކޮޅު މުލީއާގެ ނެރުނީ ފެންކޭސްތަކެއްނޫން. ބަނގުރާކޭސްތައް ހުސްފުޅިތައް މިތަން އަހަރުމެން ދެއްކީވެސް ހަމަޓީވީ ތަކުން. އެހެންނަމަވެސް އެއީ ނުހިގާކަމެއް. އެހެންވީމާ ކަރާމާތްތެރި ތަނެއްގެ ގޮތުގައި ޤާނޫނުއަސާސީއަށް ކޮޅުފައިން އެރިބަޔަކަށް މިއަދު އެކަރާމާތްތެރިކަން ނުބެލެހެއްޓޭނެ. އަދިކޮބާ އެއިންނެވީ އެކަމަނާފާނު މިހާރު ކޮންތާކު ޑިފެންސްމިނިސްޓަރަކަށް. ދެންކޮންކަރާމާތްތެރިކަމެއްތޯ މިމީހުންނަށް ދެއްކޭނީ. ބޯހަލާކު!
މަޖިލިސް މެންބަރުންގެ ދަތްދޮޅިދުއްވާލަން ސަރީފަށް ބާރުދިނީކާކު. މިކަލޭގެ ލަދުކޮބާތަ.
ޢަނެއްކާ ސަރީފްގެ ދަތްދޮޅިއަށް އަނިޔާއެއް ލިބުނީތޯ؟؟ ހަނދާންއެބަހުރިދެއްތޯ މިނިސްޓަރުކަމުގަ ހުރިއިރު ބުނިވާހަކަ،
ޢޭނަގެ ގަބީލާ މީހުން ޒާތަކު ގޮތަކަށް އުޅެނީ ޑިމޮކްރަސީ ގަޑަގަޑަ ޖަހާތަން ފެނުނީމަ ސަރުދާރުވެސް ނެޕީ ޓެސްޓް ކުރަން ިފެނޭ ބުއްދި ހަމަތޯ ނުބަލާ ޑަބިޔާޖަހަން ނުފޮނުވަބަލަ
މަޖްލީހުގެ ކަރާމާތް ގެއްލޭ ގޮތަށް އަމަލު ކުރެވޭނީ ހަމައެކަނި ޔާމީނަށް ތަ ؟
އާދަމް ޝަރީފު ތިހެން ބުނުއްވި އެނގިލައްވާނެ، ކެނެރީގޭ ނަޝީދޭ ތިކިޔާ ސޮރަކީ ގަވާއިދެއް ޤާނޫނެއް ބަލާމީހެއް ނޫންކަން އެނގި ލައްވާނެ ނޫންތޯ އެއްކަލަދުވަހު ތިކަންތައް ނިއްމާލަން އޮއްވާ އެކަން ވެސް ކޮށެއްނުލެވުނުތާ!
ކުފުރު މަޖުލިސް
އަހަރުމެން އަބަދުވެސް މިކިޔަނީ ދުވަހަކުވެސް އެއްވެސް ސަރުކާރަކުން ނުދޭނެ އެއްވެސް ބާރެއް އަބަދުވެސް ވޯޓްގެ ދުވަސްވަރު ރައްޔަތުން އަތުން ވޯޓް ހޯދަން ވެގެން ޕާތީމީހުންގެ ބާރު ކައުންސިލްތަކުގަ ހިންގަން އޭރުންނެއްނު މިމީހުންގެ އެބޭނުންވާގޮތައް ރައްތަކާ ފަޅުތަކާ ބޭނުން ބަޔަކައްދީ ހިތުހުރި ގޮތެއް ހެދޭނީ ގައުމޭ ރައްޔިތުންނޭ ކިޔައިގެން ވާހަކަ ދައްކާނެ ދައްކާ ވާހަކަޔަކާ އަމަލަކާ ދިމައެއް ނުވާނެ އެކަމުގެ ހެއްކެއް ނޫންތޯ ރައްރައް 90 އަހަރައް ކުއަޔައް މިދެނީ ގާނޫނެއްގެ ހިޔަލުގައި ޙުދު ތިމާމީހާގެ ކާފަދަރިޔަކު ދެކެ ލޯބިވާނަމަވެސް މިވަރުގެ ކަމެއް ނުކުރާނޭ ދެން ކޮން ރައްޔިތަކު ދެކެތޯ ލޯބިވާނީ ލޯބިވާނީ ފައިސާޔައް
އަލިފުށީގަ އެއާޕޯރޓެއް އަޅާ އެއްތިންގިލި ރިސޯޓަކަށް ތަރައްގީ ކުރާނަމޭ ބުނެވުނީ އޮޅުމަކުން ވަރަށް ބޮޑަށް މާފުކުރައްވާ