ވަޒީފާ ނެތް މީހުންނަށް ރާއްޖެއިން ބޭރުން އޮންލައިން ކޯސްތަކެއްގައި ބައިވެރިވުމަށް ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔަވަދޭ ކޯސްތަކެއް ކޮމަންވެލްތު އޮފް ލާނިން (ކޮލް) އިން ހުޅުވާލައިފައިވާ ކަމަށެވެ.

ޔޫތް މިނިސްޓްރީ އިން ވިދާޅުވެފައި ވަނީ އެ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ބައިވެރިވުމަށް 50 ޖާގަ ދީފައިވާ ކަމަށާއި، އެ ޕްރޮގްރާމްގައި 200 ޔުނިވާސިޓީއަކުން އެކި ދާއިރާތަކުން 400 އަށްވުރެ ގިނަ ކޯސް ހިންގާ ކަމަށެވެ.

ޔޫތު މިނިސްޓްރީ އިން އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ އިންޓަނެޓު ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ޕްރޮގްރާމްގައި ބައިވެރިވެ ވޭނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް އެކަންޏެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވަނީ ގާތްގަނޑަކަށް 1300 ދިވެހިންގެ ވަޒީފާ ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ގިނައީ ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާމި

    ކިހިނެއް ބައިވެރިވަނީ

  2. އިބްރާހިމް ފަހުމީ

    ކޮބާ 35 މަތިވީމަ ނުކައި ނުބޮއި ތޯ ތިބެންވީ.. އެއްވެސް ފުރުސަތެއް ހަމަ ނެތީ ތޯ..

    ވޯޓު ހޯދަންވީމަ އާދޭ މަށަށް މަށަށް ކިޔަމުން.. ދެން 35 މަތިވީމާ ވޯޓު ހޯދަން ނާންނާތި.. އިނގޭތޯ..

    ކުރީގެ ސަރުކާރުންވެސް މިހެން މިހާރުވެސް ހަމަ އަހަރުމެން ބާކީ.. ފުރުސަތެއްވެސް ނުދެއްވައި ކިހިނެއް އުޅޭނީ..؟

    ވަޒީފާނުލިބޭ.. ދައުލަތުން މިކަހަލަ ފުރުސަތުވެސް ނުދޭ.. އެކަމަކު ބަނގާޅީންނަށް ހުރިހާކަމެއް އެބަ ކޮށްދެވޭ..ދޯ؟

    އަދި އަމުދުން މިހާރު މަސަތްކަތްވެސް ނުކުރެވޭ.. ސިޓީކައުންސިލުން ބުނީ ވަކި ފަރުދުންނަށް ހުއްދަ ނުދެވޭނެޔޭ..

    މާނަޔަކީ ޕެންޝަންގެ ނެތި، ކުންފުނި ނެތް ފަރުދުން ނުކައި ތިބޭށޭތޯ..؟

    ކުރީގަ ނަމަ ގޭގެޔަށް ގޮސް މަސަތްކަތް ކޮށްގެ ކައިބޮއި ކުލިދެއްކޭ.. މިހާރު އެފުރުސަތުވެސް ކައުންސިލުން ބަންދުކުރީ..؟

    ޔާ ﷲ އަޅަމެންނަށް ގޮތެއް މަގުފަހިކޮށްދެއްވަފާނދޭއެވެ.. އާމީން!

  3. އިބްރާހިމް ފަހުމީ

    ކޮބާ 35 މަތިވީމަ ނުކައި ނުބޮއި ތޯ ތިބެންވީ.. އެއްވެސް ފުރުސަތެއް ހަމަ ނެތީ ތޯ..ވޯޓު ހޯދަންވީމަ އާދޭ މަށަށް މަށަށް ކިޔަމުން.. ދެން 35 މަތިވީމާ ވޯޓު ހޯދަން ނާންނާތި.. އިނގޭތޯ..