މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އައި ކޮވިޑް-19 ރާއްޖޭގައި ވެސް ފެތުރި، ސިއްހީ ދާއިރާގެ ބޮޑު އަމާޒެއް ވަނީ ކޮވިޑް-19 އާއި ގުޅުން ހުރި ކަންކަމަށް ހުއްޓިފައެވެ.

އެހެންނަމަވެސް އެހެނިހެން ބަލިތަކަށް ދޭން ޖެހޭ ފަރުވާ އެއްވެސް އުނިކަމަކާއި ނުލާ ލިބޭނެކަމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ވިދާޅުވި ނަމަވެސް ފާއިތުވި ދުވަސްތަކުގައި ހޮސްޕިޓަލްތަކަށް އިހުމާލުވެރިވާކަމަށް ދަނީ ތުހުމަތުކުރަމުންނެވެ.

އެގޮތުން މި ހަފްތާގެ ތެރޭގައި ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗަށް ބަލިވެގެން ގެންދިޔަ ކުޑަ ކުއްޖެއްގެ އެމަރޖެންސީ ސަރޖަރިއެއް ނުހަދާ ލަސްވުމުން، ލިބުނު އަނިޔާތަކުގެ ސަބަބުން އެތެރެހަށީގެ މުހިންމު ގުނަވަނެއް ނަގާލަން ޖެހިފައެވެ.

އެ ކުޑަ ކުއްޖާގެ ބައްޕަ މަޝްހޫރު އެތުލީޓް ހުސެއިން ހަލީމް (ކުޑަހުސެއިން) އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ކޮންމެ ހަފްތާއަކު އައިޖީއެމްއެޗްގައި ހިނގާ ކޮންމެވެސް ނޭދޭކަމެއްގެ ވާހަކަ ދެކެވޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަދި ކަމާއި ބެހޭ އެހެން ފަރާތްތައް ޓެގްކޮށް ކޮށްފައިވާ އެ ޕޯސްޓްގައި ވަނީ ހޮސްޕިޓަލުގެ އިހުމާލުން އޭނާގެ ދަރިފުޅަށް ބޮޑު ގެއްލުންތަކެއްވެފައިވާ ކަމަށާ، އޭނާގެ މުޅި ހަޔާތް ހަލާކުވެފައިވާކަމަށެވެ.

އިއްޔެ ކުރި އެ ޕޯސްޓްގައި ވަނީ މީގެ 5 ވަރަކަށް ދުވަސް ކުރިން އޭނާގެ ފިރިހެން ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔައީ އިމަރޖަންސީ ސާޖަރީއެއް ހަދަން ކަމަށެވެ. އަދި ސާޖަރީ ނުހަދާ ލަސްވުމުގެ އޭނާގެ ގުނަވަނެއް ނަގަން ޖެހުނު ކަމަށް ވެސް ބުނެފައިވެއެވެ.

ހުސެއިން ބުނީ އޭނާގެ ދަރިފުޅު އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިއުމުން އެ ކުޑަކުއްޖާއަށް ފަރުވާ ދިނީ ޑރ.މުބީން ނަމަކަށް ކިޔާ ޖޫނިޔަރ ޑޮކްޓަރެއްކަމަށެވެ.

އެ ޑޮކްޓަރ އޭނގެ ދަރިފުޅަށް ތަދުކަނޑުވާ ބޭހާއި އެންޓިބައޮޓިކް ދިނުމަށް ފަހު ފޮނުވާލީ ކަމަށާ، އެ ޑޮކްޓަރު އޭނާގެ ސީނިއަރ ޑޮކްޓަރުންނާއި ގުޅާފައި ނަމަވެސް މަޝްްވަރާކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރާކަމަށް ހުސެއިން ބުނެއެވެ. ހުސެއިންގެ ދަރިފުޅަށް ދިމާވެފައިވާ ހާލަތު ޔަޤީން ނުވާނަމަ އެ ވާހަކަ އަންގަންވާނެ ކަމަށް ހުސައިން ބުނެއެވެ. ނަމަވެސް ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ޑޮކްޓަރު ބުނެފައިވާކަން ހުސެއިން ފާހަގަކުރެއެވެ.

"އަހަންނަށް ދަރިފުޅުގެ ގުނަވަން ސަލާމަތްކުރެވުނީސް. ދެ ދުވަސްފަހުން ދަރިފުޅަށް ބޮޑުވަރުވި. ދެ ވަނަ ފަހަރު ޑޮކްޓަރަށް ގެންދިޔައީމަ ބުނީ ސްކޭނެއް ހަދަން. އެކަމަކު ސްކޭން ހެދޭނީ ކޮވިޑް-19 ޓެސްޓް ހަދާފައޭ ބުނީ. އޭރު ދަރިފުޅުގެ ހުންވެސް ހުރި. ސްކޭނެއް ހެދުނީ 5 ވަނަ ދުވަހު. އޭރު ވަނީ ދާއިމީ ގެއްލުމެއް ވެފައި" ހުސެއިންގެ ޕޯސްޓްގައިވެއެވެ.

އެ ޕޯސްޓްގައި އަނިޔާވީ ކޮން ގުނަވަނަކަށް ކަމެއް އަދި ދިމާވީ ކޮންކަހަލަ ބަލިމަޑުކަމެއް ކަމެއް ބަޔާންކޮށްފައެވެ. "ވަގުތު" އިން ގުޅުމުން ހުސެއިން ބުނީ އެ ހާދިސާގެ މައުލޫމާތު އިތުރަށް ހިއްސާކުރަން ބޭނުން ނުވާކަމަށެވެ.

ހުސެއިން ވަނީ މިފަދަ އިހުމާލަކުން އިތުރު އެއްވެސް ކުޑަކުއްޖަކަށް ނޫނީ އެހެން އިންސާނަކަށް އަނިޔާވާން ބޭނުން ނުވާކަމަށް ބުނެފައެވެ. އަދި މިއީ އިހުމާލުގެ އަަމަލެއްކަމަށް ސިފަކޮށް ޕީޖީ ހުސެއިން ޝަމީމްގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. ހުސެއިން ވަނީ މިމައްސަލައިގައި ދައުވާ ކުރާނެ ކަމަށް ވެސް ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން އައިޖީއެމްއެޗުން ރަސްމީ ސިފައެއްގައި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެެއެވެ.

ފަހަކަށް އައިސް އަނެއްކާވެސް އައިޖީއެމްއެޗްގެ އިހްމާލުން ބައެއް މީހުންގެ ފުރާނަ ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އިބުން އިބްރާހީމް

    އެތެރެ ހަށިގެ ގުނަވަނެއް ދުޅަވަމުން އަންނަކަން ކިހިނަކުންބާ ސްކޭން ކުރުމުގެ ކުރިން ޕޭޝަންތުގެ ބެލެނިވެރިންނަށް އެނގުނީ؟

    12
    41
    • ޙަކީމް

      އަދި އެއްފަހަރު އާޓިކަލް ކިޔާބަ

      16
  2. ހުސޭނުބޭ

    މިއީތަ މަޝްހޫރުކުރި އަމީނުގެ ހަދާނުން ނުފޮހެވޭ ބުރަ މަސައްކަތަކީ! ދެތިކި ޕީ

    51
    4
  3. އަޅުގަނޑު

    ރާއްޖޭގެ ޞިއްޙީނިޒާމު ދުވަހަކުވެސް އިހުމާލުން ސަލާމަތެއް ނުވާނެ. ބޮލުން ނައްޓާލާ އުޞޫލުން ޑޮކްޓަރުން ވެސް އެތަންތާންގެ ހިންގުންތެރިންވެސް ކަންކަން ރާވާފަ ހުންނަނީ. ބައްޔެއް ވެގެން ދިޔައިމަ ބަލަި ދެނެގަންނަން މަސައްކަތްކުރުމުގެ ބަދަލުގައި ބޭސް ދެނީ. ނަތީޖާ އަކަށް ވަނީ މިފަދަ ކަންކަން ހިނގާ ރައްޔިތު މީހާ ގަނަތެޅެން ޖެހުން. ރައްޓެހިންނާއި ސިޔާސީ މީހުން ބޭރުގެ ބޮޑެތި ހޮސްޕިޓަލްތަކުން ޚިދުމަތްލިބޭތީ މިރާއްޖޭގެ ކަންކަން ހައްލެއް ނުވާނެ ނުވެސް ކުރެވޭ! ރައްޔިތުން ގުނބޯހައްދާފަ ސިޔާސީ މީހާ މުއްސަނދިވުން.

    72
    1
  4. އިބްރާހީމް

    އިއްޔެ ސަން ގަ އޮތީ ބައްޕައެއް ފަރުވާދިނުމަށް ބޭނުންވާ މުހިންމު ޓެސްޓެއް ތިޔަ ހޮސްޕޓަލުން ނުހެދިއުޅެނިކޮށް ބައްޕަ ނިޔާވި ވާހަކަ. މިއަދު އަނެއްކާ އަނެއް ހާދިސާ. ހަމަ ފުލުފުލުން އިހުމާލުގެ ވާހަކަ. ވިސްނާލީމަ ކޮންމެ ބޭފުޅަކަށްވެސް އެނގޭނެ ކޮންމެވެސް ކަމެއް އެބަ ދޯހަޅި ވަމުން ދާކަން! އިންސާނީ ކަރާމަތަށްޓަކައި ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުން މިކަންކަމާއިމެދު އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އަޅުއްވާ!

    68
    1
  5. ސަމާލް

    ވަރަށްދެރަ...

    56
    1
  6. އަލްއުސްތާޛް

    ހުސެންގެ ވާހަކައަށް ފުރިހަމައަށް ތާޢީދުކުރަން!

    މީގެ ކުރިން އަޅުގަނޑުވެސް ޤަބޫލެއް ނުކުރަން ރައްޔިތުން ކޮވިޑް ކަންތާކާއި ގުޅިގެން އިންތިޒާމެއް ނެތޭކިޔައިގެން ދައްކާވާހަތަކެއް އެކަމު މިހާރު އެކަން މިވަނީ ސީދާ ތަޖުރިބާ ކުރެވި ޤަބޫލުކުރަން މަޖުބޫރުވެފައި!

    މީގެ 2 ރެއަކު ކުރިން (1 ޖޫން 2020 ގެ ދަންވަރު) އަޅުގަނޑުވެސް ތިމާގެ މީހަކު ކޮވިޑާ ގުޅުން ނެތް ޢާއްމު ބައްޔެއްގައި ހާލުދެރަވެގެން އެޗް.ޕީ.އޭގެ އެމެޖެންސީ ނަންބަރަށް ގުޅީމ އެމީހުން ބުނި ގޮތަށް އައިޖީއެމްއެޗަށް ދިއުމަށް އެމްބިޔުލަންސްއަށް ގުޅިން.

    112 އާއި އެމްބިޔުލެންސްގައި އައި ދެ މީހާ ކަންތައް ކުރީ ވަރަށް ފަރުވާކުޑަކޮށް ކަން ފާހަގަކުރަން. ބަލިމީހާ އެމްބިޔުލެންސަށް އެރުވުމުގައިވެސް އެހީތެރިވާން ފަސްޖެހި އަމިއްލަޔަށް އެރުވޭނެ ދޯއޭކިޔާފަ އެއްވެސް އެީތެރިކަމެއް ނުވެ ދިޔައީ ދުރަށް.

    މިބުނާ މީހާއަކީ ދިގު ހިކި އަދި އައިނެއް އަޅައި ތުބިޅި ލާފައި ހުރިމީހެއް!

    ޕޭޝަންޓް އެމްބިޔުލަންސް ބާވާއްފައި އޮތީ އެއްވެސް ރައްކާތެރި ގޮތަކަށް ނޫން، އެމްބިޔުލެންސް ދުއްވިއރު އެއްވެސް ބެލުމެއްނެތި އެމްބިޔުލަންސް ކުއްިލިއަކަށް އަނބުރާލުމުގެ ސަބަބުން ބަލިމީހާ ނުހިފެހެއްޓިގެން ވެއްޓި ބޮޑު އަނިޔާއެއް ނުވީ ހަމަ އަހަރެންގެ ސަބަބުން.

    އެމްބިޔުލަންސްގެ ދޮރުހުޅޫވާޅަދިނުން ފިޔަވައި އެމީހަކު ކޮށްދިން އެއްވެސް ކަމެއް އަދި ދިން އިރުުޝާދެއް ނެތް!

    ކޮވިޑާއި ގުޅުން ހުރިތޯ ނެތްތޯ ބެލުމަށް އެކުރި ސުވާލުތަކާ 5 ފަހަރު ކުރިމަތި ލާންޖެހުމުން ވެސް އޯކޭ ވެގެން ހުރީ އެއީ އުޞޫލެއް ކަމަށް ބަލައިގެން.

    ބަލިމީހާ މަގުމަތީގައި ރޮއިހޭރޭއިރުވެސް އެސުވާލުތަށް މަގުމަތީގައި ބަލިމީހާ ބަހައްޓައިގެން މިބުނާ އެމްބިޔުލަންސްގެ ސޮރު ކުރިކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން! މިކަމަށްވެސް 5 ވަރަކަށް މިނެޓްވި ހޭދަވި!

    އެހީތެރިވާން އައި އެބޭފުޅާ ހުރީ ފުރިހަމަ ރައްކާތެރިކަމުގެ ހެދުމުގަ. ބަލިމީހާ ތެޅިބާލަނީ ތަދުވާތީ މަގުމަތީގަ. މިކަލޭގަ ހަމަ ސުވާލަކަށްފަހު ސުވާލެއްގައި! މީހަކު ހޭބައްޔެއް ނުވާނެތަ!

    އެޗްޕީއޭ އަށް އެމެޖެންސީވެގެން ގުޅި ވަގުތުވެސް ބުނި މިހާރުވާނީ ތިމައުލޫމާތު އައިޖީއެމްއެޗްގެ ކަމާބެހޭ ފަރާތަށް ދީފައޭ.. އެވަރުންވެސް މީ ވީވަރަކީ....؟؟؟؟

    ފެންނަނީ މިމީހުންގެ ތެރޭގައި އެއްވެސް އިންތިޒާމެއް ނެތްތަނާއި ފަރުވާކުޑަކަމާއި ކޯޑިނޭޝަނެއްތަން، އެމީހަކާ އެމީހަކު ހާސްވެގެން އެގޮތް މިގޮތަކަށް ތެޅިބާލާތަން.

    މިމީހުންގެ ފަރުވާކުޑަކަމުން ދިމާވާމެޑިކަލް ނެގްލިޖެންސްގެ މައްސަލަތައް ކޯޓުތަކަށް ހުށަހަޅަންވީ..

    މިމީހުންނަކީ ބޮޑު ޒިންމާއެއް މަތިކުރެވިފައިވާ ބައެއް، ހިތަށް އެރިގޮތަކަށް ކަންތައް ކުރެވޭނެ ކަމަށް ހީވެފައި ތިބެނީ މެޑިކަލް ނެގްލިޖެންސްގެ ކޭސް ކުރާލެއް މަދުވީމަ..!

    މިފަދަ މައްސަލަތައް ދިމާވާ ފަރާތްތަކުން މިކަމުގައި ޢަމަލުކުރާގޮތުން މިކަން ރަނގަޅު ކުރެވޭނީ، މުވައްސަސާތައް ޒިންމާދާރުކުރެވިގެން ނޫނީ މިފަދަ ކަންކަމަށް ޙައްލެއް ނުގެނެވޭނެ.

    ވަރަށް ވެދުން..

    70
  7. Anonymous

    ތިފަދަ ވަރަށްދެރަ ހާދިސާތައް އެބަދިމާވޭ ހޮސްޕިޓަލަށްދާ ބަލިމީހުނަށް ފަރުވާދިނުމުގައި އިންތިޒާމުތަށް ހުރިގޮތުން، އަހަރެންގެ އާއިލީމީހަކު ދާދިފަހުން ޖެހުނުބައްޔަކީ ކުޑަކޮށް ހަށިގަނޑުގެ އެއްފަޅީގައި ބާރުދަށްވެފަ ވާހަކަދައްކަން އުނދަގޫވީ، ބަލިމީހާ ފުރަތަމައަށްގެންދިޔައީ ފުލޫކުލިނިކަށް، އެތަނުން ޑރ.ތުހުމަތުކުރީ ސްޓްރޯކެއްކަމަށް ދެން ބްރެއިން ސްކޭނެއްހަދަން އެޑްވައިސްކޮށް އިމޭޖެންސީކޮށްލިޔެފަ ފޮނުވީ އައިޖީއެމްއެޗަށް ނަމަވެސް އެހޮސްޕިޓަލުންއެންގީ އެދުވަހު ސްކޭނެއްނެހެދޭނެޔޭ ފުރަތަމަ ކޮވިޑަށް ޓެސްޓްހަދައިގެން ނަތީޖާ ލިބުމުގެކުރިން ކިޔާފަ ކޮވިޑް ސާމްޕަލް ނަގައިގެން އަވަހަށް ގެޔަށް ފޮނުވާލީ، އަހަރުމެން އާދޭސްކޮށްކޮށް އެޑްމިޓްވެސް ނުކުރި، ސްކޭންނަށް ހެދި އެޕްއިންޓްމެންޓް ޖެހުނީމަ ގުޅާލާނަމޭބުނީ، އެދައްތަ ފަރުވާއެއްނުލިބި ގޭގައިއޮއްވާ އެއްދުވަހުން އަނެއްދުވަހަށް ބަލިބޮޑުވަމުންގޮސް 3ވަނައަށްވީދުވަހު މުޅިގަށިގަޑުގެ ބާރުގޮސް އެއްގޮތަކަށްވެސް ވާހަކައެއްވެސް ނުދެއްކޭ ހާލަތަށްދިތަފަހުން އައިޖީއެމްއެޗުހޮސްޕިޓަލުން އެންގީ ކޮވިޑް ޓެސްޓްގެ ނަތީޖާ ނެގެޓިވްއޭ އެއިގެފަހުއޭ ސްކޭންގެ އެޕޮއިންޓްމެންޓް ޖެހެނީ،، ސްކޭންހަދައިގެން ޑޮކްޓަރަށް ދެއްކީމަބުނީ ޖެހުނު ކުޑަކުޑަ ސްޓްރޯކަށް އަވަސް ފަރުވާ ނުލިބުމުގެ ސަބަބުބް މޭޖާރ ސްޓްރޯކެއް ޖެހިފައިވާކަމަށް، މިހާރު އެޕޭޝެންޓް ވަނީ މުޅިއުމުރު ނުކުޅެދޭ މީހެއްގެގޮތުގައި ހޭދަކުރަން ޖެހިފައި، މުޅިއާއިލާ ހިތާމައިގައި، މިއަށްވުރެ ޒިންމާދާރުގޮތަކަށް ރައްޔިތުންނަށް ހިލޭ ފަރުވާދޭ ގައުމީ ހޮސްޕިޓަލް ވާން އެބަޖެހޭ ނޫންތޯ؟؟؟

    13
  8. Anonymous

    މިގާރު ކިތަންމެ ސީރިޔަސް ބައްޔެއްޖެހިގެން މީގަކު ތިޔަހޮސްޕިޓަލަށް ދިޔައަސް، އެހެންއެއްވެސްކަމަކަށް ފަރުވާދޭކަށް ނުއުޅެ ފުރަތަމައަށްވެސް ކޮވިޑު ޓެސްޓަށް ސާމްޕަލްނަގާލަނީ، އެގޮތްވެސް ރަނގަޅު، އެކަމަކު މިދުވަސްވަރު ޖެހޭ ކޮއްމެ ބައްޔަކީ ކޮވިޑްކަމަށްވެސް ބަލާއިގެންނުވާނެ ދޮތެ،؟؟ އެވަގުތު ޕޭޝެންޓްގެ ހުރިހާލަތަށް ކުރެވޭނެ އެހެންޓެސްޓްތަކާއި ބޭސްފަރުވާވެސް ދެވެން ހުންނާނެ ވިއްޔާ،

    9
    1
  9. އާލާ

    ކ ކޮރޯނާ ނުވަތަ ކޮވިޑް19 އަ ކީ މުޅިދުނިޔެއަށްވެސް ކުރިމަތިވި ވަރަށް ދެރަހިތާމަ ހުރި ކަމެއް..ދުނިޔޭގެ އެހެން ގައުމުތަ ކާއި ރާއްޖެވަރަށް ތަފާތު..އެގައުމުތަކުގެ ހޮސްޕިޓާތައް ވަނީ ކޮވިޑް ބަލިން ފުރިފަ..ދިވެހިރާއްޖޭގަ މިބަލިޖެހޭ މީހުން މިތިބީ ކަރަންޓީން ފެސިލިޓީތަކުގަ.އައިޖީއެމްއެޗްގަ ކޮވިޑް ބަލިޖެހިފަ މީހަ ކުނެތް..އޭޑީ ކޭގަ ބަލިމީހަކުނެތް...ދަރުމަވަންތަ އަދި ޓްރީޓޮޕްގަވެސް މިބައްޔަ ފަރުވާދެމުން އަންނަނީ 3 ނުވަތަ 4 ވަރަ ކަށް މީހުންނަށް.. ސުވާލަ ކީ ރައްޔަތުންނަށް ރަގަޅު ހިދުމަތެއް ނުލިބިގެން މިއުޅެނީ ކީއްވެގެންހޭ..ރާއްޖޭގަ ތިއްބެވި ހުރީހާ ހާއްސަބަލިތަކުގެ ޑޮ ކްޓަރުން ، ސީނިއަރ ޑޮ ކްޓަރުން ހަމަ އަވަދި ނެތި ކަރަންޓީންގަ ތިބި މީހުންނަށް ހިދުމަތް ދެނީތޯ..ހަމަ ބުރަބޮޑީތޯ؟. ދެން މިދައް ކަނީ އޮންލައިން ކޮށް ދައް ކާ ވާހަ ކަ..އޮންލައިން ކޮށް ހުރިޙާ ބަލިބައްޔަށް ރަގަޅު ހިދުމަތެއް ދެވޭނެތޯ؟..ޕީޕީއޭ ތުރު ކުރައްވައިގެން ގައި ދުރުކަން ބަހައްޓަވައިގެން ބަލިމީހުން ނުބެލޭނެތޯ؟..ހޮސްޕިޓާތަ ކުގަ ހަމަ އެހާ ރިސް ކް ބޮޑީތޯ؟..ހޮސްޕިޓާތައްވަނީ ބަލިމީހުން ގިނަކަމުން ފުރިބާރުވެފަތޯ...ހޮސްޕިޓާތައް މިހާރު ހިންގަނީ ނަރުހުންތޯ؟..ހަމަ ޔަގީންވާ ކަމަ ކީ ރަގަޅު ހިދުމަތެއް ނުލިބޭ ކަން ، ލިބުންވެސް އެހާދަތިކަން...ހާއްސަ ކޮށް އެމެޖެންސީގަ މީހަ ކު ދިއުންމުން އެމީހަ ކަށް އެޓެންވާ ބައެއްގެ ފެންވަރާއި މެދުވެސް ސުވާލު އުފެދޭ

    10
  10. ައަހުމަދު

    މިޤައުމުގެ ހޮސްޕިތަލް ކިތަންމެ އުސްވެފައި ރިއްޗަސް ޚިދުމަތުގެ ފެންވަރު ހަމަސުމެއް،ކަމެއް ދިމާވެއްޖެއްޔާ ފުރައިގެން އިންޑިއާ،ނޫނީ ލަންކާއަށް ދާންޖެހެނީ. ބަލިމީހައަށް ކޮންމެކަމެއްވިޔަސް އެވާހަކަ ދައްކައިގެން ނުވޭ،ތިކަން އެނގޭނެ ތިތަނުގައި އުޅޭ ޑޮކްޓަރެއްގެ ދަރިޔަކަށް މިކަހަލަ ދެރަގޮތެއް ދިމަވެއްޖެއްޔާ އެވާހަކަ ނުދައްކާ ހުރެވޭނެހޭ؟ ދެން މިކޮވިޑު19 ހެދި ސަލަމަތެއް ނެތް ހީވަނީ އެނޫން ބައްޔެއް ނެތްހެން ،މިޤައުމު ހުރީހާކަމެއްވެސް ބޮއްސުންލާފައި ރައްޔިތުން ބަލިވީމަ ބެސްނުކުރެވެންޏާ ކިކުރަން އުޅޭ ހުސްޕިތަކެބަ؟

  11. މަނިކު

    އެޕެންޑިކްސް ތޯ ނެގީ؟ ޓޮންސިލް ތޯ؟ ފުރިހަމަ މައުލޫމާތު ނުދެނީ ކީއްވެ؟ ސިއްރު ކުރަން ބޭނުމިއްޔާ ސިއްރު މައްސަލަ ހުށަހެޅި ނަމަ..

    6
    3
    • ވާވު

      ޑޮކްޓަރަކަށްވުމަކީ މީހުންގެ ގުނަވަންތައް ނަގަން ދެވޭ ލައިސަންސެއް ނޫން! އޮޅިވަޑައިގެން ނޫޅުއްވާ! ފަރުވާކުރުމުގެ މިންގަޑުގެ ބޭރުން ހިތަށް އެރިހާގޮތަކަށް އިންސާނާގެ ހަށިގަނޑާއި ކުޅެ އީގަންސްތަކަށް ގެއްލުންދީ ނެހެދޭނެ!
      މިފަދަ ޑޮކްޓަރުން އެބަޖެހޭ ޤާނޫނުގެ ތެރެއިން ސައިޒަށް ކަނޑަން!

      3
      1
  12. މިއަދުގެ ޚާލަތު

    ރައްޔިތުންނޭ ކަލޭމެން މޮޔަވެފަތޯ ތިތިބީ ހޮޔޮނުވާނެ މިހާރު ސިޚީދާއިރާއަކުނެތް ތިބުނާ ސާޖަރީއެއް ހެދޭނެ ފެންވަރުގެ މީހެއް އެހެންވީމަ ސާޖަރީ ހެނދުން ލަސްވެސްވާނެދޯ ޤަބޫލުކޮށްބަލަ މިހާރު މިދިވެހިރާއްޖެއިން ސީރިއަސް ޚާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމަށް ފުރިހަމަ ފަރުވާއެއް ލިބޭނެ ހަމައެއްގޮތެއް ވެސް ނެތް ރާއްޖެއަކުން ނުލިބޭނެ ހަމަ އަސްލުވެސް މިއީ ސިޔާސީ ވެގެން ބުނާއެއްޗެއް ނޫން ޤަބޫލުކުރިޔަސް ނުކުރިޔަސް މިއީ މިރާއްޖޭގެ މިއަދުގެ ހާލަތު ކިރިޔާވެސް ހާލުދެރަވެއްޖެނަމަ މިސަރުކާރަށް ކޮށް ދެވޭނެކަމެއް ނެތް ހާލުދެރަވެ ސީރިއަސް ވެއްޖިއްޔާ މަރުވުން ނޫންގޮތެއްނެތް ނިކަމެއްޗެއް ވެއްޖިޔާ މަރުވުން ނޫންގޮތެއް ނެތް މަރުވުން ނޫން ގޮތެއްނެތޭ ގުނަވަންތައް ފުރިހަމަ އިންސާނެއް ވެއްޖިއް ޔާ ނުކުޅަދޭ މީހަކަށް ވުން ބޮލަށް ފަރުވާއެއް ކުރަން އުޅެފިނަނަ ބުއްދި ގޯސްވެ މޮޔަވުން ސަލާމަތުން ހުރިމީހެއް ވެއްޖިއްޔާ ކޮންމެވެސް ކަލަވަބާ އެއްޖެހުން ލޮލަށް ފަރުވާއެއް ފަރުވާއެއް ހޯދަން ގޮސްފިނަމަ ބަދަލުގައި ދެލޯކަނުވުން ކަންފަތަށް ފަރުވާއެއް ހޯދުމަށް އުޅެފިނަމަ ކަންފަތް ބީރުވުން މިއީ މިވެރިކަން އައިފަހުން އެކިމީސް މީހުނަށް ކުރިމަތި ލާންޖެހިފަ ހުރިކަން ތައްތައް މުސީބާތް ކީއްކުރާނީ މިވެސް ބަޔަކުގެނައި ހެޔޮ ބަލަލެއް ވސލމް

  13. ާއަހުމަދު

    ކިހިނެއް ސަރުކާރުން ސަރުކާރައް ދައުވާ ކުރަނީ. މަގޭ ދައްތަ ވެސް ފައި ކޮރުވެފަ ނުބައި އިންޖެކްސަނެއް ޖަހައިގެން. ހަމަ ތިހޮސްފިޱަލް. ކާކު ޒިންމާ ނަގާނީ

    10
  14. އެމަންޖެ

    ސަރުކާރު ވާހަކަނުދައްކާ ނުކުޅެދޭ ސަރުކާރެއްމިއަކީ.

    13
  15. މޮންދު

    ތީ ވަރަށް ފަރުވާކުޑަތަނެއް.ތިތަނަށް މީހުންގެންދަން ހެޔޮނުވާނެ.އެކަންތައް ތަޖުރިބާ ކުރެވިފައި ހުރީމަ މިހެންމިބުނީ.އައިޖީއެމްއެޗް އެމަޖެންސީ ރޫމްގަތިބެނީ އަލަށް ކިޔަވައިގެން އަންނަ ކުދިން.ވަޒީފާ އަށް ނިކުންނަތާ އަހަރުނުވާ ކުޑަކުދިން.ބަލިމީހާ ފެނުނަސް ބިރުން ތުރުތުރު އަޅާ.މިހަކު ނާދޭތޯ ދުއާކޮށްކޮށް ތިބެނީވެސް.ހުސައިން ދު ނުދޭތި.ޒިންމާދާރު ކުރުވާތި.އަބަދު ދޫދީގެންނުވާނެ.ވަރަށް ފަރުވާ ކުޑަ ތަނެއްތީ.

    8
    1
  16. ނަސޭހަތުގެބަސް

    މި ސަރުކާރުވެސް ވަނީ ގުނަވަންތަށް ހަލާކުވެ ނިމުމަކާހަމަޔަށް އައިސްފައެވެ ހުސެން ހިތްވަރުކޮށްލާށެވެ ﷲ ގެ އިރާދަފުޅުން މިސަރުކާރު ނިމޭތަން ހުސެއިންގެ ކުރިމަތިން ފެންނާނެތެވެ ވަﷲ އައުލަމް.