ރޭ ރައްޔިތުން މަޖިލީހުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ [މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުން] ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެއިތުރުން ފުލުހުން ބުނީ ރޭގެ މަޖިލިސް ޖަލްސާގައި ހިނގި ހަމަނުޖެހުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާއި ހިލާފަށް ހިނގާފައިވާ ކަންކަމާއި ގުޅިގެން އެ އެޖެންސީގެ ބަހެއް ހޯދުން ރަނގަޅުވާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންދަމުން ދަނިކޮށް ރައްކާތެރި ފިޔަވަޅުތަކާއި އެކު މަޖިލީހުގެ ޖަލްސާތައް މިހާރު ބާއްވަމުން އަންނަނީ މަޖިލިސް ތަޅުމުގައެވެ. ނަމަވެސް މަޖިލީހުގެ ރޭގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނަން އިއްވާ ބޭރު ކުރުމަށް ކުރި މަސައްކަތުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން މެންބަރުންތައް އެއްތަނަކަށް ޖަމާވެ އެޗްޕީއޭގެ މިންގަނޑާއި ވަނީ ހިލާފުވެފައެވެ.
ރޭގެ ޖަލްސާގައިބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނީ، ރޭގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ މެންބަރު ޝިޔާމް ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން ތަކުރާރުކޮށް އޭނާ ބޭރަށް ނިކުތުމަށް އެންގެވުމުންވެސް އަމުރަށް ކިޔަމަންތެރިނުވެ ހުންނެވުމުންނެވެ. އެމްޑީޕީގެ މެންބަރުން ވަނީ ޝިޔާމް "ގަދަބާރުން" މަޖިލީހުގެ މާލަމުން ބޭރުކޮށްލާފައެވެ.
ރޭގެ ހަމަނުޖެހުމުގައި އެމްޑީޕީގެ މެންބަރުންނަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ. ޝިޔާމް ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން އޭނާގެ މައިބަދައަށް ގެއްލުންތަކެއް ލިބިފައިވާކަން ވަނީ އެނގިފައެވެ. އަދި ހަށިގަނޑުގެ އެކި ތަންތަން ރަތްވެފައިވާ ފޮޓޯތަކެއްވެސް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ރޭގެ މަޖިލިސް ޖަލްސާގައި ނަޝީދުވެސް ވަނީ ކޮޅަށް ތެދުވެވަޑައިގެން ޝިޔާމް މަޖިލީހުން ނެރުނު ވަގުތު އަޑުގަދަކޮށްފައެވެ. އަދި އެމްޑީޕީގެ މެންބަރުން ހުއްޓުވަން އެއްވެސް ކަމެއް އެމަނިކުފާނު ކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނަޝީދަށާއި އެމްޑީޕީއަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.
ތިމައްސަލަ ރަގަޅަށް ވަކިކޮޅަކަށް ނުޖެހި ކުރިޔަށް ގެން ގޮށްފި ނަމަ އަންނިޔަކަށް ރިޔާސަތަކު ނުއިދެވޭނެ އިނައްޏާއިންނަން ޖެހޭނީ ގަދަބާރުން ޤާނޫނާއި ޚިލާފަށް އަންނި އެންގި އެންގުމަށް ކުރިކަމެއް ވިއްޔާކުރީ އޭނައެކަން ކުރުވިގޮތަށް އެކަން ހުއްޓުވޭނެ ނަމަވެސް އަޅައިނުލާއިނީ އެހެވީމަ އަންނިއަށް އެމަގާމު ގައެއް ނީދެވޭނެ!
ތިޔަ ކަންތައް އިންސާފު ވެރި ކަމާއެ ކު ބެލުމުގެ ހިތްވަރެއް ފުލުހުންގެ ނުހުންނާނެ. ތިޔަ ކަން ބަލާނީ " އަމާ ބުނީމަ ފަރަށްދާ ގޮތަށް" ފުލުހުން ބޮއްޅަ ހުއްތު ދެ ކެ ބިރުގަންނާނެ.
ތީހަމަސުވާލެއްވެސް އޮތްކަމެއްނޫން. އެއީ ތަންފީޒީ އިދާރާއަ ކައް ފުލުހުންގެ މުއައްސަސާ ވީހިންދު އެޗްޕީއޭގެ މިންގަނޑުތަ ކާ ޚިލާފްވާ ރައްޔަތުމީހާގެ ކަން ކަން ބަލާފިޔަވަޅުއެޅުމުގެފުރިހަމަބާރާއި އިޚްތިޔާރުއޮވޭ އެ ކަމަ ކު މަޖިލީހުގަހަމަ އެމިންގަނޑާ ޚިލާފްވީމަ އެޗްޕީއޭ ބޮލައް ކަނޑާލާ އެ ކަން ބޮލުން އެލާލީމަ އެހިސާބުން ންް ކަންތައް ވާނޭގޮތް ވަރަށްސާފް. ޓޯޓަލީ އެ ކްޓިންގް ސްޕީސީސް
ރޭގެ މަޖިލީހުގައި ޖަރީމާ ހިންގި މީހުނާއި އެކަން ކުރުމަށް އެންގި އަންނި އަދި އެކަމުގައި އަނިޔާވެރިވި މެމްބަރުން ބޭރުކުރަން ރައްޔިތުން ނިކުތުމަށް ގޮވާލަން އާދޭސް މީމަގޭވެސް ރާއްޖެ އަހަރެމެން ހޮވާފައި ތިމި މެންބަރުން އެމްޑީޕީ މެންބަރުން ނަށް ނެރެވިގެން ނުވާނެ އަންނި ބުއްޏަސް ތިހެދީ ވވ ވަރަށް ބޮޑު ގޯހެއް ނަންއިއްވީމަ ނުނުކުތީމަ ރިޔާސަތުން އެމެންބަރަކު ނެރެއް އަންގަން ޖެހޭނީ މަޖިލީހުގައި ތިބި މެންބަރުން ނަކަށްނޫ ތިދިނީ އެއްބަޔަކު އަނެއްބައެއްގެ ގަޔަށް އަތްލުމަށް އަންނިދިން ފުރުސަތެއް!
އެހެންވީމަ ވަރައްތާހުރު އަނގަފުރަލާފައި ގަނޫނު އަސާސީޔޭ ގަވައިދޭ ކިޔަ ހަޅޭލަވަން މާރުކޭޓައް ވުރެ ކަންތައް ބޮޑު އަދި ލައިވްކޮއް ދައްކަމުންދިޔައިރުވެސް ގަނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ މާރާމާރީ ހިންގުން މެންބަރުންނައް އަނެއް މެންބަރއެއް ނެރުމުގެ ބަރެއް ދީފައި ވަނީ ކޮންގާނޫނެއްގެ ކޮން އަކުރަކުންތޯ
ތިޔައުޅެނީ މައްސަލަބަލާކަށްނޫން! އަހަރެމެންކަހަލަމީހުން އަނގަ ގޮށްވަން ތިއުޅެނީ ހިންޏަށް ހަކުރުއޮޅުވާލަން! ވީޑީއޯއެެއް އޯޑިއޯއެއްއޮވެއްޖެނަމަ އެވާނީއެޑިޓުކޮށްފައޮތްއެއްޗަކަށް ދެންމައްސަލަބަލާނީ؟؟؟؟؟؟؟؟؟؟؟؟
ފަނުފުލުންދާނީ ތިމައްސަލަ ނުބަލާނެ. ބޭކާރުވަގުތު! ކިހިނެއްބަލާނީ ކާކުތޯ އެއިންނެވީ ޕީސީގެ މަޤާމުގައި. ނުވާނެ ތިކަމެއް ކުރާނެ ނަތީޖާ މިއޮތީ މިކަން ހިގައިދިޔަގޮތް ފެނުނު ހެއްކެތްނެތް. ހެކިދޭންތިބީ މައިނޯރިޓީމީހުން އެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ! ދެންފޮނުވާނީ ޕީޖީގެ އޮފީހަށް! އަނބުރާކަރުދާސްބަންޑެލި ފުލުހަށް ދަޢުވާކުރެވޭވަރަށް ތަޙްޤީޤުގައި ސާބިތު ހެކިތަކެއް ނެތިގެން. އަހަރުމެން އަޅޭމިއީ މޮޔައިންވިއްޔާ!
ބަލާނެހެނެއް ހިޔެއްނުވޭ... ނިކަމެތި ރައްޔިތެއްނަމަ ބަލާނެ.. މި ސަރުކާރު ބޮޑުތަނުން ފެއިލް ވެއްޖެ.
މެމްބަރ ނުކިޔަމަންވީމާ ނެރޭނީ ދެންތިބި މެމްބަރުން ނެއްނޫން... މި މައްސަލަ ބެލެންޖެހޭ. އީވާ މީހެއްގައިގައި ކޮޅުފައިންޖަހާ މަންޒަރުވެސް ފެނިގެންދިޔަ.. މިތަ މި މީސްމީހުންގެ އަސްލު ސޫރަ!!!!
ތީގަ މިހާރުގެ ސީޕީ ކުރާ ތަޙްޤީގުގަ ކުށްވެރި ވާނީ އަނިޔާ ލިބުނުމީހާ. މުޖްރިމުން ވާނީ މައުސޫމް ބަޔަކަށް.
ތިމައްސަލަ ފުލުހުންނައް ހުށައެޅުމައްވުރެ މާރަނގަޅުވާނެ މަސްމާރުކޭޓައް ހުށައެޅިޔަސް ހަމީދުވިއްޔާ އެތަން ހިންގަނީ!
ބަލާނެ ނިމޭއިރު ކުށްވެރިވާނީ މައްސަލަ ހުށަހެޅިފަރާތް ސީޕީ އަ ކީ އަންނިގެ ޅިޔަނު ދެން މައްސަލަ ދާނީ ކޮން ދިމާލަ ކަށް ހަމަ ހެވެނީ
ފުލުހުން ލޮލުން ބަލަނީ ?
ފުލުންބެލިޔަސް ފެންނާނީ ދިވެހި ރައްޔިތުންނަށް ފެނުނުއެއްޗެއް! ދިވެހި ރައްޔިތުންނަށް ކަމެއް އެބަކުރެވޭތަ! ފުލުންހުނަށް ވެސް ވާނީ ހަމެ އެހެން! ބޮޑްވަޒީރާ ދެކޮޅަށް އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޯންނާނެ!
ޙައްހައް...ހައްހައް...އައިނު އަޅައިގެންތަ ބަލަނީ..
ތިމައްސަލަ ބަލާނިމޭއިރު ކުއްވެރިވުން ގާތީ ސިޔާމު އޑޕ މީހުންނައްވީ އަނިޔާ މާބޮޑުކަމައްވާނީ ޑރ ލިއުންތައްވެސް ތައްޔާރުކުރާނެ ހެކިވެސް ހަދާނެ އެތިބީ ކޮންބަޔެއް އެކމަކު އަބަދުތިހެންނޫޅެވޭނެ އިސާފު އަރާހަމަކުރާނެ انشاء الله
ބަކަރި ކޮށި
ނުބެލޭނެ އިންސާފުވެރިކަމާއެކު ރޭހިނގާދިޔަ ކަންތައްތައް ބެލުމަކީ ނުވާނެކަމެއް
ޢިއްޒަތްތެރިންގެ ހަރުގޭގައި ޢިއްޒަތްތެރި ސަރުދާރުގެ އަމުރަށް ޢިއްޒަތްތެރި ޕިޔޯނުން މިހިންގި ކަންތައްގަޑު އަލިފުންޔާއަށް ބަލަންޖެހޭ. މިކަމުގައި ވަކިމީހަކަށް އެމީހަކު އިންނަ ގޮޑީގެ އުސްތިރި މިނަށް ނުބަލައި ބަރާބަރަށް ތަޙްޤީޤު ކުރަންޖެހޭ. މިގޮތާ ޚިލާފު ވެވިއްޖެނަމަ ތަޙްޤީޤުކުރާ މުއައްސަސާގެ އިތުބާރު ގެއްލޭ. ޢިއްޒަތްތެރިންގެ ހަރުގޭގެ އަގު މާބޮޑަށް ވެއްޓޭ. ޑިމޮކްރެސީ ޑިމޮކްރެސީ ހޭބޯނާރާ ގޮވާ އެމް.ޑީ.ޕީ އާ އެޕާޓީގެ ސަރުކާރު ގެ މައްޗަށް އޮތް އިތުބާރު ޒީރޯއަށް ގޮސް ބޮލާފޮށާ އެޅޭ.