ރާއްޖޭގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ނަމޫނާ ނެންގެވުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ރޭ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ރައީސް ސޯލިހު މިއަދު ތަސްދީގު ކުރެއްވުމުން އެކަމަށް މަރުހަބާ ދަންނަވާ ޖާބިރު ވަނީ ރާއްޖެއަށް ރައީސް ސޯލިހު ފަދަ ކެތްތެރި އަދި މަޑުމައިތިރި ވެރިޔަކު ދެއްވި ކަމަށްޓަކައި ﷲއަށް ހަމްދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"ރާއްޖޭގެ ސިޔާސީ ލީޑަރުން އެމަނިކުފާނުގެ ފަރާތްޕުޅުން ނަމޫނާ ނެންގެވުމަށް ގޮވާލަން،" ޖާބިރު ވިދާޅުވިއެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުުރު ދަންމާލަން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރެއްވިކަން ރައީސްގެ ތަރުޖަމާން އިބްރާހީމް ހޫދު ވަނީ ހާމަކުރައްވާފައެވެ.

މަޖިލީހުން ރޭ ފާސްކޮށް ޤާނޫނު އަސާސީގައި އިތުރުކުރި އެ އިންތިގާލީ މާއްދާގައި ބުނަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

މަޖިލީހުގެ ކޮމެޓީން ބިލު ދިރާސާ ކުރުމަށްފަހު، އެ ބިލްގެ އެއް ވަނަ މާއްދާ އުނި ކުރުމަށްފަހު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. މިދެ ހުށަހެޅުން ވެސް ހުށަހަޅާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އެގޮތުން 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ދައުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެ މެމްބަރުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން މަގާމުގައި ދެމި ތިބޭނެ ކަމަށް ވަނީ ފާސްކޮށްފައެވެ.

އަދި މި އިންތިގާލީ މުއްދަތުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު، އެ މެންބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަސްރީނާ

    ޖާބިރު ވިދާޅުވިޔަސް ތީ ވަރން ނުރައްކާވީ އޭރުން ހުރިހާމީހުން ޖެހޭނީ ވައްކަން ކުރަން އެ ނަމޫނާއަކަށް ބަލއްޔާ ލާހިކެއްނުް މަސަކަށް ތިލކަމުގައި ބާވެރިވާކަން

  2. ގަނީ

    ތިބުނަނީ ގަމާރުކައިފަ ފިނިހަކެއްހެން އިންނާށޭތަ ދެންތިބި ބަޔަކު ބޭނުންއެއްޗެއް ހަދަންދީގެން؟

  3. ޙަހަހަހ

    އެހެންތަ. ތިބުނީ އޭނާ ވައްކަން ކުރާގޮތަށް ވައްކަން ކުރުމުގެ ނަމުނާތޯ.

  4. ކަޅުމަރިޔަނބު

    ބަލަ ޖާބިރެއްނޫންތަ ބުނީ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ވަގެކޭ. ވަގަކު ނަމޫނާއަކަށް ބަލާށޭ މިހާރު ތިކިޔަނީ. ހިނދުކޮޅު އަޔަސް.ބޮޑުވަރު ތީ.

    10
    • Anonymous

      ރޭ ޖާބިރުވެސް ހުރީ ނިދިޖެހިފަ. ދެލޯ ރަނގަޅަށް ނުހުޅުވޭ

  5. ައަބުދު ﷲ

    މީވަސުވާސްދޭސައިތޯނާއެން ކުރީގަބުނީވަގެ ކޭ
    ކާށިދޫމީހުން ކާރީގަބުނެ ގަބޫލު ކުރާނެ

  6. އޯމަރަމޯލް

    އާ އޭރުން ޤަވްމު ހަލާކުކޮށްލެވޭނީ ޢަދުލް އިންސާފް ނެތިކޮށްލެވޭނީ ތިޔަކަހަލަ ބޯހަމަނުޖެހޭ މީހުން ދައއްކާވާހަކަ ޤަބޫލް ކުރާނީ ކާކުތޯ

  7. ިއބރހމ

    ބަލަގަ ކަލޭ މުޅަތަކެތި ކާންޖެހޭ ދުވަހުން ކަލެޔައް ކެވިދާނެބާ

  8. ޖާބެ

    ޖާބިރު ވިދާޅުވި ސާލިހަކީ ބޮޑުވަގެކޭ މިއަދު ތިޔަވިދާޅުވަނީ ސާލިހަކީ ފެންނަ ކަންކަން ނުފެންނަކަމަށް ހައްދަވާ، އިވޭއަޑުތައް ނީވޭކަމަށްހައްދަވާ ބައިމީހުން ލައްވައި ޤަވައިދާޚިލާފަށް ޢަމަލުކުރައްވާ ބޭފުޅެކޭތޯ.

  9. މުފައްކިރު.

    ޖާބިރަށްވުރެ ސިޔާސީ ގޮތުން މޮޅުމީހުން އެބަތިބި. ރާއްޖޭގަ ކަންހިގާ މަގު ދަންނަ މީހުން އެބަތިބި. ހަގީގަތަކީ މިފަސް އަހަރުގެ ތެރެއިން މިހާތަނަށް ހޭދަވި ދުވަސްތަކަކަކީ ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގަ ފެނުނު ޚިޔާލާ ވިސްނުން ކޮށި އަދި ގައުމިއްޔަތާ އިސްލާމް ދީނާ އެންމެ ދުރުހެލި ދުވަސްތައް. ޖާބިރު ނިކަން ބުނެ ބައްލަވަ. އިސްލާމިކް މިނިސްޓްރީން ކުރެވޭ ކަމެއް. ހަރުކަށި ފިކުރުގެ މީހުންނަށް ފިޔަވަޅު އެޅުނު އިރު ލާދީނީ ބައިގަނޑަށް އެޅުނު ފިޔަވަޅެއް. ގާނޫނެއް ނެތީތޯ؟ ގައުމީ މަސްލަހަތުގެ ތެރެއިން ކަމެއްވާން ނެތީތޯ؟ އެހެންވީމާ ރައްޔިތުން ކުރިމަތީގަ އަގެއްނެތް ވާހަކަ ދެއްކުމަށް ވުރެ މުހިއްމީ ގައުމީ ދުލަކުން ވާހަކަ ދެއްކުން.