ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ބާރުވެރިކަން ބޭނުންކޮށްގެން ރާއްޖޭގެ ޝަރުއީ ކޯޓުތަކަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފަސް ސޮފްހާގެ ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީ ރައީސް ސޯލިހަށް ފޮނުއްވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނަޝީދާއިއެކު އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް މުހައްމަދުއެވެ. އެ ސިޓީގައި ރައީސް ނަޝީދު މަޖިލިސް ރައީސަކަށް ވަޑައިގެންނެވި ފަހުން، ފާއިތުވެދިޔަ ތަނުގައި ދައްކަވާ ވާހަކަފުޅުތަކާއި، ކުރައްވާ ޢަމަލުފުޅުތަކުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޤަޟާއީ ނިންމުންތަކަށް ނުފޫޒު ފޯރުވައި، ވަކިގޮތަކަށް އެ ނިންމުންތައް ބައްޓަން ކުރުމަށް ބާރު އަޅުއްވައި، ޖުޑީޝަރީގެ މިނިވަންކަމާއި ޙުރުމަތަށް އަރައިގެންނެވުން ޢާއްމު ކަމަކަށް ހައްދަވާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ޢަމަލު ކުރެވެމުންދާ ޤާނޫނުއަސާސީ އާއި، އެ ޤާނޫނުއަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި، ދިވެހި ދައުލަތް އެ އުޞޫލުތަކެއްގެ މައްޗަށް ބިނާ ކުރެވި ޤާއިމު ކުރެވިގެންވާ ޝަރުޢީ، ދުސްތޫރީ، އަދި ޤާނޫނީ ހަމަތައް ލާޒިމުކުރަނީ، ކޮންމެ މީހަކާ މެދުގައި ވެސް ޤާނޫނުގައިވާ ގޮތުގެ މަތީން ކަންތައްތައް ކުރުމަށް ކަމަށް އެ ސިޓީގައިވެއެވެ.

މީގެއިތުރުން އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގައި ހުރުމުގެ ފުރުޞަތު ނުދިނުމަށާއި ޤާނޫނުތައް މުގުރައިލައިފި ކޮންމެ މީހަކާ މެދުގައި ވެސް، ހަމަހަމަކަމުގެ އުޞޫލުން ކަން ކުރުމަކީ ދިވެހި ދައުލަތް އެ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށް ސިޓީގައިވެއެވެ.

"ކަން މިހެން އޮތް އިރު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ނަޝީދު ދިވެހިރާއްޖޭގެ ކޯޓުތަކުގެ މައްޗަށް ބާރު ފޯރުއްވެވުމަށް ހިންގަވައިފައިވާ، އަދި ހިންގަވަމުން ގެންދަވާ ޣައިރުޤާނޫނީ ޢަމަލުތަކާ މެދު ފިޔަވަޅު ނޭޅިދިޔުމަކީ، ދިވެހި ދައުލަތުގައި ޢަދުލުއިންޞާފު ނުހިނގާކަމުގެ ސާފުކަން ބޮޑު ހެއްކެކެވެ،" އެ ސިޓީގައިވެއެވެ.

މި ސިޓީގައި ރައީސް ނަޝީދު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޤަޟާއީ ނިންމުންތަކަށް ނުފޫޒު ފޯރުވައި، ވަކިގޮތަކަށް އެ ނިންމުންތައް ބައްޓަން ކުރުމަށް ބާރު އަޅުއްވާފައިވާ ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަކާއި އެ ވާހަކަތައް ދައްކަވާފައިވާ ތާރީހުވެސް ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ 19ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން (ރައްޔިތުންގެ) މި މަޖިލީހަށް މަސައްކަތް ނުކުރެވޭނެ ކަމަށް، ބަސް ނުބުނެވޭނެ ކަމަށް އެ ވިދާޅުވާ ވިދާޅުވުންތަކާ ގުޅޭ ގޮތުން، އެއީ މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް ފެނި، އެ މައްސަލަޔާ ގުޅޭ ގޮތުން ބަހުސް ކުރުމަށް އަޅުގަނޑު ހުށައަޅާ މައްސަލައެއް" ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

"މި މައްސަލަޔާ ގުޅިގެން، ނަޝީދަށް ވަފާތެރި މެންބަރުންގެ ތެރެއިން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމާއި، ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފާއި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤާއި، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިނާއި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ވާހަކަފުޅުތަކުގައި މި ބޭބޭއިފުޅުން ވަނީ ސުޕްރީމް ކޯޓުގެ ޤަޟާއީ ނިންމުންތަކަށް ފާޅުގައި ގޮން ޖައްސަވައި، ކޯޓުގެ އަމުރުތަކުގެ މެރިޓާ މެދު ސުވާލު ކުރައްވައި، އެ އަމުރުތަކަށް ނުކިޔަމަންތެރި ވުމަށް ފައުޅުގައި ގޮވައިލައްވައިފައެވެ،" ސިޓީގައިވެއެވެ.

އަދި ހަމަ އެދުވަހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ އަމުރަކުން ރައްޔިތުން މަޖިލީހުގެ ބާރު ކަނޑުވާލި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ އެ މައްސަލަ މަޖިލީހަށް ފޮނުވައިދިނުމަށް އެންގުމަށް ފާސް ކުރި ކުރުމަކީ، ސުޕްރީމް ކޯޓުގެ ޤަޟާއީ އަމުރަކަށް ފައުޅުގައި ގޮން ޖަހައި، އެ އަމުރަށް ނުކިޔަމަންތެރިވުމުގެ ގޮތުން ކުރި ޢަމަލެއްކަން އެނގެން އޮންނަ ކަމަށްވެސް ރައީސް ސޯލިހަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.

ރައީސް ނަޝީދު ކޯޓުތަކަށް ނުފޫޒު ފޯރުއްވި ކަމަށް ވިދާޅުވެ ދައްކަވާފައިވާ ޖުމްލަ 9 ކަމެއް ފާހަގަކޮށްފައިވާ މި ސިޓީގައި އިތުރަށް ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެއިންދުމުގެ މާބޮޑު އިންޞާފެއް ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު މިދިޔަ މަހުގެ ތެރޭގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ވިދާޅުވާ އެއްޗެއްގެ މައުޟޫޢީ ތެދާއި ދޮގު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް، އެކަމަކީ ވެސް ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

"މިއަދު މުޙައްމަދު ނަޝީދާއި އޭނާ ނިސްބަތްވާ މޯލްޑިވިޔަން ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން އޭނާގެ ރުހުން އޮތް ބަޔަކަށް މެނުވީ، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ލިބުމުގެ ހުރިހައި އުއްމީދެއް ވަނީ ގެއްލިގެން ގޮސްފައެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 7 ވަނަ މާއްދާޔާއި 141 ވަނަ މާއްދާގެ ބާރު ކަނޑުވައިލައި، މިނިވަން ޖުޑީޝަރީއެއްގެ ހިޔާވަހިކަމުން ދިވެހި ރައްޔިތުން މަޙުރޫމު ކޮށް، އިސް ވެ ދެންނެވުނު ފަދައިން ޝަރުޢީ ދާއިރާ ހަލާކު ކޮށްލުމުގައި މުޙައްމަދު ނަޝީދު އިސްކޮށް އަދާ ކުރެއްވި ދައުރުގެ ކަންކަން ތަޙްޤީޤު ކުރައްވައި، އޭނާގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅޭނޭ ގޮތް ހެދުމަށް ޓަކައި ތިޔަ މުއައްސަސާގެ ޤާނޫނީ ވާޖިބު އަދާ ކުރެއްވުން އެދިދެންނެވީމެވެ،" ސިޓީގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. Anonymous

  "މިއަދު މުޙައްމަދު ނަޝީދާއި އޭނާ ނިސްބަތްވާ މޯލްޑިވިޔަން ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން އޭނާގެ ރުހުން އޮތް ބަޔަކަށް މެނުވީ، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ލިބުމުގެ ހުރިހައި އުއްމީދެއް ވަނީ ގެއްލިގެން ގޮސްފަ އެހެންކަމުން، ޤާނޫނުއަސާސީގެ 7 ވަނަ މާއްދާޔާއި 141 ވަނަ މާއްދާގެ ބާރު ކަނޑުވައިލައި، މިނިވަން ޖުޑީޝަރީއެއްގެ ހިޔާވަހިކަމުން ދިވެހި ރައްޔިތުން މަޙުރޫމު ކޮށްފި އެއީ ހަމަޔަގީނުންވެސް ވަރަށް ތެދުހަގީގަތެއް.

  78
  1
 2. ތިކުރީތު

  އަތުން ފައިން ކަމެއް ނުކޮއް 3 4 އަބިން ގޮވައިގެއް އުޅޭ ހައްދުފަހަނައެޅބައިގަޑު،

  19
  99
  • އަބްދުއްލަޠީފު

   ދެލޯކަނުބީތާޔަށް ނުފެނުނު މިބޮޑުމަސައްކަތް ދިވެހި ރައްޔިތުންގެ ޙައްގުގައި ކުރިތަނެއް.

   1
   7
  • ކޮބާ ޖަވާބު

   ދޮންކަލޯ ކަލެއަށްތަ އެމީހުންގެ އަނބިންނަށް ޚަރަދު ދޭންޖެހެނީ؟ އެހެންވިއްޔާ މައްސަލައެއް ނެތް.

   12
   1
 3. ތިކުރީތު 2

  އަތުން ފައިން ކަންކުރާ މީހުން މިހާރު ތިކުރީތައް ސާފުވާނެ.

  58
  1
 4. ކިނބޫ

  ވަރަށް ޢިލްމީ ވާހަކަ ތަކެއް ހިމަނާފައިވާ ސިޓީ އެއް.

  78
  4
 5. ރއީސް މުކޮސް

  މނާ ކޮއްފަވާ އަދި ކުރަމުންދާ ގާނޫނާ އަދ ގަވައިދާ ހިލާފު ކަންތައް ތަކުގެ ވާހަކަ ލިޔަންވެއްޖެއްޔާ ހެޔޮވަރުގެ މޮނިޓަރ ފޮތެއްވެސް ކުޑަވާނެ......

  62
  5
 6. ޑެއިލް

  ލާދީނީ މީހުން ވަރަށް މޭކަރާނެ

  76
  3
 7. މޫސަ

  އިބްރާހިމް ތިޔަ ސިޓީ ތިޔަ ފޮނުވުނީ ހަމަ ސީދާ މުހައްމަދު ނަޝީދުގެ އަތަށް. ޖަވާބެއް ލިބުމަކީ ނާދިރު ކަމެއް. ޖަވާބެއް ލިބުނިއްޔާ އެ ޖަވާބު ލިޔާނީވެސް ހަމަ ތިޔަ ނަޝީދު.

  81
  1
 8. ޙަސަން ޒަރީރު

  ކުޑަވެސް ޝައްކެއްނެއް ރެޔާއިދުވާލުގެ ގިނަވަގުތުހޭދަކުރަމުން އެދަނީ އެއްމެއަވަހަށް ވެރިކަމަށް ވާސިލުވެވޭނީ ކޮންމަގަކުން ކިހިނެއްހިނގައިގެންތޯބެލުމުގަ އަހަރެން ހަމައާޝޯޚްވެއްޖިން ވެރިކަމުގެ ލައްޒަތާއި ފޮނިމީރުކަން އިނގޭނީ އެކަމުގެރަހަ އެނގިފައި ތިބިބަޔަކަށް
  މަވާ ދެންދުވަހަކުވެސް މިސިޔާސީމީހުން ތަންތަނަށްއަރާ އަހަރެމެން ގުބޯހައްދަން މިލަވާހަޅޭކުގެއަޑެއް މަގޭބަހެއްްއަހާނެ އެކަކުވެސް އެހިޔަކަނުދޭނަން .

  25
  2
 9. އައްޔު

  ކަމެއްވެގެންތާ އަދިވެސް 2 މީހުން ނުލައިގެން އެއުޅެނީ

  6
  1
 10. ޑޮން ޑޮން ކަތީބު

  ނޯ ސިޓީީީީ ީބިޓީ ވަރުލާ ޖަށްސަންވީީި

  11
 11. އެދުން

  ވަރަށް ޢިލްމީ ތެދުޙަޤީގަތްތަކެއް ހާމަކޮށްފައިވާ ސިޓީއެއް ނަޝީދައް އަދި ރައީސަކަށް އެނގިލައްވާހެނެއް ހިއެއްނުވެއި

  30
  3
 12. ސުވަރު

  ނަޝީދާއި ވާދަކޮށް ބޮޑުތަބުން ބަލިވީމަ ރައްޔިތުން ކުރިމަތީގަ ވީ ފަލީހައިގެ ހަސަދަވެރިކަން ހިތުގައި އޮތް މިންވަރު މިކަމުން އެގެނީ. އެވަރަށް ރިޝުވަތުގެ ފައިސާ ޚަރަދުކުރަން ޖެހުނީމަވެސް އެހެންވެދާނެ. ޗޮކުން ދިޔައީމަ ވާނެ ތިހެންވެސް.

  4
  49
  • ރަނގަޅު މީހާ

   ހަގީގަތުގައި އިއްބެ ބައްޔެއް ނުވެއެވެ. ބަލިވީ ދާއިރާގެ ރައްޔިތުންނެވެ. މައްޗަންގޮޅި މެދަށް އިއްބެ ހޮވިނަމަ، ދާއިރާގެ ކޮންމެ ގެއަކަށް މާވަހަރެއް ލިބުމަށް ވުރެ އެކަން ރަނގަޅުވީހެވެ. އެކަން ދާއިރާގެ ރައްޔިތުން ދަންނާނެ ނަމައެވެ.

  • Anonymous

   ބޮޑު ތަނުން ވޯޓް އޮޅުވާލީއޭ ކީމަ މާތާހިރު ވާނެ

 13. ގަމަރު

  މީނަވެސް ބަލިވި ފަހުން ނަޝީދުއާ ޖައްސާލައިގެން މޮޔަ ހެދުން ނޫންކަމެއް ނުކުރޭ

  14
 14. ޖިންނި

  އެމް ޑީ ޕީ މަރުމޯލު ބައިގަނޑު ދެން އަތް ޖަހާ ތިވަރަކަށް 3 ބާރު ވަކިވާނީ

  12
 15. އަލިމަނިކު

  ރައީށްއ ސޯލިހަށް ފޮނުވުމެކޭ ލައިލާއަށް ފޮނުވުމެކޭ މާބޮޑު ތަފާތެއް ނޯންނާނެ. އެއްވެސް ފިޔަވަޅެއް ނާޅާނެ. ހަމަ އެކަނި ހީލާފާ ބުނެލާނީ މި މީހުނަށް މަށާ ނަޝީދުއާއި ހުރި ގުޅުން ނޭނގެނީ ބާއޭ. ތަފާތަކަށް އޮންނާނީ ޅިޔަނާކާއި އަންބެއްގެ ތަފާތު

 16. މޮހޮނު

  ރައީސް ޞާލިޙުއަށް ތިސިޓީ ފޮނުވުމަކީ ފޫނެއްފަޔަށް ފެން ފުރުން ކަހަލަކަމެއް. ތިޔައީ ނަޝީދުގެ ޕަޕެޓެއް.