ތިލަފުށީގައި ހިނގި ހަމަނުޖެހުމުގައި ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށްގެންދިޔަ 133 ބިދޭސީންގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރުމަށްފަހު އެހެން މީހުން ދޫކޮށްލައިފިއެވެ.

ތިލަފުށީގައި ހަމަނުޖެހުން ހިންގާފައި ވަނީ އެރަށުގައި ތިބި އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނާއި ފުލުހުންގެ މެދުގައެވެ. އެ ހަމަނުޖެހުމުގައި ދެ ފުލުހަކަށްވެސް އަނިޔާވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިލަފުށީގައި މިއަދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ވަގުތީ ގޮތުން ގެނެސް ހުއްޓުވި 133 މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރު ކުރުމަށްފަހު އެހެން މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

އެ ރަށުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ބިދޭސީންގެ މުސާރަ އައިމާ ކޮންސްޓްރަކްޝަނުން ނުދޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރަން ހިންގި ހަރަކާތްތަކަށް ފަހުގައި ކަމަށެވެ. އެގޮތުން އޭގެ ފަހުން އެރަށް ޕެޓްރޯލް ކުރަން އުޅުނު ބައެއް ފުލުހުންނަށް ބިދޭސީންތަކެއް ލަޓިބުރި ފަދަ ތަކެތި ހިފައިގެން އުޅުނު މަންޒަރު ފެނިގެން އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ހަމަނުޖެހުން ހިންގީ ކަމަށް އެރަށުން މައުލޫމާތުދިން މީހަކު ބުންޏެވެ.

އެރަށުގައި މަސައްކަތް ކުރާ އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައެއް ފެންމަތިވެ، މީގެ ކުރިންވެސް އެރަށުގައި ހަމަނުޖެހުންތަކެއް ހިންގާފައި ވެއެވެ.

އެ ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ބަންގާޅީ

  ހެޔޮނުވާނެ ހަމަ ނުޖެހުން ހިންގި އެންމެން ޑީޕޯޓް ކޮށްލަބަލަ ކޮންފަދަ ކަމެއްތަމިއީ

  32
  1
  • މުޙައްމަދު

   މުސާރަ ނުދޭކަމަށްވަންޔާ މުސާރަވެސް ދޭންވާނެ ދޯ؟

   25
   3
  • އެމްނެސްޓީ

   ބައްލަވާ ދިވެހި ގައުމުގެ އަދުގެ ހާލަތު ، ގާނޫނެއް ގަވައިދެއް އޮންނަ ބައެއް ނޫން ބަންގާޅު މީހުންނަކީ. އަހަރެމެން ގައުމުގައި އަހަރެމެންނަށް ވުރެ މާ ބާރު ގަދަ ކޮށް ގެން އެވެރިން އެއުޅެނީ. ނުވިތާކަށް ގާނޫން ތަންފީޒު ކުރަން ތިބި ފުލުހުންނަށް ވެސް ހަމަލާ ދޭން ފެށީ . ފުލުހުންގެ ފަރާތުން ތިޔަ އިއްޒަތްތެރި ބަންގްލާ ބޭފުޅަކަށް އަނިޔާވީ ނަމަ މުޅި ގައުމު ކެކި އަރާނެ ކަށަވަރު

 2. ޖުލައި

  އެހުރިހައި ބޭފުޅުން ވަރަށް އަދަބުވެރިކަމާއެކު ޑިޕޯޓަށް ތައްޔާރުވެވަޑައިގަންނަވަން ދަންނަވަން ވެއްޖެ ނޫންތޯ؟

  18
  2
 3. އާދިލް

  ފުރަތަމަ އެމީހުންނަށް މުސާރަ ދީފަ ދެން އޭގެ ފަހަށް ޑީޕޯޓް ކުރަންޏާ ކުރޭ.

  15
  2
 4. ހަބީބް

  މިބަންގާޅީންގެ ސަބަބުންދިވެހީންގެ ވަޒީފާތައްގެލި އަދިނުވިތާކަށް ދިވެހިރަތްޔެތުންނާ މާރާމާރިހިންގާ ދިވެހިން އެމީހުންގެ އަމިއްލަވަޒަނުންބޭރުކޮށް ފަލަސްތީނުގެ ރަތްޔެތުންނަށް އިޒްރޭލްމީހުން ހަދާގޮތަށް މިބަންގާޅީ ދިވެހީންނަށް އަނިޔާކުރާތަންމިހާރުތިފެންނަނީ

 5. ރަންޑިމާރި

  ވާނެއެއްޗެއްވާނެޛެން އެއްޗެއްކަޅެއް ރައްޔިތުންނައް ބޮޑުބޮޅެއް..ހެހެ

 6. ބުއްޅަ އަބިދާ

  މި ބަަންގާަޅިންތައް ބޭރު ކޮއްގެން ނޫނީ ނެތް ސަލާމަތެއް

 7. ސޭމް

  ފުލުހުން ގޯސް ހަދާފަ އޮންނާނީ، އެކަމް ނަން ވާނީ ބިދޭސީން

  2
  4
 8. ހަނަމަނަ

  ބަންގާޅީސް ގޯ ހޯމް! ބޭފުޅުން ގައުމަށް ވަޑައިގަންނަވާ!

 9. ހުހު

  ދިވެހިން ވިއްޔާ އެންމެން މުއްދަަތު ޖަހަން. އެމީހުން ވިއްޔާ ދޫކޮށްލުން. އަޖައިބެއް. ރިޕަބްލިކް އޮފް..... ކީކޭ ކިޔަންވީ؟