ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށަކަށާއި ބައެއް މުއައްސަސާތަކަށް އެހީގެ ތަކެތި ފޯރުކޮށްދީ ނިންމައިފިއެވެ.

މަންޑޭ ފެއްޓެވި އެހީގެ ޕްރޮގްރާމްގައި އޭނާ ފަރާތުން ހުރިހާ ރަށަކަށާއި ބައެއް މުއައްސަސާތަކަށް ވަނީ މާސްކް، އަންގި، ސެނިޓައިޒަރ، ހޭންޑް ވޮޝް އަދި ރައްކާތެރި ވުމުގެ ގޮތުން ބޭނުން ކުރާ ހެެދުން ހަދިޔާ ކުރައްވާފައި ވެއެވެ.

މަންޑޭގެ އެހީގެ ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ހުސައިން ނައީމް "ވަގުތު" އަށް ވިދާޅުވީ ފަރާތުން ހުސައިން ވިދާޅުވީ އެހީގެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ނިމުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީގެ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ.

"މަންޑޭ ގަބޫލު ކުރައްވާ ގޮތުގައި މިފަދަ ދަނޑިވަޅެއްގައި ފޯރުތެރިކަން ހުންނަ ފަރާތްތަކުގެ ވެސް ކޮންމެވެސް ޒިންމާއެއް އޮންނާނެ. އެހީތެރިކަން ފޯރުކޮށްދިނުން އެއީ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން މަންޑޭ މަސައްކަތް ކުރެއްވީ. މަންޑޭ ވަނީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން، ރަށްރަށުގެ ކައުންސިލްތަކަށް އިސްވެ ގުޅުއްވައިގެން އެހީގެ ތަކެތި ހަވާލު ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަވާފައި." ހުސައިން ވިދާޅުވިއެވެ.

މަންޑޭ ވަނީ 2346 ފުޅި ސެނެޓައިޒާ، 47300 އަންގި، 135800 މާސްކް އެކި ރަށްރަށަށާއި ބައެއް މުއައްސަސާތަކަށް ހަދިޔާ ކުރައްވާފައެވެ. ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކުގެ އިތުރުން މަންޑޭ ވަނީ އެންއީއޯސީ، ފުލުހުން، ސިފައިން އަދި އައިޖީއެމްއެޗް އަށް ވެސް އެހީގެ ތަކެތި ހަދިޔާ ކުރައްވާފައެވެ.

މަންޑޭގެ އެހީ ރަށްތަކަށް ލިބެމުން ދާތީ، ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންނާއި، ކައުންސިލްތަކުން އަދި ގިނަ އަދަދެއްގެ އާއްމުން ވެސް ގެންދަނީ މީސް މީޑިއާގައި އެކަން ފާހަގަކޮށް މަންޑޭ އަށް ޝުކުރު ދަންނަވަމުންނެވެ.

މަންޑޭ އަކީ ކޮވިިޑް-19 އާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅާއެވެ. އޭނާ ފިޔަވައި އެހެން އެއްވެސް ވިޔަފާރިވެރިޔަކު ރާއްޖޭގެ ހުރިހާ ރަށަކަށް އަދި މިފަދަ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޫހ

    ????

    12
  2. ލިލީ

    މަންޑޭ އާ ބައްދަލު ކޮށްލަން ވަރަށް ބޭނުން

    23
    1
  3. ތަޚާނުގެ ޢަލިދީދީ

    ސާބަސް މަންޑޭ.

    28
    2
  4. މިީމަ

    މަންޑޭގެ މުދަލުގަ މާﷲ ބަރަކާއް ލައްވާދޭ އަދި ސުވަރުގޭގެ ދާއިމީނިޢުމަށް ދެއްވާންދޭ މިއީ ނަމޫނާ ދިވެހި ދަރިއެށް ސާބަސް ދަރިފުޅާ މިންޑޭ

    32
  5. ރަބަރޭ

    الحمد لله ތިބާ ﷲ ހުއްދަކުރަށް ވާފާއި ވާމަގުން ކުރާ ހުރިހާވިޔަފާރިއެގާއި ބަރަކާތްލަށްވާ ވިޔަފާރިތަށް ފުޅާވެ އިތުރު ތަނަވަސްކަން މިންވަރު ކުރަށްވާ ނިކަމެތިހާލުގާއުޅޭ މީސްތަކުންނަށް އެހީވުމަށް ތިބާގެ ހިތް އިތުރަށް ލަންބަވާ ތިބާއީ ﷲ ގެ މަގުގާ ހޭދަކުރާ އަދި ﷲ ވާޖިބު ކުރަށްވާ ފަރުލު ކުރަށްވާ ފާއިވާ އެންމެހާ ކަންކަން ފުރިހަމަ ގޮތުގެމަތިން ކުރުމުގެ ހެޔޮތައުފީގު ދެއްވުން އެދި ﷲ ގެ ހަސްރަތުގާ ދުއާދަންނަވަމެވެ
    ޢެންމެ މާތް ސަދަގާތަކީ ކަނާއަތުން ދޭ ސަދަގާތް ވާތައްވެސް ނޭގޭ ގޮތައް ކުރާސަދަގާތް ކަމުގާވެއެވެ

    19
  6. މަގޭ

    ގާސިމްބެއަށް ފެނޭތަ!

    14
    2