ރާއްޖެއިން ކޮވިޑް-19 ފެނުމަށް ފަހު ވިޔަފާރި ކުރާ ތަންތަން ހުޅުވާލަން ހުއްދަ ދިނުމަށް ސަރުކާރުން އެދުމުން ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ އެ ފަރާތްތަކުން ޝަކުވާ ކުރަން ފަށައިފިއެވެ.

ވިޔަފާރިތަކަށް ހުއްދަ ދޭނެ ގޮތް ކަނޑައަޅާ އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ހުއްދައަށް އެދެންޖެހޭ ފަރާތްތައް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުން ހުއްދައަށް އެދި ހުށަހަޅާނެ ގޮތް ބަޔާންކޮށްފައެވެ. އެގޮތުން މި ފަރަތާތްތައް ހުއްދައަށް އެދި [email protected] އަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިގޮތުން ހުއްދަ ދޫކުރެވޭނީ، ކަސްޓަމަރުންނަށް ހުޅުވާނުލައި، ހަމައެކަނި ވިޔަފާރިކުރާ ފަރާތުން ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގައި މަސައްކަތްކުރަން ބޭނުންވާ ބޭނުންވާ މުވައްޒަފުންނަށް ކަމަށެވެ.

މިހާރު ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަަށް ހުއްދައަށް އެދުމުން ޖަވާބު ނުލިބި ލަސްވާތީ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޓްވިޓާގައި ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ޒާހިދު ބުނެފައި ވަނީ އޭނާ ވިޔަފާރީގެ ހުއްދައަށް އެދުނީ 28 މޭއިގައި ކަމަށާއި، ފަސް ދުވަސް ފާއިތުވި އިރުވެސް ޖަވާބެއް ނުލިބޭކަމަށެވެ.

އަދި މާލޭސިޓީ ކައުންސިލަށް ގުޅުމުން ބުނަނީ ފުލުހުންނަށް ގުޅަން ކަމަށާއި، ފުލުހުން ބުނަނީ އިތުރަށް ބަލާނެ ކަމުގެ ވާހަކަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ކުރި އިތުރު ޓްވީޓެއްގައި ވަނީ އެ ހުއްދަތައް ނުލިބޭ ނަމަ ފިހާރަތަކުގެ ޚިދުމަތް ދޭން ނިކުންނަ ފަރާތްތައް ހިފަހައްޓާ ޖޫރިމަނާކުރުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާކަމަށެވެ.

އަދި މި ނޫނަސް އެކި ތަންތަނުގެ ހުއްދަތަށް ނުލިބި ލަސްވާތީ ވިޔަފާރިވެރިން ދަނީ އެކަމުގެ ޝަކުވާ މީސްމީޑިއާގައި ވެސް އުފުލަމުންނެވެ. ވިޔަފާރިވެރިން ވަނީ ހުއްދަ ނުލިބޭ ތަނުގައި ކަމާއި ބެހޭ ފަރާތްތަކުން އެކަށީގެންވާ ޖަވާބެއް ނުލިބޭކަން ފާހަކުރައްވާފައެވެ.

އެގޮތުން އިންތިޒާމްތަކުގެ ފެންވަރު ރަނގަޅު ނޫން ކަމަށް ބައެއް މީހުން ފާހަގަކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ ފުރަބަންދަށް ލުއިދިން ފަހުން ކަންކަން ކުރަން މާ އުނދަނގޫ ކަމަށް ބުނެފައެވެ.

ގިނަ މީހުން މި ކަމާއި ގުޅިގެން ފާޑުކިޔަމުންދަނީ މާލެ ސިޓީ ކައުންސިލަށެވެ. އެގޮތުން ޒިންމާ އަދާނުކުރެވޭ ނަމަ އެ މަސައްކަތް ފުލުހުންނާއި ހަވާލުކުރުމަށް ބައެއް އާއްމުން ވަނީ ގޮވާލާފައެވެ.

 

މިހާރު ހުއްދަ ދޫކުރުމުގެ މަރުހަލާ ހަމަޖެހިފައި އޮންނަ ގޮތުން އެންމެ ފުރަތަމަ މާލެސިޓީ ކައުންސިލަށް މައުލޫމާތު ފޮނުވުމުން އެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ވެރިފައިކުރެއެވެ. އަދި ފުލުހުން ހުއްދަ ދޫކުރަނީ އެގޮތުން ވެރިފައި ކުރުމަށްފަހުއެވެ.

ބައެއް ވިޔަފަރިވެރިން ވަނީ މި މަރުހަލާގައި ހުއްދަތަށް ތާށިވަނީ ކިހާ ހިސާބުންކަން ސާފު ނުވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ސިޓީކައުންސިލާއި މުއާމަލާތް ކުރެވޭ ކަމަށާއި، އިކޮނޮމިކް މިނިސްޓްރީގެ ހޮޓްލައިނުން ޖަވާބެއް ނުލިބޭ ކަމަށް ބުނެ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކުން ވަނީ ސިޓީ ކައުންސިލުން ވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.

ހަތަރު ފަސް ދުވަސް ތެރޭގައި ހުއްދަ ނުދެވުމުން ސިޓީ ކައުންސިލްގެ ޤާބިލްކަމާއި މެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ވިޔަފާރި ހުއްދަތަށް ފުލުހުން މެދުވެރިކޮށް ދިން އިރު އިންތިޒާމްތައް މާ ރަނގަޅުކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

އަދި ބައެއް ޓްވީޓްތަކުގައި ބުނެފައި ވަނީ ހުއްދަ ނުލިބި ލަސްވަނީ ފުލުހުންނާއި ހަމައަށް ލިބެން ޖެހޭ މައުލޫމާތުތައް ނުލިބިގެން ކަމަށް ފާހަަކުރައްވާފައެވެ.

https://twitter.com/RifaaAhmed/status/1267488672628146176

މުވައްޒަފުންނަށް ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލުގައި ބުނެފައިވާ ގޮތުގައި، ހުރިހާ ވިޔަފާރިތަކެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނީ، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށް ކަަމަށާއި، އެފަދަ މުވައްޒަފެއް ނެތްނަމަ، ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެް ހުއްދަ ދޫކުރާނެ ކަމަށެވެ.

އަދި މިގޮތަށް ހުއްދަ ދޫކުރާއިރު، މުވައްޒަފުންގެ ޢަދަދު 10 އަށްވުރެ މަދު ނަމަ، ދޫކުރަނީ 2 މުވައްޒަފުންނަށްވާ ހުއްދައެވެ. އަދި މުވައްޒަފުންގެ ޢަދަދު 10 އާއި 30 އާ ދެމެދުގެ ޢަދަދެއްނަމަ، އެ މުވައްޒަފުންނަށް ކަމަށާއި، އެ މުވައްޒަފުންގެ ޢަދަދު 30 އަށްވުރެ މަތިނަމަ، ހުއްދަ ދޫކުރާނީ %20 މުވައްޒަފުންނަށް ކަމަށް ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުން މުވައްޒަފުންގެ ޖުމްލަ ޢަދަދު ކަނޑައެޅުމުގައި ބަލާނީ، ޕެންޝަން އޮފީހަށް ހުށަހަޅާފައިވާ މުވައްޒަފުންގެ މަޢުލޫމާތު އަދި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހުމަދު ނީޒް

    އާ މިދެން އެއްވެސް އިންތިޒާމެއް ނެތި ހިންގާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ކަމެއް. ސިޓީ ކައުންސިލް އިން އިކޮނޮމިކް މިނިސްޓް ރީ އަށް އެއަށް ފަހު ޕޮލިހަށް. ދުވަހަކު ނިމުމެއް ނެތް. ފެއިލްވެފަ ބޮޑު ތަނުން. ދެންވީ ލޯނު ނަގައިގެން މުސާ ރަ ދޭން. ކިހާ ސަޅި އިގްތިސޯދީ ސިޔާ ސަތެއް.

    13
    1
  2. Can

    މިސަރުކާރުމީބޮޑުބަލާވެރިކަމެއް

    16
  3. ޖަވާދު

    ސިޓީ ކައުންސިލުން ބުނީ އިކޮނަމިކަށޭ އެގޭނީ! އިކޮނަމިކުން ބުނީ ޕޮލިހަށޭ އެގޭނީ! ޕޮލިހުން ބުނީ އެގޭނީ ސިޓީކައުންސިލަށޭ! ރައްޔިތުމީހާ ވަށާ އެބުރެނީ ޖަވާބުދާރީ ވާނެ މުއައްސަސާއެއް ނެތް! ހުރިހާ އިންތިޒާމުގެ ފުރިހަމަ ކަމުން ވާނުވާ ނޭގިފަ

    15
  4. ......

    ސިޓީ ކައުންސިލް އާއި އެކޮނޮމިކް މިނިސްޓްރޯގެ ލަސްކަމެއް ކަމަށް ބެލެވޭ...އެހެންވެސް ވާނެތާ މަގުމަތިން މީހުން ހޮވައިގެން މަގާމުތަކަށް އައްޔަން ކުރީމަ...ޕޮލިސް ކޮލިފައިޑް ވާނެ މިކަމަށް...އެކަމަކު ޕޮލިހުންވެސް އެބަޖެހޭ ތަންކޮޅެއް ޕްރޮފެޝަނަލް ބަޔަކަށްވާން...ޕޮލިހުންވެސް ކަމެއް ތަންފީޒު ކުރަންވާނީ އެ ކަމަކީ އެމީހުންގެ ހުވަޔާ ތަޢާރަޒް ނުވާ ކަމަކަށް ވަންޏާދޯ...ޕޮލިހުންނަށް މިއިޚްތިޔާރު އެންމެ މިނިވަން ގޮތުގައި އޮންނަންޖެހޭ...އެހާރުން ގިނަ ކަންތައްތަކެއް ބަދަލުވެ ރައްޔިތުންނަށް ރައްކާތެރިކަން ޔަގީން ވާ މިންވަރު ބޮޑުވާނެ ކަމަށް ގަބޫލު ކުރެވޭ

    14
    • Anonymous

      ސަރުކާރު ފެއިލްވެފައި. ގާބިލްކަމެއްނެތް ގުނބޯތަކެއް ދައުލަތުގެ ހުރިހާތަނެއްގައިވެސް ތިބީ.

  5. ޢަހިމަދު

    ސިޓީ ކައުންސިލް އެއްގޮތަކަށްވެސް ފޯނެއްނުނަގާ ކައިކައިގެން ތިވެނީ ވަރަށް ފެންވަރުދަށް ސިޓީކައުންސިލް

    14
  6. ހަދީ

    މިދެންބޮޑު އުދަގުލެއް ވިޔަފާރިތަކަށްހުއްދަދީފައި ތަނުގެ މުވއްޒިފުންނަކަށް ހުއްދައެއްނުލިބޭ މިހާރުދެމަސްވަނީ ވަޒީފާއަށްނުނިކުންނަތާ ހުއްދަ ހޯދަންއެދޭއިރަށް “ޔޯރިކްއެސްޓެޑް ރިޖެކްޓެޑް” މިމީހުންނަށްމަސްނިމޭއިރަށް މުސާރަލިބޭނެ ދެންއެހެންމީހުން އުޅޭ ދަތިހާލަކަށް މިމީހުން ވިސްނާކަށްނުޖިހޭނެ

  7. Anonymous

    ސަރުކާރުގެ ވަގު އެޖެންޑާއަކީބރައްޔިތުން ހާލުގައި ޖެއްސުން. ވިޔަފާރިތަކަށް ހުއްދަނުދޭ. ލޯނުތައްފަސްކޮށްދިނުމަށް ލޯނުދޫކުރާ ފަރާތްތަކަށް އެންގުމެއްނެތް. ކިހާބޮޑު މުސީބާތެއް މިއޮތީ މިގައުމަށް ޖެހިފައި.

  8. ނަައީމް

    ވޯޓްދީގެން ވެރިޔަކު މިހޮވަނީ އިތުރަށް ކަންކަން ރަނގަޅުކުރަން އެކަމަކު މި އުޅޭ އެމްޑީޕީ އަންނިގެ ފަހުލަވާނުން މިކަން މިކުރަނީ އެކަލޭގެ ބުނާގޮތަށް ބަލަ މިކަން ހައްލުކުރުމަށް ހުރިހާރައްޔިތހުންވެސް ވިސްނަބަލަ އެންމެދުވަހަކީވެސް ބޮޑުގެއްލުން ހަމަ އަމިއްލައަށް ޒިންމާނަގަންވެސް މިޖެހެނީ ސަހާދެއްމިބުނީ ބޯހަލާކު ދުވަހަކު ދެން އެމްޑީޕީއިން ނިކުންނަ މީހަކަށް ވޯޓެއްނުދޭނަން ހަމަހަތްހަރާމުންހަރާމް ކިތަންމެ ރަނގަޅުމީހެއްނިކުތަސް އަންނިބުނާގޮތްހަދަންޖެހޭތީ