ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި އިތުރު ބަލިތައް ހުރި 67 މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ހާމަ ކޮށްފިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1841 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 601 ދިވެހިންނާއި ބޭރުގެ 1240 މީހުންނެވެ.

މިއަދު 12 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 5 ދިވެއްސަކީ ބަލި ނުރައްކާވެދާނެ އިތުރު ބަލިތަކެއް ހުރި މީހުން ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އެކްޓިވް ކޭސްތަކުގެ ތެރޭގައި 1224 ކޭސް ހިމެނޭއިރު، އޭގެ ތެރޭގައި އެކި ބަލިތައް ހުރެގެން ދިގު މުއްދަތަކަށް ބޭސް ކުރަމުން އަންނަ 67 މީހަކު އުޅޭ ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑް-19 ނުރައްކާވެދާނެ ބަލިތައް ހިމެނޭ ކަމަށް ބެލޭވޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މިހާތަނަށް ފާހަގަވާ ހުރިހާ ކޭސްތަކަށް ބަލާއިރުގަ ފާހަގަކުރެވިފައި އެބަވޭ 67 މީހަކު އެހެން ބޮޑެތި ބަލިތައް ހުރި މީހުންގެ ގޮތުގައި" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އައިއިރު 608 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 7 މީހަކު މި ބަލި ޖެހިގެން ވަނީ ނިޔާވެފައެވެ.

އިތުރު ތަފްސީލު އަންނަނީ.....

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަގުރޫޓު

    މަބޫ ތިކަމުން ދޭހަވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކަލޭމެ ތައްޔާރުވެފަ ނުވާކަން މިހާރު ސަރުކާރު ހިންގަމުން ގެންދާ ޤާނޫނާއި ޚިލާފު ޖަރީމާ ފަސްއަޅައި ފޮރުވުމަށް ޓަކައި ވީވަރަށް ވުރެބޮޑުކޮށް ގެން ކޮވިޑް-19 ރައި ގެވާހަކަ ތިފަތުރަނީ ތިހެންކިޔާލަ ކިޔާލާ ތިތިބެނީ ގޮތްނޭނގޭ ކަންތައްގަނޑެއް ހިންގުމަށް ކޮވިޑް-19 ބޭނުންއެބަކުރޭ ތިކަމުގައި އަޑިނޭނގޭ ކަންތައް ގަޑެއް ހިންގާފާޑު އެބަޖަހާ!

    6
    1
  2. Anonymous

    ހޫނ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މީނދީ އަރާ