އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓެއް ހަދައިދޭ އަގަކީ 675 ރުފިޔާއަށް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު އަޒީޒު ވިދާޅުވީ، އޭޑީކޭ އަކީ ޕްރައިވެޓް ހޮސްޕިޓަލެއް ކަމުން އެތަނުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް، ކޮންމެ ޓެސްޓަކަށް 675 ރުފިޔާ ނަގާކަމަށެވެ.

އަދި އޭޑީކޭއިން ހަދާ ޓެސްޓްގެ ބިލް ކުރާނީ އައިޖީއެމްއެޗް އަށް ކަމަށް މައުލޫމާތު ލިބޭ ކަމަށްވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

"އޭޑީކޭން ޓެސްޓް ހަދައިދޭ އަގަކީ 675 ރުފިޔާ ޓެސްޓެއްގެ ރޭޓުން. އައިޖީއެމްއެންއެޗް އިން ޓެސްޓް ކުރުމަކަށް އެއްވެސް ފީ އެއް ނުނަގާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނޭ" މަބްރޫކު ވިދާޅުވިއެވެ.

އޭޑީކޭއިން ކޮވިޑް-19 ޓެސްޓް ހެދުމަށް ފައިސާ ނަގާއިރު، އެ ހޮސްޕިޓަލުން ހަދާ ޓެސްޓްގެ ނަތީޖާ 18 މިނަޓް ތެރޭގައި ލިބޭނެ ކަމަށާއި ގަޑިއަކު 300 ޓެސްޓް ހެދޭނެ ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮތަރު

    އަގު ތަންކޮޅެއް ކުޑައެއްނު ނާޝިދޫ. ކިޔަން ހު ރި ބައިވަ ރު ގިނަކަމުން އިތު ރު އެއްޗެއް ކިޔާކަށް ނެތިން.

    13
  2. މޮޔަބެ

    ރަގަޅުތާ ޑަބްލިއު އެޗް އޯ .. ހުއްދަކުރާ ކިޓް ސެޓް 15 ޑޮލަރަށް ލިބޭއިރު 675 މާބޮޑެއްނޫންތާ... ތަފާތަކީ 155ރ އަކާއި 675ރ... މިއީ ވެސް ވިޔަފާރިވިއްޔާ...ދެރަދޯ..

    12
  3. ލުޓޭރުންގެ ސަރުކާރު

    ރައްޔިތުން އަތްތިލަބަޑިޖަލާ....ޒުންބާވެސްޖަހަންވީ....ދައުލަތުން ބަދަލުދެނީ ބައިމީހަކަށް...އާސަންދަ ހުސްވެގެން ރައްޔިތުމީހާ ބޭސްސިޓީ ސަލާމާހިގަނީ...ގައުމެއްގެ ސަރު ކާރަ ކަށް ތިޔަމެޝިނެ ނުގެނެވުނު..އަމިއްލަ ވިޔަފާރިވެރިޔަ ކު މެޝިންގެނެސް ވިޔަފާރި ކުރާއިރު...ގާބިލް ސަރު ކާރެމިއޮތީ....ހެލްތްމިނިސްޓަރު ނަފްސު ޕްރޮމޯޓު ކުރާވަރަށްވެސް ހިންގުންތެރި ގާބިލް...

  4. މަނާލްނާނި

    އެޑީކޭ ސަރުކާރަށް ނަގަންވީ! ކުޑަކުއްޔެއްގައި ހެންވޭރުގެ ދެބައިކުޅައެއްބައި ނާޝިދުއަށްދީގެން މުޅިދުނެޔެއިންވެސް އެންމެއަގުބޮޑު އެއްހޮސްޕިޓަލަށްވެފައިމިވަނީ. އެގްރީމަންޓު އުވާލާފައި ތަންއަތުލަންއެބަޖެހޭ!