ރާއްޖޭގައި އުފެއްދި ވެންޓިލޭޓާރުތައް ބޭނުމެއް ނުކުރެވޭނެ ކަމަށާއި، އެއީ އެވެންޓިލޭޓަރުތަކުގެ ފެންވަރު ޓެސްޓް ކުރެވެން ނެތުމުން ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބަޔޯ މެޑިކްސް އާއި އިންޖީނިއަރިންގ ގުޅިގެން ވެންޓިލޭޓަރުތައް ހެދުމުގެ މަސައްކަތް ފަށައި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. ރާއްޖޭގައި ސިފައިންނާއި، އައްޑޫ މީހެއްގެ އިތުރުން ށ. ގޮއިދޫ ޒުވާނަކު ވަނީ ވެންޓިލޭޓަރު އުފައްދާފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ވެންޓިލޭޓަރު ހެދޭތޯ ބަލާ އެކްސްޕެރިމެންޓް ކުރަމުން ދިއުމަކީ ފެށުނު ވަރަށް ރަނގަޅު ކަަމެއް ކަމަށެވެ.

"އެހެން ނަމަވެސް އެ ތަކެއްޗަކީ ވަކި ސްޓޭންޑަޑަކަށް މީހެއްގެ ފުރާނައެއް އޭގެ މައްޗަށް ދޫކޮށްލާވަރުގެ އެއްޗެތޯ ޓެސްޓު ހެދޭނެ ކެޕޭސިޓީއެއް އަދި ރާއްޖެއަކު ނެތް. އެއީ ފެއްޓުނު ރަނގަޅު ކަމެއް، އަދި އޭގައި މުސްތަގްބަލެއް އޮތިއްޔާ އެ މުސްތަގްބަލް އެކްސްޕްލޯ ކުރަންވެސް ރަނގަޅު ކަމެއް، މިވަގުތަކު އަޅުގަނޑުމެންގެ ގައުމަކު ހިއެއް ނުވޭ ހުރި ހެންނެއް އޭގެ މައްޗަށް ފުރާނަ ދޫކޮށްލެވޭ ވަރު ހުރި އެއްޗެއްތޯ ޓެސްޓު ކުރުމުގެ. (ގާބިލްކަމެއް) އެއީ ނުވާނެ ކަމެއް ނޫން، ޓެސްޓު ކުރެވޭނެ، އަޖުމަ ބެލެވޭނެ ގޮތެއް ނެތޭ އަޅުގަނޑު މި ބުނަނީ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ އެކި ވައްތަރުތައް ހުންނަ ކަމަށާއި، އޭގެތެރެއިން ހޮސްޕިޓަލްގައި ބަހައްޓަން ރަނގަޅީ އެއް ވައްތަރު ކަަމަށް ޓެކްނިކަލް އެސިސްޓެންސް ގްރޫޕް، (ޓެގް) ޓީމުން ވިދާޅުވެފައިވާ ކަމަށެވެ.

"އައިސީޔޫގައި އިންކިއުބޭޓްކޮށްގެން ބޭނުން ކުރާ ވެންޓިލޭޓާސްއާއި އަނގައިގެ މާސްކެއްގެ ގޮތުގައި އަޅައިގެން ބޭނުން ކުރާ ވެންޓިލޭޓަރާއި، ޕޯޓަބަލް އެއްޗެއްްސާއި، މިހެން ގޮސް ބައިވަރު ވައްތަރުގެ ވެންޓިލޭޓަރު ހުރޭ" މަބްރޫކް ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެ އޮޕްޝަން އޮވެފައި، ރާއްޖޭގެ ކެޕޭސިޓީއަށް ނުކަތާ ވަރަށް ވޭދަނަތައް ހިނގައްޖެ ހާލަތެއްގައި ރާއްޖެއިން އުފެއްދި ވެންޓިލޭޓަރުތައް ބޭނުން ކުރެވިދާނެ ކަމަށެވެ.

"އެ އޮޕްޝަން އޮވެފައި، މިސާލަކަށް ކެޕޭސިޓީއަށް ނުކަތާ ވަރަށް ވޭދަނަތައް ހިނގައްޖެއްޔާ ދެން އަޅުގަނޑުމެންނަށް.... އެ ކެޕޭސިޓީ އޮންނާނެތާ އަޅުގަނޑުމެންނަށް އެމާޖެންސީ ހާލަތުގައި،އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައި ވީކޭން ސްޓިލް ރިލައި މި ބުނާހެން އަޅުގަނޑުމެންގެ އަމިއްލަ ޑެވެލޮޕްމެންޓަކުން އުފެއްދޭނެ ވެންޓިލޭޓަރުތައް" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ޓެސްޓު ނުކޮށް އެމާޖެންސީ ހާލަތެއްގައި ނޫން ހާލަތެއްގައި ބޭނުން ކުރާ ވެންޓިލޭޓަރުތަކުން ބައިވަރު މައްސަލަ ނުކުންނާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަަށް ހީވަނީ އަޅުގަނޑުމެން މަޑު ކުރާނީ ބޭރުން އެ ގެންނަ ވެންޓިލޭޓަރުތައް ލިބެންދެން، އަޅުގަނޑުމެންގެ ކެޕޭސިޓީ ބިލްޑް ކުރެވިދާނެ. އެހެން ނަމަވެސް އެ ވެންޓިލޭޓަރު ޔޫސް ކުރާއިރު ޔޫސް ކުރެވޭނީ އަދި ބްރޭންޑެޑް އެއްޗެހި". ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މާރިޔާދައިތަ

  ދެންކީކޭ ބުނާނީ. އަހަރުމެންނައް އޭރުވެސް އެގުނު ތީ ރައްޔެތުން ގުބޯ ހައްދަން ނެރުނު ތޮށިގަޑެއްކަން! ތިމީހުން ކުރާނެ މަސައްކަތެއް ނެތިގެން މިދުވަސް ވަރު އުޅުނީ ތީ ހައިރާން ވެއްޖައިން!

  10
  6
 2. ސަމްސިއްޔާ

  އަހަރުމެންނަށް ތިކަން އިނގޭމާ ކުރިންވެސް. އެގޮތަށް އުފައްދާ ޑައި (ޑީ.އައި.ވައި) ވެންޓިލޭޓަރ އަކީ މީހެއްގެ ފުރާނާއާއި ގުޅިފައިވާ ކަންކަމުގައި ބޭނުން ކުރެވޭ އެއްޗިއްސެއް ނޫން. ސިފައިންވެސް ހީވަނީ އެހެންފަދަ ކަމެއްހެން ފޮޓޯނަގާ ޓްވީޓް ނުކުރެވިގެން އެމްބޫ ބޭގަކަށް ފިއްތާލެވޭކަހަލަ އެއްޗެއް ހެެދިގެން. ތިމަންނަމެން ވެންޓިލޭޓަރ އުފައްދައިފީމޯ. ކޮބައިތަ މާރިއާ؟؟ “އިޓް ރިއަލީ ވޯކްސް އޯ” ޑޫޔޫނޯ ހައު އަ ވެންޓިލޭޓަރ ވޯކްސް މާރިއާ

  15
  1
 3. ހަމާމް

  ތީ ސިފައިންގެ އަތްތެ ރި މަސައްކަތުގެ މައު ރަސައް ބަހައްޓާލާ.

  9
  2
 4. ނިޒާމު

  ތިޔައީ ހަމަ އޭރުވެސް އިނގޭ ކަމެއް އަދި ކުރެވޭނެ ކަމެއް ނޫންކަން ނަމަވެސް ބަޔަކު ނޫސްތަކުގެ ހެޑްލަިނުން ޖާގަހޯދައި މައްސޫރު ވެ ފައިދާގަނޑެއް ލިބޭތޯ ކުރިކަމެއް

  11
  1
 5. ޢަބްދުއްލާ

  ރާއްޖޭގައި އުފެއްދި ވެންޓިލޭޓާރުތައް ބޭނުމެއް ނުކުރާނެ، އެއީ ޓެސްޓް ކުރެވެން ނެތުމުން

  6 ގަޑިއިރު ކުރިން ( ޖޫން 2, 2020 )

  މިވެސް މަދިޔައީ ޗޮކުންދޯ ؟؟ އަނެއްކާވެސް ސިފައިންގެ އަގުވަށްޓާލީދޯ ؟؟ ހުރޭ ރައީސް

  ޔާމީނު ވެރިކަމަށް އަތުވެއްޖެނަމަ ތިޔަށް ވެސް ހަމައަގު ލިބޭނެ.

  2
  1