ކޮވިޑް-19 ފެތުރެމުން ދާތީ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ އެލަވެންސްތައް މި މަހުގެ ފަހު ކޮޅު ލިބޭނެ ކަމަށް އެންއީއޯސީން ބުނެފިއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ހާއްސަ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ އެލަވަންސްތަކާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މައުލޫމާތު ސާފު ކޮށްފައިވާ ކަމަށެވެ.
އެމުވައްޒަފުންނަށް މާޗު މަހުން ފެށިގެން ލިބެން ޖެހޭ އެލަވެންސްތައް މިމަހުގެ ފަހުކޮޅުގެ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
"މި މަހުގެ މެދުތެރެއާއި ހަމައަށް ދާންވާއިރަށް، އެބޭފުޅުން މިކަމާއި ބެހޭ ހުރިހާ މައުލޫމާތެއް އެއް ކުރައްވާނެ ކަމަށް. އަދި މިމަސް ނިމުމުގެ ކުރިން އެތަކެތި ޕްރޮސެސް ކުރުމަށް ފަހު މާޗުން ފެށިގެން ލިބެންޖެހޭ އެލެވެންސް ތަކުގެ ލާރި ދޫކުރުން މިމަސް ނިމޭ ހިސާބުގައި ކުރައްވާނެ ކަމަށް" މަބްރޫކު ވިދާޅުވިއެވެ.
އެންއީއޯސީން މިކަން ހާމަ ކޮށްފައިވާއިރު، ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެލަވެންސް ލިބުން ލަސްވުމުންދާތީ ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރަމުންނެވެ.
ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކުރާ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސެއް ދޭން ނިންމާފައިވާ ކަން ސަރުކާރުން ހާމަކުރީ މިދިޔަ މަހުއެވެ.
ކުރީސަފުގަ މިތިބީ ސެކަންޑަރީ ކޮންޓެކްޓްއޭ ކިޔާފަ ގެޔަކުނޫންދޯ
ވެމްކޯ މީހުން ހިމެނޭތަށް އެމީހުން އެމަސައްކަތް ކުރަނީ ކުރީ ސަފުގަ ދޯ
އެއްބައެއްގެ އިތުރު ގަޑިއާއި އެލަވަންސްތައް ކަނޑާ ލާފަ އަނެއްބައެއްގެ އެލަވަންސް ހަމަޖައްސަވާދެއްވުމަ ކީ އޯގާތެރި ކަމާއި ހަމަހަމަ ކަން ހައްދު ފަހަނަ އަޅާދިއުން - ވަރަށް ފުރިހަމަ ހިންގުންތެރި ސަރުކާރެއް، ހާރުދަމުގެ ވަގުތުގައި މާރާމާރީ ހިންގުމަށްފަހު ޤާނޫނު އަސާސީ އިޞްލާޙު ކޮަށް މި ސަރު ކާރުގެ ޢުމުރު ދަންމާލަން ފެނޭ
ކޮބާތަ ކުރީ ސަފަކީ؟؟؟ ނަން ވަނީ ޑޮކްޓަރުންނާ ނަރުހުން އެކަނި..
ގިއްކިޔާފަ ހިނި އަންނަނީ....
ކކކ ކުރީ ސަފުގަ ތިބިކ ކުދިން ފައްސިވެގެން ވަ ކިން ރަށްރަށުގަ ތިބީ ބައިތިއްބާފަ
ޗުއްޓި ބޭނުމީ ޗުްޓީ. ލައްކަ ހާލުގަ ތެޅެވިއްޖެ.