ސްކޫލްތަކުގެ ޓީޗަރުން މިމަހުގެ 14 ވަނަ ދުވަހު ސްކޫލްތަކަށް ރިޕޯޓް ކުރަން އަންގާފައި ނުވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ރޭ ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، ޓީޗަރުން ސްކޫލްތަކަށް ރިޕޯޓް ކުރަން ޖެހޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކަ އެއް ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީން އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

އަދި އެކަމަކީ ކިހިނެއް ހިނގި ކަމެއްތޯ އެޑިއުކޭޝަން މިނިސްޓްރީން ބަލަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ޓީޗަރުން ސްކޫލްތަކަށް 14 ޖޫން އަށް ރިޕޯޓް ކުރުމަށް އަންގާފައިވާކަމުގެ ވާހަކަތަކެއް ދެކެވެމުންދާތީ، މިނިސްޓްރީން ވިދާޅުވަނީ އެކަހަލަ އެއްވެސް ލިޔުމެއް އެބޭފުޅުންގެ ފަރާތުން ނެރުއްވާފައެއް ނޯންނާނެ ކަމަށް،" މަބްރޫކު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދެއްވައި މަބްރޫކް ވިދާޅުވީ، ސްކޫލްތައް އަލުން ހުޅުވި ޓީޗަރުން ރިޕޯޓުކުރަން ފަށާނެ ތާރީހާއި އެހެނިހެން ތަފްސީލްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްކޫލްތައްވެސް ވަނީ ބަންދު ކޮށްފައެވެ. ސްކޫލްތައް ބަންދު ކޮށްފައިވީ ނަމަވެސް މިނިސްޓްރީން ވަނީ ދަރިވަރުން ގޭގައި ތިބެގެން ފިލާވަޅުތައް ލިބޭނެ ގޮތް ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފައިރޫޒު

    ޓީޗަރުން ސުކޫލުތަކަށް ނުނެރޭކަން. މިހާރު ހިނގަމުންދާ ހަފުތާ އާއި ކުރިޔަށް އޮތް ހަފުތާ އަކީ އެކަޑަމިކު ކަލަންޑަރުގައި ދަރިވަރުންނާއި ޓީޗަރުންނަށްވެސް ޗުއްޓީ ހަފުތާއެއް. އެކަމަކު އެ ދުވަސްތަކުގައިވެސް މިނިސްޓްރީގެ އިޝާރާތަށް ޓީޗަރުން ގޫގުލް ކުލާސް މެދުވެރިކޮށް ފިލާވަޅު ދީ އެ ފިލާވަޅު މާކުކޮށް ހަދަމުން އެބަދޭ.
    މިއަހަރުގެ ފިތުރު އީދު ބަންދުގައިވެސް ވަޅު ޢިދު ދުވަހުން ފެށިގެން ޓެލެކިލާސް ތައް އެބަފޮނުވާ. އެކި ސުކޫލުތަކަށް އެކި ފިލާވަޅުތައް ތައްޔާރުކޮށް ފޮނުވަންވެސް އަންގާފައިވާ ކަމަށްވޭ.

    6
    2
  2. ފައިރޫޒު

    ޓީޗަރުން ސުކޫލުތަކަށް ނުނެރޭކަން. މިހާރު ހިނގަމުންދާ ހަފުތާ އާއި ކުރިޔަށް އޮތް ހަފުތާ އަކީ އެކަޑަމިކު ކަލަންޑަރުގައި ދަރިވަރުންނާއި ޓީޗަރުންނަށްވެސް ޗުއްޓީ ހަފުތާއެއް. އެކަމަކު އެ ދުވަސްތަކުގައިވެސް މިނިސްޓްރީގެ އިޝާރާތަށް ޓީޗަރުން ގޫގުލް ކުލާސް މެދުވެރިކޮށް ފިލާވަޅު ދީ އެ ފިލާވަޅު މާކުކޮށް ހަދަމުން އެބަދޭ.
    މިއަހަރުގެ ފިތުރު އީދު ބަންދުގައިވެސް ވަޅު ޢިދު ދުވަހުން ފެށިގެން ޓެލެކިލާސް ތައް އެބަފޮނުވާ. އެކި ސުކޫލުތަކަށް އެކި ފިލާވަޅުތައް ތައްޔާރުކޮށް ފޮނުވަންވެސް އަންގާފައިވާ ކަމަށްވޭ. ވީމާ ޓީޗަރުންގެ ޗުއްޓި ކޮބާ!

    3
    3
  3. ނުހާ

    މިހާރު ހިނގަމުން މިދަނީ އެކަޑެމިކް ކަލަންޑަރުން ޗުއްޓީ އެކަމަކުވެސް ޓެލިކިލާސް އަށް މަސައްކަތް ތައްޔާރު ކުރަންޖެހޭ ދެންކޮބާ ޗުއްޓީ

  4. އިންސާނާ

    ހެވެއްނު ސްކޫލްތައް ބަންދޮކކޮށްފަ އޮތަސް ޕްރިންސިޕަލަށް %33 އިތުރު ގަޑިލިބޭ

  5. ށަވިޔަނި

    ސާބަސް، މިއޮއް ހުރިހާ ދުވަސްތައްވެސް ޗުއްޓީ، ޝުކުރު ކުރަން ދަސްކޮށްބަލަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ