22:48

މުވައްޒަފުން ރިސޯޓްތަކަށް ދިއުމަށް މިހާރު ހުރަހެއް ނެތް ކަމަށް ޓްއަރިޒަމް މިނިސްޓްރީއަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާ ދެއްވާފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެ.

22:48

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހިގެން 600 އަށް ވުރެ ގިނަ ނަރުހުން މަރުވެއްޖެ. އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސް (އައިސީއެން) އިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކިންކޮޅުތަކުން ކޮވިޑް-19 ބަލީގައި އެހާ ގިނަ އަދަދެއްގެ ނަރުހުން މަރުވި އިރު، 450,000 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނަށް ބަލި ޖެހިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް.

22:07

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 36 މީހަކު ރަނގަޅުވެއްޖެ.

22:05

ރާއްޖެއިން އިތުރު 09 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:44

18:24

ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީ ޣައްޒާގެ މިސްކިތްތަކާއި ކުޑަކުދިން ކިޔަވަމުން އަންނަ ބައެއް ސްކޫލްތައް ހުޅުވާލައިފި.

17:57

އީރާނުން ކޮވިޑް-19 ޖެހިގެން އިތުރު 70 މީހަކު މަރުވެއްޖެ، މިއައެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 8،012 އަށް އަރާފައި. އެ ގައުމުން އިތުރު 3،134 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 160،696 އަށް އަރާފައި.

17:56

އިންޑިއާއިން ކޮވިޑް-19 ޖެހިގެން އިތުރު ފަސް މީހަކު މަރުވެއްޖެ، މިއައެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5،834 އަށް އަރާފައި. އެ ގައުމުން އިތުރު 1،518 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 208،709 އަށް އަރާފައި.

17:55

ރަޝިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 178 މީހަކު މަރުވެއްޖެ، މިއައެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5،215 އަށް އަރާފައި. އެ ގައުމުން އިތުރު 8،536 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 432،277 އަށް އަރާފައި.

17:54

ބްރެޒިލްއިން ކޮވިޑް-19 ޖެހިގެން އިތުރު 31 މީހަކު މަރުވެއްޖެ، މިއައެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 31،309 އަށް އަރާފައި. އެ ގައުމުން އިތުރު 1،569 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 558،237 އަށް އަރާފައި.

17:52

އެމެރިކާގައި ކޮވިޑް-19 ޖެހިގެން އިތުރު 24 މީހަކު މަރުވެއްޖެ، މިއައެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 108،083 އަށް އަރާފައި. އެ ގައުމުން އިތުރު 277 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،881،482 އަށް އަރާފައި.

17:35

މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 470 މީހަކު މަރުވެއްޖެ.

15:57

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދާއި ހަމައަށް 700 އަށްވުރެ ގިނަ ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ސިއްހީ ހިދުމަތްތެރިންނަށް ތަމްރީނު ދީފައިވާ ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެ.

15:34

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދިނުމަށް 7 މިލިއަންއިން 36 މިލިއަންއަށް އޮކްސިޖަން ކެޕޭސިޓީ އިތުރު ކުރެވިފައިވާކަމަށް ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެ.

15:14

ފަތުރުވެރިކަން ހުޅުވާލުމަކީ ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރައްވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ރާއްޖެއަށް ގެނައި މެޑިކަލް ޓީމްގައި ހިމެނޭ ޑރ. ބްރޫސް ސްޓޯވަރ ވިދާޅުވެއްޖެ.

14:48

ކޮވިޑް-19 ޖެހިގެން އެންމެ ގިނަބަޔަކު މަރުވި އެއް ގައުމު ކަމަށްވާ އިޓަލީގެ ބޯޑަރުތައް ހުޅުވާލައި، ޔޫރަޕުން އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފި.

14:33

މަދިރީގެ ސަބަބުން މިފަދަ ގިނަ ބަލިތަކެއް ފެތުރޭތީ ގިނަ ބައެއްގެ ކަންބޮޑުވުން މިހާރު އަމާޒުވެފައިވަނީ އޭގެ ސަބަބުން ނުރައްކާތެރި ކޮވިޑް-19 ފެތުރިދާނެތީ. އުފާވެރި ހަބަރަކީ މަދިރީގެ ޒަރިއްޔާއިން މި ބަލި ފެތުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ކަމުގެ މާހިރު ބުނުން.

12:34

ރާއްޖެއިން ކޮވިޑް-19 ފެނުމަށް ފަހު ވިޔަފާރި ކުރާ ތަންތަން ހުޅުވާލަން ހުއްދަ ދިނުމަށް ސަރުކާރުން އެދުމުން ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާ ބޮޑު ވެފައި ވަނިކޮށް، ހުއްދަ އަވަސްކޮށް ދިނުމަށް ރިޝްވަތަށް އެދެމުންދާކަމުގެ ތުހުމަތުތައް ކުރަން ފަށައިފި.

11:21

އައިޖީއެމްއެޗުގައި ފަރުވާދިން ކުއްޖެއްގެ ގުނަވަނެއް ނަަގަންޖެހުނީ އައިޖީއެމްއެޗްގެ އިހުމާލުން ކަމަށް އޭނާގެ ބައްޕަ ތުހުމަތުކޮށްފި.

10:14

ސްކޫލްތަކުގެ ކުލާސްރޫމްތަކުގައި އަތް ދޮންނަން ބޭނުން ކުރުމަށް 12500 ސައިބޯނި ފުޅި ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި.

09:57

ކޮވިޑް-19 ވެކްސިން ޖެހުމުން އުމުރު ދުވަހު ކޮވިޑް-19 އިން ސަލާމަތް ވެފައި ހުރުމަކީ ދުރުކަމެއް ކަމަށާއި، ބޮޑަށް ލަފާކުރެވޭ ގޮތުގައި ކޮންމެ ތިން މަސް ދުވަހަކުން ވެކްސިން ޖަހަން ޖެހިދާނެ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓަރ ޑޮކްޓަރ އެންތަނީ ފައުޗީ ވިދާޅުވެއްޖެ.

09:27

ކޮވިޑް-19 ފެތުރެމުން ދާތީ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ އެލަވެންސްތައް މި މަހުގެ ފަހު ކޮޅު ލިބޭނެ ކަމަށް އެންއީއޯސީން ބުނެފި.

08:54

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވާ މީހުންގެ އަދަދު ފާއިތުވި ދެެދުވަހު ވަރަށް ބޮޑަށް މަދުވުމަށް ފަހު އިއްޔެ އަނެއްކާވެސް އިތުރު ވެއްޖެ. ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެމެރިކާ އިން ވަނީ 1134 މީހުން މަރުވެފައި.

06:11

05:22

04:44

ނޭޕާލުން އިތުރު 288 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2099 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8 މީހަކު ވަނީ މަރުވެފައި.

04:44

ސްރީލަންކާ އިން އިތުރު 40 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1683 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11 މީހަކު ވަނީ މަރުވެފައި.

04:43

އަރުމޭނިއާ އިން އިތުރު 517 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 19 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 10009 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 158 މީހަކު ވަނީ މަރުވެފައި.

04:43

ބޮލީވިއާ އިން އިތުރު 549 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 30 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 10531 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 343 މީހަކު ވަނީ މަރުވެފައި.

04:43

އާޖެންޓީނާ އިން އިތުރު 904 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 18319 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 569 މީހަކު ވަނީ މަރުވެފައި.

04:42

މިސްރުން އިތުރު 1152 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 47 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 27536 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1052 މީހަކު ވަނީ މަރުވެފައި.

04:42

ކޮލަމްބިއާ އިން އިތުރު 1340 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 40 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 31833 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1009 މީހަކު ވަނީ މަރުވެފައި.

04:42

ދެކުނު އެފްރިކާ އިން އިތުރު 1455 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 50 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 35812 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 755 މީހަކު ވަނީ މަރުވެފައި.

04:41

ސްވިޑެން އިން އިތުރު 775 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 65 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 38589 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4468 މީހަކު ވަނީ މަރުވެފައި.

04:41

އެކުއެޑޯ އިން އިތުރު 420 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 44 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 40414 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3438 މީހަކު ވަނީ މަރުވެފައި.

04:41

ބަންގްލަދޭޝް އިން އިތުރު 2911 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 37 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 52445 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 709 މީހަކު ވަނީ މަރުވެފައި.

04:41

ޕާކިސްތާނުން އިތުރު 3938 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 78 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 76398 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1621 މީހަކު ވަނީ މަރުވެފައި.

04:40

ސައުދީ އަރަބިއްޔާ އިން އިތުރު 1869 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 24 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 89011 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 549 މީހަކު ވަނީ މަރުވެފައި.

04:40

ޗިލީން އިތުރު 685 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 69 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 93390 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 7395 މީހަކު ވަނީ މަރުވެފައި.

04:40

ތުރުކީން އިތުރު 786 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 22 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 165555 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5485 މީހަކު ވަނީ މަރުވެފައި.

04:39

ޖަރުމަންވިލާތުން އިތުރު 326 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 56 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 184091 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8674 މީހަކު ވަނީ މަރުވެފައި.

04:39

ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 107 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 189220 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28940 މީހަކު ވަނީ މަރުވެފައި.

04:38

އިޓަލީން އިތުރު 318 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 55 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 233515 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33530 މީހަކު ވަނީ މަރުވެފައި.

04:38

އިނގިރޭސިވިލާތުން އިތުރު 1653 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 324 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 277985 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 39369 މީހަކު ވަނީ މަރުވެފައި.

04:37

ބްރެޒިލް އިން އިތުރު 25978 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1197 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 555383 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 31243 މީހަކު ވަނީ މަރުވެފައި.

04:37

އެމެރިކާއިން އިތުރު 20325 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1104 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1879648 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 108029 މީހަކު ވަނީ މަރުވެފައި.


އަންގާރަ ދުވަހަކީ ފާއިތުވި އެއްމަސް ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މީގެ ކުރިން ރާއްޖޭގައި އެންމެ މަދުން މީހުން ކޮވިޑް-19 އަށް ފައްސިވީ މެއި މަހުގެ 03 ވަނަ ދުވަހު އެވެ. އެދުވަހު ފައްސިވެފައި ވަނީ 07 މީހުންނެވެ.

މިއަދު ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު މަދުވިއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިއަދު 120 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިއަދަކީ ބަލި ޖެހުނު މީހުންނަށް ވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރުވި ފުރަތަމަ ދުވަހެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު، ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަ ކުރެވެއެވެ. މިއަދު މިހާތަނަށް 68,242 މީހަކު ފައްސިވެފައި ވާއިރު 2,542 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަހްމަދު

    ދުނިޔެއަށް ބަލާއިރު ކޮވިޑު19 އަށް ފައްސިވާމީހުން މަދެއްނުވެއެވެ. ނަމަވެސް ބަލިޖެހޭ މީހުންގެތެރެއިން މަރުވާމީހުން އެއްވަރެއްގައި ހިފެހެއްޓިފައިހުރިކަން ފާހަގަ ކުރެވެއެވެ. މިއަދު މިހާތަނަށް 68242 ފަށްސިވެފަިވާއިރު 2542 ވަނީ މަރުވެފައެވެ. ސުވާލަކީ މީ ކޮން ދުނިޔެއެއްގެ މިހާރުގެ އަދަދެންހޭ .