ކައުންސިލަރުންގެ ދައުރު ދަމާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުރުމަކީ ޤާނޫނު އަސާސީ އާއި މެދު ކުރި ޓެސްޓެއް ކަމަށާއި، ޤާނޫނު އަސާސީއަށް ބޮޑެތި ބަދަތަކެއް ގެނައުން ކުރިއަށް އޮތީ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝަހީމް ވިދާޅުވެފައި ވަނީ، ގަބޫލުކުރައްވާ ގޮތުގައި ގާނޫނު އަސާސީ އާއި "ކުޅެލަން" އެކުރީ ޓެސްޓެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ބޮޑެތި ބަދަލުތަކެއް ގާނޫނު އަސާސީއަށް ގެންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މިކަމަށް ވަރަށް ބޮޑަށް ހުށިޔާރުވާން ޖެހޭ ކަމަށާއި، ހާއްސަކޮށް ގާނޫނު އަސާސީގައި ހުރި އިސްލާމީ އުސޫލުތަކާއި މެދު ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ ކައުންސިލަރުންގެ ދައުރު ދިގުދަމާލުމަށް ފާސް ކުރުމާއި ގުޅިގެންނެވެ. ޤާނޫނު އަސާސީ އަށް ގެނައި ބަދަލު ފާސްކުރީ އެމްޑީޕީގެ މެންބަރުންނާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ މެންބަރުން އަދި ބައެއް މިނިވަން މެންބަރުންގެ ވޯޓުންނެވެ.

ޤާނޫނު އަސާސީ އިސްލާހް ކުރުމާއި މެދު މެންބަރުންގެ ކަންބޮޑުވުންތަކެއް ހުރުމުން، ގާނޫނު އަސާސީ އިސްލާހް ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ވެސް ލަފަޔާއި އެކުއެވެ.

ޤާނޫނު އަސާސީ އަށް ގެނައި އިސްލާހް ފާސްކުރުމުގައި ޖަލްސާގައި ވަނީ އެމްޑީޕީ މެންބަރުންނާއި، ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ކުރިމަތިލުންތަކެއް ވެސް ހިނގާފައެވެ. އެ ހަމަނުޖެހުމުގައި މަޖިލީހުގެ ތިން މެންބަރެއްގެ އިތުރުން ޝިޔާމް އަށް ވަނީ އަނިޔާ ވެފައެވެ. ޝިޔާމް އަށް ލިބުނު އަނިޔާތަކަށް އަދިވެސް ދަނީ ފަރުވާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ރައްޔިތުން

  ޤާނޫނު އަސާސީ އަށާއި އަދި ޤާނޫނު ތަކަށް ބޮޑެތި ބަދަލުތައް ގެނެސްގެން ނަމަވެސް ޤައުމު ކޮރު ނުޖަހަައި ހިންގާލެވޯތޯ ބަލަންވާނެ. އަދި މި ޤައުމަކީ އެހެން ގައުމުތަކަށް ހުރި ނަމޫނާ މުއްސަނދި އުފާ ފާގަތި ޤައުމަކަށް ހަދަންޖެހޭނެ.

  9
  23
  • ޝިމްވާސް

   ގާނޫނާ ހުރެތޯ ގައުނު ކޮރު ޖަހަމުން މިދަނީ. ؟

 2. ޖަމީލް

  މުޅި ނިޒާމްގައި ވެސް އޮތީ އެމްޑީޕީގެ ދެފައި. ހުސް އެމްޑީޕީ ސުޕްރިމް ކޯޓަކީ ވެސް އެމްޑީޕީ .އެހެންވީމާ ޤާނޫނު އަސާސީ އާ ކުޅެލަން ވަރަށް ފަސޭހަ ވާނެ. މެޖޯރިޓީގެ ބޭނުން ހިފަން ލިބިފައި އޮތް ފުރުޞަތެއް.މޮޅެތި ވާހަކަ ދައްކަމުން ވެރިކަމަށް އައި އެމްޑީޕީ އަށް ވެރިކަމެއް ފެނުމުން އޭރު ދެއްކި އެއްވެސް ވާހަކައެއްގެ މަތީން ހަނަދާނެއް ނުވި.

  35
  4
 3. ޢާރިފާ

  ޔަގީން ކަމެއް

  24
  2
 4. މުރަނަ ފަރީދާ

  ޝަހީމް ދަންނަވަންތޯ ވާހަކައެއް ޝަހީމްގެ މަންމަ އާ ބައްޕަ އަށް އަޅުގަނޑު ސެލިއުޓް ކުރަން ތިފަދަ ދަރިން ގައުމަށް ހަދިޔާކުރެއްވީތީ އެކަމަކުވެސް ހިތާމަޔާއެކު ދަންނަވަންޖެހެނީ ގައުމުގަ ގިނައީ ވާލާ މީދާ ފަދަ ތަކެތި އެއްބުރި ކާލާ ނުވަތަ ފޮނިކޮޅު ދަމާލާފަ ހުރި އިންސާނުން ކެއުމަށް ކަމުނުދާ ފީ މޭވާއެވެ ނަތީޖާއަކީ ސަރުދާރުންގެ ފައިގާ ދޫލައި އިންސާނުންނަށް އަޅުދާސްވެ ބިރަކާނުލާ މަޖާކުރުމަށްޓަކައި ކަތިވަޅިޔާ މަރިޔަބާ ކޮށި ދަނޑުވެސް ނީލަން ކިޔާން ފަސްނުޖެހޭ މީހުން މުޖްތަމައުން ފެނިގެން ދިއުމެވެ ފަރުދީ ޒިންމާ ބޮލާލާޖެހުމެވެ

  30
  5
 5. ގައުމުގެ ދޫ

  ޝަހީމުވެސް ފުރަތަމަ އަމާޒުހިފަންވާނީ ގައުމުގާ ހަމަޖެހުން ގާއިމުވެތޯ. ނަމަވެސް، މުޖުތަމައު ބަލައިގަންނަ ފަރާތަކަށްވެ މެ ހުރެ ގިނަފަހަރު މުޖުތަމައުގާ ބައިބައިވުން އުފެދޭ ކަހަލަ ވާހަކަފުޅު ދެއްކެވުމަކީ ހިތާމަކުރާ ކަމެއް.

  6
  14
 6. ސަރުބަތު

  ސަހީމް އައް ހަމަ ރަނގަޅައް އެގޭނެ ދިވެހި ގާނޫނަ ކީ ދިވެހިން ހަދާ އެއްޗެއް ކަން. ބަދަލު ނުގެނެވެންވި ސަބަބެއް ނެތް.

  4
  10
 7. ހަރަ

  ދެން އިސްލާހު ކުރާ ގާނޫނު. ސިޓިޒަންޝިޕް ގާނޫނު.
  އިސްލާހުވާގޮތް. "އަޅެފަހެ މިހައިރު މިގާނޫނު ތަސްދީގުކުރެވޭ ދަނޑިވަޅުގައި ރާއްޖޭގެ އަސްދަނޑިން އެތެރެވެފައި ފެންނަ ހާލުގައި ދިމާޔަށް ފެންނަން ތިބިހައި އިންސާނުންނަކީ ވެސް، މިހައިރުވެސް ތިބި ދިވެހި ރައްޔިތުންގެ އިތުރުން، އެމީހުން އެކަމަށް އެދިއްޖެ ހާލުގައި، ދިވެހިރައްޔިތުންނެވެ."
  ފާސްކުރާނީ ރޭގަނޑު ދަންވަރު. އަނެއްދުވަހު އިރި އަރާތަނުން ތަސްދީގު.

 8. އަޙްމަދް

  ނަމުގައި ޝޭޙް ކަމުގައި ސިޔާސީ އެކްޓިވިސްޓުން.
  ސިޔާސީ މީހުންނަށް ވުރެ މިބައި މީހުން މާނުރައްކަލެވެ.

  1
  18
 9. އަމީދު

  ގާނޫނު އަސާސީގަ މިހާރު ލިޔެފަ އޮތް އިސްލާމީ އުސޫލުތަކައް މިހާރު އަމަކު ކުރޭތޯ..؟

 10. ބޮންއެކު

  ދީނީތާކިހާއަޅައިގެން ތިބެ ފިތުނަފަސާދަ އުފެއްދުންނޫންކަމެއް މިވެރިންނުކުރޭ.. ތިއީތޯދިނުގައޮންނަގޮތަކީ!!?