ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ކުރިއަށް ދަނިކޮށް ހިނގި ހަމަނުޖެހުންތަކުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ ފަރާތުން ފެނުނީ ރާއްޖޭގެ އޮނިގަނޑުތަކާ ހިލާފު މަންޒަރުތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ފަހުން މަޖިލިހުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމަށް އަމާޒުކޮށް ހަމަލާދިނީ ނަޝީދުގެ އޯޑަރަށް ކަމަށެވެ. އަދި އީވާ ވަނީ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތީފަށް އަނިޔާކޮށްފައި ކަމަށް ވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

ނަޝީދާއި އީވާއަކީ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވަން ތިއްބެވި ދެ ބޭފުޅުން ކަމަށްވާ އިރު، އެ ބޭފުޅުންނަކީ އެހެން މެމްބަރުންނަށް ނަމޫނާ ދައްކަވަން ތިއްބެވި ބޭފުޅުން ކަމަށް ޖަމީލް ވިދާޅުވިއެވެ. އެކަމަކު، ފެނިގެން ގޮސްފައި ވަނީ މެމްބަރުންނާ މެދުގައި ތަފާތު ކުރާ މަންޒަރު ކަމަށް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވި ގޮތުގައި އެކަން ހިނގާފައި ވަނީ ރާއްޖޭގެ ގާނޫނީ އޮނިގަނޑާ ހިލާފަށެވެ.

އިއްޔެރޭ ބޭއްވި މަޖިލިހުގެ ޖަލްސާގައި ޝިޔާމް ހިތްހަމަޖެހިވަޑައިނުގަތީ، ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ފާސްނުކުރެވި ލަސްވީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެހެންވެ، ޝިޔާމް ވަނީ އިދާރީ މޭޒު ކައިރިއަށް ވަޑައިގެން ވަރަށް ބޮޑަށް އަޑު އުފުއްލަވައިފައެވެ. އެކަމަކު، ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައި މަޖިލިހުގެ ޗެމްބަރުން ނުކުމެވަޑައިގަތުމަށް އަންގަވައިފައެވެ. ނަމަވެސް ނަޝީދުގެ އަމުރަށް ޝިޔާމް ކިޔަމަން ވެވަޑައިނުގެންނެވިއެވެ.

އެހެންވެ، އެމްޑީޕީގެ މެމްބަރުން ވަނީ ޝިޔާމް މަޖިލިހުގެ ތަޅުމުން "ގަދަބާރުން" ބޭރުކޮށްލައިފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ޝިޔާމް ބޭރަށް ނެރުނު ވަގުތު ނަޝީދު ކޮޅަށް ތެދުވެވަޑައިގެން ހުންނަވައި ވަރަށް ބޮޑަށް ނުރުހުންފާޅުކުރެއްވިއެވެ. އަދި އީވާ މެމްބަރު ހުސެއިންގެ ގައިގައި ފައިން ޖެއްސެވި ކަމުގެ ތުހުމަތުތަކެއް ވެސް ދަނީ ކުރަމުންނެވެ.

މި ހަމަނުޖެހުންތަކުގައި ޝިޔާމްގެ އިތުރުން ދެ މެމްބަރަކަށް އަނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސަމް

    މީނާ މިކަހަލަ ވާހަކަ ދެއްކީމަ އަންނަނީ ހިނި ބަލަ ޔާމީން ވެރިކަމުން ވަައްޓާލަން ތިބައިގަނޑާ އެއްކޮއް އުޅުނު އިރު އެމީހުން ވަރެއް ނެތެއްނު.. މިހާރު ތިހެންކިޔާ އެއްޗިހީގެ އެއްވެސް އަގެއްނެއް

    25
    14
    • ބޮނޑިބަތް

      މީނާ ކަހަލަ ދެފުއް ދެގޮތް މުނާފިގަކު އުޅޭތަ؟؟ މީނާއަށް ކަމުދާ ވެރިކަމެއް މިރާއްޖޭގަ އަތުވެއްޖެތަ؟؟ ހެޔޮ އެއްގޮތްވެސް މީނާއަށް އޮވޭތަ.. އަލްހާނަށް ފަހު އެންމެ ބޮޑު ސިޔާސީ ފުލޮޕް މި ދެ އަނގަ ޖަމީލަކީ.. މަޖިލީހުގެ ގޮނޑިއެއް ނުލިބުނު މީހަކު ދެން ކޮން ސިޔާސީ ވާހަކައެއް ދައްކާކަށް.. އުރަތްޕެއް ބުރަދަނެއް ނެތް ހަހޮޅެއް..

  2. ސަމް

    ދެންރަނގަޅު ވާނީ އަނގަ މަޑުންލައިގެން ހުރިއްޔާ ކަލޭމެން ބޭނުންވި ހެޔޮވެރިކަން މިއޮތީ ފެންނަން

    32
    4
    • ޙައްގުބަސް

      ރަގަނޅު ވާހަކައެެއް!! ޔާމީނުގެ ވެރިކަމުގެ މެދާ ހަމައިން ފެށިގެން އެވަރުގެ ވިޔާނުދާ ސަރުކާރެއް ނެތްކަމަށް ދައްކައިގެން މިއެންމެން ގުޅިގެން އެވެރިކަމަށް ދުއްޕާން ކުރަމުން އައީ!! ދެން މަޑުން ރައްޔިތުން ތިބޭކަށް ނުޖެހޭ!

      15
      4
  3. އާމިނަތު

    ޖަންގަލީގަ އުޅެބޮޑުވެފަހުރި ދޭތިކަންނޭންގެ ލަދެއް ހަޔާތެއް ވެސްނެއް

    27
    5
  4. ޖާ

    އެއީ އަބަދުވެސް އަޚްލާޤީ މިންގަނަޑަށް ނުފެތި ތިބި ބައެއް. އަބަދުވެސް ތަޅާކުދީން ހޯދުމަށް ތެޅޭބައެއް.

    27
    2
  5. ހަމަދު

    ތިބުނާ ޖަމީލަށް ނެރެވުނު ނަތީޖާއަކީ ކޮބާ؟ ތިމާއަށް ބާރު ލިބުުދުވަހު ވާލީ ބްރަދާސްގެ މުދާ ބެހިގޮތް ހަނދާން އެބަހުރި. ދިވެހިރާއްޖެދުށް އެންމެ ބޮޑު ސިޔާސީ ޑރ. ފެއިލިއަރ ތިޔަ ޖަމީލަކީ. ސާފުވެއްޖެ! ވަގުތު ނޫހުންވެސް މިކަހަލަ ފޭކު މީހުންގެ ވާހަކަ ނުގެންނަން ވީނު

    12
    17
  6. ޖާ

    ލަދއެއް ޙަޔާތެއްވެސް ގަންނަބައެއްނޫން. ވެރިކަމާ ހެދި ހަޖަމް ބަލިކަމުން ގޮސް ފުލުހުންގެ ޒިންމާ އަދާކުރުވީ ޕާޓީ ކުދީންލައްވާ.ދުވަހެއް އަންނނާނެ.

    20
    1
  7. ތައްކާނު ބެ-----

    ޑރ. ޖަމީލާއި، ޑރ. ޝަހީމާއި 2 މީހުން ނަކީ ދޭދޭ ފަރުދުން ގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި އަދި އެފިތުނަ ސްޕުރެޑު ކުރުމުގައި އެންމެ ކުރީގައި އުޅޭ 2 މީހުން!

    12
    29
  8. ހުސޭނުބޭ

    ކޮން އިރަކުތަ ބުއްޅަބޭ ރާއްޖޭގެ އޮނިގަނޑަށް ފެތުނީ! ޖަންގަލްޕީޕީ އޮނިގަނޑަށްވެސް ނުފެތިގެން ބޭރުކޮށްފައި އެހުރީ!

    23
    4
  9. ރިހި ރާންބާގަސް

    ކަލޭގެ ފަރާތުންފެންނަނީ ބުއްދިނުވާ މޮޔައިންގެ ފުށުންވެސް ނުފެންނަ ވަރުގެ މޮޔަ އަމަލްތައް!

    7
    21
  10. ޒަބީބު

    ދަންނަވަންތޯ ޖަމީލޫ! ކުނި ކުކުޅު ބިހަކުން ހުވަނދު އަތަރު ވަހެއް ނުދުވާނެ. އެއިން ދުވާނީ ނުބައި ކުނިވަސް. ވީމާ ކޮންމެ އެއްޗެއްގައި ވެސް ހުންނާނީ އެއެއްޗެއްގަ އެކުލެވިގެންވާ ސިފަ. އެއިން ނިކުންނާނީވެސް އެއެއްޗައިގައި ހުރި އެއްޗެއް!

    އެކަމަކު ހިތާމަޔަކީ އަމިއްލަ އެދުމާއި ތައައްސަބުގެ ސަބަބުން މަނިކުފާނު ފަދަ ބޭފުޅުން އެކިފަހަރު އެކިގޮތަށް އެސިފަތަށް ބަޔާންކުރާތީ. އެއްދުވަހު ނަޝީދު ވަރުގެ ޑިމޮކްރެޓިކް ލީޑަރެއް ނެތިގެން އުޅުއްވާފަ ޔާމީންވަރުގެ އަނިޔާވެރި، ކޮރަޕްޓް، ޚުދުމުޚުތާރު ވެރިއެއް ނެތިގެން އުޅުއްވާފަ އެއިގެ ކުޑަ ދުވަސްކޮޅެއް ފަހުން ޔާމީން ވަރުގެ ޑިމޮކްރެޓިކް، މައުސޫމު ތެދުވެރި، އަމާނާތްތެރި މީހަކު ނެތިގެން އުޅުއްވަންވީމާ ނަޝީދު ވަރުގެ ޚުދު މުޚުތާރު، ކޮރަޕްޓު މީހަކުނެތް ކަމަށް ވެއްޖެ. މާދަމާ އަނެއްކާ ޖަމީލުގެ ދިގުމުއްދަތަށް ޖަލަށްލާ، ހޮވުނަސް ވެރިކަން ހަވާލުނުކުރާ ލިސްޓަށް ޔާމީނު ނާރާނެކަމަށް ޤަބޫލު ކުރާނީ ކިހިނެތް އަދި ކާކު؟

    16
    5
  11. ފެކްޓް

    ވާހަކަ ރަނގަޅު. އެކަމަކު ވަކި ޖަމީލު ކިބައިންވެސް ފެންނަނީ އެކަން

  12. އަލްޖިބްރާ

    ކަލޭ ތިހިރީ ރާއްޖޭގެ އޮނިގަޑަށް ފެތޭ ހުރިހާކަމެއް ކޮށްގެން ދޯ ؟ ކަލޭގެ ލަދުހަޔާތް ކޮބާ ؟

  13. ޔާމީން

    ޢިންތިހާބް ވިޔަސް ހަވާލެއް ނުކުރާނަން

    3
    1
  14. އަހްމަދު

    ފެންނަ ބައެއްފޮޓޯތަކުން އެނގެނީ އެމީހުންނަކީ މިހާރުވެސް ގާދޫކޮލުން ބޭރުވެފައި ތިބި ބައެއްކަން ހާމަވޭ!

  15. No name

    އީވާ ގަދަ ވެގެން އުޅޭއުޅުމެކެވެ