ސްކޫލްތަކުގެ ކުލާސްރޫމްތަކުގައި އަތް ދޮންނަން ބޭނުން ކުރުމަށް 12500 ސައިބޯނި ފުޅި ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ސަރުކާރުގައި ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން އަތް ދޮންނަ ސައިބޯނި ފުޅި ސްކޫލްތަކަށް ހޯދަނީ ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ސްކޫލް ވޮޝް ޕްރޮގްރާމް"އަށެވެ.

އެ އިއުލާންގައިވާ ގޮތުން އަތްދޮންނަ ސައިބޯނިފުޅި ފޯރުކޮށްދޭން ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކިުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހޭނީ މިމަހުގެ 09 ވަނަ ދުވަހުގެ 11:00 ގެ ކުރިންނެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވަން އީމެއިލް ކުރައްވާނީ [email protected] އަށެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 9997721 ނުވަތަ 9715353 އަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް މިހާރު ބަންދުކޮށްފައި ވާއިރު އެޑިއުކޭޝަން މިނިސްޓްރީން ދަނީ އަލުން ސްކޫލްތަކުގެ ކިޔެވުން ފަށަން ތައްޔާރު ވަމުންނެވެ. ނަމަވެސް ސްކޫލްތައް ހުޅުވާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. މިމަހުގެ 14 ވަނަ ދުވަހު އެކަޑަމިކް ކަލަންޑަރުގައި އޮތް ސްކޫލްގެ ޓާމް ޗުއްޓީ ނިމުމަކަށް އަންނާނެއެވެ.

އަލުން ސްކޫލްތައް ހުޅުވާއިރު ކޮވިޑް-19 އިން ރައްކާތެރި ވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ބޯގޯސް

  ތިޔަ ސާމާނު ގަނެފަ ބޮޑުންގެ ގޭގޭގަ ބަހައްޓާފަ ނޫނީ ވިއް ކާލާފަ ލާރި ކޮޅު ކާލާ އޭރުން ދަރިވަރުންނައް ހުންނާނީ އަތް ދޮވެވިފަ

  20
  2
 2. ސައްލެ

  ކޮންމެސް ވައްކަމެއް ކުރަން ތައްޔާރުވަނީ ދޯ ؟
  އެހެން ނޫނަސް އަހަރުމެންގެ ދަރިން ސްކޫލައް ނުފޮނުވާނަން، ކަލޭމެން ތިޔަ އެއްލައްކަ ފުޅިން ފެންވެރާ

  20
  1
  • ހުސޭނުބޭ

   ޔަޤީނެއްނު! ގިނަ ކުޑަކުދިން ގެއިން އަންނާނީ ސައިބޯނި ފުޅިއެއް ނޫނީ ސެނެޓައިޒާފުޅިއެއް ހިފައިގެން! މީގެކުރިން ތިއެއް ނުދީފައި މިހާރު އެ އުޅެނީ އެއްޗެހިތަކެއް ދިރުވާލަންވެގެން!

   10
 3. ޢިބްުރާސް

  ޢެއްމިލިއަން ތިދިރުވާލީ ހަމަ ފެންފޮދަކާވެސްނުލާ ބަޖެޓުން!ކާލާކާލާ. ކެވެންއޮއްވައި ރަނގަޅަށްކާލާތި. ޢަތްދޮންނަފުޅިއެއް - /250ރ ގެ ރޭޓުން.

 4. ޞަމީރާ

  ތި ސްކޫލު ދަތިވަރަކު އަތްދޮންނަން ލިބިއްޖިއްޔާ ރަނގަޅު. މިހާތުވެސް ފާހާނާތަކުގަ ހުންނަނީ އަހަރު ފަށާއިރު ލާފުޅި އަހަރު ނިމެންދެންވެސް. ފުޅި ހުރޭ. ސޯ ނުހުރެޔެކޭ ނުބުނެވޭނެތާދޯ

 5. އިއުލާން

  ކީއްކުރަން އިއުލާންކުރަންވީ. ކޮވިޑް ކޮވިޑް އަވަހަށް ހޯދަންޖެހޭ އެއްޗެއް ހޯދީމާ ނިމުނީ. މި މީހުން ހީކުރަނީ މިމީހުން ކަމަށް ބޯ ހުންނަނީ. ދައުލަތުގެ ހުރިހާ ތަނަކަށް އޮންލައިންކޮށް ޚިދުމަތަށް އެދެވޭއިރު ކޮވިޑަށް ހޯދި ތަކެތި ހޯދަން އިއްލާނެއް ކޮށްފައި އީ މެއިލް އެޑްރެހެއް ދީފައި އެސްޓިމޭޓް ފޮނުވާށޭ ބުނިނަމަ 24 ގަޑިއިރުގެ ތެރޭގައި ކިތައް ކިތައް ކުންފުނިން ހުށަހެޅީސް. އެކަމަކު ވަކި ބަޔަކަށް ދޭންވެގެން ކޮވިޑޭ އަވަހޭ ކިޔާފައި ދިނީ. މި ޒަމާނުގައި އިއްލާނެއް ކޮށްފައި އީމެއިލް އެޑްރެހެން ދީފައި އެސްޓިމޭޓް ފޮނުވާލާށޭ ބުނީމާ ނުފޮނުވޭ ވަރުގެ ކުންފުންޏެއް އެބަހުރިތަ؟

 6. މަބުނާނީ

  އަތް ދޮންނަ ފުޅިއެއްގެ އަޖަލުގައި ޖެހުމަށްވުރެ ތިޔަ މިނިސްޓްރީގެ ޒިންމާ މާބޮޑު. ތީތަ މެގަ ޕްރެޖެކްޓް ތަކަކީ . މާދަމާ އިޢުލާން ކޮށްލާ ސްކޫލުގައި އޮށްވަޅު ގޮނޑި ކުޅޭނެ ސާމާނު ހަދިޔާކުރާނެ ފަރާތެއް ހޯދަން

 7. އުތުރުކަރަ

  މިނިސްޓަރޫ ، ދޮޅުއަހަރު ވީ ކުރެވުނު ކަމެއްނެތް، ކަންތައްތައްދަނީ ފަހަތަށް ސޮހެމުން، ފާހެއް އޮތަކަސް ނުހިންގޭނެ، ތަޖުރިބާ އާ ވިޝަން ނެތީ. އިސްތިއުފާ ދެއްވާންވީނޫޏްތޯ ދިވެހި ގައުމައްޓަކާ.....

 8. ހަހައައަ

  ބޯސަލާމަތުން ހުރިބައެއްބާ މީނަޔައް މިނިސްޓަރުކަންދިނީ.......ފެޝަންޝޯއެކައް ތައްޔާރުވެގެންހުންނަހެން ހީވަނީ