ރާއްޖެއިން ކޮވިޑް-19 ފެނުމަށް ފަހު ވިޔަފާރި ކުރާ ތަންތަން ހުޅުވާލަން ހުއްދަ ދިނުމަށް ސަރުކާރުން އެދުމުން ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާ ބޮޑު ވެފައި ވަނިކޮށް، ހުއްދަ އަވަސްކޮށް ދިނުމަށް ރިޝްވަތަށް އެދެމުންދާކަމުގެ ތުހުމަތުތައް ކުރަން ފަށައިފިއެވެ.

"ވަގުތު" އާއި ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނީ މާލެ ސިޓީ ކައުންސިލްގެ ބައެއް ފަރާތްތަކުން މިވެނި އަދަދެއްގެ ފައިސާ ދިނުމުން އެ ހުއްދަތަށް އަވަސްކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާ ކަމަށެވެ. ހުއްދަ ހޯދަން އެދޭތާ 4-5 ދުވަހުގެ ތެރޭގައި ހުއްދަ ނުލިބި ވަނިކޮށް އެ ފަދަ ހުށަހެޅުންތައް އައުމުން ވަރަށް ބޮޑަށް މާޔޫސްވާކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރު ވިޔަފާރިވެރިޔަކު "ވަގުތު" އަށް ބުނީ ރިޝްވަތަށް އެދިފައިވަނީ ކޮން ފަންތިއެއްގެ މުވައްޒަފުންކަން ސީދާ ސާފު ނުވާކަމަށެވެ. އެހެންނަމަވެސް އެފަދަ ހުށަހެޅުންތައް އައިކަން އޭނާގެ އެކުވެރި އެހެން ވިޔަފާރިވެރިންގެ ކިބައިން ވެސް އެނގިފައިވާކަމަށް އޭނާ ބުންޏެވެ.

"ބުނިކަމަށް ވަނީ މިވެނި ވަރަކަށް ހާސް ރުފިޔާ ދީފިއްޔާ އެކަން މިހާރަށް ވުރެ އަވަސް ވެދާނެ އޭ. ދެން ހަގީގަތަކީ ސިޓީ ކައުންސިލުން އުޅެނީ ހަމަ ނުކަތައިގެން. މި މީހުންނަކަށް ނުވޭ މިކަމެއް. ފުލުހުން މިކަން ހޭންޑަލް ކުރި އިރު މާ ރަނގަޅު." އޭނާ ބުންޏެވެ.

މި ތުހުމަތުތަކާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ސިޓީ ކައުންސިލުން ރިޝްވަތަށް އެދޭ ކަމަށް ބުނާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށެވެ.

"އެއީ ހަގީގަތަކަށް ވާނަމަ ނަންތައް ހާމަކުރައްވާ. އެއީ ސިޔާސީ ބޭނުމަށް އެކަހަލަ ވާހަކަދެއްކިދާނެ. ވަރަށް އުސޫލާއި އެއްގޮތަށް ޕްރޮސެސްގެ ތެރެއިން އަޅުގަނޑުމެން މި މަަސައްކަތް ކުރަނީ." އޭނާ ވިދާޅުވިއެވެ.

ވިޔަފާރި ހުއްދަ ހޯދަން ސިޓީ ކައުންސިލަށް ހުށަހެޅުމުން އެ މައުލޫމާތު ފޮނުވަނީ އިކޮނޮމިކް މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއިން މައުލޫމާތުތައް ވެރިފައިކުރުމުން ދެން ހުއްދަ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ބުނީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ހުއްދަ އަށް 29 މޭއިން ފެށިގެން މިހާތަނަށް 17 ބާވަތެއްގެ ވިޔަފާރިއަކުން ހުއްދަ އަށް އެދިފައިިވާ ކަމަށެވެ. ހުރިހާ ތަފްސީލެއް ވަނީ އިކޮނޮމިކްސް މިނިސްޓްރީ އާއި ހިއްސާ ކުރެވިފައި ކަމަށާއި. ވެރިފައި ކޮށް ނިމި މިއަދު ފުލުހުން ފާސްތައް ދޫކުރަން ފަށާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޒާހިދު

    ޕާމިޓް ހޯދަން އެދުނުތާ މިއަދަށް 7 ވަނަ ދުވަސް. ފާސް ނުލިބޭތީ ތިޔަ ތަނަށް ގުޅަންއުޅެ އުޅެ ގުޅޭގޮތްނުވެފަ ވާނުވާ ނޭގިފަ މިތިބީ. ފޮނުވި ރިކްއެސްޓަށް ޖަވާބެއް ނުލިބި ވާނުވާ ނޭގި މިހެންތިބެންޖެހޭކަމީ ތިޔަ ބުނާ އުސޫލެއް ތަރުތީބެއް ނެތްކަމުގެ ހެެއްކެއް!! ދެންވެސް ޕްރައިމަރީ އިން ތިމަންނާ ފެއިލްވީ ކީއްވެކަން ވިސްނެން ވެއްޖެ!!

    33
    1
  2. މާމީ

    މޭގަނޑާ ކަލޭމެން ހުއްދަދެނީ ވަކި ބަޔަކަށް ކަން ހުޅުވާފަ ހުންނަ ފިހާރަ ތަކަށް ބަލާލީމަ އެނގޭ މިހާރު މާލޭސިޓީ ކައުންސިލައް ހުއްދަޔައް އެދި ފޮނުވި މީހުންގެ ތެރެއިން ވަކި ބަޔަކައް ހުއްދަ ދޭން ފޮނުވީ މިހާރު ނުވެސް ފޮނުވާ ހުސްދޮގު ވާހަކަ ދައްކަނީ.

    29
  3. ނަސީރު

    ކޮވިޑް ރިލީފް ފަންޑުން ލޯން ދިނުމަށް ވެސް ރިޝްވަތު ނަގާ. ދެން ބުނަންވީ ދޮގެކޭ މީ!

    29
    2
  4. ޖަރާނި

    އެކަމަކު މިމޭޔަރު ބަހައްޓަންވިއްޔަ ގާނޫނު އަސާސީ ބަދަލުކުރީ!
    ނަގައޭ ނަގައޭ.

    27
  5. އަހްމަދު

    ވިޔަފާރިކުރާތަންތަނަކީ މާކުރިންވެސްވިޔަފާރިހުއްދަނަގައިފަހުރިތަންތަން ދެންއިތުރަށް ނަގަންޖެހޭހުއްދައެއްނޯންނާނެ މިހާރުމިއުޅެނީ އަނގަޔާއަތާވެސްދިމާނުވެގެން އެހެންވީމަ ސަލާމަތީގޮތިންއެޅެންއޮތް ފިޔަވަޅެއްއަޅައިގެން ނުކުމެފިޔަފާރިތަށްހިންގަންވީ ހުއްދައެއްބޭނުމެއްނުވާނެ މަޖިލިސްނަމޫނާއަކަށްބައްލަވާ

    26
  6. ބަރީއު

    ކޮން ފަންތިއެއްގެ މީހެއްކަން ޔަގީންނުވެއޭ އެބައިން ލިޔެފަ..ޔަގީން ވާކަމަކީ އާދައިގެ މުވައްޒަފަކަށް އެކަން ނުވާނެކަން..ނިވައި ފަތްގަނޑަކަށް އާދައިގެ މީހަކު ދައްކަފާނެ ..ހުއްދަ އަވަސް ކުރެވޭނީ މަތީލެވެލްގެ މީހަކަށް..

    22
  7. ނޭނގޭ

    ރިސްވަތު ނަގާ. ކަށަވަރުކަމެއް. ޢެހެންނޫންނަމަ، މަސް މާރުކޭޓުން މުޅިމާލެއަށް ޑެލިވަރީކުރަން އެންމީހަކަށް ނުދޭނެއެެްނު. ޚިތައްދޯނިމީހުން އެތިބީ ހައަގުގަ މަސްނުވިއްކިފަ. ޛެހެނީ އެބުނާ ށާހީނަކަށް މާލެއަށް ބާނާ ހުރިހާ މަހެއް ވިއްކަން. މިހާރު ވިޔަފާރިކުރަންވެސް މި މީހުން ހުއްދަ ދެނީ. ބަލަ ވިޔަފާރި ރަޖިސްޓރީ ނަން ބަރެްއް އޮވެއެއްނު. ދެން އަނެއްކާ ޕޮލިހަށްލާ ސިފައިންގެއަށްލާ އެޗްޕީއޭއަށްލާ. މީ ކޮން ގަނައެއް ތަޅުވަންއުޅޭ ބައެއް. ބަލަ ހުރިހާ ވިޔަފާާރިއެއް ފުނޑުނީމަވެސް އަދިވެސް ދޫކޮށްލާާާކަށް ނޫވޭތަ. ޢެންމެން ބަޏޑަށް ޖެހުނީމަވެސް. ކޮންކަމަކާާަ ނަގާ ހުއްދައެއްތަމީ

    18
  8. ތިޔަ

    ތިޔަޕޯޓަލް ހަދައިގެ ބޭރަށް ދިއުމަށް ހުއްދަހޯދަން ޖެހުނަސް ވަނީ ވާވަރު ހުއްދައއަށް އެދި އެތަށް ދުވަހެއްވާއިރުވެސް ޖަވާބެސް ނުލިބޭ ދެން ބޭރަށް ނުކުތީމަ ޖޫރިމަނާ މިކުރަނީ އެކަމު ޕުރެސް ތަކަށް އަރާ ވާހަކަ ދައްކާލާ އިރު ހީވަނީ އެންކަމެއް ހެން އމަލަކުން ނުފެނޭ އަމަލަކުން ނުމެއް ކުރެވޭ

  9. މިއަދު

    އެފަދަ ވާހަކަ ދައްކަނީ ސިޔާސީ ބޭމަކަށްނޫން ހަގީގަތް ހާމަކޮށްދިނުމަށް މާރުކޭޓު ގޮޅިތަކުންފެށިގެން މަސްމާރުކޭޓު އަށިމައްޝަށްދަަންގެން ހުރީ ރިސްވަތުނޫންނަމަވެސް ހަދިޔާއިން ދީފަހުރިތަންތަން މިއީ ހަގީގަތް ނަންބުނެފިނަމަ ނޫނެކޭބުނެ އިތުރު ދޮގއެްހަދާނެ

  10. އާދަމުގެދަރި

    ތިޔަ ހުއްދައެއް ދޭނެ ވާހަކަ މިނިސްޓަރު ވިދާޅުވި ދުވަހުން ފެށިގެން މިއުޅެނީ ތިކަމުގައި. ރިކްއެސްޓް ލިބުނުކަން އަންގާފައި އެބައޮތް. އަދި އަދަށްދާނދެންވެސް ވީ ގޮތެއްވެސް ހުއްދަ ލިބޭނެ ކަމެއްވެސް ނުލިބޭނެ ކަމެއްވެސް ނޭނގެ. ތިޔަ ސިޓީ ކައުންސިލަކާ ތިޔަކަން ހަވާލުކުރީ ރިޝްވަތާއި މަކަރާއި ހީލަތް ހެދުމަށްކަމަށް މި ނޫސްތަކުގައި ލައްކަ ގިނަ ބަޔަކު ކޮމެންޓް ކޮށްފައި ހުއްޓާ ފެނުނު. މިހާރު އެބަ ގަބޫލުކުރެވޭ އެއީ މިކަން ހިނގާގޮތް ކަމަށް. އަދި ބުނަންތަ. ފޯނަކުން ގުޅިޔަސް ނުނަގާ. ކުރިން ފޯނު ނެގި ފޯނު ނެގި މީހާވެސް ދިނީ ދޮގު މައުލޫމާތު. އެކަން އެނގުނީ އިކޮނޮމިކް މިނިސްޓްރީއަށް ގުޅައިގެން މައުލޫމާތު ހޯދީމާ.

  11. ރައްޔިތު

    މިހާ ހިސާބުން މި މީހުންނަށްވެސް މިޕާޓީގެ މީހަކަށްވެސް ވޯޓު ދިނުން ނިމުނީ. ވައްސަލާމް.

  12. ބޯގޯސް

    ފެންނަން ތިޔައިނީ ތާ ކު ހުރި ރަތްލާ ޖެހި ބޮޑުވަގެއް ދެންވަނީ ކިހިނެއް މީނަޔަ ކީ މީގެ ކުރިންވެސް އެތަ ކެއް މިލިޔަނެއް ދިރުވާލާފަހުރި ވަގެއް ކަށީގަހިފާފަ ހުރި ކަމެއް ކިހިނެއް ފިލުވާނީ ހުސްވަގުން ހަމަ

  13. ރަބަރޭ

    އަޅުގަޑު ދީފާނަން ތިޔަށްވުރެ އަވަސް ވާނެ އަދި އޮޅުން ބޮޅުކުޑަވާނެ އަދި ރައްޔިތުން ބަލާއިގަންނާނެ ރިއްސްވަތު ނުހިފޭނެ އުސޫލެއް ހުއްދައަށް އެދި ސިޓީކައުންސިލަށް ހުށައެޅުމުން ޗެކުކުރުމަށް ފަހު ފޮނުވާނީ އިކޮނޮމިކް މިނިސްޓްރީއަށް އެތަނުން ސިފާއިންގެޔަށް އެތަނުން ބަލާބެލުންތަކެއް ބެލުމަށްފަހު ޕޮލިހަށް ފޮނުވާނީ ފޮލިހުންގެ ޗެކްކުރުންތަކަށް ފަހު ރައީސަށް ރައީސް ބައްލަވާޗެކް ކުަރަށްވާ ސޮއިކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް މަޖިލީހުގެ ރައީސް ބެއްލެވުމަށް ފަހު މަޖިލީހުގެ މެންބަރުން ގެ ބަހުސަކަށް ހުޅުވާލާއި އަދި ވޯޓަކަށް އަހާއި ހާޒިރުވި މެންބަރުންގެ 3 ބާއި ކުޅަ 2ބާއިގެ ފެންނަކަމަށް ލިބިއްޖެނަމަ ފެންނަކަމަ ވޯޓުދިން ހުރިހާ މެންބަރުން ހުއްދާއިގެ ލިއުމުގާއި ސޮއިކޮއް ދެން ފޮނުވާނީ އައްޑޫ ސިޓީ ކައުން ސިލަށް އެތަނުން ބެލުމަށް ފަހު ހުއްދަ ބަލާ އައުމަށް އެންގުމުން ބަލާއަންނަން ވާނީ ވެރިފަރާތުން ނެވެ. ވެރިފަރާތަށް އާދެވެން ނެތްނަމަ ވެރިފަރާތުގެ ސިޓީއަކާއި އައިޑީ ކާޑުގެ ކޮޕީއެއްދީފަ މީހަކު ފޮނުވިދާނެއެވެ. އަދި ފޮނުވާ މީހާގެ މުއްދަތު ހަމަނުވާ އައިޑީ ކާޑެއް ގެންނަންވާނެއެވެ .
    ރައްޔިތުންގެ އޯގާތެރި ސަރުކާރު

  14. ޙަލީލް

    އަންނިކޮބާތަ! މިފެނިގެންދަނީ ނުވިސްނާ ކުރާކަންތަކުގެ ނަތީޖާ މިއީ ވެރިކަމަށްގެނައުމަށާއި މަޖިލިސްމެޖޯރިޓީ ހޯދަދޭން އަންނިއާއި އެމްޑީޕީއަށް އަހަރުމެން ތާއިދުކޮއް އުންމީދުކުރި ގޮތެއްނޫން އަހަރުމެން ދިވެހިރައްޔިތުން މިއޮއްހަލާކުވަނީ ސަލާންޖަހަން މަގުމައްޗައް ނިކުންނަން ޖެހުންވަރަތްކަިރީގޢޮތީ އަންނިއާއި ސަރުކާރައް އަބަދު ބޮޑޭކަންމަތީގަ ނުތިބެވޭނެ ވިސްނާތި