ރައްޔިތުންގެ އާ ބަހަކާ ނުލައި އިތުރަށް މަގާމުގައި ހުންނަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ރ. ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މުހައްމަދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ރާއްޖޭގެ ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ކައުންސިލަރުންގެ ތިން އަހަރުގެ މުއްދަތުގެ ދައުރު ހަމަވުމާ ގުޅިގެން ކަމަށާއި، އެ ގާނޫނަށް ބަދަލެއް ގެނެސްފައި އޮތް ކަމުގައިވީ ނަމަވެސް ރައްޔިތުންގެ އާބަހެއް ނެތި މަގާމުގައި ހުންނަވަން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު ހޮވީ ރައްޔިތުން ވޯޓުދީގެން ރައްޔިތުން ބޭނުންވެގެން. އެހެންވީމަ ގާނޫނަށް އަދި ބަދަލެއް ގެނެސްފައި އޮތް ކަމުގައި ވީނަމަވެސް، ރައްޔިތުންގެ އާބަހެއް ނެތި އަޅުގަނޑު މަގާމެއް ބޭނުމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުން ހޮވާފައި ހުންނަ ކައުންސިލަރެއް އިތުރަށް މަގާމުގައި ހުންނަން ރައްޔިތުންގެ ބަސް ވަރަށް މުހިންމު،" މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުން ކައުންސިލަރެއްގެ މަގާމުގައި ހުރެގެން ހިދުމަތް ކުރުމަށް އެދޭ ނަމަ އެކަން ކުރައްވާނެ ކަމަށެވެ. އަދި ކައުންސިލަރެއްގެ މަގާމު ނެތް ކަމުގައިވީ ނަމަވެސް ރަށުގެ ކުރިއެރުމަށާއި ތަރައްގީ އަދި ރައްޔިތުންގެ މަންފާއާއި ލާބައަށް ކުރާ ކޮންމެ ކަމެއްގައި ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުހައްމަދު ވިދާޅުވީ، މި ތިން އަހަރު ދުވަހު ރައްޔިތުންގެ ފަރާތުން ކޮންމެ ކަމަކަށް ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި، އިލްތިމާސް އަކީ ރަށުގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްގައި ރަށުގެ އެންމެންގެ އެއްބާރުލުން ދިނުމާއި، ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން މިހާރަށްވުރެ ވަރުގަދަ ކުރުން ކަމަށެވެ. އަދި ކޮންމެ ފިކުރެއްގެ ކޮންމެ މީހެއް ކަމުގައި ވީނަމަވެސް ރަށުގެ ތަރައްގީއަށް ކުރާ ކަންކަމުގައި އެއްބާރުލުން ދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސް ކުރިއިރު މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު މިއަދު ވަނީ ހަމަވެފައެވެ. އެކަމަކު އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބިި ކައުންސިލް މެމްބަރުން މަގާމުގައި ދެމިތިބޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން އިއްޔެރޭ މެންދަމު ފާސްކުރި ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ތަސްދީގު ކުރައްވައިފައެވެ.

އެހެންވެ، އިންތިހާބެއް ބޭއްވެން ދެން މިހާރު ތިއްބެވި ކައުންސިލަރުން މަގާމުތަކުގައި ދެމިތިއްބެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޔާމިން

    ގަނދަ އިގޭ.

    33
    1
  2. ރޯދަ މުބާރިކް

    ވ. ރަންގަޅު ނިންމެވުމެއް!

    37
    1
  3. ފެކްޓް

    ދެއްކުންތެރިަކަން އިސްކުރިޔަސް ތީ ބޮޑުވަރު! މީހުންގެ ދުލުން ތައުރީފުގެ ބަސްތައް ހޯދުންނޫންކަމެއް ތިއަކުން ނުފެނޭ

    10
    56
    • ޥ

      ފެކްޓް އަނގަމާތިރިކޮފަ ހަޖަމްކުރޭ

      11
      1
  4. އެކްޓަރ

    ރަގަޅު މިސާލެއް؛ ރައްޔިތުން ބަލާގަންނާނެ... ޤާނޫނު އަސާސީ އިން ކޮވިޑް ކިޔާފަ ލަސްކޮށްފަ ޕާޓީ ކުދިންނަށް ރަށްރަށުން ގޯތި ބަހަން ފަށައިފި. ކޮވިޑްގެ އެންމެ ބާރުބޮޑްއިރު ސައުތުކޮރެއާގައި ލޯކަލް އިންތިޚާބެއް ބޭއްވި އަދި އެމެރިކާގަވެސް... މިއީ ޖެހި ސިޔާސީ މަޅިއެއް..

    38
    1
  5. ޖަޒީރާމަނިކު

    އިސްތިއުފާ ދެއްވީ ކައުންސިލްގެ ރައީސްގެ މަގާމުންތޯ ނޫނީ ކައުންސިލަރުކަމުގެ މަގާމުންތޯ؟

    15
    1
  6. Anonymous

    ކޮން ޕާޓޭއެއް

    3
    10
  7. ޑަމް

    މޮންޑިބެ ވަރައްނެތް ތީޢި އިޚްލަސްތެރިންނަކީ ! ކައުންސިލުން ލިބޭ މަދު ފައިސާކޮޅަކަށް ނުވިކި ޤައުމަށްޓަކައި ރަށަށްޓަކައި ތިޔަކޮށްދެވި މަސައްކަތަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން !މޮންޑި ބެއަކީ ވަރަށް ހިންގުންތެރި އިޚަލާސްތެރި ކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް އަޅުގަނޑުމެން ރަސްމީކަމެއްގައި އުނގޫފާރަށް ކުރި ދަތުރެއްގައި މުންޑިބެ ގެ ފަރާތުންނާއި ކައުންސިލްގެ ފަރާތުން އަޅުގަނޑުމެންގެ މަސައްކަތުގައި ވަރަށްބޮޑަށް އެހީތެރިވެދެއްވި އަދި ރަށުގެ ކަންކަން ރަނގަޅުކުރުމުގައި މުންޑިބެގެ ހިޔާލާއި ވިސްނުން ވަރަށް ބަޑަށް ގެންގުޅުއްވާ އަދި އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތަށް ހޯދުމަށް ވަރަށް ބަޮދަށް މަސައްކަތް ކުރައްވާ ވެރިއެއްކަން ފާހަގަކުރެވެުނު !

    6
    1
  8. ީ އިބުރާހިމް

    ވވވ ރަނގަޅު ނިންމުމެއް (ވަރަށް މަދުވާނެ ރަށްޔިތުންދެކެ ލޯބިވާ ވެރިޔެއް)

    21
    2
  9. ނލަ

    ކޮންޕާޓީއެއް

    12
  10. ށ ފުނަދޫ

    ތީމުޅިރާއްޖެއައް ނަމޫނާދައްކައިދިން ކައުންސިލެއް މަގާމުގެދަހިވެތިކަމެއް ނެއްތް އިހުލާސްތެރިއެއް ހުރިހާކައުންސިލަރުންވެސް މުހައްމަދު އިބުރާހިމު ކިބައިން ނަމޫނާނަނަގަވާ އަމިއްލަ އެދުން އިސްނުކުރައްވާ ރައްޔިރުންގެބަހަކާނުލާ މަގާމުގަ ނުތިއްބަވާ

    10
    1
  11. ހެއްރަބޭ

    ތީ މީހުންނަކީ. ސިޔާސީ މަގާމުތަކަށް އަންނަންޖެހޭނީ ގޮތްހުސްނުވެ މިގޮތަަސް ކަނަތައްކުރެވޒެވަރުގެ ގަޓް ހުންނަ މީހުން. މަގާމު ދޫކޮށްލައިގެން އަނބިދަރީންނަށް ކާންނުދެވިދާނެކަމަށް ވިސްނާމީނުން ތިބެންޖެހޭނީ ދުރުގަ

    15
  12. ޙައްގުބަސް

    ބައެއް މީހުން މިތާ އެބަ ކޮމެންޓް ކުރޭ ޕާޓީ ނޭންގިގެން. މުހިއްމީ ޕާޓީއެއް ނޫން. ރައްޔިތުން ވޯޓްދިން މުއްދަތު ހަމަވީމަ އެކަމުން ދުރަށް ދިއުން. ގާނޫނާ ޚިލާފަށްދޭ ބާރަކުން މަގާމްގަ ތިއްބަސް މުސާރަ ހަލާލެއް ނުވާނެ

    21
    1
  13. ސަމީ

    ވަރަށް އިޚްލާޞްތެރި ނިންމެވުމެއް

    12
    1
  14. ނަައީމް

    ބުއްދިވެރިއެއް ރައްޔިތުންވެސް ބޭނުންވަނީ ތިގޮތް

    12
    1
  15. ހަސަން

    ކަލޭގޭގަެޮވޭ ކަލޭގާނޫނުބޭނުންނުވޭ