ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ ރާއްޖޭގައި ކޮވިޑް-19 ޖެހޭ ކުޑަކުދިންގެ އަދަދު ނިސްބަތުން ގިނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިއަދާއި ހަމައަށް ރާއްޖެއިން ވަނީ 100 ކުޑަކުދިން ކޮވިޑް-19 އަށް ފައްސިވެފައެވެ. ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެ އަދަދަކީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ނިސްބަތުން ގިނަ އަދަދެއް ކަމަށެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ކުދިންގެ ތެރޭގައި ހިމެނެނީ 10 އަހަރުން ދަށުގެ ކުދިންނެވެ.

ޑރ. ފައިސަލް ވިދާޅުވާ ގޮތުގައި މިވަގުތު ކޮވިޑަށް ފައްސިވެފައިވާ ކުދިންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވަނީ ދެ ކުއްޖަކު ކަމަށެވެ. އެ ދެ ކުދިންނަކީވެސް ދެ މަހާއި 8 މަހަށްދާ ދެ ކުދިން ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ. އެ ދެކުދިންގެ ކިބައިން ރީގާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އެހެން ނަމަވެސް ދެ ކުދިންގެ ހަށިގަނޑުވެސް ހުން ހުރި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެއް ކުއްޖަކު ހޮޑުލާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. މި ދެކުދިންގެ އާއިލާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ދެ ކުދިންގެ ހާލަތު ރަނގަޅު ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ރާއްޖެއިން ފައްސޮވި އެންމެ ހަގު ކުއްޖާއަކީ 11 ދުވަހެވެ. މީގެއިތުރުން ދެ އަހަރުން ދަށުގެ ހަ ކުއްޖަކުވެސް މި ބައްޔަށް ވަނި ފައްސިވެފައެވެ.

މާލެއިން ކޮވިޑް-19 ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން މިބައްޔަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރާއްޖެއިން ފައްސިވެފައެވެ. ރާއްޖެއިން މިބައްޔަށް ފައްސިވި މީހުންގެ ތެރެއިން އެންމެ ގިނައީ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ކުޑަކުދިން އެކަންޏެއްނޫން ދުނިޔޭގެ ނިސްބަތުން ރާއްޖޭގަ ކޮވިޑްޖެހޭމީހުން ގިނަ.

  2. ކެޔޮޅު

    ތިކަމުގަ ޖެހޭނީ ރާއްޖޭގެ ޕޮޕިއުލޭޝަން ޕިރަމިޑާއި ބަލި ފެތުރުނު އެހެން ގައުމުގެ ޕޮޕިއުލޭޝަން ޕިރަމިޑްއާއި އަޅާކިޔާލަން. އޭރުން މި ވާގޮތް ވަރަށް ބޮޑަށް ސާފުވާނެ. ރާއްޖޭގައި އެންމެގިނައިން ބަލިޖެހެނީ ކޮން އުމުރު ފުރަޔަކަށްކަމާއި އެކަމުގެ ސަބަބުވެސް ސާފުވާނެ އޭރުން

  3. ޑައެލޯގް

    މިނިސްޓަރު އަމީންގެ މޮޅުވާހަކަ މިނޫހުން ކިޔައިނުނިމެނީސް މިފެނުނީ އަމީންގެ މޮޅުކަމުން މުޅިދުނިޔޭން ކުޑަކުދިން ކޮރޯނާބަލީގައި އެންމެގިނައީ ރާއްޖެކަމަށްބުނެފައިވާވާހަކައެވެ. އާނ! މީދޯ އަމީނުގެ މޮޅުކަމަކީ ފަހަތުން 1 ވަނަހޯދާގޮތަށް ބަލިޖެހުނުމީހުން ގިނަކަމުން 1ވަނަ