ފަތުރުވެރިކަން ހުޅުވާލުމަކީ ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރައްވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ރާއްޖެއަށް ގެނައި މެޑިކަލް ޓީމްގައި ހިމެނޭ ޑރ. ބްރޫސް ސްޓޯވަރ ވިދާޅުވެއްޖެއެވެ.

ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19އާ ހެދި ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓުވާފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ހާލަތު ގޯސްނުވެ ހިފެހެއްޓިއްޖެނަމަ އަންނަ ޖޫން މަސް ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ގެނެވޭތޯ ޓުއަރިޒަމް މިނިސްޓްރީން ދަނީ މަސައްކަތްތައް ކުރަމުންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލަން މިއީ އެންމެ ރަނގަޅު ވަގުތުތޯ، އަދި އެކަމަށް ރާއްޖެ ކިހާވަރަކަށް ތައްޔާރުތޯ ސުވާލުކުރުމުން ޑރ. ބްރޫސް ވިދާޅުވީ، ކަނޑައެޅިގެން މިވެނި ވަގުތަކީ ފަތުރުވެރިކަން ހުޅުވާލަން އެންމެ ރަނގަޅު ވަގުތޭ މިހާރުގެ ހާލަތު އޮތްގޮތުން ބުނަން ދަތިކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށް ވާއިރު ފަތުރުވެރިކަން ނުފެށުމުން އިތުރު އެހެންކަންކަމާއި ކުރިމަތިލާން ޖެހޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ހުޅުވާލާއިރު ދިމާވެދާނެ ހާލަތަކަށް ހޭލުންތެރިވެ، ތައްޔާރުވުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

" ދުނިޔޭގެ ބޮޑު ބައެއް ދަނީ ހުޅުވާލަމުން. އެއީ ހުޅުވާ ނުލައިފި ނަމަ އިތުރު ބައިވަރު ބަލިތައް ފެތުރޭނެ. ބަނޑުހައިހޫނުކަމާއި ކޮވިޑް ނޫން އެހެން ބަލިމަޑުކަން ފެތުރޭނެ. އެއްވެސް މީހަކަށް އާއެކޭ ނޫނީ ނޫނެކޭ ނުބުނެވޭނެ ހުޅުވާލަން. އެހެންނަމަވެސް އަހަރެން ބުނާނީ އެއީ އެންމެ ރަނގަޅު ގޮތޭ ތައްޔާރުވެ، ޕީޕީއީ އާއި ޕްރޮޓޮކޯލްތަކާއި އެކު ދަސްކުރިކަންކަން ތަންފީޒްކޮށްގެން ކުރިއަށްދިއުން. ވަރަށް ގިނަ މީހުންގެ ކަންކަން ބަރޯސާ ވޭ ޓޫރިޒަމްއަށް." އޭނާ ވިދާޅުވިއެވެ.

ޑރ.ބްރޫސް ވިދާޅުވީ ކޮވިޑް-19 އާއި މެދު ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

އަދި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ފަރުވާ ދިނުމަށް ބޭނުންވާ އޮކްސިޖަން ފަދަ ތަކެތި ތައްޔާރީ ހާލަތުގައި ބަހައްޓައިގެން މަސައްކަތްކޮށްފި ނަމަ ފަތުރުވެރިކަން ހުޅުވާލުން އެންމެ ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަތުރުވެރިކަން ހުޅުވާލުން ލަސްވީކަމަށް ވެސް ޤަބޫލު ނުކުރައްވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސުކުރިއްޔާ

  އެންމެފަހުންވެސް މިކަހަލަ ދޮން ފަރަންޖީއަކު ބުނެގެން މިތަނަށް ޑިމޮކުރަސީއޭ ކިޔާ އެއްޗެއް ގެނައީ ދިވެހިންނަށް ފައިދާވާނެއޭ ކިޔާފައި، އެއެއްޗެއް ގެނައި ފަހުން މަޔާ ދަރިޔާ ތިބެނީ ތުން އަނބުރައިގެން، ބޮޑުން އުޅެނީ ތަޅާފޮޅުމުގައި، ވަރަށް ފައިދާ ވެއްޖެއެއްނު!

 2. އައްލާބެއްޔާ

  ރަނގަޅުގޮތް ބުނެދޭން ގެނެއްސަ އިން މީހެއްތަމީ. ރަނގަޅުގޮތަ ނޭގިގެންތަ ދުނިޔެ ބަންދުކޮށްގެން މިތިބެނީ. ކޮރޯނާވައިރަސް.

  21
 3. ރައްޔިތުން

  ތީ ވެސް ޕަޕެޓެއްނު.. ޓުއަރިޒަމް މިނިސްޓްރީން ގެނެއްސަ ހުރި އެޖެންޓެއް

 4. ހަމްދާން

  ބު ރުސްލީ ބުންޏަސް.. ދުނިޔޭގެ މަތީފަންތީގެ އެކުސްޕާޓު އިންކްޝަސް ޑިސީސް ޑޮކްޓަ ރުން ބުނަނީ ތިހެންނެއް ނޫން. ޔޫއެސްގެ ޑޮކްޓާ ރ އެންތަނީ ފައުޝީ ބުނާ ވާހަކަ އަޑުއަހާބަލަ. ބޯތަލަ ކޮންމެ ފަ ރަންޖީއަކީ އަދި މޮޅުމީހެއް ނުވަތަ އިތުބާ ރުކު ރެވޭ މީހެއް ނޫން.