މިހާރުގެ ހާލަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި މިދިޔަ އަހަރުގެ ލިސްޓަކަށް މިއަހަރުގެ ޒަކާތު ފައިސާ ބެހި މައްސަލަ ބެލުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ނިންމައިފިއެވެ.

މި މައްސަލައަކީ ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޝިޔާން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ބަލައި ދިނުމަށް އެދި ފޮނުވި މައްސަލައެކެވެ. ރައީސް ނަޝީދު މި މައްސަލަ ފޮނުއްވީ އިޖުތިމާއީ ކޮމެޓީއަށެވެ.

އިޖުތިމާއީ ކޮމެޓީގައި މިއަދު ވަނީ ކޮމެޓީގެ ސެކްރެޓޭރިއަޓު އެ ސިޓީ ކޮމެޓީއަށް އިއްވާފައެވެ. އަދި އެ ސިޓީގައި މެންބަރު ޝިޔާން ވަނީ މިދިޔަ އަހަރުގެ ލިސްޓަކަށް ބެލުމަށްފަހު އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޒަކާތު ފައިސާ ބެހުމުން ދިރިއުޅުމުގެ ހާލަތު މިހާރު ދަށްވެފައިވާ ގިނަ ބަޔަކަށް އޭގެ ހައްގު ލިބިފައި ނުވާ ކަމަށް ބުނެފައެވެ. އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް މެންބަރު ޝިޔާން ވަނީ އެދިވަޑައިގެންފައެވެ.

މީގެކުރިން ބޭއްވި އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

އިޖުތިމާއީ ކޮމެޓީން އެ މައްސަލާގައި މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު ވަނީ މައްސަލާގައި ކަން ހިނގާދިޔަ ގޮތާއި އަދިވެސް އެހެނިހެން ލިޔެކިއޔުންތައް އިސްލާމިކް މިނިސްޓްރީން ހޯދުމަށް ނިންމާފައެވެ. އެގޮތަށް އެ ހުށަހެޅުން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. ޖީހާންގެ އެ ހުށަހެޅުން ފާސްވީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮވިޑް-19 ގެ މި ހާލަތުގައި ގިނަބައެއްގެ ދިރިއުޅުމަށް ވަނީ އަސަރުތަކެއް ކޮށްފައެވެ. ބައެއް މީހުން އެމީހުން ދިރިއުޅެމުން ދިޔަ ތަނަށް ކުލި ނުދެއްކި ގެއިން ނެރެލާފައިވާއިރު އެތަކެއް ބައެއް ވަނީ އަމިއްލަ ވަޒަނަށް ދަތުރުކޮށްފައެވެ. އެހެންކަމުން ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ކުރީގެ އަހަރެއްގެ ލިސްޓަކަށް ބަލައިގެން އިސްލާމިކް މިނިސްޓްރީން ޒަކާތް ބެހުމަކީ މިހާރު ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް ކޮށްފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮމެންޓްކުރާމީހާ

    ތިޔަ ކަންތައް އެންމެ ފުރަތަމަށް ވެސް ރައްޔިތުންގެ ސަމާލުކަމަށް ގެނައީ ޑރ ޝަހީމް. ނަމަވެސް ތިޔަބޭފުން އޭރު އެކަމާއި ނޫޅުއްވާ ބަހާނެ ގޮތަކަށް ބަހާ ނިންމީމައި ދެން ކޮންމެހެން ތިކަމާ ނޫޅުން ރަނގަޅުވާނީ. މިހާރު ވަގުތު ފާއިތުވެއްޖެ..

    10
  2. ބީރުބޭ

    ހިލާލީ.

  3. ދަރަނި ދަންތުރަ

    މިވެރިކަމުގައި ވިއްޔާ ގޯހަކަށް ނުވާނެ ބަލަ ނަސީދޫ

    13
  4. ަމާމީ

    އިސްލާމިކު މިނިސްޓަރެކޯ މިއީ.....

    14
    1
  5. ރާފަޅާ

    ޒަކާތަކީ އިސްލާމްދީނުގެ 3 ވަނަ ރުކުން. އެންމެ ފުރަތަކަ ރުކުނަކީ ޝަހާދަތުގެ 2 ކަލިމައަށް އީމާންވުން. އެމް. ޑީ. އެން ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ބަލާބަލަ ތިހާ ތެދުވެރި ބައެއްކަމަށްވަނީނަމަ. ކަލޭމެން ކަންތައްތައް ކުރަނީ ކަލޭމެން ނުރުހޭ މީހުންނަށް ގެއްލުމެއްދެވޭތޯ. ކަލޭމެން ބައިމީހަކު ކުރިކަމެއްގެ މައްސަލަބަލަން އުޅެފިއްޔާ އެެވެފަ އޮންނަނީ އިމްތިޔާޒުތަކަށް އަރައިގަންނަނީކަމަށް. މިދެން ބުއްދިހަމަޖެހޭ ބައިގަނޑެއްބާވައޭ ހިތައްއަރާ

  6. މަ

    ތިޔަ ލިސްޓެއް ކަންތަކެއްގެ މައްސަލަ ހާދަ ބޮޑުވެއްޖޭދޯ. ވަރުގަދަ ލިސްޓެއްނުތީ. ތިޔަ ލިސްޓެއް އެންމެ ފަހުން ހަދާ ނިންމީ މިދަޔަ އަހަރު ތޯ ނޫނީ މިއަހަރުތޯ ބަލަން ވެއްޖެ އެންނު. އަހުން ބެލި ބެލުމުން ތިޔަ ލިސްޓެއް އެންމެފަހުން ހެދީ މިދިޔަ އަހަރުގެ މުދަލު ޒަކާތް ބަހަން