ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީސް މީޑިޔާގައި ފާޑުކިޔުނު ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކި ކުރި ކަމުގެ ސިޓީ ވަނީ އޭނާއަށް ފޮނުވާފައެވެ.
މަގާމުން ވަކިކޮށްފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެން އޮޕަރޭޝަންސް އޮފިސަރުގެ މަގާމު އަދާކުރަމުންދިޔަ މީހެކެވެ.
އޭނާ މަގާމުން ވަކި ކުރި ކަމުގެ ލިޔުމުގައި ބުނެފައި ވަނީ، ފަހު އިންޒާރާއެކު އަޅާފައިވާ އިސްލަހީ ފިޔަަވަޅުތަކަށް އަމަލު ނުކޮށް ރައީސް ސާލިހާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭގޮތަށް މީސް މީޑިއާގައި ފާޅުގައި ލިޔަމުން ދިއުމުގެ ސަބަބުން ކަމަށެެވެ.
އަދި އޭނާއަށް އެކަން ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ކުރިން ދީފައިވާނެ ކަމަށް އެ ލިޔުމުގައި ވެއެވެ.
އެކަމާއި ގުޅިގެން އެ ޒުވާނާ ބުނެފައި ވަނީ، މިނިވަންކަމާއި އެކީގައި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންދާ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގައި ވަޒީގާ އާ ބެހޭ ގާނޫނާއި ހިލާފަަށް މިއަދުން ފެށިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ
"ޖަލަށް ލިޔަސް މަރާލިޔަސް އަނިޔާ ކުރިޔަސް ހައްގު ބަސް ބުނުމައި ދުރަކަށް ނުދާނަން."އޭނާ ބުނެފައި ވެއެވެ.
އަޅުގަޑުމެންގެ ސަރުކާރެއްގާ ވަޒީފާ އެއްނުގެއްލޭނެ އެމީހެއްގެސިޔާސީ ފިކުރުހުންނަގޮތަކުންނެއް؟؟؟؟ މިދައުރައްވުރެ މިކަންބޮޑުދައުރެއް ދިވެހިންނުދެކޭނެކަންޔަގީން އަދި ނަސީދުއައްވުރެ ހަޖަމްނުކުރެވޭ މީހެއްވެސް ނުދެކެން ނަމުން ހިތްތިރި ކަމުން ހަރާންކޯރު މީހެއް ނަސީދުއަކީ..
ދިވެހިންނަށް ހައްގުވާ މިންވަރުތޯ
ބަލަ އެދެބޭފުޅުންގެ އަބުރުފުޅެއް އޮވޭތަ؟ މިހިން މިއަހާލީ އަބުރުގެ ގާނޫނު އުވާލަން ފާސްކުރީ މަޖިލިސް ރައީސްގެ މޭސްތިރިކަމުގެ ދަށުން ހިގަމުންދާ އިއްޒަތް ތެރިކަމަށް ތިޔަވިދާޅުވާ މަޖިލީހުންނޫންތޯ؟ ތަސްދީގު ކޮށް ސޮއި ކުރެއްވީ ކޮންބޭފުޅެއްތޯ؟
ހަޖަމުކުރާ ނިޒާމު ހަލާކުވެފަ
ދެރަވަރު
ސާބަހޭ ދަރިޔާ
ހަޖަމު ކުރަން ދަސް ކުރޭ ދެންމިފަހަރު ކެއް ކުރޭ
ކޮބާ ކިހިނެއްހީިވި އެކަމަކުބުނާނެ ތިމަންނަމެންގެ ސަރުކާރެއްގާ އެއްވެސް މީހަކު ގަވާޢިދާ ޚިލާފައް ވަޒީފާއަކުން ވަތްކެއްނުކުރާނަމޭ ކޮބާ މިނިވަންކަން ޤާނޫނުއަސާސީން ކޮންމެމީހަކައްވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާ ޚިލާފުނުވާކޮންމެކަމެއްގައި ދުލާއި ޤަލަމުންވިޔަސް ލިބިގެންވާކަން ނޭންގެނީތަ
ނަންވާނީ އެއްކަލަ “ހުދުނުޚްތާރު” މައުމޫން ދޯ! މިވެރިންނަކައްވެސް ވަކި ހަޖަމެއް ނުކުރެވޭތާދޯ!
މިނިވަން ވީ އެވެ. ބޭނުން އެއްޗެއް މިހާރު ލިޔެ ވޭނެ އެވެ.
ފިރުއައުނަށް ހާމާނު ކުރިކަހަލަ ތައުރީފު އަންނިއަށް ސޯޝަލްމީޑިޔާގައި ކުރިމީހުންނަށް ނުކިޔަވާތިއްބަސް ވަޒީފާދީފަ މިދެން މާމޮޅުގޮތެއް.
އަލިފާން ޕާޓީއަށް ސޮއިކޮށްލާ ވަޒީފާ އިޔާދަވާނެ
އަހަރެމެން ހަނދާން އެބަހުރި ޓުވީޓަކާ ހުރެ ޖަލަށް ބަޔަކު ދިޔަ ހަނދާންވެސް..ވަގެއްގެ ވެރިކަމުގަ
އޭރު އޮވޭ އަބުރުގެ ގާނޫނު އެކަމް މިހާރަކު ނޯވޭ
ހަޖަމެއްނުވިދޯ ޔާމިން ކެއް ކޮއްލައިގެން ހުރީ ވަޒީފާތަ ކުގަ ތިބި އެމްޑީޕީ މީހުން ވަގައް ގޮވާ އަބުރައް އެރިއިރުވެސް ޔާމިނު ހުރީ ހަޖަމް ކޮއްލައިގެން އެ ކަމަ ކު ސޯލިބޭއާ ނަސީދަ ކައް ހަޖަމެއް ނުވިދޯ އެއްޗެ ކޭބުނާއިރައް މީ ތިޔަ އެމްޑީޕީމީހުންގެ ފެންވަރު އަންނާނީ ވޯޓުހޯދަން ހަޔާތްވެސް ކުޑަބައެއްމީ
މީ އޯގާތެރި ސަރުކާރު މީ ސިޔާސީގޮތުން ހިޔާލު ތަފާތުވިޔަސް ވަޒީފާއިން ވަކިނުކުރާނެ ސަރުކާރު މީ ކޮންމެ މީހަކައްލިބިގެންވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެތެރެއިން އެމީހެއްގެ ހިޔާލު ފާޅުކުރުމުން އެމީހަކާދޭތެރޭ ވަކިނަޒަރަކުން ނުދެކި ހަމަ ހަމަ ކަމާއެކު އެމްމެނައް ހަމަ ހަމަކަން ޔަގީން ކޮށްދޭނެ ސަރުކާރު މިހެން ދެއްތޯ އެދުވަހު ވިދާޅުވީ އެކަމަކު މިމީހުން ރައްޔިތުންނައް ވީވައުދު ހަނދާންނެތިއްޖެ ރައްޔިތުން މިމީހުން ހަނދާން ނައްތާލަން ނުވޭބާ
ބޮޑެތި މަޤާމު ޙަވާލުކުރަނީ ތިބޭފުޅާ ބޭނުންހާ ގޮތަކަށް އުޅޭކަން ނޫން... ވަޒީގައި ޑިސިޕްލިން އެއީ ކޯންޗެއްކަން ނޭނގޭތީ ލިބޭ ދެރަ ތިހުންނަނީ... އިންޒާރުވެސް ދިނޭ ތިބުނަނީ... ކަމެއް ގޯސްކޮށްހިނގާތީދޯ އިންޒާރުވެސް ދޭންޖެހެނީ... ދެން ފަހަރަކުންވެސް ވިސްނާލާ
ފަހު އިންޒާރާއެކު އަޅާފައިވާ އިސްލަހީ ފިޔަަވަޅުތަކަށް އަމަލު ނުކޮށް ރައީސް ސާލިހާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭގޮތަށް މީސް މީޑިއާގައި ފާޅުގައި ލިޔަމުން ދިއުމުގެ ސަބަބުން ކަމަށެެވެ.
ޢަދިވެސް އައްޑޫމީހުނަށް ނުވިސްނޭނެ
ސާބަހޭ ޒުވާނާ ރިޒުޤު ދެއްވަނީ އިބޫއެއްނޫން އަދި އައްނި އެއްވެސް ނޫން ރިޒުޤުދެއްވަނީ މާތްﷲ ކެތްތެރި ކަމާއެކު ހިތްވަރާއެކު މަސައްކަތްކުރައްވާ ،. انشاالله
އަބުރެއް އޮއްނާނީ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލާފަ ގާދޫކޮލުން ފުވާލާފަތިބި ބަޔަކައް ކޮންއަބުރެއްތަ އޮއްނާނީ
ތިޔަމީހުން ކުރިޔަށް ހަކުޅި ކުޅުނޭބުނެ ރައްޔިތުންނަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ޤަވަޢިދާޚިލާފަށް މަޖިލީހުގައި މެންބަރަކު މަރަން އުޅުނުމީހެއް ތިޔަނަޝީދަކީ