ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިޔަށް ދަނިކޮށް، މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމަށް އަނިޔާކުރި މައްސަލާގައި، ނައިފަރުގައި މުޒާހަރާ ކުރަމުން އެބަ ދެއެވެ.

އެރަށުގައި މިހާރު މުޒާހަރާ ކުރަމުން އެދަނީ ގައިދުރުކަން ބަހައްޓައިގެންނެވެ.

މި މުޒާހަރާ ފަށާފައި ވަނީ މިއަދު ހަވީރު16:45 އެވެ. މުޒާހަރާ ކުރިއަށް ދަނީ ޕީޕީއެމް ނައިފަރު ޖަގަހަ ސަރަހައްދުގެ މަގުމަތީގައެވެ.

ނައިފަރުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: ހުސައިން އަރުބާން

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މުޒާހަރާގެ ބައިވެރިއަކު ބުނީ، އެރަށުގައި މުޒާހަރާ ކުރިއަށް ދަނީ، ޖޫން އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގާނޫނާއި ހިލާފަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދާއިރާގެ މެންބަރު ޝިޔާމްއަށް ނުހައްގުން އަނިޔާކޮށްފައިވާތީ، އެކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ނައިފަރު ރައްޔިތުންވެގެން ބޭއްވި މުޒާހަރާއެއް ކަމަށެވެ.

އޭނާ ބުނީީ، އެ މުޒާހަރާއަކީ ސުލްހަވެރިކަމާއެކު ބޭއްވި މުޒާހަރާއެއް ކަމަށާއި، މި ދުވަސްވަރާއި ދިމާކޮށް އެރަށުން 400 އަށްވުރެ ގިނަ މީހުން މި މުޒާހަރާގައި ބައިވެރިވެފައިވާ ކަމަށެވެ.

ނައިފަރުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: ހުސައިން އަރުބާން

"އަޅުގަނޑުމެން ހަމަ މިހާރުގެ ހާލަތަށް ފެތޭގޮތަށް ގައުދުރުކަން ބަހައްޓައިގެން މާސްކްވެސް ބޭނުން ކޮށްގެން މުޒާރަހާ ކުރިއަށް މި ގެންދަނީ، އަދި އެޗްޕީއޭއިންނާއި ފުލުހުންގެވެސް ހުއްދަ ހޯދައިގެން އަޅުގަނޑުމެން މި ކުރިއަށް ދަނީ". އެ މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަނާ

    ނަޝީދުއަށް...ނައިފަރިގެ ރައަޔިތުނަގެ ލެޔާ ތިކުޅެލީ. ނައިފަރު ރައްޔިތުން ނުހަނު ލޯބިވާ އިހްތިރާމް ކުރާ މީހަކާ ތި ކުޅެލީ. އޭގެ ބަދަލް ނަޝީދް އަށް ފެނަނާނެ ވަރަށް އަވަހަށް. މުޅި އުލުރަށް ބަދު ދުޢާ ކުރާނަން.
    ޢިންޝާﷲ ރާއްޖޭގެ ރައީސްކަން ޝިޔާމް ކުރާނެ.

    15
    2
  2. ކިނބޫ

    ސާބަހޭ ދަރިންނޭ

    62
    6
  3. ފަރުގާލު

    މަހީކުރީ ޖޯޖް ފްލޮއިޑް ކަންތަކުގަ ކަމަށް!

    15
    44
  4. Anonymous

    މުޅިގައުމުގައި މިޒާހަރާ ކުރަންވެއްޖެ.

    73
    8
  5. ނައިފަރު

    ސާބަސް

    38
    5
  6. ުއުނދުޅި

    މުޒާހަރާ ކުރާވަރުން މަގުމައްޗައްވެސް ނުނުކުމެވޭ ހާދަބައިވަރު މީހުންނަކީ.

    3
    13
  7. Anonymous

    ސާބަހޭ ނައިފަރު ރައްޔިތުން.
    އަނިޔާވެރި ކަމާއި ދެކޮޅަށް އެންމެ ތެދުވަންޖެހޭ.
    އޯގާތެރި ސަރުކާރުގެ އޯގާތެރިކަން މަޖްލީހުން ވެސް ދެއްކީ. ލަދުޙަޔާތް ކުޑަކަމުގެ ކަންފުޅެއްވެސް ނެތް. ހަޖަމެއް ނުވޭ. ސޯލިޙް ގެ ބަހާއި ޢަމަލު ދިމާނުވޭ އޭ ބުނެވެނީ އެހެންވީމާ. ނަޝީދު ގެ ވާހަކަ ރަ

    12
    3
  8. Anonymous

    ސާބަހޭ ނައިފަރު ރައްޔިތުން.
    އަނިޔާވެރި ކަމާއި ދެކޮޅަށް އެންމެ ތެދުވަންޖެހޭ.
    އޯގާތެރި ސަރުކާރުގެ އޯގާތެރިކަން މަޖްލީހުން ވެސް ދެއްކީ. ލަދުޙަޔާތް ކުޑަކަމުގެ ކަންފުޅެއްވެސް ނެތް. ހަޖަމެއް ނުވޭ. ސޯލިޙް ގެ ބަހާއި ޢަމަލު ދިމާނުވޭ އޭ ބުނެވެނީ އެހެންވީމާ. ނަޝީދު ގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.

    11
    3
  9. ޝަރު

    ކޮން ޤާނޫނެއްގެ ކޮން މާއްދާއަކާއި ހިލާފަށް ވޭއްވި ޖަލްސާއެއްތޯ ބުނެދީބަލަ ވަގުތު ނޫހުން ނުވަތަ ތިޔަ ޖަކަ ޖަހާ ބައިގަނޑުގެ މީހުން. ތިމަންނެން ތަމްސީލު ކުރަން ތަންކޮޅެއް އަޚްލާޤު ރަގަޅު ހެދިފައި ހުންނަ ޤަވާއިދުތަކަށް ތަބާވާ މީހުން މަޖުލީހަށް ފޮނުވާނަމަ ތިހެންނުވާނެ. ނަން އިއްވީމަ ނުކުތުން އޮންނާނީ. ތިމާވަރުގެ މީހަކު ނެތްކަމަށް ގަދަ ދެއްކި ދުވަސް ފާއިތު ވެއްޖެ. ރައްޔިތުން ބަސްބުނެފި. 65 މީވަރަށް ވާހަކަ.

    2
    12