ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޒުވާނުންނަށް ފަހި ކޮށްދިން ފުރުސަތުތައް ނިގުޅައި ގަންނަމުން ދާތީ އެކަން އެގޮތަށް ކުރުން ހުއްޓާލުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ އެންގުމަކާއި ނުލާ މާލެ ވިލާ ކޮލެޖް ދޮރު މަތީ އޮންނަ 369 ނަމްބަރު ކޮށީގައި އަޅާފައިވާ ފުޓްސަލް ދަނޑު އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަކަށް ނަގާފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާލުވީ ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންނަށް ފަހި ކޮށްދިން ފުރުސަތުތައް ނިގުޅައިގަތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. ޒުވާނުން ބާރުވެރި ކުރުވާ ބޭނުންތެރި ބަޔަކަށް ހެދުމުގެ ބަދަލުގައި މިފަދަ ކަންކަން ކުރުމުން ޒުވާނުން ވާނީ މަގުމަތި ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާލެ ވިލާ ކޮލެޖް ދޮރު މަތީ އޮންނަ 369 ނަމްބަރު ކޮށީގައި އަޅާފައިވާ ފުޓްސަލް ދަނޑަކީ އެލްޓީ ސްޕޯޓްސް ކްލަބް އާއި ބްރަދަރ ހުޑް ސްޕޯޓްސް ކްލަބަށް، ކުރީ ސަރުކާރުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެންގްރީމެންޓް އެއް ހެދުމަށްފަހު ދީފައިވާ ދަނޑެކެވެ.

އެތާ އަޅައިފާވާ ޓަރފް ދަނޑަކީ ދެ ކްލަބް އިން އަމިއްލައައް ހަރަދު ކޮށްގެން އަޅާފާވާ އެއްޗެކެވެ. އެ ދަނޑަކީ މާލޭގައި ގިނަ ޒުވާނުންތަކެއް ފުޓުސަލް ކުޅުމަށް ބޭނުން ކުރަމުން އަންނަ ދަނޑެކެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަކަށް ކޮންސްޓްރަކްޝަން ކުންފުންޏަކުން ވަނީ އެ ދަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި އަލުން ދަނޑު މަރާމާރު ކުރީވެސް ދެ ކުލަބުންވެސް ބޮޑު ހަރަދުތަކެއް ކޮށްގެންނެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް އެ ދެ ކުލަބަށް އެޑިއުކޭޝަނުން ވަނީ ޔަގީންކަން ވެސް ދީފައެވެ.

ސަރުކާރާއި އެކު ހަދާފައިވާ އެގްރީމަންޓުގައިވާ ގޮތުގައި ސަރުކާރުގެ ބޭނުމެއްގައި ދަނޑު ބޭނުން ވެއްޖެ ނަމަ މީލާދީ ގޮތުން ހަ މަސް ކުރިން އެކަން ލިޔުމަކުން ދަނޑުގެ ވެރިފަރާތަށް އަންގަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޮލްލޮލްލޮލް

    ކުރި ހުރިހާ ކަމެއްގަ ވައްކަން..އެކަމެއް އައި ގޮތަކަށް އެކަމެއް ފަނާވާނެ...ހިމޭނުން ތިބޭ، ވަގުންނަށް ވަރަށް ހިތްދަތި ވާނެ މި ސަރުކާރު

    5
    25
  2. ބީރުބޭ

    މިރާއްޖޭގެ ޒުވާނުންގެ ޝަރުތު 4 ކެވެ. އުނަގަނޑުގަ ފަޓުލޫނު ހަރުލައިގެން ނުވާނެއެވެ. ކަކުލު ހުޅުގަ ބާރު ހުރެގެން ނުވާނެއެވެ. ވާހަކަ ދަެއްކެންވާނީ ކުޑަކޮށް ދަމާލާފައެވެ. ލޯ ރަނގަޅަށް ހުޅުވިގެން ނުވާނެއެވެ.

    17
  3. ގަންޖާބޯ

    މިސަރު ކާރުން އެެއްވެސް ކަމެއް ރަނގަޅަށް ކުރޭތަ މުޅިންވެސް އޮޅުވާލުން ރައްޔިތުންނަށް ބަހަން ދިން ކަދުރު ކޮޅުވެސް ބަހާލީ ކަރަންޓީނުގައި ތިބި މީހުން އެ ކަންޏަށް އަދިވެސް ބުނޭ 0 ޓޮލަރެންސޭ

    8
    3
  4. ރާގޮޑިރާޖަ

    ޔާމީނު ވަގައްނެގި 3ބިލިއަން ރުފިޔާ ސަރުކާރާއި ހަވާލުކުރުމަށްވެސް އަޑުހަރުކޮއް ގޮވާލަބަލަ.

    6
    13
  5. އަލްޖިބްރާ

    ޔާމީނު ޒުވާނުން މެދުއުޑުގައި ފިޔަޖަހަނީއޭ ބުނިފަހުން އެމީހުން ތިބީ ވާނުވާ ނޭގި ފިޔަ ޖަހަޖަހާ ! އެފަދަ ކަންތަށް ހުއްޓުވަން އެހެން ބަޔަކު އުޅުނީމާ ކަލޭމެނަށް ވަރަށް ކަންބޮޑުވާނެ ! އެކަމަކު މިހާރު ކަލޭމެން ކުރާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ ! ހަޅޭއް ނުލަވާ ހުރޭ !

  6. ރިހި ރާންބާގަސް

    މިރާއްޖޭގެ ޒުވާނުންގެ ތެރެއިން ބަޔަކަށް ޔާމީނު ގެނެސްދިނީ ހަލާކު! ތިޔަހެން ކިތަންމެބާރަށް ހަޅޭލިޔަސް އެއީ އޮޅިފައޮތްކަމެއްނޫން !

    4
    9
    • Anonymous

      ހޭބުއްދި ފިލާފަ ތިބިބަޔަކަށް ރަނގަޅަށް ކު ރި ކަމެއް ނުފެންނާނެ.