ރާއްޖެއިން އިތުރު 09 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ ބަންގްލަދޭޝްގެ ދެމީހަކާއި ހަތް ދިވެހިންނެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ މީގެ ކުރިން ކޮވިދް-19 އަށް ފައްސިވި ބަޔަކާއި ގުޅުން ހުރި މީހުން ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯސީ) އިން ކޮންމެ ރެއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން މިރޭ ކެންސަލް ކޮށްފައި ވާތީ މިއަދު ފައްސިވި މީހުންގެ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

އިއްޔެ އިން ފެށިގެން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އިއްޔެ ފައްސިވެފައި ވަނީ 12 މީހުންނެވެ.

މިއަދާއި އިއްޔެ ރާއްޖެ އިން ފައްސިވި މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް ވަނީ އިތުރު ވެފައެވެ. މިއަދު ވެސް އިތުރު 36 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައުމާއި ގުޅޭ ގޮތުން އަދި އެޗްޕީއޭ އިން ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފަށާފައި މިވަނީ މާލެ އިން ކޮވިޑް-19 ފެނި، ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަތާ ދޮޅުމަސް ދުވަސް ފަހުންނެވެ.

މިހާރު ރާއްޖޭގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުން ދިޔަ ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުން ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު ހާލަތު ރަނގަޅުވާން ފެށުމުން ފުރަބަންދަށް ލުއިދޭ ގައުމުތަކުގެ ހާލަތު އިތުރަށް ގޯސްވެ، ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަބުރު

    މިއަދު ޓެސްޓުކުރީ ކިތައް މީހުން ތޯ

    22
    1
  2. ގުބޭ

    ގުބޯ ސަރުކާރު ފޭލު ފޭލު 2 މަސް ވީއިރުވެސް ޖެހޭމީހުން މައްޗަށް ކޮންޓްރޯލް އެއް ނުވޭ މަރުވާމީހުން އިތުރުވަނީ އެމީހުން ރަނގަޅެއް ނުވޭ އިސްތިއުފާދީ އަވަސްކުރޭ

    19
    7
  3. ޢަލިބެ

    ކުއްލިއަކަށް މިވަނީ ކިހިނެއް؟ ޓުއަރިޒަމް ހުޅުވާލަން ޖައްސާ ސްޓަންޓަކާ ހާދަވައްތަރޭ. ދޮގުހަދައިގެން ކުރަންއުޅޭކަމަކުން ލިބޭފައިދާއަށްވުރެ ހާސްގުނަ ގެއްލުންބޮޑުވާނެކަން ދޮގުހަދާނަމަ އެހަދާބަޔަކު ރަނގަޅަށް ދަންނާތި.

    31
    2