ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީސް މީޑިޔާގައި ފާޑުކިޔުނު ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތި ވިދާޅުވީ އެ މައްސަލާގައި ޓްރައިބިއުނަލް އިން ޒިންމާ އުފުލާ ގޮތް ކޮމެޓީން ބަލާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައިވެސް އަދި މަޖިިލިސް އިންތިހާބުގައިވެސް ސަރުކާރާއި ދެކޮޅަށް އުޅުނު މީހުންނަށް "ހެސްކިޔާފައި" ވަޒީފާ ދީފައިވާ ކަމަށެވެ.
މިހާތަނަށް ހަމަޤައިމުވެސް ހުރީ ރިޔާސީ އިންތިޚާބުގައި ވެސް، އަދި މަޖިލިސް އިންތިޚާބުގައި ވެސް ދެކޮޅަށް އުޅުނު މީހުނަށް ހެސްކިޔާފައި ވަޒީފާ ދީފައި. ތިކަހަލަ ކަމެއްގައި ވަޒީފާއިން ވަކިކޮށްފި ނަމަ، ޓްރައިބިޔުނަލުން ޒިންމާ އުފުލާގޮތް ޖުޑިޝަރީ ކޮމެޓީ އިން ފާރަވެރި ވާނަން. https://t.co/fwaKUKeDkH
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) June 3, 2020
މަގާމުން ވަކިކޮށްފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެން އޮޕަރޭޝަންސް އޮފިސަރުގެ މަގާމު އަދާކުރަމުންދިޔަ މީހެކެވެ.
އޭނާ މަގާމުން ވަކި ކުރި ކަމުގެ ލިޔުމުގައި ބުނެފައި ވަނީ، ފަހު އިންޒާރާއެކު އަޅާފައިވާ އިސްލަހީ ފިޔަަވަޅުތަކަށް އަމަލު ނުކޮށް ރައީސް ސާލިހާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭގޮތަށް މީސް މީޑިއާގައި ފާޅުގައި ލިޔަމުން ދިއުމުގެ ސަބަބުން ކަމަށެެވެ.
އަދި އޭނާއަށް އެކަން ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ކުރިން ދީފައިވާނެ ކަމަށް އެ ލިޔުމުގައި ވެއެވެ.
އެކަމާއި ގުޅިގެން އެ ޒުވާނާ ބުނެފައި ވަނީ، މިނިވަންކަމާއި އެކީގައި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންދާ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގައި ވަޒީގާ އާ ބެހޭ ގާނޫނާއި ހިލާފަަށް މިއަދުން ފެށިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ
ކޮމެޓީން ހެސްކިޔާފައި ބޭކާރު މައްސަލަތައް ބެލުމުގެ ބަދަލުގައި ނައިފަރު ދާއިރާގެ މެމްބަރު ގަޔަށްބޮލަށްއެރި މައްސަލަ ހެސްކިޔާފައި ބަލަން ވީނު!
ފްރީޑަމް އޮފް ސްޕީޗް އޭ ކިޔާ އެެއްޗެއް މިޤައުމަކު ނެތް.
އަބުރު ކަތިލެވޭނީ އަބުރެއް އޮވެގެން........!
އަވަހަށް ޤާނޫނަށް އިސްލާޙުގެނަސް ތިޔަކަމުން މިސަރުކާރު މަކަރާ ހީލަތް ބޭނުންކޮށްގެން ސަލާމަތްވާން މަގުފަހިކުރަނީދޯ
އިންތި... އެމް އެމްޕީ އާރ ސީ.. ގެ ނަލަފައިސާގައި ނުޖެހި ހުންނެވި ކަމީ ރަގަޅު ފާލެއް...އަދި ފާޑު ކިޔައިގެން ވަޒީފާއިން މީހުން ވަ ކި ކުރާނަމަ .. މަޖްލިސްތެރެއިން މެންބަރުން ނެރެލުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެތާ...
މިއީ ކޮންވައްތަރެއްގެ ޑިމޮ ކް ރެސީ އަ ކާއި ރޫލް އޮފް ލޯއެއްތޯ.....
މަޖިލީހުގަ ތިބީ އޯލެވެލް ފެންވަރު ނެތް ބަޔެއް ގައުމީތަރައްގީ ރޭވީމަ ވާނެ ގޮތް ތަޞައްވަރު ކޮށްލައްވާ.!
މިގައުމުގައި މިހާރު ގިނައީ މަތީ ތައުލީމު ޙާސިލުކުރާ ނުވަތަ ކޮށްގެން ތިބި މީހުން.. އެފަދަ މީހުން އުޅެންވާގޮތާއި ގައުމު ބިނާކުރާ ގޮތް ކިޔަން މިތިބީ އަލިބާ ނުޖަހާތިބި ގަމާރުން ތަކެއް..
އަދިވެސް ނުވޭތޯ މިކަން ބަދަލުކުރަން.. މަދުވެގެން ތައުލީމީފެންވަރު މާސްޓަރ+10އަހަރުގެ ތަޖުރިބާ..
އޭރުން ދޯ އެމީހަކު ދައްކާވާހަކައިގެ އެފުށް މިފުށް އެގި ވިސްނާއިގެން ދުނިޔޭގެ ހަމަޢާއި އުސޫލުގެ މަތީން ގައުމެއް ބިނާކުރަން ބަސްބުނެވޭވަރުގެ ތަޞައްރަފެއް ހުންނާނީ..
އެލެކްސް އާއި މިތިބޭ ދެބޯގެރިން ލައިގެން މިގައުމު ވާނީ ހަމަ ހަލާކު..
އިންތި ކަލޭ ފަރަށްދޭބަލަ ބޮލިހިލަން ތިޔައީ ހުސް އަނގަޔެއް ގާނޫނު އަސާސީ އެއޮތީ އިސްލަހުކޮށްފައި ކަލޭ ކޮބައި....
ޓްރާންސް ޕޭރަންސީ ކުދިން ނިދީތަ
ކުރިން އުޅުނު ފަޔަށް ހިނި އަރައިގެން އުޅުނުހެން
އިންތި ޔަސް ތިއްތި ޔަސް ވީކަމެއް ނުވާކަމަކަށް ނުހެދޭނެ ތީކީ އާކަމެއް ނޫނޭ މިވެރިކަމުގައި ކިތައް ކިތައް މީހުން ވަޒީފާއި ވަކިކުރިކަން ނޭނގެނީތޯ ނޭގެއްޏާ ރަގަޅަށް ބަލާލަބަ އެންމެ މީހެއްނޫނެއްނު އަދިކިރިޔާދޯ ވެރިކަން ލިބުނުފަހުން ހަމަހޭވެ ރިކަންތިވީ!
ޢިންތި ހާދާހީވޭ 2023 ހުގައި ރައިސްކަމައް ކުރިމަތިލަފާނެހެން މަގޭވޯޓް ދޭނަން ހަމަޔަގީނުންވެސް މިހާރުހުރި މީހާއައްވުރެ ރަގަޅު ވާނެ